ގއ. ދާންދޫ ހޮޓަލެއްގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ 21:50 ހާއިރު އެރަށު ހޮޓަލެއްގެ ތެރޭގައި ދެ މީހަކު ޒުވާބުކޮށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ މަރާމާރީގައި އަނިޔާ ލިބިފައި ވަނީ 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކަަށެެވެ.

އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ޒަަހަމްވި މީހާ ހެލްތް ސެންޓަރަށް ގެންދިޔަ ކަމުގެ މައުލުމާތު ލިބިފައިވާކަމަށާއި، މި މައްސަައިގެ ތުހުމަތު ކުރެވޭ ދެވަނަ މީހާއަށް އަނިޔާ ލިބިފައިވާތީ ފުލުހުންގެ އެހީގައި ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

މި މާރާމާރީގައި ޒަހަމްވި ދެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެެއެވެ. ފުލުހުން ވިދާޅުވީ، މި މާރާމާރީގައި ހިމެނޭ ދެ މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސީނު

    ފީކަޅާ ބެކަގްރައުންޑުން އަންނަ އެއްވެސް ހަމައެއްލަމައެއްނެތް އަޚްލާގެއް އުސޫލެއްނެތް އިޖަތިމާއީ ފޭރާންހަލާކު ކުރަމުންދާ މިބަންގްލާދޭޝް މީހުން ހެޔޮނުވާނެ މިރަށަށް ނާރުވަބަލަ. އަހަރުމެންގެ ޅަޖީލު އެބަހަލާކުކުރޭ މިމީހުން.