މާލެ އިން ފުރައިގެން އައްޑޫ ސިޓީ ފޭދޫއަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.

ފަރަށް އަރާފައި ވަނީ އަލްމާ ނަމަކަށް ކިޔާ ބޯޓެކެވެ. އެ ބޯޓު ފަރަށް އެރިއިރު އޭގައި އަށް މީހަކު ތިއްބެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ބޯޓު އަރާފައި ވަނީ ގދ. މާވަރަލާ ފަރަށް ކަމަށެވެ. އަދި މިހާރު އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު ހަވީރު 17:35 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.