ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައި ހީނަރުކަމާއި ގުޅިގެން ތިލަފުއްޓާއި، ގުޅިފަޅުގައި މަަސައްކަތް ކުރާ ފަރާތްތަކުން ދައްކާ ކުލި ކުރިއަށް އޮތް ތިން މަހަށް 30% ކުޑަ ކުރުމަށް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ނިންމައިފިއެވެ.

އެކަން ހާމަކޮށް ޖީއެމްއައިޒެޑް މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) ވިދާޅުވީ، އިގްތިސާދަށް އައި ހީނަރުކަމާއި ގުޅިގެން ތިލަފުއްޓާއި،ގުޅީފަޅުގައި މަސައްކަތް ކުރާ 292 ފަރާތުން ދައްކާ ކުލި ކުރިއަށް އޮތް 3 މަހަށް 30% ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ފަހުންވެސް އެ 30 އިންސައްތަ ދައްކަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުލި ކަނޑައިދޭން ނިންމި ތަންތަނުގެ ތެރޭގައި ގުޅީފަޅާއި ތިލަފުށީގެ ބިމާއި ގުދަންތައް ހިމެނެެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި ކުންފުނިތަކުން ދަނީ ރައްޔިތުން ކުލި ދައްކަންޖެހޭ ތަންތަނަށް ކުލި ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯޑް

    ތިޔަ ތަންތަނުގައި ހުރި ކެދިކޮޅަދޫ އަހްމަދު އީސާ ވިޔަފާރި އަށް ނަގާފައި ހުރި ބިންތަކާއި ތަންތަނުގެ ކުލި ޖެހޭނެ ދައްކަން. އޭނައަކީ މިހާލަތުގައި ކުލި ދެެއްކޭ ފަދަ ގޮތަކަށް ހުރި ހަމައެކަނި މަހުޖަނު

  2. އަލީ

    ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގެ ކުލި ކުޑަ އެއްނުކުރޭތަ؟