ކުލި ނުދެއްކޭނަމަ މާލޭގައި ދިރިއުޅޭ މީހުން ރަށަށްދިއުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސަ ވިދާޅުވީ، މަގުމަތިވެ، ބަނޑަށް ޖެހެންދެން ތިބެގެން ނުވާނެ ކަމަށާ، މިވަގުތު ސަލާމަތުން ތިބެވޭނެ ގޮތްތަކެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ސަރުކާރުން ކުލި ނުދެއްކޭ އެންމެންނަށް ކުލި ދައްކާ ނުދެވޭނެ ކަމަށާ، ވަޒީފާ ގެއްލޭ އެންމެންނަށް މުސާރަ ދެވޭ ވަރުގެ ތަނަވަސް ދައުލަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ވިސްނާލަން ޖެހޭ ތިމާ މީހާއަށް ލިބޭ އާމްދަނީ އާއި، ތިމާ ކުރަން ޖެހޭ ޚަރަދާއި ނުބައްދަލު ދިރިއުޅުމުގައި ހުރި ކަންކަން ދޫކޮށްލަން އެބަ ޖެހޭ. މިސާލަކަށް ދަންނަވާކަމަށްވަންޏާ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުން. އަޅުގަނޑުމެން މި ދައްކަނީ މާލޭގެ ކުއްޔަށް ދީފައި ހުރި އިމާރާތްތަކުގެ ކުލި ކުޑަކޮށް ނުދީގެން ކުއްޔަށް ތިބި މީހުންނަށް މެނޭޖް ނުކުރެވޭ ވާހަކަ." އޭނާ ވިދާޅުވިއެވެ.
އީސަ ވިދާޅުވީ ކުލި ނުދެއްކިގެން އެތަނުން ނެެރެންދެން މިއަދު ތިބެގެން ނުވާނެ ކަމަށާ، ހާލަތު ބަދަލުވަންދެން ޒަރޫރީ ބޭނުންތައް ފުއްދޭ ހާލަތުގައި ތިބުން މުހިއްމު ކަމަށެވެ. އެހެންކަމުން މާލެގައި ކުއްޔަށް ތިބި މީހުން، ހާލުގައި ޖެހުމުގެ ކުރިން ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން، މާލޭގައި ކުއްޔަށް ނޫޅެވޭ ނަމަ އަމިއްލަ ފަސްގަނޑަށް ބަދަލުވުމަށް އީސަ ގޮވާލެއްވިއެވެ.
"އަޅުގަނޑުމެންނަށް ކުލިދެއްކޭނެ ގޮތެއް ނެތްކަމަށް، އަޅުގަނޑުމެން ފަރުދީގޮތުން ޖަހާ ހިސާބުން ދައްކާ ކަމަށް ވާނަަމަ އަޅުގަނޑުމެން މިއަދު އެބަ ޖެހޭ އަނބިދަރިންނާއި އެއްކޮށް ކިތަންމެ ނުރުހުނު ކަމުގައި ވިއަސްވެސް އަމިއްލަ ފަސްގަނޑަށް ބަދަލުވެ ކައިގެން ބޮއެގެން މިކަމުން ދުނިޔެ އަދި އަޅުގަނޑުމެން ސަލާމަތް ވަންދެން ކައިގެން ބޮއެގެން އުޅެވޭނެ ހާލަތުގައި އަޅުގަނޑުމެން ތިބެން. ދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދޭ ހާލަތުގައި ތިބެން." އޭނާ ވިދާޅުވިއެވެ.
2.5 ބިލިއަން ރުފިޔާގެ ރިލީފް ފަންޑެއް ކަނޑައަޅާފައި ވާއިރު، އެ ޕެކޭޖް ވާން ޖެހޭނީ އެންމެ މަތިން ފެށިގެން އެންމެ ތިރިއާއި ހަމައަށް ފައިދާ ކުރާ ޕެކޭޖަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރުވެސް އެތައް ކުންފުންޏަކުން މަޖުބޫރުކޮށްގެން މުވައްޒަފުން ކަނޑާލުމާއި، މުވައްޒަފުންނަށް ނޯޕޭ ދޭ އިރު ހަމައެކަނި ވިޔަފާރިތައް ސަލާމަތްވާ ގޮތަށް ޕެކޭޖް ދެވިގެން ނުވާނެ ކަމަށް އީސަ ވިދާޅުވިއެވެ.
"ވިޔަފާރިވެރިންނަށް ވުރެ އަވަހަށް ހާލުގައި ޖެހޭނީ އާދައިގެ މީހާ. އޭނަގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަނީ އޭނައަށް މަހުން މަހަށް ލިބޭ މުސާރައަށް. އެ މުސާރައިން ބައެއް އުނިވިޔަސް އަދި އެ މުސާރަ ނުލިބޭ ހާލަތަކަށް އޭނަ ގޮސްފިކަމަށްވަންޏާ އެންމެ އަވަހަށް ހާލުގައި ޖެހޭނީ މި ދެންނެވި އާއްމު އާދައިގެ މީހާ. މިފަދަ ޕެކޭޖެއްގެ މަންފާ އެންމެ ބޮޑަށް ކުރަނީ އާއްމު އާދައިގެ ރައްޔިތު މީހާކަމަށް ކަށަވަރު ކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް." އީސަ ވިދާޅުވިއެވެ.
ސްޓިމިއުލަސް ޕެކޭޖެއްގެ ފައިދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރަން ޖެހޭ ކަމަށާ، ދެން އިގްތިސާދު ކުރިއަރުވަން ކުރެވޭނެ ކަމަކީ ކޮބާތޯ ވެސް ބަލާ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިސޯޓްތަކުން ވަކިވެގެން އަންނަ ފަރާތްތަކަށް ވަޒީފާ އަދާކުރާނެ އެންމެ ބޮޑު ފުރުސަތެއް އޮތީ މަސްވެރިކަމުން ކަމަށް ވާއިރު މަސްވެރިކަން ނުުހުއްޓުކުރިއަށް ދާން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އީސަ ވަނީ ޒަމާނުއްސުރެ ރިސޯޓް ހިންގާ ފަރާތްތަކަށް މިހާރަށް ވުރެ ރަނގަޅަށް މުވައްޒަފުންނަށް އަމަލުކުރެވެން ޖެހޭނެކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބްރާންތި ކަލޭ ދޭ ގޮނޑި ދޫކޮއްފަ އިސްތިއުފާދީފަ ރަށައް ދެން އަހަރެމެން ދާނީ ފަހުން
ކަލޭވެސް ރަށަށް ދާން ޖެހުނީމަ ހަމަ ރަށަށް ދާންޖެހޭނި..
އީސަމެން ހާސްވާކަށް ނުޖެހޭ ލައްކައިން ލައްކައިން ފައިސާ ލިބޭ
ބޮޑު މުސާރަ އަމިއްލައަށް ނަގައިގެންތިބި މީހުން މާލޭގަ ބައިތިއްބާފަ ފަގީރުން ރަށަށްދޭ. ދައުލަތުން ބެލެހެއްޓޭނީ ބޮޑެތި މީހުންއެކަނި. އެހެންނޫނީ ބޮޑެތި މީހުންނަށް ލިބޭ އެތިކޮޅު މަދުވެދާނެ. ދައުލަތުގެ ޚަޒާނާއިން ނަގާ ކަޓު ނުލިބޭގޮތްވެދާނެ.
އަމައްޔާއި އަހަރުން މިއުޅެނީ ރަށު ހާސްނުވޭ
ކަލޭވެސް ރަށަށް ދާން ޖެހުނީމަ ހަމަ ރަށަށް ދާންޖެހޭނި..
ނޫނު އަތޮޅުން މިކަހަލަ ބުރާންތިންނަށް ވެސް ވޯޓުލާތީ ދެރައީ . ލަދުޙަޔާތްވެސް އެބަހުރިތޭ.
އަދިވެސް ނިކަމެތި ވަމުންދާ އާއިލާ ތަކަށް އުންމީދީ ވާހަކަ އެއް ނުދެއްކުނުތާ މަލާމާތުގެ ރާގައް ތިޔަ ވާހަކަ ދައްކަނީ.. ފަނަރަ، ވިހި އަހަރު އެއް ގެއިން އަނެތް ގެޔައް ގަނަތެޅުނީ ހަމަ ކުލި ދައްކައިގެން. މިހާލަތު ދިމާވެ ކުލި ނުދެއްކިދާނެ ހެން ހީވާއިރައް އެމީހުންނަށް ހައްލެއް ނުހޯދައިދެވުނުތާ، ދިރިއުޅުން ވިއްސި ވިހާލި ކޮށްލާށޭތޯ ތިޔަ ވިދާޅުވަނީ.. އެމީހުންނަށް ބޯހިޔާވެހިކަން ނުދެވުމަކީ ދައުލަތުން ލަދުވެތިވާން ޖެހޭ ކަމެއް. އެއީ އެމީހުންގެ މައްސަލައެއްނޫން. ދައުލަތުގެ މައްސަލައެއް. ޤާނޫނު އަސާސީގަ ވަރަށް ސާފުކޮށް އޮންނާނެ ބުނެފަ އެމީހަކު ދިރިއުޅޭ ތަނެއްގަ ފަސްއަހަރަށް ވުރެން ގިނަ ދުވަހު އުޅެއްޖެނަމަ އެމީހަކަށް އެތަނަކުން ބޯހިޔާވެހިކަން ކަށަވަރުކޮއްދޭންވާނެ ކަމަށް. އޭގެ ބަދަލުގަ އެހެންތޯ މިހާތަނަށް އެޅި ފުލެޓްތަކަށް ވެފަ ހުރީ..މިހާރު މީހުން ދިރިއުޅޭ ފްލެޓްތަކުން %80 ފުލެޓް ދެވިފަ ހުރީ މާލޭގެ ގެދޮރުވެރިންނަށް. ނުވަތަ މާލޭ ރައްޔިތުންނަށް. އޭގެ ތެރެއިން ގިނަ އަދަދެއްގެ ތަންތަން (އެއްކަލަ ހިޖުރަވެރިންނަށް) ބޮޑުއަގުގަ ކުއްޔައް ދީގެން އެތިބަ ނަފާ ހޯދަމުން ގެންދަނީ.. ފްލެޓް ދެނީ ބޮޑުއަގުގަ ކުއްޔައްދީގެން ނަފާ ހޯދާކަށްނޫން. ދިރިއުޅެން.. ކަމެއް ކުރަންޏާ މިގޮތަށް ބޮޑު އަގުގަ ކުއްޔައް ދޫކޮށްފަ ހުރި ފްލެޓްތައް ނަގާ އޭގެ ޙައްޤުވެރިންނަށް ދީބަލަ..
20 މީ ހުން ކަލޭ ދައްކާ މާލޭގަ ގެދޮރު ހުރި ފްލެޓު ލިބިފަ ހުރި.އަ ހަރުމެން ވެސް ކުޑަ އަލިފާން ފޮއްޓެއްގަ މިއުނީ. 5 އަހަ ހަރު ވެގެން ދެންޔާ ކަލެޔަށް ވުރެން ކުރިން މަށަށް ލިބުން ހައްގު މަގޭ ރަށުން. 35 އަހަރުވީ އުޅޭތާ. މާލެ ވީތީ ކުޑަ ރަށް ގަނޑަކުންވެސް ގޯއްޗެއް ނުލިބޭ. ކަލޭގެ ރަށުން ކަލެއަށް ދިން ހައްގު މަށަށް ނުލިބުނުތާގަ މަގޭ ރަށުން ވެސް މަގޭ ހައްގު ކަލޭ ކެވޭތޯ ގާނޫނުގެ އަމައޭ ތި ކިޔަނީ. ހަލާކު ހުރި ކަލޭ ކަ ހަލަ މީ ހުނަށް.
ރީތިގޮތަކަށް ތިބުނީ ރާއްޖެތެރޭ މީހުން ރަށަށް ދާން..ކަލޭ ހީކުރީ މާލޭ މީހުންގެ އިމާރާތްތަކަށް ފައިސާ ދައްކަން އައިސް ތިބޭކަމަށްތަ..އެއްބަޔަކު ތިބީ ދަރިންނަަށް ކިޔަވައިދޭން.އަނެއްބަޔަކު ދާއިމީ ބައްޔަށް ރަށުން ބޭސްނުކުރެވޭތީ..އަނެއްބަޔަކު ވަޒީފާއަށް. ތީ ހަމަ ބުރާއްޗެއް..
ކުލި ދެއްކުނަސް ތިބޭނެކަމެއްނެތް... ހާދަހެޔޮފުޅޭ
ރަހުމުވެސް ހުރި މީހެއްނޫން ދޯ... ރައްޔަތުންނައް ހެޔޮފުޅު ކަމުން.....
ބީތާ އިންތަކެއް، ރައްޔިތުން ކަނޑުފައްތަން ވީނުން މިސަރުކާރުން، ގައުމާ ހަވާލުވާން ޖެހޭނީ ކޮންމެފަދަ ހާލެއް މެދުވެރިވިޔަސް ރަައްޔިތުން ބެލެހެއްޓޭނެ ކަމުގަ ވަނީނަމަ!
އޯކޭ ދެން ވޯޓް ހޯދަން ނާންނާތި.
ގަބޫލު ކުރަން އުދަގޫވިޔަސް އެއީ ހަގީގަތް،
މިވަޤުތު ދިވެހި ރައްޔިތުން ނައް އުޅޭނެ ހިޔާްހިކަމެއް ނުދީ އަދި ކާނެ އެއްޗެއް ނުދީ ކަލޭމެންނަށް މުސާރަ ހަލާލެއް ނުވާނެ
އީސަ އިޚްލާސްތެރިވާން ފަށާނެ ވޯޓްކައިރިވާންފެށީމާ އޭރު އަބަދު އުޅޭނީ ރައްޔިތުންނަށް މާ ހެޔޮއެދޭމީހަކަށްވެގެން ރައްޔިތުންނަށް ތިޔަ ގޮނޑި ދީފައި ރަށަށްދޭ!
މާތް ކަލާކޯ މީހެއްގެ ހާލުބަދަލުކުރައްވަން މާތްﷲ އިރާދަކުރައްވައިފިނަމަ އެކަމަކައް މާގިނަވަގުތެއް ނުވޭ؟
އީސާ ތިޔަފަދަ ގޮތަކަށް ރައްޔިތުންނަށް މުހާތަބު ކާމީހަކު ތިގޮނޑި ދޫކޮށްލަންޖެހެއި
އީސާ އަހަރެންގެދެކުދިން އެބަތިބި މާގެ 2 މުއައްސަސާއެއްގެ ވަޒީފާގައި މިހާލަތުގައިވެސް އެއިން ކުއްޖަކަށް އޮފެެްވެސް ނުލިބެ ވަޒީފާދޫކޮށްލާފައި ރަށް އައުމުން އެވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާނީ އީސަތޯ ނޫނީ އެހެންމީހެއް އެދެކުދިންގެވަޒީފާ މިއަދުން މިއަދަށްރަށުން ހަޖައްސަދިނަސް ވަގުތުން ރަށަށް އަންނަން ތައްޔާރު
ރަޢިއްޔަތުންގެ މާލިއްޔަތުން ކައިފުރައިގެން ހުރި އަބުރުގެއްލިފައިވާ އިއްޒަތްތެރިއަކަށް ބަސްވުނެވޭނީ ހަމަތިގޮތަށް އަދިވެސް ކެވޭވަރުމަދީ
އަޖާބުން އަންތަރީސް މީހަކުވެދާނެ ނޫންތަ.
އީސަ އެބުނަނީ ވަރަށް ރަނގަޅުވާހަކައެއް! މާލޭގައި އުޅެވޭނެ ފެންވަރުނެތް މީހުން މިވަގުތު ރަނގަޅުވާނީ ރަށަށްދިއުން! މާލޭގަ ހާލުގައުޅޭކަށް މަޖުބޫރެއް މިސަރުކާރުންނެއް އެވެސް ރައްޔިތަކަށްނުކުރާނެ! ހާލުގަ އުޅޭބަޔަކު އެއުޅެނީ އެބަޔަކު އަމިއްލަޔަށް އެގޮތް ބޭނުންވެގެން! މިއީކީ ބޮޑާހާކަންވީވަގުތެއްނޫން! ޗެނަލް13ގަ އުޅޭ ނަރީޝްވެސް ސަމާހުވެސް ދެންތިބިމީހުންވެސް މިތަނުގަ ފިތުނަ ނުއުފަށްދާ ރަށަށް ދާންވީއަވަހަށް!
އީސައަކީ މާލޭ ބޭފުޅެއްތޯ؟ އަމިއްލަ ގޭ މާލެގައި ހުރީމަތޯ ރަށްރަށުގެ މީހުން މާލެ ދޫކުރަން ތިބުނަނީ؟ ތިމާ މާލެއަށް އައިގޮތާއި އުޅުނު ގޮތް ހަނދާން ނެތުނީތޯ؟
މިކަހަލަ މީހުން މެމްބަރުންނަށް ދެންވެސް ރައްޔިތުން ހޮވީމަ ހުންނާނީ މަސްބޭނިފަ.
ޙަގީގަތް އަހަރުމެން ކުއްޔައް އުޅޭ ނިކަމެތިން މިވަގުތު އޮތީ ގަބޫލް ކު ރުން ވަ ރައް އަވަހަށް ދާނަން
ރަށްރަށުމީހުންނަށް ހާދަވަރެކޭދޯ ވަނީ ރަަށަށްދާން ބުނީމަ، ހީވަނީ ފާފައަކަށް އަރައިގަންނަން ބުނާހެން، ތިވަރަށް ދެން ބަޔަކު މާލޭ މީހުންގެ ދަށުވާނީ، މަ ނަމަ އުޅެވޭ ގޮތަކަށް އުޅެންވެސް ދާނީ ހަމަ ރަށަށް...ރަށުގަ ކިޔެވޭ ވަރަކަށް ކިޔަވައިދީގެން ކޮލެޖްތަކުން ރަށްރަށުގަ ހިންގާކޯސް ހަދައިގެން، ރަށަށް ޚިދުމަތްކޮއްދީގެން އުޅެވޭތޯ ބެލިއްޔާ ދެރަވަނީތަ...އެބަޔަކު އުފަންވިތަނެއްގަ އުޅެވޭގޮތަކަށް އުޅުން މާދެރަކަމެއްތަމީ؟!
ދަންނަވަންތޯ! ތިޔައީވެސް ރަނގަޅު ވާހަކައެއް! އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މަސްދުވާނީ ފެން އޮތްތާކުކަން!
Eesa kae ah heyo visnun dhehvaashi alhugadhu balaannan mulhi umurah thi gothuga hureveytho aameen
ތިޔަބުނި ބަސް ހަންދާން ކުރައްޗޭ ދެން ރައްޔިތުން ކާރިއަށް އަންނަ ޖެހޭދުވަހުން.
ތަ ރަށުގަ ގެ އަޅާފަ ދޭންވީނުން
ކަލޭ ނުބުނެގެން ނުދެވިފަ މިހުންނަނީ
ހެޔޮސަރުކާރަށް ނިސްބަތްވާ ބޭފުޅުންގެބަސްމަގު މިހުންނަގޮތުން ހަމަ ހައިރާންވެއްޖެ. ނިކަމެތިރައްޔިތުންގެ ދިފާއުގައިވަކާލާތުކުރާގޮތުންޔަގީންވަނީ ރައްޔިތުންނާމެދު އަޅާލުމެއްނެއްކަން. ދެވަނަ ދައުރެއް މިފަ ދަމީހުނަށް ދިނުމަކީ އިތުރަށް ރައްޔަތުންނަށް ދެވޭ ދެރައެއް.
ވެރިކަމެއްކުރަން ކުފޫހަމަނުވާބަޔަކު އަތުވެއްޖެނަމަ އެގަޢުމެއްގާ ދާޙިލީ ހަމަނުޖެހުން ހިންގާނެ ކަން ތާރީޙް ހެކިދޭ
ކުލި ނުދެއްކޭ މީހުން ރަށަށް ދޭ: އީސަ ކޮބާކިހިނެއްތޯ މިވީ މާރައްޔަތުންނައްލޯބި ދޭމީހަކައްވެ ރައްޔަތުން ވިންދާ ހިންދާ ދެންވެސް ހުރިހާކަމެއް އެނގޭ ކަމައް ދައުވާކުރި މީހަކު ކުއްލިޔަކައް ކިހިނެއްްތޯ މިވީ ބަލަ ކުލިދެއްކޭވަރައް ތަންތަން ކުއްޔައްދޭނަމަކަ ރަށަކައްވެސް ދާކައް ނުޖެހޭ ފުރަތަމަ ސީދާ ރާވައިގެން ސަރުކާރުން ގެދޮރުކުއްޔައް ދޭ ވިޔަފާރީ ފުލޭޓްގެ ނަމުގަ ގެސްޓް ހައުސް ހަދައިގެން ބޯޑުއަގުގަދޭންފެށީމަ ވާނެ ހަތަރެތި މިވަނީ މިވަރުންވެސް ރައްޔަތުން ހޭނާރާތީ މަސްއަލަޔަކީ ރައްރަށުގަ ހިލޭ ބިން ގޯތި ދޫކޮއްފައި މިމާލޭގެ ރައްޔަތުންނައް ޖެއްސުމައް ހިތުން މިނުދެނީ މިކމުން ގެންލުން މިވީމިކަން ކުރުމައް ސަރުކާރައް ވަސަ ވާސް ދިން މީހުންނައް އާޙިރަތުގައި މިގައުމުގައެއް 1978 އަހަރަހަމަޔަކައް ދިިވެއްސަކު ކުއްޔަ ނޫޅެއޭ ދެންނެވޭނީ ވެރިކަމުގަ ދަހިވެތިކަމުގައި ބިންތައް ހިސޯރުކޮއް ނުދީ ރައްޔަތުން ނައް ދަތި ކުރުމުގެ ނަތީޖާމީ ހުޅުމާލޭގަ ބިންތައް ފަޅައް ބުޅާ ސީލާން ބާއްވްަވަ ރައްޔަތު ނިކަމެތި މީހާ 100 ފޫޓް 100 ފޫޓް ގޮޅިޔެއްގައި 4 3 ކުދިން ހާލުގައި ވެރިން ރައްޔިތުންގެ ޓެކްސް ޕޭ ރުފިޔާއިން ބޮޑުމުސަރަޔާ އިނާޔަތާ ނައްގަވައިގެން އައިސް ކުރި ކޮޓަރި ތަކުގައި އައިސް ކުރީމް ހިޕަވަން
ޙަރާން ލާރި ކެޔުން ހުންޓަންވީ ފުރަތަމަ ،
ރަށަކަށް ދާކަށް ނުޖެހޭ. ކޮބާ އަހަރެމެން އަމިއްލައަށް މަސައްކަތް ކުރީމަ މަޖްބޫރުކޮށްގެން 6% ނަގަައިގެން ފަންޑޭ ކިޔާފަ ފޮރުވި ލާރިތައް. މިހާރުން މިހާރަށް އެލާރި ލިބޭނެގޮތް ހަދާދީ. ހާލުގަޖެހިގެން ސަލާން ޖަހާ ހިސާބަށް ދިޔައިމަވެސް އަހަރެމެން އަތުން ގަދަކަމުން ނަގާފަ ފޮރުވި ލާރިތައް ދޭކަށް ނުވޭތަ އަދިވެސް.
ރަށުގަ ގެއަޅާފަ ދިރިއުޅުން ވަގުތުން ބަދަލުކުރެވޭ ހާލަތުގަ ތިބި ކިތައް އާއިލާބާ މާލޭގަ ދިރިއުޅެނީ. ރަށަށް ދިރިއުމުން ހިލޭ ކާބޯތަކެތި ލިބޭކަމުގެ ގެރެންޓީ ލިބެނީބާ؟ ރަށުގަ އުޅޭ ގިނަ އާއިލާތަކުންވެސް ދިރިއުޅުމަށް ބަޜޯސާވަނީ ވަޒީފާއަކަށް. ރަށަށް ދާ އެންމެންނަށް ރަށުން ވަޒީފާ ދެނީ ކާކުބާ؟ ތަންކޮޅެއް ބޮޑަށް ވިސްނާލަމާ ގައުމުބައްޓަން ވެފަ އޮތް ގޮތާމެދު އެއްޗެކޭ ބުނުމުގެ ކުރިން؟
ރައްޔިތުން ހޮވި ސަރުކާރުގެ އިޚްލާސްތެރިކަން އިމްތިހާން ކުރާވަގުތު މިއޮތީޖެހިފަ...
މާޅެންދޫ އަށްތޯ؟
މިރަށް ފުށު މީހުން ނަށް ލާލި ކޮޅެއް ލިބޭ އިރަށް ފެންވަރު އޮޅި ހޮދު ތިމާ އަށް ތިމާ އޮޅޭ މިއީ ގިނަ ރަާއްޖެ ތެރޭ މީހުންގެ ހާލު ކަލޭ ފަދަ ފަދަ ޖާހިލު ކިބުރުވެރި ރާއްޖެ ތެރޭ މީހުންނާ ހެދި އޭ ރާއްޖެ ތެރެ ތަރަށްގީ ނުވަނީ ވެސް . އިއްޒަތްތެރި މާލޭ ދެމަފިރިން [ރައިސް ޔާމީން]ގެ ދެކަނބަލުން ރާއްޖެ ތެރެ ތަރަށްގީ ކޮށްދިނިސް ކަލޭ މެންނަށް ޓަކައި ސްމާޓް ސިޓީ ވެސް ހަދައި ދީފަ އެއޮތީ . އެކަމަކު ބޯ ބުރާންތި ވީމަ ޝުކުރުވެރިވާން ނޭގުނީ ދޯ . އެހެންވީމައޭ މަގޯތި ސޮރަށް ވޯޓު ނުދޭން ވީ ، ދެންވެސް އިއްޒަތް ތެރި މާލޭ މީހާގެ ފަހަތަށް ރާއްޖެ ތެރޭ މީހުން އަރާ ބަލަ އޭރުންނޭ ސްމާޓް ސިޓީ އަށް އާދެވޭނީ .ހިންނަވަރު މީހާ ވެސް އެހެރީ ފެންވަރު އޮޅިފަ އޭނަ ކަލޭމެން ނުގެންނާނެ ޕަކާސް
މި އެމް.ޑީ.ޕީގެ ބައެއް މެމްބަރުން މާބޮޑަކަށް ރާއްޖެތެރެއޭ މާލެ މީހުންނޭ ކިޔައިގެން ބޭކާރު އަނގަމި ތަޅަނީ ކީއްވެގެންބާވައޭ ހިތަށްއަރާ. ތި ތަނުގެބައެއްމެމްބަރުންނަކީ އަޚްލާގު ގެ ކަންފުޅެއްވެސް ނެތް ރަހްމެއްނެތް ބަޔެއްކަން އެގޭ ހާލު ތި މެމްބަރުންނާ އެކަށީގެން ނުވާތާކަށް މާބޮޑަށްއިއްޒަރްތެރި ވެފަތިތިބެވެނީމާލެ ވިޔަސް އަތޮޅުތެރެއިން ވިޔަސް ދިވެހިރައްޔިތުންގެ ވޯޓުންކަން ހަނދާންކޮށް ދެން.
މީކޮންތާކުން އައިސް ހުރި މީހެއް! އަނެކާ މީވެސް މާލޭ މީހެއްތަށް! ކަލޭ ނިކަމެތިންނަށް ގޮވާއިރު ހަނދާނުގައި ބައްހައްޓާތީ ތަކުލީފެއްގައި އުޅޭ ނުވަތަ އަނިޔާލިބޭ މީހާގެ ދުޢާ ވަގުތުން އިޖަބުކުރަވާ ޙަލިގުވަންތަﷲ ކުޅުދުންވެވޮޑިގެންވެ ކަލޭވެސް އެދަރަޖައަށް ގެންދިއުމަށް! ވިމާ އެދުވަހުން ތިދައްކާ ވާހަކައަށް ޒިންމާ ވާންޖެހޭނީ ޙުދު ތިބާ!
އަހަރެމެންގެ އަތުން ޕެންސަނަށް ނަގާ ފައިސާ އަހަރެމެންނަށް 65 އަހަރު ވީމަ އެކަނިތަ ލިބެންވަނީ، ނޫނީ ކަލެއަށް ކާން އެ ފައިސާ ނުލިބޭތީތަ ތިޔަހެން ތިކިޔަނީ
ބަލައީސާ ރަޔެތުންނައްތިހާހެޔޮއެދެންޏާ މަޖިލީހުގޮޑިދޫކޮއްލާފަކުޅަވައްދަޑުހައްްދަން ރަށުގަހުއްނައްދާންވީނޫތައޭބަމީހަކައްރަގަޅުގޮތެއްބުނެދެވޭނީތިމާރަގަޅުވެގެން ފުރަތަމަތިމާތިހުރީއަމިއްލައެދުމުންހަލާކުވެފަ
ރައްޔިތުންނޭ ވިސްނާލަބަލަ ހެސްކިޔާފަ މެޖޯރިޓީ ނޫދޭށޭ ގޮވިން ހަމަ ރައްޔިތުން ދިނީ މިހާ އެތިބަގެން ފަޔާއަރަނީ ދެންވެސް ވިސްނާފަ ބޯލެބުން ނޫންގޮތެއްނެތެވެ. ކެއްކުރާށެވެ އެއްފަހަރު ޖެހިތާގަ 2ވަނަފަހަރު ޖެހިޔަނުދޭށެވެ ނަމާދުކޮށް ދުޢާކުރުން ގިނަކުރަމާ ހިގާށެވެ ހާލަތު މިއޮތް ކުރިމަތިލީއެވެ ހިންވެސް ދަމާވެސް ނުލެވުނެވެ. ރައްޔިތުންވޭ ވިސްނާށެވެ.
މިއީ މިމީހުންގެ ހާލު. ކަމެއްދިމާވީމަ ހަދާލާނެ ގޮތް އެބުނެލީ
ކަލޯ ހަމައިގަތޯ ތިހުންނެވީ؟
އީސައަށް ހީވާކަހަލަ މާލެމީ އީސަގެ އަމިއްލަ ފަސްގަނޑެކޭ. ތިމާ ތީ ކޮންތާކުން އައިސްހުރިމީހެއްބާ. ވަރަށް ކިބުރުވެރި މީހެއް. ވަރަށް ބޮޑާ މީހެއް.
ކުލި މައާފް ނުކޮއްދެވުނު މެމްބަރުންތައްވެސް ރަށައްދޭ.. ގޮނޑިންފައިބާ.. ނޫނީގޮސް ވައްޓާލާނަން..
އައްޑޫ ހިތަދޫ ނޫރާނި ސްކޫލް ގްރޭޑް 6 ކުން ފާސްނުވިގްރެޖްއޭޓަކަށް ވާހަކަ ދެއްކޭނީ ތިހެން. ލަދު ހަޔާތުގެ ހަމަ ކަންފުޅެއްވެސް ނެތް. މިހާރަކަށް އައިސް މިކަލޭގެއަށް ދެބަހުން އެއްބަހަށް އިގިރޭސިބަހެއް ނުލާ ވާހަކަވެސް ނުދެއްކޭ. ބޮޑާކަމާއި ކިބުރވެރިކަމުގަ އަރާހުރި، އެކަމަކު މިތާ ގިނަ މީހުން ކޮމެންޓް ތަކުގަ ލިޔެފަ ވާފަދައިން ހަމަ ހުރިގޮތަށް ހުރި ބުރާންޗެއް. މި ބުނީ ގަހެއްގެ އޮފިގަޑެކޭ ނޫން އަހުމަދު އީސާ. ކަލޭ އިގިރޭސި ކަމުން އެހެން ހީވެދާނެތީ ބުނެލީ
ކުލި ނުދެއްކޭ މީހުން ރަށަށް ދިޔަކަސް ކަލެއަށް ދެއްކޭތާ ދައުލަތުގެ ހަޒާނާ އަޑިންނާއި މަތިން ވަގަށްނަގައި ގެން ދޮވެހުސްލާގެންވިއްޔާތިބީ
މީނަ ދޯ ނާއިބް ރައީސް ކޮއްކޮއާއި އިނދެގެން އުޅެނީ؟؟؟؟