ދިވެހި މުވައްޒަފުން ވަކިކުރާ ރިސޯޓްތަކަށް ސަރުކާރުގެ ސްޓެމިއުލަސް ޕެކޭޖުން އެހީއެއް ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ސަރުކާރުން ދޫކުރާ ލޯނުތައް ދޫކުރުމުގައި ފުރަތަމަ ޝަރުތަކީ މުވައްޒަފުން ވަކިނުކުރުން ކަމަށެވެ.

"ވަޒީފާ ގެއްލޭ ފަރާތްތައް ޖޮބް ސެންޓަރަށް އެންގުން ވަރަށް މުހިންމު. އެއްވެސް ރިސޯޓަކުން މުވައްޒަފެއްގެ ވަޒީފާ ގެއްލިގެނެއް ނުވާނެ. އޭގެ މާނައަކީ އަޅުގަނޑުމެން ލޯނެއް ނުދޭނެ ވަޒީފާއިން ވަކިކޮށްފައިވާ ނަމަ." އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ޕެކޭޖްތަކުގެ އެންމެ ބޮޑު ބޭނުމަކީ ރިސޯޓް ދާއިރާގެ ވެސް އަދި ވިޔަފާރީގެ ދާއިރާގެ މުވައްޒަފުން ހިމާޔަތް ކުރުން ކަމަށެވެ. "ސްޓިމިއުލަސް ޕެކޭޖް މި ހިނގާ ގޮތަކީ 10 މިލިއަން ރުފިޔާ ލިބިފައިވާ ވިޔަފާރިތަކަށް ޓޫރިޒަމް ސެކްޓާ ނުހިމަނައި ލޯނު ދޫކުރާނީ ބީއެމްއެލް އިން. އޭގެ ދަށުން ލޯނުތައް ދޫކުރާނީ އެސްޑީއެފްސީން. އަމިއްލަ ފަރާތްތަކަށް ވެސް ލޯނު ދޫކުރާނީ އެސްޑީއެފްސީން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން އަންނަ ހަފްތާ އިން ފެށިގެން ފައިސާ ދޫކުރަން ފަށާނެ ކަމަށެވެ.

"ސަރުކާރުގެ ވިސްނުމެއް ނޫން މި ދަނޑިވަޅު ސަރުކާރުގެ މުވައްޒަފުން މަދުކުރުން އެއީކީ. އެކަމަކު ކުންފުނިތަކުން ވެސް އެބަބަލާ އެ ކުންފުނިތަކަށް ހަރަދު ކުޑަކުރަން. ވަރަށް އެ ކުންފުނިތަކަށް ވެސް އަޅުގަނޑު ވާނީ އިންސްޓްރަކްޝަން ދީފައި. ވަރަށް ބޮޑެތި މުސާރަތައް ދެމުން އަންނަ ކުންފުނިތައް ވެސް އެބަހުރި. ކުންފުނިތަކުން ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތަފުސީލުތައް އަންނަ ހަފުތާގައި ލިބޭނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަރުކާރުގެ ޑޯލް

    ވަކި ނުކުރިޔަސް 20 ޕަސެންޓް މުސާރަ ދީފަ ެބަ ބަހައްޓަ ވަޒީފާގަ .
    ދެން އެމިހުންނޯ

    13
  2. ނުރަބޯ

    ވަކި ކުރަނީކީ ނޫނޭ. 3 މަސްދުވަހަށް ނޯޕޭއަށް ފޮނުވަނީ ނޫނީ ބޭސިކްސެލަރީގެ %30 - %20 ދީފަ ފޮނުވަނީ.

    4
    2
  3. އޮޕަރޭޓަރ

    ރަނގަޅު

    2
    2
  4. .......

    ލިބޭނެ ބައި އަޅައިދޭ ކޮންމެ ބަޔަކަށްވެސް. މި ދަނޑިވަޅުގަވެސް ވައްކަން. ބޮޑުވަރު.

    11
    1
  5. ހަސަންފުޅު

    އަދި ނޯޕޭދީފަ ފޮނުވާލަާ މީހުންގެ ޙައްޤު ކޮބާތަ؟

    10
  6. މަސީހު

    ތިޔަހެންބުނެފިތަ އެންމެފުރަތަމަދޭނީ އެމީހުނައް.

    9
    1
  7. އިބުނި

    ކިތަންމެ ފޫބައްދަން އުޅުނަސް ކަމެއް ކުރަން އެނގިގެން ނޫން ތިއުޅެނީ. އަދި ދެވޭނެ ލާރިއެއް ހުރެގެން ވެސް ނޫން ތިއުޅެނީ... މިފަދަ ދަނޑިވަޅުގަ ވެސް ދައުލަތް ފުނޑާލަން ތިއުޅެނީ...

    13
    4
  8. އީޖާބޭރާއްޖެ

    އާމްދަނީލިބޭނެ ގޮއް އެބއޮތެއް ނޫންތޯ ކޮންމެވެސް ނަމެއްގަ ޓެކުހެއް ނަންގަވަން ވީ ނޫންތޯ ސަރުކާރުން އެސެޓެއްކަމައް ބައްލަވާ 3 ލައް އެއްހާ ރައްޔަތުން އަދި ދިރި އެބަތިބިނޫންތޯ މިހާރުވެސް އެންމެ ބޮޑު އަމްދަނީޔެއް ލިބޭކަ،މައް ތިޔަ ވިދާޅުވަނީ މީރާގެ ޓެކްސް އިން ނޫންތޯ ޖީއެސްޓީ އިން ނޫންތޯ ކޮބާޓޯ މަސް އަލަޔަކީ

  9. ރަދީފް ހުސެން

    ރައްޔިތުންގެ ތެރޭންބަޔަކު ސަރުކާރުން އެ ދޭގޮތައް ޓްވީޓްކޮއް، އަތްޖަހާ ނަށާ މޮޅުވާހަކައިން ސޯސަލް މީޑިޔާ ފުރާލިޔަސް އެންމެނަކު ގަޅި ނުހެއް ދޭނެ. ތި އިސްތިހާރުކުރާ ޕެކޭޖެކޭ ދިރާގުން ދޭ ޑާޓާ ޕެކޭޖެކޭ އެއްވަރު. ކޮޅަކުން ކޮޅަކުނުޖެހި މަސްނިމުނީމަ އިތުރައް އެތައްހާހެއް އަތުން ދިނުން ނޫންވަރެއް ނުވެ. ތިވެސް ހަމައޭގެ ޕެކޭޖެއް. ތިޔައް ހެއްލިގެން މަގޭވިޔަފާރިއާއި މަގޭކަރުގަ އިތުރު މަޅިއެއްބެ ދޭކައް ކިތަންމެ މޮޅުވާހަކައެއް ދެއްކިޔަސް މުއައްޒަފުން ކަނޑާނުލާ ވާކަށެއްނެތް. ތި ޕެކޭޖުގެ ފައި ދާ އޮތީ މި ސަރުކާރުފެށުނީއްސުރެ ބަ ދަޅު ހޯ ދަމުން ޖީބު ފުޅާވަމުން ދާ ހައްގުމިންވަރުކު ދިންނައް.

    10
    6
  10. ޑެއިލް

    ގާސިމްބުނި ބޮޑުލާރިއެއްވެސް ބޭނުމެއްނޫނޯ. ގާސިމަށް ދީގެންނުވާނެ އެއްވެސް އިނާޔަތެއް.

    14
  11. ފުރަބަންދު

    މީނަ މާ ވާކަމަށް ހެދިގެން ކޮންމެ ދުވަހަކު އަނގަ އެބަތަޅާ.... އެހެން ނުންވާނީ.... ޕަޕެޓެއްވީމަ.

    9
    1
  12. އަޒީމް

    ނޯޕޭ ދީފަ ފޮނުވާލި ރިސޯޓުތަކައްވެސް އެހީއެއް ދީގެންނުވާނެ. ބޭސިކް މުސާރަ މަހުންމަހައް ދައްކާ ޕޭލީވްދޭ ރިސޯޓުތައް އެކަނި ހިމަނަންވާނީ.

    15
  13. ާަމަމިިިދު

    ނޯ

    5
    1
  14. އެލެކްސް

    އެއްވެސް ރިސޯޓަކުން ތިޕެކެޖް ހޯދާކަށްބޭނުނެއްނުވޭ! ވިޔަފާރީގެ ގޮތުންބަލާއިރު ތިލޯނުހޯދައިގެން މުސާރަ ދިނުމަކީ ވިޔަފާރީގައި ފައިދާވާނެކަމެއްނޫން! މިއަންނައަހަރު ރިސޯޓްތަށްހުޅުވާއިރު ވަޒީފާޔަށް މީހުން ލިބޭނެ! ބަންގާޅިންނާއި ފިލިޕީނުމީހުން ހެސްކިޔާފަލިބޭނެ!

    • ސަޓޯ

      އާނ އެހެންނާފަހެ!!! ރިސޯރޓު ތަކުގަ ހުސް ބިދޭސީން... ސަރުކާރުން އެއްވެސް ދާއިރާއަކަށް ބިދޭސީންނަށް ވަޒީފާ ނުދެވޭގޮތް ހަދަންވީ.. ނޫނީ މިކަމެއް ނުވާނެ ހައްލެއް

  15. ސަޓޯ

    އެމީހުން އެބައުޅޭ ވިއްޔާ ކަލޭމެންދޭ ޕެކޭޖުގަނޑެއް ނުލިބިގެން...