ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ގުރްއާން ޗެލެންޖުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންފިއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވަނީ ބަގަރާ ސޫރަތުގެ 152 ވަނަ އާޔަތުން 157 ވަނަ އާޔަތައް ކިޔަވާވިދާޅުވެފައެވެ. އަދި އެއާޔަތްތަކުގެ މާނަ ވެސް ކޮމިޝަނަރ ވަނީ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.

ޗެލެންޖްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވަނީ ޗެލެންޖް ފުރިހަމަ ކުރައްވެވުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ޗެލެންޖް ކުރައްވާފައެވެ.

ކޮމިޝަނަރ ޕޮލިސް ޗެލެންޖްގައި ބައިވެރިވެ ވަޑައިގެންނެވުމުން ޑރ.ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވަރަށް ފުރިހަމަ" ކަމަށާއި ހެޔޮ ޖަޒާދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

މި ޗެލެންޖް ފެށުމުގެ ގޮތުން ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިއީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މި ވަގުތަކީ ބޭކާރު ކަންކަން ކުރުމަށް ވުރެ ބޮޑަށް އަޅުކަން ކުރުމާއި ދުއާ ކުރުން މަތީގައި ދެމި ތިބެންވީ ވަގުތެވެ. ޝަހީމްގެ މި ޗެލެންޖަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ ބައެއް މެންބަރުން ވެސް މިހާރު ވަނީ ޗެލެންޖްގައި ބައިވެރިވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. Anonymous

    ވ.ބެސްޓް. ﷲ ތެދުމަގު ދެއްކި އަޅަކު މަގުފުރައްދޭނެ މީހަކު ނުހުންނާނެ.

    194
    3
  2. Mahujanu

    ކޮބާތަ ހިތްތަކުގެ ރައީސް، ދަސްކު ރަން އެދު ރުގެއަށް ދިޔައީބާ؟

    42
    4
  3. ޝާނީ

    ގުޑް! ﷲ ތިބާ އަށް ތެދު މަގު ދައްކަވާށި
    "އާމީން"

    61
    1
  4. ރަޝީދު

    އަހަނެ ހަމީދުބޭ ދަރިފުޅު ހުރީކިޔަވައިގެންނޭ

    31
    1
  5. ޟ

    މާޝާ ﷲ ! ?

    44
    1
  6. ބޯހަލާކު

    ވިސްނާތި މުނާފިގުންގެ ސިފަތަ ހާމަކުރެއްވީ މާތް ނަބިއްޔާ..ރައްޔިތުންނެއްނޫ...ތައުބާނުވެ އަދި ގުރްއާން ކިޔެވިއަކަސް މޑނ ގެމެންބަރެއްތީ...

    38
    17
    • ގއ.މާމެންދޫ

      ކަލެއަށް ކިހިނެއް މީހެއް ތައުބާ ވުމާ ނުވުމާ ގުޅުވާ ވާހަކަ ދެއްކޭނީ.. އަހަރެމެން އުފާ ކުރަން ކަމިޝަނަރ އަކީ ހުވަދު އަތޮޅުގެ ލޭ ހިނގާ ދަރިއަކަށް ވީތީ..

      14
      6
  7. Anonymous

    މާޝާ ﷲ .ހާދަހާ ބޮޑު އުފަލެކޭ.ސީޕީވަރެއް ހަމަނެއް އިނގޭތޯ. ރައްޔިތުން ނަށް ތިޔަދެއްކެވި ރަނގަޅު ނަމޫނާއަށްޓަކައި. އެންމެން ނަކީ ޤާރީ ކޯސް ހައްދަވައި ފައި ތިއްބެވި ބޭފުޅުންނަށް ނުވެދާނެ. އެކަމް މުސްލިމުން ޤުރްއާން ކިޔަވާ އެއަށް ޢަމަލު ކުރަން ޖެހޭ. ކިޔެވުން ރަނގަޅުކޮށްލަށްވަން ހިތްވަރު ދެން. ޝަހީމް އުސްތާޒް އެހީތެރިވެދެއްވާނެކަން ޔަޤީން. ޝުކުރިއްޔާ ސީޕީ. ޝުކުރިއްޔާ ލޮބުވެތި އުސްތާޒް ޝަހީމް މިކަމުގައި ތިޔަ އިސްނެންގެވުމަށް. އަންނިވެސް ބައިވެރިވެ ވަޑައިގެންނަވަންވީނޫންތޯ. ދަޢުވަތު ދެއްވީމަ.

    43
    3
  8. ޓަކިބޭ

    ވަރައް އުފާވެއްޖެ ތެދު މަގުދެއްކެވީތީ މިދުނިޔެޔަކީ ފިލައިގެންދާނެ ކަމެއް ކަން މުޅިދުނިޔެ އައް އެގެމުން މިދަނީ އަމިއްލަބާރެއް ނެއްކަން ބާރުވެރި ފަރާތަކި ހަމަ އެކަނި މާތް ﷲ ކަން މުޅޮދުނިޔެ ކުޑަކަކޫމައްޗައް ވެއްޓުނީ ކިތައްމެވަރަކައް ތަދުބީރު ކުރިޔަސް ތަގްދީރަކާ ދެކޮޅެއް ނުހެދޭނެ ވެދުން

    30
    1
  9. ޥަަނުވާ

    ބަޔަކު ކިޔަަ އެއްޗަކަށް ބަލާ އެއްޗެއް ނޫން. ރަނގަޅު ކަމެއް ވިއްޔާ ހިފަށްވާނެ. ގުޑްޖޮބް

    39
    2
  10. ސީނު

    ކިއެވުން ފުރިހަމަ. މާތްﷲ ނަހީކުރެވިކަނަތަކާ ދުރުވެ އެއަށް ކިޔަމަންވެ އަމަލުކުރާނެކަމަށް ހީކުރަން. ކުރެވިދިޔަފާފަތަކަށް ތައުބާވެ އެމްޑީއެން ގެމެންމަރުންނަށް ފިޔަވަޅު އަޅާނެ ލކަމަށްވެސް ހީކުރަން . އެއީ އަމިއްލަމީހާ ވިޔަސް

  11. ޙސ

    ވަރައް އުފާޥެރި މަންޒަރެއް ސީޕީގެ ފަރާތުން މިފެނުނީ މިއީ ގައުމީ އަދި ދީނީ އެއްބައި ވަންތަ ސިފައެއް ހަމަ ބެސްޓް ހަމީދު

  12. އެންދެރި

    ސިޕީ ގުރުއާން ކިޔެވުމުން ފާޑު ކިޔަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ހިއްވަރު ދޭން ވީ އެވެ.

  13. ރަދީފް

    ސާބަހޭ ހަމީދު.

  14. ކަޅުބެ

    ތައުބާވާށެވެ އެމްޑީއެން އާއި ދުރު ހެލިވާށެވެ ތިބާއަށް ހެޔޮމަގު ވިސްނުނީތީވެ ﷲ ގެ ކިބަފުޅަށް ހަމްދު ކުރަމެވެ ލާދީނީ ބައިގަނޑަށް ހިތުންނުފިލާވަރުގެ ފިލާވަޅެއް ދެވިއްޖެ އެވެ ވަﷲ އައުލަމް......

    6
    2
  15. ރަނގަޅު

    ކިޔެވިކަމަށް ޓަކައި ތިބާާއަށް ރަހްމަތް ލައްވާށި..ޤުރުއާންގެ ފިއްޔެއްވެސް އަކުރެއްވެސް ބަދަލު ވެގެން ނުވާނެ ކިޔަވާއިރު...155 ވަނަ އާޔަތުގައި އަކުރެއް ބަދަލުވެފަަ "ޘ" އެއް ކިޔުނީ "ޝ" އެއްގޮތަށް...އެވެދާާނެ މަނިކުފާނައް ކިޔޭގޮތް ކަމައްވެސްް..ހަމަަ ބުނެލީ...އެކަމަކު ކިޔެވުމުން އެކަމަށް އުފާ ކުރަން..ﷲ ތިބާއަށް ބަރަކާތް ލައްވާށި

    10
  16. ބުއްޅަބެ

    މާޝާﷲ!

    ބޯގަންވިލާ ކުދިންނާައި ކެނެރީގެ ކުދިން ބައިވެރިވި ނަމަ ހާދަ އުފާވާނެއެވެ.

  17. އޭޭއާރު

    މާޝާﷲ. ވަރައް ފުރިހަމަ ނަމޫނާއެއް.އިސްލާމީ އަހުލާގު ފެނިގެން ހިނގައްޖެ. މިއީ އެއްބައިވަންތަކަން ކުރިޔައްނެރެންވީ ވަގުތު. މީޑިއާތަކުގައި ސީޕީއާ ދެކޮޅައްފަތުރާ ހަބަރުތައް ހުއްޓާލުމައް މިވަގުތުން ގޮވާލަން. މިވަގުތުގައި ނަމާދުތައް އަދާކޮއް ގިނައިން ޤުރުއާން ކިޔަވައި ދުއާކުރަންވީ މި މުސީބާތުން ސަލާމަތްކޮއްދެއްވާތޯ.

  18. އަހުމަދު

    ماشاء الله ވަރަށް އުފާވެއްޖެ.

  19. ހޯނު

    ކިޔާލާ އެއްޗަކަށް ނޫން ބަލަންވީ. ބަލަންވީ އެއަކުން ވާ ފައިދާއެއް.

  20. އަޙްމަދު

    މާޝާﷲ. ﷲ ތެދުމަގު ދައްކުވައިފި އަޅަކު މަގުފުރައްދޭނެ އެކަކުވެސް ނެތް! ތިޔަ ދެއްކެވި ނަމޫނާއަށް ސާބަސް ދަންނަވަން އަދި އެމްޑީއެންގެ މެންބަރުންނަށް ހަޖަމްވެ އެމީހުންވެސް މިމަގު އިހްތިޔާރު ކުރާނެކަމަށް އުއްމީދު ކުރަން!!!

  21. ހަމޑު

    މާޝާﷲ މޮޅަށް ދެނެވޮޑިގެންވާ ފަރަތަކީއިނބަﷲއެވެ. މޑއނ ހަމީދުގެ ނިޔަށް ފެނެވޮޑިގެންވނި އިބަﷲ އެވެ. އަޅުގަނޑު ދޭނެ ނަސޭހަތަކީ ގުރުއާން ކިޔަވާއިރު ހެޔޮކޮށް އޭގަ އޮންނަ އެއްޗެއް ކިޔެވުމަށް ނުބާކޮށް ކިޔަވަނަމަ ގިޔާމަތްދުވހު އެގުރުއާން އެމީހަކަށް ލައުނަތް ލެއްވުމަށް ﷲގެ ހަޒުރަތުގާ ދަންނަވާނެ ގުރުއާން ހެކޮށް ކިޔަވާފިއްޔާމުން ސަފާއަތް ތެރިވާނެ އެވެ.

  22. Anonymous

    އެ އާޔަތްތަކުގައވާގޮތަށް ޢަމަުނުކުރާނަމަ މަންފާއެއް ނެތް

  23. މޫސަ

    ޙަމީދު ތަޖުވީދުގެ ބޭސިކް ނަމަވެސް ދަސްކޮށްލަން ފެނޭ! މިހެން މި ބުނީ މަލާމާތަކަށް ދެރަބަހަކަށްނޫން!

    5
    2
  24. ނަޖްވާ

    މީ ލަވަ ބާޒީ ކުޅޭ ފާޑަށް ޗެލެންޖް ކޮށްގެން ކުރާ ކަމެއް ކަމެއް ނުދެނެހުރިން!

    3
    7
  25. ނަސީދު

    ހާދަވަރަކައް ފަރިތަކޮއް ފައި ހުރިހެން ހީވޭ

    1
    3