ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ވެރިންނާއި، އެތަނުގެ މުވައްޒަފުން ލޭ ހަދިޔާކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ޖެނެރަލް ސެކެރެޓަރީ ހުސައިން ޖަވާޒް އަދި ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަލީ އުމަރާއި މުވައްޒަފުން ވަނީ މިއަދު ލޭ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ބައެއް ކުޅުންތެރިންނާއި ފުޓްބޯޅައިގެ އެކި ހަރަކާތްތަކުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ވެސް ލޭ ހަދިޔާ ކޮށްފައި ވެއެވެ.

އެފްއޭއެމް އިން ބުނީ ފުޓްބޯޅަ އާއިލާގެ ފަރާތުން މިމުހިއްމު ހަރަކާތުގައި ބައިވެރި ވެވުމުން އުފާކުރާކަމަށެވެ.

https://www.facebook.com/1401939256782742/posts/2483113951998595/?d=n&_rdc=1&_rdr

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ރިސޯޓްތައް ފުރަބަންދު (ލޮކްޑައުން) ކުރުމުން ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ވަނީ ދަތިވެފައެވެ. އެހެންވެ މީގެ ކުރިން ސަރުކާރުން ވަނީ ލޭ ހަދިޔާ ކުރުމަށް އިލްތިމާސް ވެސް ކުރައްވާފައެވެ. އެއިލްތިމާސް އާއި ގުޅިގެން ގިނަ ބަޔަކު ވަނީ ލޭ ހަދިޔާ ކޮށްފައެވެ.