ބިރުވެރިކަން އުފެދޭގޮތައް، މާލޭގައި ބާރަށް ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ބާރަށް ސައިކަލު ދުއްވި 19 އަހަރުގެ ދިވެހި ފިރިހެނެއް، ޓްރެފިކް ޕޮލިސް ސްޓޭޝަން ކުރިމަތިން ހެނދުނު 6:00 ހާއިރު ވަނީ ހިފަހައްޓާފައެވެ. ފުލުހުން ވިދާޅުވީ އެ ޒުވާނާ ހިފަހައްޓާފައިވަނީ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މާލޭގެ އެކި މަގުތަކުގައި ބާރަށް ސައިކަލު ދުއްވާފައިވާތީއެވެ.

ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް އަދި ބާރަށް އުޅަނދުފަހަރު ދުއްވާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢައި

    ގުޑް ވޯކް ! ޙަމަ ރަގަޅު

    25
  2. ސަމި

    މާ ލަސްވެސް ވެއްޖެ ތިޔަކަންތައް ކުރަން

    27
  3. ޒަޔާން

    މިރަށުގަވެސް އުޅޭނެ ތިކަހަލަ މޮޔަގަމާރެއް ހައްޔަރުވެސް ކުރަންޖެހިފަ އެހުރީ

    18
  4. ގަގަ

    ތިކަމަށް މަންމައެއްގެ ހައިސިއްޔަތުން އުންމީދު ކުރާތާ ވަރަށް ދުވަސް ވެއްޖެ. ޝުކުރިއްޔާ ޕޮލިސް ކޮމިޝަނަރ

  5. ސަޓޯ

    ސާބަހޭ.... މާލަސްވެސް ވެއްޖެ... ކޮވިޑް ކަންތަކާ ހެޔޮވިސްނޭ މީހުން ގެއަށް ވަނީމަ މަގުތައް ހުސްވީމަ، މިއުޅޭ ދާނުވާ ގޮޅިޖެހި ގަމީސްލައިގެން ބޯދިގުކޮއްގެން އުޅޭ ޒުވާނުންނޭ ކިޔައިގެން އުޅޭ ޕާރޓޭންތައް ހީވަނީ މާލެ ރަންވެގެން އުޅޭހެންވިއްޔާ... ބޮޑު ކަމެށް....

    10