ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ އެގްރީމަންޓެއް ހަދައި އެމީހުންނަށް ފްލެޓު ލިބޭ ކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ދަނޑިވަޅުގައި މާލޭގައި ބޯހިޔާވަހިކަމަށް ލުޔެއް ހޯދައި ދިނުމަށް މި ސަރުކާރަށް ކުރެވެން އޮތް އެންމެ ބޮޑު އެއް ކަމަކީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންނާ އެކު އެއްބަސްވުމެއް ހެދުން ކަމަށެވެ.
އަދި މިވަގުތު ފްލެޓު ލިބުނު މީހުންނަށް، އެ ތަންތަން ލިބޭނެކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
Mi dhandivalhugai Male gai boahiyaavahikamah luyeh hoadhaidhevvumah sarukaarah kurevven oi emme bodu eh kamakee Hiyaa Mashroouge dhashun flat libifaivaa faraaithakaaeku agreement hahdhavaa e faraaithakah flat kashavaru kohdhevvun. Adhi e flat thah avahah nimmava havaalukurevvun
— Dr Mohamed Muizzu (@MMuizzu) April 1, 2020
މުއިއްޒު ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި ސަރުކާރަށް ކުރެވެން އޮތް އެންމެ ބޮޑު އެއް ކަމަކީ ފްލެޓުތައް އަވަހަށް ނިންމައި ހަވާލު ކުރުމެވެ.
ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓްތައް ހައްގުވާ މީހުންގެ ލިސްޓެއް ރައީސް ޔާމީންގެ ސަރުކާރުގައި ނެރުނެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމެން އުޅެނިކޮށް، ފްލެޓު ލިބުނު މީހުންނަށް، ލިޔުން ވެސް ހަވާލު ކުރިއެވެ. އެކަމަކު، ހުޅުމާލޭގައި އިމާރާތްކުރަން ފެށި އެ ފްލެޓްތައް ދިނީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ މައްސަލަތައް ބެލުމަށް ފްލެޓު ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދަވައިފައެވެ.
ފްލެޓް ކޮމިޓީން ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރިން ކުރި ނަމަވެސް، މިހާރު އެ މަސައްކަތް އޮތީ މަޑުޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ 17،189 ފޯމު މިހާތަނަށް ސްކްރީންކޮށްފައިވާ ކަމަށެވެ. ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓްތައް ހައްގުވާ ލިސްޓު އިއުލާންކުރަން ފްލެޓް ކޮމިޓީ އޮތީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހިޔާ މަޝްރޫއުގެ 7000 ފްލެޓް މި އަހަރުގެ ތެރޭގައި ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހިޔާ މަޝްރޫ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް އަލުން ޕޮއިންޓް ދީ ހައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް ފްލެޓް ކޮމިޓީން ކުރަމުން އައި ނަމަވެސް މުއިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ އެއްވެސް މީހަކަށް ބޭއިންސާފުން ފްލެޓު ދީފައި ނުވާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓު ލިބުނު މީހުންނަށް ދިން ލިޔުމަކީ ގާނޫނީ ގޮތުން ސައްހަ ލިއުމެއް ކަމަށާއި ފްލެޓް ލިބުނު މީހުންގެ އަތުން އެތަންތަން ނިގުޅައިނުގަނެވޭނެ ކަަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ލިޔުން ލިބިފައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފްލެޓު އަތުލައިފި ނަމަ، ކޯޓަށް ދިއުމުގެ ފުރުސަތު އެމީހަކަށް އޮންނާނެއެވެ.
އެކަމަކު ފްލެޓް ކޮމިޓީން ބުނެފައިވާ ގޮތުގައި ޝަރުތު ހަމަވި ކަމަށް ބަލައި މާކްސް ދީފައި ވަނީ ހައުސިން މިނިސްޓްރީން އާއްމުކުރި ކްރައިޓީރިއާއަކަށް ނޫނެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ބޭނުންވެގެން 22،000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމް ހުށަހަޅައިފައެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދާ އެ މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ.
ނުހައްގުން ފުލެޓުތަށް ބަހާފަ ބޭކާރު އަނގަ ނުތަޅަބަލަ މުއިއްޒު, ވިތް އޯލް ޑިއު ރެސްޕެކްޓް!
އަހަރެމެންނަށް ފުލެޓް ދޭންކަމުގެ ޔަގީންކަން ޕާޓީ އޮފީހުން ވަނީ ދީފަ ވޯޓު ކެމްޕެއިންގެ އެންމެފަހު ދުވަހު! އެކަމަކު ހަރާންފަދަ ހެދީ ހުސް ދޮގު
ޔަގީނަށްވެސް މަށައް އެނގޭ މާލޭގަ ގެ ހުރި މީހުނަށްވެސް އޮތް ފުލެޓު ބަހާފަ
މިސަރުކާރަކީ ނަހަލާލުން ވެރިކަމަށް އަރައިގެން އުޅޭ ބައެއް.
ދެން އެހެންވިއްޔާ ނުހައްގުން ދީފައި ހުރި ފްލެޓް ތަކުގެ މަޢުލޫމާތު، ތިޔަބުނާ ކޮމެޓީ އިން ހާމަ ކުރަންވެއްޖެއްނު... މިދެން ކިހާ ދެރަކަމެއް! ތިޔަ ފްލެޓްތައް ލިބުނު ބަޔަކަށް ތިޔަ ފްލެޓްތައް ދީފައި ހުރިނަމަ، މިހާލަތުގައި ރައްޔިތުން ކުލި ނުދެއްކިގެން މަގުމަތި ވާކަށް ނުޖެނޭއް ނޫންތޯ... ހަމަ ޔަގީނުންވެސް މާލޭގެ ކުލީގެ އަގުތައް ވެސް ތިރިވާނެ ނޫންތޯ؟
ކަލޭގެ މިނިސްޓަރުކަން ނިމިއްޖެ ކަލޭ އަދިވެސް ބޭނުންވަނީ ނުފޫޒުފޯރުވައިގެން ކަލޭހެދި ލިސްޓުތަކުގަ ތިބި ކަލޭގެ ރައްޓެހި ގާތް މީހުންނަށް ފްލެޓު ދޭންދޯ
ކަލޭހިންގާފަ ހުރި ޖަރީމާތަކަށް މިސަރުކާރުން ތަބާނުވާނެ ! އަދި ޤާނޫނު ކަލެއާވެސް އަރާހަމަ ކުރާނެ ! ބާރަށް އަގަތަޅުވާ !
މިސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އަމިއްލަ އަށް އިސްތިއުފާ ދެއްވި އެއް ބޭފުޅަކު ވިދާޅު ވީ ކުރިން އޮތް ލިސްޓް މާރަނގަޅުކަމަށް މިހާރު ހަދާ ލިސްޓް ވަރަށް ގޯސް ކަމަށް ހަމަ ޔަގީނުން ވެސް އެއީ ޔާމިން އައްޔަނު ކުރި ބޭފުޅުންނެއް ނޫން އަދި ޔާމިނަށް ސަޕޯޓް ކުރާ ބޭފުޅުން ނެއް ވެސް ނޫން ބޮޑު މުސާރައެއް ދޫ ކޮށް އިސް ތިއުފާ ދެއްވަވާނީ ވަރަށް ގޯސް ވީމާ ތާ މިކަން އޭސީ ސީ ބަލަން ޖެހޭ މިހާރު އޭސީސީ ގެ އިސްމަގާމުތަކަށް އަންހެުން ލީފަހުން ވާކަމެއް ހަރާން ހުށަހަޅާ ކަންކަން ނުބަލާ ފޯނު ކޯލެއް އަޔަސް އެމީހުން ތިބެނީ ބިރުން ވިރި ވިރި ހީސް ލެވޭ ވަރު ވެފައި އެއްދުވަހު އަލީވަހީދު އަނެއް ދުވަހު ރައީސް އޮފީހުން ސަމީރު ގުޅާ މިއީ ހާގީގި ތެދު....
ވަރަށްބޮޑު ހައްލެއް ލިބޭނެ އަވަހަށް ފްލެޓްތައް މި ދަނޑިވަޅުގައި ދެވިއްޖެނަމަ. ސަރުކާރުން މިކަމާ ވިސްނާނެކަމަށް އަދި އަވަހަށް ފްލޭޓްތައް ދޭނެކަމަށް އުއްމީދު ކުރަން.
މަށައް ލިބުނު ފުލެޓް އެއީ މަ ހައްޤެއް.
މިސަރުކާރިން ނުދީފިއްޔާ ޤިޔާމަތް ދުވަހު ރައީސްމީހާ އައް އޭގެ ބަދަލު މާތްﷲ ދެއްވާނެ.
އަނިޔާވެރިންނައް ގަދަފަދަ ޢަޒާބު ދެއްވާނެކަން މާތް ﷲ ވަނީ އަންގަވާފަ .
މިހާރުން މިހާރަ ވެސްފުލެޓު ދީފިއްޔާ އެތަމިލިޔަން ރުފިޔާއެއް ސަލާމެއްވެ ރައްޔަތުން ދޭންޖެހޭ ކުލި %75 ކުޑަވާނެ..