ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ދެވަނަ އަށް ރާއްޖެ އިން މިބައްޔަށް ފައްސި (ޕޮޒިޓިވް) ވެގެން ފަރުވާ ދޭން ފެށި، އަދި މިހާރު ެވސް ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސޮލޭޝަން ފެސިލިޓީގައި ހުރި އިޓަލީވިލާތުގެ ފަތުރުވެރިޔާ އޭނާ ކުރި ތަޖުރިބާ ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ކިޔައިދީފިއެވެ.
"ޕީއެސްއެމް" އިން ބުނާ ގޮތުގައި މިއިންޓަވިއު ނަގާފައިވަނީ އޭނާއަށް ފަރުވާދިން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސޮލޭޝަން ފެސިލިޓީގައެވެ. އޭނާ ބަލިން ރަނގަޅުވި ނަމަވެސް އިތުރު 30 ދުވަހު އޭނާގެ ހާލަތު ބަލަން ޑޮކްޓަރުން ބޭނުން ވާތީ އޭނާ އަދިވެސް ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.
ޗުއްޓީ ހޭދަކުރުމަށް ސޭންޑީސް ބަތަލާ ރިސޯޓަށްއައި އިޓަލީގެ މިފަތުރުވެރިޔާވަނީ މީގެކުރިން 12 ފަހަރެއްގެ މަތިން ރާއްޖެއަށް އައިސްފައި ކަމަށް ޕީއެސްއެމް އިން ބުނެއެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވިކަން ކަށަވަރުވީ މާރޗްމަހުގެ 9 ވަނަ ދުވަހުއެވެ. އޭނާ ބުނީ ފައްސިވވުމުން ފުރަތަމަ އެންމެބޮޑަށް ކަންބޮޑުވެ ހާސްވީ ޢާއިލާއާ، އަމިއްލަ ޤައުމާ ދުރުގައި ހުންނަން ޖެހުމުންކަމަށެވެ.
"އަހަރެންހުރީ ވަރަށްބިރު. އެންމެބޮޑަށް ވިސްނުނީ އަހަރެންގެ ޤައުމުގައިތިބި ގާތްތިމާގެ މީހުންނާމެދު. އެންމެ ފުރަތަމަވެސް ވިސްނުނީ ޤައުމާ ދުރުގައި ހުރުމުން. އެކަމަކު ވަރަށްބޮޑު ޔަޤީންކަމެއް ލިބުނު އެންމެ ފުރަތަމަ ވަގުތުން ފެށިގެންވެސް މިތަނުން އަހަންނަށް އަޅާލަން ފެށުމުން" ފަތުރުވެރިޔާ ބުންޏެވެ.
އޭނާ ބުނީ ކޯވިޑް-19 ގެ ވައިރަހުގެ ސަބަބުން އޭނާގެ ޙާލު މާބޮޑަށް ގޯސް ނުވާކަމަށެވެ. ނަމަވެސް ނޭވާލާން ކޮންމެވެސް ވަރަކަށް އުދަނގޫވިކަމަށެވެ. އެކަންކަން ކުރިމަތިވީ ބަލީގެ މަޢުލޫމާތުވެސް އޭރު ނޭނގި އެކަމުގެ ނުރައްކާތެރިކަން ހިތަށްވަދެ ގަތްބިރުގެ ސަބަބުންކަމަށް އޭނާ ބުންޏެވެ.
"އަހަންނަށް ބަލީގައި މާބޮޑު ވޭނެއްނާޅާ. ނޭވާލަން އުދަނގޫވެ، ހާސްވުންފަދަ ކަންކަން ކުރިމަތިވީ. މިހެންވީ އަހަރެން ދެކޭގޮތުގައި ބަލީގެ މަޢުލޫމާތު ފުރަތަކޮޅު މާބޮޑަށް ނޭގުމުން. ނަމަވެސް މިތަނުގެ ޑޮކްޓަރުން އަހަންނަށް ބަލީގެ ހުރިހާ ކަމެއް ކިޔައިދިނުމުން ހާސްކަން ކުޑަވި. އެންމެ ބޮޑަށް ހާސްވީ އިގިރޭސިބަސް ނޭނގޭތީ" އެމީހާ ބުންޏެވެ.
ދަރުމަވަންތަ ހޮސްޕިޓަލުން ލިބުނު ޚިދުމަތް ފާހަގަކޮށް އޭނާ ބުނީ ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ އެހީތެރިންގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ދުނިޔޭގެ އެެހެން ތަނަކުންވެސް ވަކި އިތުރަށް ނުލިބޭނެވަރުގެ ފުރިހަމަ ޚިދުމަތްތަކެއްކަމަށެވެ. ރާއްޖެއިން ލިބެމުންދިޔަ ޞިއްޙީ ފަރުވާއާއި އަޅާލުމަކީ މުޅި ރާއްޖޭގެ ރައްޔިތުން ފަޚުރުވެރިވާފަދަ ޚިދުމަތްތަކެއްކަމަށް އޭނާ ބުންޏެވެ. މިފަދަ ރަނގަޅު ޚިދުމަތްތަކެއް ރާއްޖޭގެ ޞިއްޙީ ދާއިން ލިބިދާނެކަމަށް ކުރިން އުންމީދުވެސް ނުކުރާކަމަށް އޭނާ ބުންޏެވެ.
"އަމިއްލަ ޤައުމުގައި ލިބޭ ޞިއްޙީ ފަރުވާއަށްވުރެ ރަނގަޅު ފަރުވާ މި ޤައުމުގައި އަހަންނަށް ލިބިއްޖެ. މިތަނުގެ މުވައްޒަފުން ވަރަށްއެހީވި އަހަންނަށް. ހީކުރިވަރަށްވުރެ މި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު. ވަރަށް އުފާވެފައި މިހިރީ ލިބުނު ޚިދުމަތާމެދު" އޭނާ ބުންޏެވެ.
އޭނާ ބުނީ މިވަގުތު އިޓަލީވިލާތައް ވުރެ ރާއްޖޭގައި ހުރުން އޭނާ އަށް މާރަނގަޅު ކަމަށެވެ.
"އަހަރެން މިތަނުގައި މިހިރީ ވަރަށް އުފަލުން. މިވަތު އިޓަލީގައި ހުރުމަށްވުރެ މިތަނުގައި ހުރުން މާރަނގަޅު. މިތަނުގެ ޑޮކްޓަރުންނާއި އެންމެވެސް ހަމަ އެއްވަނަ. ކިތަންމެ ވަރަކަށް އަޔަސް މިހާރީތި ޤައުމެއްދެކެ ކިހިނެތް ފޫހިވާނީ. އަދިވެސް އެބުރި އަންނާނަން. އެކަމަކު ދަރުމަވަންތަ ހޮސްޕިޓަލަކަށްނޫން. ރައްޖޭގެ ކޮންމެވެސް ރިސޯޓަކަށް" އޭނާ ބުންޏެވެ.
ޕީއެސްއެމްއަށް އިންޓަވިއު ދިން ފަތުރުވެރިޔާ އާއި އޭނާގެ އަންހެނުން ވެސް ކޮވިޑް-19 އަށް ފައްސިވިއެވެ. ނަމަވެސް މިހާރު އޭނާގެ އަންހެނުން ވެސް ވަނީ ބަލިން ރަނގަޅު ވެފައެވެ.
ޔާމީން ހޮހަޅަ ޔަށް ޔޫރަޕުންވެސް ތައުރީފް ބުއްޅަ ތަކުރު އަތްޖަހާ
ކަލަ ގޮވުން ނޫން ކަމެއް ނެއްތަ؟ ހޮސްފަތާލަކާ ބުރިޖެއްގެ ވާހަކަ ކަލޭމެން ހުއްޓާ ނުލަނަން ދޯ.. ކޮންމެ ވެރިޔަކަށް ވެސް ކުރަން ޖެޙޭ ކަންކަމޭ އެ އީ! ރައްޔިތު މީހާއައް ފައިދާކުރުވަނި ކޮންމެ ކަމެއްް ވެރިން ކުރަންޖެހޭ !
ދެން ކީއްވެގެންނޯ މި ލާދީނީ ވަގު ސަރުކާރުން ކޮށްނުދީގެން އުޅެނީ؟ މިތާނގަ ވެރިމަކުގަ ތިބީ 1 ލެޕްޓޮޕަކާއި ރިސޯޓަކުން ގައުމު ހިންގޭފަދަ ކުޅަދާނަ ބައެއް. އެކަމަކު ސަރުކާރު އަނެއް ފުށުންޖެހި އޮއްސެމުންދާއިރުގަވެސް އެއްކަލަ ވަގުކަލޭގެ ގެނައި ތަރައްގީ މި ބޭނުން ހިފޭ އެއްޗަކަށްވަނީ.
ދެ ރަވިޔަސް ހަގީގަތްވާނީ ހަގީގަތަކަށް..ބް ރިޖްވެސް ދަ ރުމަވަންތަވެސް ޔޫތުސިޓީވެސް 10ހާސް ފްލެޓްވެސް އައްޑޫ ކޮންވެންޝަން ހޮސްޕިޓަލުވެސް އޖމޗ މިހާ ރު ހު ރިފެންވަ ރަށް ގެނައީވެސް ވެލާނާ އެއާ ރޕޯޓުވެސް ރީޖަނަލް އެއާ ރޕޯޓުތައްވެސް ރައް ރަށުގެ ތާ ރަ އެޅި މަގުތައްވެސް ފެނާ ނަ ރުދަމާ 24ގަޑިއި ރުގެ ކަ ރަންޓްވެސް ބަނދަ ރުވެސް ދަނޑުތައް އެކުވެނިތައް އިންގިލާބީ ތައުލީމީ ނިޒާމެވެސް މިހެން ލިޔެހުސްނުވާނެވަ ރަށް ރ ޔާމީންހު ރިީ ރައްޔިތުންނަ ހިދުމަތްކޮއްދީފަ...އަބަދުމެ ޝުކު ރު ކު ރެވޭނެ އަބަދުމެ ހަދާންވާނެ އަބަދުމެ ހިތްތަކުގަ ނަންލިޔެވޭނެ..ބަލާލި ކޮއްމެ ދިމާލަކުން ރޔާމީން ނަން އާވާނެ ހިދުމަތެ ފެންނާނެ..
އޭ މިހެރަ ބުރާންޗާ، މައްސަލައަކީ ކިތަންމެ ރަނގަޅުކަމެއް ވިއަސް ވަކި މީހަކު ކޮށްދިނީމަ އެއީ ގޯސްކަމެއް ކަމަށް ދެކޭ ބުރާންތިން އުޅޭތީ. އެކަންކަމަށް ހަޖޫ ޖަހާތީ....
ހަޖޫ!?
ޟިގޮވީ ކަލަ
ވެރިކަމަށް އެރިއިރު ހިތަކައްނާރާދޯ މީހުނައް ލާނެއް ދީފަކަމެއް އެރުނީ... ލައްގަޑުނުފިލާނެ.. އަހަރުމެން އުމުރައްވެސް ގޮވާނަން... އަދި ކުރިއައް އޮތީި...
ރާއްޖޭގެ އެއްކަލަ ތާކުންތަކު ނުޖެހޭ ބޮޑު ކަނޑާ މީޑިޔާ.. ބަލަގަ އެއްވެސް ޕޭޝަންޓަކު މިކަމުން ސަލާމަތްވީމަ ބުނާނެތަ ފަ ރުވާ ގޯހޭ.. އަދި ހަގީގީ ކަމަކާއި މިތާގެ ޑޮކްޓަ ރުންނާއި ނަ ރުހުންނަކައް ލައިޖުގަނޭ.. ގޮސް އިޓަލީ އެމެ ރިކާ ޑޮކްޓަ ރުން ގާތު އަހާބަލަ.. ތިހާ އަވަހައް މިތާ މިއުޅޭ ސިއްހީ މީހުންނައް ހުޝާމަތު ކު ރަން ތިޔަފެށީ. ބަލަންތިބޭތި މިތަނައް ވައި ރަސް ފެތު ރެންފަށާފިއްޔާ ޑޮކްޓަ ރުންނާ ނަ ރުން ނެ ރެން ޖެހޭނީ ބަޑީގެ ބި ރުދައްކައިގެން. މިތާ ތިބި މީހުންގެ ހަގީގަތް ފެންނާނެ އޭ ރުން.. ކޮންމެ މީހަކުވެސް ދުވަންފަށާނީ ގެޔައް ރައްކާވާން.
އެއްޗެއް ނޭގުނަސް މީހުނާ ދިމާލައް އެއްޗެހި ކިޔޯތޯބަލާނެއް. ތިހެން ދުވާނީ ތިމީހުން ކަހަލަ ފިޑިން. ޑޮކްޓަރުންނާއި ނަރުހުންނެއް ނޫން. ނޭގޭ ވާހަކަ ނުދައްކާ ހުރުން ބުއްދިވެރި.
ދިވެހި މީޑިޔާއައް ހުޝާމަތު ކު ރުމުގެ ރޮނގުން ލައިފްޓައިމް އެވޯޑު ދޭންޖެހޭ..
އެއްކަލަ ޔާމީނު އެޅި ހޮހޮޅަޔަށް އެ ތައުރީފުކުރީ ޔޫރަޕްގަވެސް އެންމެ ރަގަޅު ސިއްޙީ ޚިދުމަތްލިބޭ އިޓަލީ މީހެއް. ކޮބާ އެއްކަލަ ދޮގު މައުލޫމާތު ފެތުރި ކުދިންކޮޅު.
ޝުކު ރިއްޔާ ތަ ރައްގީގެބާނީ ފަޙު ރުވެ ރި ބަތަލް ރޔާމީން...މަ ރުހަބާ ފަތު ރުވެ ރިޔާއަށް.....ދުނިޔޭގެ ފެންވަ ރުގެ ސިއްހީ ނިޒާމެ ހޯދަދޭން ގަދަ މަސައްކަތްކު ރި ހިއްވަ ރުގަދަ ބަތަލް ރޔާމީން ޖަލުގަ ތޭ ރިތަކުތެ ރޭގަ އޮތަސް ހިތްތަކުން އަބަދުމެ ޝުކު ރު ދެންނެވޭ އެބު ރި ޙިދުމަތަށް އާދެވޭނެދުވަހެއް އަވަހަށް ދެއްކުވުމަށް ﷲއަށް ދުއާ ދެންނެވޭ...އެތަކެ ހާސް ފު ރާނައެއް ދި ރުވަދިނުމަށް މަސައްކަތްކޮއްދެއްވި ރައީސެ ޔާމީނަކީ...ހިތް ހުއްޓުނު ކިތައްމެ ހިތެއްގެ ވިންދު ޖެހުނު.. ގެނެސްދިން ފަ ރުވާތަކުން.. އަމިއްލަ ގައުމުގަތިބެގެން...މާތްﷲ ރޔާމީނަށް ދެދުނިޔޭން ހެޔޮ ޖަޒާދެއްވާށި...އާމީން...
ޝުކުރިއްޔާ ރައީސް ޔާމީން އަދި ހުރިހާ ހެލްތް ޓީމަށް.
އަދިވެސް އެއްފަހަރު ރައީސް ޔާމީނަށް ޝުކުރިއްޔާ!!!!
އޭނައަކަށް ނޭނގުނު ދޯ އޭނަގެ ބަލި ރަނގަޅުވީ އެތަނުގެ ޑޮކްޓަރުން ހެދި ރުގުޔާއަކުން ކަމެއް. ބަލަ މީ މުސްލިމު ގައުމެކޭ. މިތާ ހުންނާނެ ތީގެ ފަރުވާވެސް.
ދެންވެސް ލާދީނީ ކަންދޫކޮއް އަންހެނުން މޫނުބު ރުގާއަޅުވާ އިސްލާމުވޭ ތިވެސް އިސްލާހުވާން ލިބުނު ފުރުސަތެއް
ނުޖެހޭ
އަހަރެންގެ ޤައުމާމއދު ފަޚުރުވެރިވަން! ޝުކުރިއްޔާ! ރައީސް ޔާމީނުގެ ސަރުކާރަށާއި ޣައްސާނު މައުމޫނަށް!
ތިބުނީ؟
އެމް ޑީ ޕީ ދެން ކިޔާ އެ އިޓަލީމީހާ އެ ހަދަނީ ދޮގޭ ދަރުމަވަންތަ ހޮސްޕިޓަލަކީ ބިލާހެކޭ އެއީ މޫދުގަ އަޅާފަ އޮތް ރޮނގެކޭ
ތި ޙިދުމަތް ތިހާ ރަނގަޅަށް އެ ލިބުނީ، ޔޫރަޕްގެ މީހެއްވީމަ، ދިވެއްސެއްނަމަ މުއްސަދި މީހެއް ނޫނީ ސިޔާސީ މެހެއްގެ ފަރާތެއްނަމަ، ލިބިދާނެ ދެރަނިކަމެތި، ދިވެއްސެއްނަމަ ނޫނީ ބަނގްލަދޭޝް މީހެއް ނަަމަ ތި ހިދުމަތެއް ނުލިބޭނެ، އަދި ވަކިން. ޢައި.ޖީ.އެމް.އެޗް އިން
އެހެންވެ ޔާމިންއަކީ ދުރުވިސްނޭ ގަޓު ރައިސް އަކީ
އާނ ޔޯގަޓު ރަޢީސް!?
ތި އިންޓަވިޔު އަހަރެންވެސް ބެލިން، އެކަމަކު އިންޓަވިއު ނަން ހުރި ކުއްޖާ މާސްކެއް އެކަނި އަޅާގެންހުރި، ކިހާ ރައްކާތެރިބާ އެގޮތް!
އަޅުގަނޑު އަބަދުވެސް ބުނަން ދިވެހި ޑޮކްޓަރުންނަށް އިތުބާރު ކުރައްވާށޭ އެއީވެސް ހަކީމީފަންނުގައި އުގެނި ތިއްބަވައިގެން ފަރުވާދެއްވާ މީސްކޮޅެކޭ އަދިއެބޭފުޅުން ގެ ނިންމެވުމާ ނުލައި ބޭސްފަރުވާޔަށް ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެން ދަރަނިވެރި ނުވާށޭ! ނިކަން ވިސްނަވާ ތިއިވުނީ ވަސީލަތް މުއްސަނދި ޔޫރަޕުގެ މީހެއްގެ ދުލުން އެތައް ތައުރީފެއް! އަދިވެސް އަޅުގަނޑުގެ އާދޭހަކީ ހުރިހާ މަގަކުން ވިޔަފާރިއަށް ހުޅުވިފައި އޮތްދުނިޔެ ދަސްކޮށް ޢިބުރަތެއްލިބިއްޖެ ކަމަށް ދެކި ފައިސާ ބޭރުގެ ޤައުމުތަކަށް ހުސްނުކޮށް ދިވެހިޑޮކްޓަރުންނަށް އިތުބާރު ކުރާށޭ ވަރަށް ސަލާމް
ލޫކަސް ، ރައްޔިތުންނަށް ކަންކަން ކޮށްދޭންޖެހޭކަން ނޭނގެނީ ކާކަާށް، އެކަމަކު އެމް.ޑިޕި މީހުން ގޮވީއޭރުކީކޭ، ބޭކާރު ޚަރދެކޭ ނޫންތަ ، ރައްޔިތުންނަށް ހެވެއްލިބެން ނޭދޭބައެއްތީ
އެއް ޔާމިނުގެ އަމިއްލަ ފައިސާއިން ހެދި ތަނެއްތަ؟
ބަލަގަ ގަމާރާ !!!
އެމްޑީޕީ ގުންޑާއިންގެ ހުރީ މިގައުމު އިންޑިއާ އަށް ވިއްކާއިގެން ވެރިކަން ކުރުމުގެ ވިސްނުން. ޢެނޫން އެއްވެސް ވިސްނުމެއް ފިކުރެއް ނެތް، ދެން ކިހިނެއް އެވަރު ބަޔަކަށް ރަށްޔިތުންގެ ލާބަޔަށް ރަގަޅު ކަމެއް ކުރެވޭނީ،،،
ރައްޔިތުންގެ ފައިސާއިން ވެސް ކަންކަން ނުކޮށްދޭތީ ނޫންތަ މިއުޅެނީ
ރައްޔިތުންގެ ފައިސާ އިން ރައްޔިތުންނަށް ބޭނުންވާ ފައިދާ ކުރާނެ ކަންކަން ކޮށްދޭން މިގޮވަނީ. ވެރިކަމާ ހަވާލުވެ އަހަރު ދެއަހަރު ވާއިރުވެސް ކޮންކަމެއް ތޯ ވީ؟ ވީ ވަޢުދުތައް ނުފުއްދޭތަނުގައި ބަޖެޓްގަ ރުފިޔާއެއް ނެތޭ މިކިޔަނީ.
ދިވެހި ޑޮކްޓަ ރުންވެސް ނަ ރުހުން ވެސް ބޭ ރު މީހުން ވީމަ ގެސްޓުން ވީމަ އެހާ އޯގާތެ ރިވެ އަޅާ ލަނީ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަހަ ރެމެން ނިކަމެތި ރާއްޖެ ތެ ރޭ މީހުން ނަށް ތިހޮސްޕިޓަލު ތަކުގަ އެހާ އަޅައެއް ނުލާ. މީ ވަ ރަށް ވާހަކަ.
މިސަ ރުކާ ރައްއޮތީ ބަޖެޓްކާލުން...އެކަން ވަ ރައް ރަނގަޅައްއެބަކު ރޭ...
ކަލޭމެން ސިޔާސީކޯޅުމުގަ އުޅޭތި އެނޫންކަމެެއްވޭތަ
ހަޖޫ!?
ޓަޑާ!
ބަލިމީހާގެ ތައުރީފުގެ ހުރިހާ ސަރަފެއް އޮތީ ޔާމީނަށް އެއީއެމްޑީޕީ ސަރުކާރުގެ އެއްވެސް ތަރައްގީއެއް މިހާތަނަށް ސިއްހީ ހިދުމަތުގަ ނެތީމަ ޔާމީނު ގެ ސަރުކާރުގާ ގިނަ ކުރިއެރުން ސިއްހީ ހިދުމަތަށް ގެނެސްފަ އޮތީމަ މިއީ ފެންނަން ހުރި ހަގީގަތް
ހަމަ ފެލިފެލި ތިބެންޖެހޭނީ އޮންނާނީ ޖަލަށްލާފަ..ދެންތިބޭ ބައިން ގަނޑު ދަމާވާން ކޮށްފަ ފައިދަށުލާގެން...
މިސަރުކާރުގައި ދޮންމީހުންނަށް ވަރަށް އަޅާލާނެ އެބޭވެސް ބުނީ އެކުލައިގެމީހުން އުޅޭގޮތަށް އަހަރުމެންވެސް އުޅެންޖެހޭކަމަށް މިއަދުމިއޮތީ އޭގެމީހަކަށް ފަރުވާދޭންޖެހިފަ ދެންކިހާ އޯގާތެރިވާނެ .