އިންކަމް ޓެކްސް ނެގުން މަޑުޖައްސާލަން ޖެހޭ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގަން އިއްޔެ ފެށި އިރު، މި ޓެކްސް ނަގަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. މަޖިލިހަށް އެންމެ ފުރަތަމަ ހުށަހެޅި އިރު، ޓެކްސް ނަގަން ހިމަނާފައި އޮތީ 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ.

އޭޕްރީލް އެއް ވަނަ ދުވަހުން ފެށިގެން ޓެކްސް ނަގަނީ އުޖޫރަ އާއި ވިޔަފާރި އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި އިންޓަރެސްޓާއި އެކުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާއިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާދި ކަމިޝަނާއި ރޮޔަލްޓީންނެވެ.

އެކަމާ ގުޅިގެން އަލްހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަގުތަށް އާމްދަނީން އިންކަމް ޓެކްސް ނެގުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. އަދި އެންމެ ފަސޭހަ ގޮތަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް ގާނޫނުތައް ވަގުތީ ގޮތުން ސަސްޕެންޑް ކުރުން ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގަން ފަށައިފި

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިކަމާ މެދު ވިސްނަވާނެ ކަމަށް އުންމީދު ކުރަން. އަދި އާންމު އިންތިހާބާ ބެހޭ ގާނޫނު،" ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި އާންމު އިންތިހާބާ ބެހޭ ގާނޫނު ވެސް ސަސްޕެންޑް ކުރަން ގޮވާލައްވައި އަލްހާން ކުރެއްވި ޓުވީޓުގައިވެއެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރާގޮތުގައި އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 450 މިލިއަން ރުފިޔާ ލިބޭނެ އެވެ. އެ ޓެކްސް ދައްކަން ޖެހޭނީ 3200 މީހުންނެވެ.

އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުރާދުބޭ

    އާމްދަނީ އިން އެކަންޏެއްނޫން. ޓެކްސްނަގަން އެކިއެކި ވިޔަފާރިތައް ތަކާއި އެހެނިހެން އާމްދަނީތަކުން މީހުންނަށް އަތައް އަރާއެއްޗަކުން ޓެކްސްނަގަންވީ މާކުރީއްސުރެން. އެހެން ނަމަވެސް މިދަނޑިވަޅަކީ މީހުންގެ އަތްމަތި ބިކަވެދިރިއުޅުމާއި ހަނގުރާމަ ކުރަންދިމާވި ވަގުތު. މިވަގުތު ފިއްލަވައި ތިއްބަވައިގެން ދިވެހިރައްޔިތުން ނިކަމެތި ކުރާނެ ވަސީލަތްތައް ކަނޑައެޅުމަކީ ދިވެހި ބައިތުލްމާލުން ޤާބިލްކަމެއް ނެތްބަޔަކު ބޮޑުމުސާރައެއް ލިބިގެން ތިބެކުރާންވީ ކަމެއްނޫން. ނިކަންވިސްނަވާ މިފުރަމާލެ ބިނާވަމުން އަންނަމަގު. ބޮޑެތި ގެތަކެއް އުފުލި މިއަދު 10 ބުރިޔަށް ނެގިފައިހުރީ ކޮންފައިސާޔަކުންތޯ ވިސްނަވައި އެގެތަކުގެ 90 އިންސައްތަ ހުރީބޮޑެތި ކުލިނެގި ނެގި. އެއީއާމްދަނީ ވިޔަފާރިއުސޫލުން ހުރީ ގެތައް. ގެސްޓް ހައުސްއޭ ނުކިޔާކަން. ޔޫެރަޕުގެ ޤައުމުތަކަށްވުރެން ކުލިބޮޑު. ދެރޫމުގެ އެޕާރޓްމަންޓެއްގެ ކުލީގެ އަގަކީ 1200 އެމެރިކާ ޑޮލަރު. ޔުޓިލިޓީއަކީ އަދި ވަކިއެއްޗެއް. ކުލި ކޮންޓްރޯލެއް ނުކުރޭ ޤާނޫނަކުން. 25000 ރުފިޔާ 30000 ރުފިޔާގެ އަގުގައި ކުލިހުރީ ދިރިއުޅުމަށް. މިކުލީގެ ބާޒާރު މިނިމުނީ ޓެކްސް ނުނެގި. ވިޔަފާރިވެރިންގެ ގުދަންތަކުގެ ކުލި 80000 ރުފިޔާއަށްހުރީ. މިއަދަދުތަކުން ޓެކްސްނުނެގީ މާލޭގެ ގެތައްވީމަތޯ! ވިސްނަވާންޖެހެނީ މިކަންތަކާ! އަދިވެސް މިކަންތަކަށް ބަދަލެއްނާދޭ! ކުލިނުދެވިގެން މީހުން ފުރައިގެން ދަނީ! ކޯޗަކުންތޯ ތިޓެކްސް ނަގަނީ. ޤައުމުގެ ޙާލަތު އޮތްގޮތް ވިސްނަވާ!

    2
    2