ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފްވެސް ގްރްއާން ޗެލެންޖްގައި ބައިވެރިވެ ވަޑައިގެންފިއެވެ.
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ޤުރުއާން ޗެލެންޖުގައި ސްޕޯރޓްސް މިނިސްޓަރ އަޙްމަދު މަހްލޫފް ބައިވެރިވެ ވަޑައިގެންފައި ވަނީ މިއަދު ކުރެއްވި ފޭސްބޫކް ޕޯސްޓެއްގައެވެ.
މަޙްލޫފު ވަނީ ވަނީ ޗެލެންޖުގައި ބައިވެރިވެވަޑައިގެން ޤްރުއާން ކިޔަވާ ވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފައެވެ. މި ވީޑިއޯ ބެލުމަށްފަހު ގިނަބަޔަކުވަނީ ވަނީ މަޙްލޫފުގެ ކިޔެވުމަށް ތައުރީފް ކުރައްވައިފައެވެ.
Challenge accepted, thank you for nominating me @ahmed_nihan. Now I nominate:@MoosesSiraj @AliZidhna @AhmedThalib@aneelmv #WashYourHands #StayAtHomeChallenge
Posted by ????? ??????? on Thursday, April 2, 2020
ޑރ. މުޙައްމަދު ޝަހީމް އިސްނަންގަވައިގެން ފެއްޓެވި ޤްރްޢާން ޗެލެންޖް ދަނީ ގިނަބައެއްގެ ތަރުހީބު ލިބެމުންނެވެ. ޗެލެންޖްގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި ގިނަ ސިޔާސީ ބޭފުޅުންތަކެއް ވެސް ހިމެއެވެ.
މި ޗެލެންޖް ފެށުމުގެ ގޮތުން ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިއީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މި ވަގުތަކީ ބޭކާރު ކަންކަން ކުރުމަށް ވުރެ ބޮޑަށް އަޅުކަން ކުރުމާއި ދުއާ ކުރުން މަތީގައި ދެމި ތިބެންވީ ވަގުތު ކަމަށެވެ. އަދި ޝަހީމްގެ މި ޗެލެންޖަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.
މަހުލޫފޫ ކޮބަަ ހުރިހަަ ޓިޝޫ ރޯލުތައް ހުސްވީތޯ؟
ގުރުއާނަކީ ކަލޭމެން ކުޅޭކުޅޭ އެއްޗަކަށް ހަދަނީއުތަ؟ ކޮން ޗެލެންޖެއް ކުރާކަށް. އަޅުކަމަކަށް ކިޔަވާނަމަ މަޑުމައިތިރިކަމާއެކު ރިވެތިކޮށް ތަރުތީލުކޮށް ކިޔަވަންވީ. ގިނަގިނައިން ކިޔަވަންވީ. ގުރުއާނުގެ އާޔަތެއް ބާވައިލެއްވީމާ އަބޫޖަހުލު ތަންކޮޅެއް އަޑުއަހާފައި ލާތައާއި ޢުއްޒާއަށްވެސް ގަދަރު ލިބުނީއޭ ހިތައި ދިޔަ ވާހަކައެއް ސީރަތުގައި ކޮންމެ އަހަރު ކިޔައިއުޅޭ. ގުރުއާނުން ދެތިން އާޔަތެއް ކިޔަވާލާފައި ސޯޝަލް މީޑިއާއަށް ލާއިރަށް ތިމަންނާއީވެސް ގުރުއާނުގައި އަންގަވާފައި އޮތްގޮތަށް އުޅެވޭ މީހަކަށް ވަނީ ބާ؟
ސާބަހޭ މަހޭ. ﷲ ތެދުމަގު ދައްކަވައިފި އަޅަކަށް ނުބައިމަގު ދައްކާނެ މީހަކު ނުހުންނާނެ. ފާފަކުރުމަށް ފަހު ތައްބާވުން ވެސް އޮވޭ އަޅެ މަހޭ ކޮބާތަ އަންނި އޭނާގެ ހުނަރު ހާދަ ދެކިލާހިތްވެޔޭ. ފޭނުން އިންތިޒާރުގައި ބުނެބަލަ
މަޚުލޫ ފަކީ ހެޔޮވިސްނޭ ބޭފުޅެއް.ތެދުމަގުގައި ޘާބިތުކުރައްވާށި!
ޤުރުއާނަށް އަމަލު ކޮއްބަލަ. ޝަހާދަތް ކިޔައިފި ނަމަ ޤުރުއާނަށް އަމަލު ކުރުން ވާޖިބުވާނެ. ތިމާގެ އަނބިމީހާ އަށް އައުރަ ނިވާކުރަން އަންގަބަލަ އެއީ ޝަހާދަތް ކިޔައިފި ނަމަ ޤުރުއާނަށް އަމަލު ކުރުން ވާޖިބު ވާތީ
ކާފަރު ޓިޝޫ ރޯލްތައް ހުސްވީ ބާވައެވެ.
އެއީކޫޅެކުޅެކައްނޫން އިގޭތޯ ގުރުއާންކިއަވަންފެށީމަ ޖޭވާނެކަމެއްނެތް ގޭގަތިބެގެން ކުރަންވީހާވެސްކަމަކި ގުރުއާންކިއެވުން ނަމާދުކޮއް ރޯދަހިފާ ދުޢާކުރުން ތޮއިލެޓް ޕޭޕަރު ތެޅުމުންލިބޭނެ އެއްވެސްފައިދާއެެްސަވާބެއްނެތް ބަޔަކުމީހުން އުޅެނީ ޝަހީމުގެ މިފެސުމައް ދިވެހިން ދޭތަރުހީބުފެނި މޭކަރާގެން މީ އިސްލާމީގައުމެއް މިގައިމު އިންޝާﷲ އިސްލާމްކަންމަތީ އަބަދައް ލައްވާށި...
މީ ކޮންމެ ޗެލެންޖަކަށްވެސް ފިޓުބޭފުޅެއް.