ދަނޑުވެރިކަން ކުރި ނާރަނީ ލިބޭނެ އާމްދަނީ ކަށަވަރު ނުވާތީ ކަމަށް މިހާތަނަށް ކުރި ދިރާސާއިން ހާމަވާ ކަމަށާއި އެކަން ހައްލުކޮށްދެއްވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ، ދިވެހީންނަށް އޮތް ހައްލަކީ ގައުމަށް ފުދޭވަރަށް ކާބޯތަކެތި ރާއްޖޭގައި އަމިއްލަ އަށް އުފެއްދުން ކަމަށެވެ. އަދި އެސްޓީއޯއިން ދަނޑުވެރިން ހައްދާ ތަކެތި ގަންނާނެ އަގު ކުރީބައިގައި އިއުލާންކުރާނެ ކަަމަށާއި ދަނޑުވެރިން ވިއްކާ ތަކެއްޗަށް އެސްޓީއޯ މެދުވެރިކޮށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރި ދިރާސާތަކުން ދައްކަނީ، ދަނޑުވެރިކަން ކުރި ނާރައިގެން މިއުޅެނީ ދަނޑުވެރިން ހައްދާ އެއްޗެހި، މިސާލަކަށް ހެއްދީ ފަޅޯ، ނޫނީ ބަރަބޯ ހައްދާ އިރު ހައްދަން ވިސްނާއިރުވެސް ނޭނގޭ އާމްދަނީންވެސް ހެއްދޭނެ ބައިވަރު އެއްޗެހި ހުރިކަން އަޅުގަނޑުމެންގެ ރައްޔިތުން އެބަ ހުރި އަޅުގަނޑުމެންނަށް ދައްކާދީފައި. އެހެންނަމަވެސް މާސް ސްކޭލްގައި ކުރެވޭނެ ގޮތެއް ނެތީ އާމްދަނީ ލިބެނީ ކިހާވަރެއްކަން ނޭނގޭތީ." އަމްރު ވިދާޅުވިއެެވެ.

ދަނޑުގައި އެއްޗެހި ހެއްދުމުގެ ކުރިން އެތަކެތިން ލިބޭ އަގު ޔަޤީންވާނެ ކަމަށާއި، ދަނޑުވެރިކަން ފެއްޓުމުގެ ކުރިން އެކަމުން ލިބޭނެ އާމްދަނީ އެނގޭނެ ކަމަށް އަމްރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް އެކަނި ކާނާ ހުރުމަކީ ފުޑް ސެކިއުރިޓީ ނޫން ކަމަށާއި، ހަމައެކަނި އިމްޕޯޓަށް ބަރޯސާ ވެގެން ނުވާނެ ކަން މާ ކުރީއްސުރެންވެސް އެނގޭ ކަމަށް އަމްރު ވިދާޅުވިއެވެ. އެހެންނަމަވެސް ކޮވިޑް-19 ވައިރަސް އާއި ގުޅިގެން އެއްތަނުން އަނެއްްތަނަށް ތަކެތި ނުގެންދެވެން ފެށުމުން ރާއްޖެއަސް ބޭނުންވާ ތަކެތި ރާއްޖޭގައި ހެއްދުމުގެ މުހިއްމުކަން ވަކިން ބޮޑުވެފައިވާކަން އިހުސާސްކުރެވޭ ކަމަށް އަމްރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަނޑު ގެ ވެރިޔާ

    ދަނޑުވެރިކަން ކުރި ނާރަނީ ލިބޭނެ އާމްދަނީ ކަށަވަރު ނުވާތީ ޢެއް ނޫން، / ކިތަންމެ ބަިވަރެއް ހެއްދިޔަސް ދިވެހި ވިޔަފާރި ވެރިންނައް ކަމުދާނީ ބޭރުން އެތެރެ ކުރާ ކަރާ، ވާ ގޮތަކީ ބޭރު ތަކެއްޗައް މާ ބޮޑައްވެސް ރޭރު ވެފައި ތިބޭތީ/

  2. ދަނޑު ގެ ވެރިޔާ

    ކިތަންމެ ބައިވަރު އުފެއްދިޔަސް މާލޭ މާރު ކޭޓް ތިބޭ މީހުން ބޭނުންވަނީ ބޭރުން އެތެރެ ކޮއްގެން ވިއްކަން ނަމުން ދިވެހިން އުފައްދާ ތަކެތި ވިއްކާ މާރު ކޭޓޯ. މިކަން ކޮންޓްރޯލް ކޮއް އަގު ވެސް ކޮންޓްރޯލް ކުރަން ވީ / މާރު ކޭޓް ތަކުގަ ވިއްކެން ވާނީ ދިވެހިން ހައްދާ ތަކެތި އެކަނި

  3. ޙަސަނާ

    މީނަވީ މިގައުމުގެ ރައީސަކައްލާން މީވަރައްގާބިލ މީހެއް އެސްޓިޢޯވެސް ޔާމިނު އޮތީ ދަރުވާލަފަޔޯ ބުނި ފެނޭތަޢެސްޓީއޯ ކުރިއައްޖައްސާފަޢޮތްވަރު އެމްޑީޕީ އަކީ 2008 ގަ ވެރިކަމައްއެރިގޮތައް ސަރުކާރު ކުންފުނިތައް ބަގުރޫޓުކޮއްލި ބައިގަޑު ހަދާން އެބަހުރިތަ