ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި އަސަރު ކޮށްފައިވާ ކަމަށާއި އެހެންކަމުން ސަރުކާރާއި އެމްޑީޕީގެ މެނިފެސްޓޯތައް ރިވައިޒް ނުވަތަ މުތާލިޔާ ކުރަން ޖެހިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ސަރުކާރާއި އެމްޑީޕީއާ އަދި އެހެން ފަރާތްތަކުގެ ވައުދުތައް ވެސް މުތާލިޔާ ކުރަން ޖެހޭ ކަމަށާއި އެގޮތުން ވަޒީފާ ނެތް ފަރާތްތަކަށް އަޅާލެވޭނެ ގޮތްތަކަކީ ކޮބައިތޯ މިއަދު ބަލަންޖެހޭ ކަމަށެވެ. ނަޝީދު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައި މިވާ އިގްތިސޯދީ ހީނަރު ކަމާއި ގުޅިގެން މަޖިލީހުގެ ކޮމެޓީތަކުން ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެކަން ކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ބައިވަރު އެތައް ބައެއްގެ ވަޒީފާތައް ގެއްލިއްޖެ. އެމީހުންނަށް އުޅެވޭނެ ގޮތެއް ހޯދައި ދިނުމުގެ ބޭނުންތެރިކަން ވަރަށް ބޮޑު. އެއީ މި ޕެކޭޖުގައި [ސަރުކާރުގެ އިގްތިސޯދީ ރިކަވަރީ ޕެކޭޖު] ނުވަތަ މަޖިލީހުން ދޭ ލަފާގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް އަދި އާމްދަނީ ގެއްލުނު ފަރާތްތަކަށް ގުޅޭ ގޮތުން ގެންގުޅެވިދާނެ ސިޔާސަތެއްގެ ލަފާ އިރާދަކުރެއްވިއްޔާ ކޮމެޓީތަކުގެ މަސައްކަތްތަކާއި އެކީގައި އަޅުގަނޑުމެންނަށް ލިބިގެންދާނެ،" ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މިހާލަތަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތެއްކަމުން މިހާލަތުން އަރައިގަތުމަށްޓަކައި ރަނގަޅު ދިރާސާތަކެއްކޮށް އެ ދިރާސާތަކުން ފާހަނގަވާކަންކަން ރަނގަޅުކުރުމަކީ މިދަނޑިވަޅުގައި ކުރުން މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރި ކަމަށް ދިމާވެފައިވާ ހުރަސްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކޮށް ރާއްޖޭގެ އިގްތިސޯދު ކޮޅަށްޖެހޭނެ ގޮތްތަކެއް ހޯދުމަކީ މިދަނދިވަޅުގައި މުހިންމު ކަމެއް ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"މިއަދުގެ ހަގީގަތަކީ މާދަމާގެ ހަގީގަތެއް ނޫން. މިއަދު އަންދާޒާ ކުރަނީ ދައުލަތުގެ އާމްދަނީ އަކީ މިވެނި ވަރެކޭ މިސާލަކަށް މާދަމާ ހެނދުނު ހޭލާފައި ބަލާއިރު ނޫން އެ މުޅިން ގޯސް. އެއާ ގުޅުންހުރި ހުރިހާ ވޭރިއަބްލްސް އެއް އަނެއްކާވެސް ބަދަލުވެއްޖެ. އަޅުގަނޑުމެން މިތިބީކީއެއް ފަސޭހަ ތަނެއްގައެއް ނޫން. އެހެންނަމަވެސް އަޅުގަނޑު މިހުރީ ވަރަށް އިތުބާރާއި އެކުގައި އަޅުގަނޑު މިހުރީ ވަރަށް ޔަގީންކަމާއި އެކީގައި އަޅުގަނޑަށް ވިސްނޭ ފެނޭ އަޅުގަނޑުމެން ދާނެ ތަނެއް އެބައޮތް، އަޅުގަނޑަށް ހަމަގައިމުވެސް އެބަފެނޭ،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބިކަ ނުވާނެ ކަމަށެވެ. އަދި މި ހާލަތުން އެންމެ އަވަހަށް އެނބުރޭ ނުވަތަ އަރައިގަނެވޭ ގައުމަކަށް ދިވެހިރާއްޖެ ވެގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮބާ ހީވޭކަމެންހެން. ކަންބަޅީގެ ފޭރާމުގައި ތިބި ހިޔަޅުން
ތީ މިހާރުވެސް މާ ލަސްވެފައިވާ ކަމެއް ވެބްކެމް ކުރިމަތީ ބަރަހަނާވުން ކޮންމެހެއް ތި މެނިފސްޓޯގައި ހިމަނަންޖެހޭ ކަމަށް ދެކެއް
ތިޔަކަމާ ދޯ އުޅެގަންނަން އެންމެ އަވަހަށްވީ. މިއޮތީ ފުރުސަތު ލިބިފައި ވިއްޔާ! ދެން ކީކޭ ބުނާނީ. ތިޔަށްވުރެ މުހިއްމު ކަމެެއް ނެތެއްނުދޯ؟
ހެހެ ދިމާކުރާތީގެ އައްޕަ އަދިވެސް ދިވެހިން މޮޔަހެއްދުމުގަ ލަދުކެނޑިފަ
މަހިތައްއަރާ މިރީނދޫ ބައިގަނޑު ހަމަތޯ ކެނެރީ އައްޕަ ހަމަވިދާޅުވިގޮތެއް .ބޮޑުވަޒީރުވިއްޔަ!!
ލަދުހަޔާތްކުޑަކަން ނިކަންދެކެބަލަ ކޮވިޑަށް ޓެސްޓުކޮށް ނިންމާފަ އަނަގަމަތީ އެޅި މާސްކުގަނޑުވެސް އެތަނުގެ މޭޒުމަށްޗަށް ހޫރާލަފަ ރައްކަވެގެންދިޔައީ މީ މިގއުމަށް ޖެހިފަ އެންމެ ބޮޑު ވަބާ މުޅިގައުމުގެ މުސްތަގުބަލުގެ ޖީލުތަކުގެ އިޖުތިމާއީ ފޭރަން ހަލާކޮއްލި އަދި އެކަކުނއަނެކަކަށް ދިވެހިން ކުރަމުންއައި އިޙްތިރާމް ފުޑު ފުޑުބކޮށްލި ވަބާ އެޖެންޑާ19 މީ މިގައުމަށް ޖެހިފައިވާ ލެވެލް 19 ގެ ވައިރސް
އަނބުރައިގަތީމަ ވެއްޓޭނީނޫންތޯ. ދެން އޮއިވަރު ބަދަލުކޮށްލެވިގެން ނޫންތޯ އެނބުރެވޭނީ.
އުއްމީދު ކުރައްވަނީ އެފަދަ ޢޮއިވަރަކަށްތޯ ސުވާލުކޮށްލަން ބޭނުން