ރާއްޖޭގެ ރިސޯޓުތަކުގައި ކާބޯތަކެތި ތައްޔާރު ކުރުމަށް ހުންނަ ބަދިގެތަކަކީ މަސް ކެއްކުމާއި ލޮނުމަސް އެޅުމަށް ވެސް ކަމުދާ ފެންވަރުގެ ބަދިގެތަކެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިސޯޓުތަކުން އެހެން ހިދުމަތެއް ނުވަތަ އުފައްދާ ކަމަށްވާ ނަމަ ރިސޯޓުތަކުގެ ކުލިން ބައެއް އުނި ކުރެވިގެން ހިނގައިދާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ފާހަގަކުރައްވާ ކަމަށެވެ. އެގޮތުން ރިސޯޓުތަކުގައި ކާބޯތަކެތި ތައްޔާރު ކުރުމަށް ހުންނަ ބަދިގެތަކަކީ އެންމެ ފުރިހަމަ ބަދިގެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެ ބަދިގެތަކަކީ މަސް ކެއްކުމާއި ލޮނު މަސް އެޅުމަށްވެސް ކަމުދާ ފެންވަރުގެ ބަދިގެތަކެއް ކަމަށެވެ.

"ރިސޯޓުތަކުގައި މި ހުންނަނީ އެންމެ ފުރިހަމަ ބަދިގެވެސް، އެ ބަދިގެއަކީ މަސް ކައްކަން ބެލިއަސްވެސް އަދި މަސް ލޮނު އެޅިއަސްވެސް، އެހެން ޕްރޮޑަކްޝަނަކށް ރިސޯޓުތައް ބަދަލުކޮށްލުމަށް އެ ރިސޯޓެއްގެ އޯނަރަކު ހުށަހަޅައިފި ނަމަ އިއްޒަތްތެރި މެންބަރުން އެބަ ފާހަގަކުރައްވާ އެއީ މިތަނުން މަޖިލީހުން ދެކޭ ގޮތުގައި ބުއްދިވެރި ކަމެކޭ،" ނަޝީދު ވިދާޅުވިއެވެ.

ބައެއް ރިސޯޓުތަކުގައި މޭވާއާ ތަރުކާރިތައް ވެސް ހައްދަމުން ގެންދާކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުން އެހެން އުފެއްދުންތަކެއް ހޯދަންޖެހޭ ކަމަށް ވަރަށް ގިނަ މަޖިލީހުގެ މެންބަރުން ގަބޫލުކުރައްވާ ކަމަށެވެ.

"ވިސްނަވައްޗޭ 200 ރިސޯޓަކީ އަޅުގަނޑުމެންގެ އަތުގައި ބަނދަރު ހަދާފައި ފެނާއި ނަރުދަމާ ހަދާފައި، ހެލްތު ސެންޓަރެއް ހަދާފައި މީހުން ދިރިއުޅޭ ތަނެއް ހަދާފައި، ފިހާރަތަކެއް ހަދާފައި ގިރާ ސަރަހައްދު ހަދާފައި ފުޓްސަލް ކޯޓު އަޅާފައި ފުޓުބޯޅަ ދަނޑު އަޅާފައި މަދުރާސްވެސް އަޅާފައި ހުރި އެސެޓެއް. އޭގެ 200 ތަން އަޅުގަނޑުމެންގެ ރާއްޖޭގައި އެބައޮތް. އަޅުގަނޑުމެންނަށް މި ފެންނަނީ އެއް އަހަރު ދުވަސްވަންދެން އެންމެ ގޯސްކޮށް މިކަން [ކޮވިޑް-19 ގެ ހާލަތު] ގޮއްސިއްޔާ މި އެސެޓު ބާއްވާށޭ މިއުޅެނީ. މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ އެ ވިސްނުމަކީ އެ އެސެޓު އެހެން މަސައްކަތަކަށް ހަރުމުދާ އެހެން އުފެއްދުމަކަށް ނެރެވެން ޖެހޭނޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެކަންކަމުގެ ދިރާސާތައް މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ލުއި ލިބޭނީ އެހެން މަސައްކަތެއް ކުރާ ފަތާތްތަކަށް ލުއި ގޮތްތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެމުން އަންނަ އުޖޫރަ ލިބެނީ އެއްވެސް ހާލަތެއްގައި އެ ފައިސާ ހިފައިގެން ގޭގައި ހުންނަން ނޫން ކަަމަށާއި އެފައިސާ ލިބެނީ، އެ މުވައްޒަފުންވެސް އެހެން މަސައްކަތްތަކެއް ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެން މަސައްކަތެއް ކުރުމަށް. އަދި އެއީ ގަހެއް އިންދިޔަސް، އަދި ދާންޏެއް އިންދިޔަސް ދިޔަ ދޮވިއެއް ތެޅިޔަސް ގޮނޑިއެއް ޖެއްސަސް، އަޅުގަނޑުމެން ދެކެނީ، މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ދެކެނީ ފަރުނީޗަރު އިމްޕޯޓު ކުރުން ހުއްޓާލަން ޖެހޭ ކަމަށް. މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ފާހަގަކުރައްވާ ފޮރެސްޓްރީ ޕްލޭނެއް ބޭނުންވާ ކަމަށް. ރުއްގަަސްތައް ކަނޑާފައި އަލުން އިންދަން ޖެހޭ ކަމަށް. މިހާރު ހުރި ވަކަރަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުންގެ ވިސްނުން ހުންނެވީ މުޅި ދިވެހި ރާއްޖޭގެ މިސްރާބު އަނބުރާލުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ހުދު އެމަނިކުފާނުވެސް ގަބޫލުކުރައްވަނީ ރާއްޖޭ "ރީ ޑައިރެކްޓު" ކުރެވެން ޖެހޭނެކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ހުޅުލޭ ބޮޑުމީހާ

  ތިޔަ މީހާގެ ކިބައިން މިގައުމަާ ގައުމުގެ ރައްޔިތުން ސަލާމަތް ކުރައްވާށި. އޭނަ ބަހައްޓަންވީ އަބަދުވެސް ކަރަންޓީނު ކޮށްފަ ނޫނީ އިނގިރޭސިވިލާތަށް ފޮނުވާލާފަ

  1117
  1
 2. މޮޔަ

  ޔޫ ޑޯންޓް ސޭ!!

  29
 3. ނާން

  ކެނެރީގޭ ބަދިގެ އޯކޭ ވާނެ މަސް ކައްކަން ސްޓަންޓް ހުސްވީތަ

  76
  1
 4. ހާފިޒް

  ކެނަރީއާއިލާގެ ހުރި ރިސޯޓެއްގެ ބަދިގެތައް މިހާރުންމިހާރައް މަސްކައްކަން ފަޝާ ލަސްނުކުރޭ

  67
 5. އަލްޖިބްރާ

  ފިޔާތޮށި މީހަކު ބުނިވާހަކައެއްނަމަ ފިޔާތޮށި މީހުންގަޑު ވަރަށް އަތްތިލަބަޑި ތަޅާނެ ! އެކަމު ކީއްކުރާނީ ! ވަގުންނަކީ ހަމައެކަނި ވައްކަން ކޮށްގެން އުޅޭ ބައެއް ވިއްޔަ !

  2
  88
 6. މާމީ

  އިނގިރޭސި ކޮރޯނާ ވަރައްނުރައްކާ ބޮޑު މުޅިދިވެހިރާއްޖެ އަށް. މިހާރުވެސް އިނގިރޭސިވިލާތުން އަންނަ ވަކިން ފުންނާބު 2އިންޗިއަށް އުސް މީހުން ކަރަންޓީނު ނުކޮއް މާލެތެރެއަށް ދޫކޮއްިލާ ވާހަކަ އެބައިވޭ. އެކަމަކު މާލޭގަ އުޅޭ މީހުން ފުރަބަންދު ކިހިނެއް މިވަނީ ރޭ ފަތިސް ގަޑީގަ މާލޭ ގެއްކުން ގެންދިއަ މީހާވެސް ގެން ދިއައީ ކޮރޯނާ ޖެިފަ ތިބިމީހުން ބައިތިއްބާ ރަށައް ކަމައް ޚަބަރުލިބޭ.... ހުރިހިތާމައެއްގެ ބޮޑުކަމާއެވެ ފުރަމަ އިޓަލީ މިހާރު އިނގިރޭސި ވިލާއް.....

  52
  2
 7. ކޮވެޑް

  މަޖީހުގެ ޖަލްސާތައްބައްވާ މާލަމަކީ މަސްމާރުކޭޓަކައް ހަދަންވެސް ރަނޅުތަނެއް އަދި މެންބަރުން މިދަނޑިވަޅު ބޮޑުކަންނެއްޔައް ދާންވީ

  30
 8. ިދިވެހި ރައްޔިތެ

  ގާސިމާ ޖާބި ރާ ސަންޝިޔާމުގެ ހިޔާލެއްތަތީ...ކު ރޮސް ރޯޑްގެ ރިސޯޓެއްގެ ބަދިގެ އެމީހުންދޭންވީ ލޮނުމަސްއަޅަންތަ....މޮޔަވިޔަސް ފުކެބޮޑުވަ ރު..ހަތްތަ ރީގެ ރިސޯޓުތަކުގެ ބަދިގެ ބޭނުން ކު ރާނެ އިތު ރުގޮތެ ތިނޫނީނެތީތަ..ފާ ރޮށި ފިހެފަ އިންޑިޔާއަށް އެކްސްޕޯޓު ނުކު ރެވޭނެތަ...ޕާޕަ ރުވެސް ތައްޔާ ރުކު ރެވިދާނެ ކުއްޅަވަކު ޖޫސްތައްޔާ ރުކޮއްފަ އިންޑިޔާ ޔޫ ރަޕަށް ފޮނުވަންވީ....ހިމަ ރޯނުވަށާފަ އެމެ ރިކާއަށް ފޮނުވިދާނެ...ބީޗްތަކުގަ ބޮނބިފާލަން ހަދާނީ...އައްނި ކީކޭތަ ހިތަންއަ ރަނީ ދިވެހި ގައުމާ ދިވެހި ރައްޔިތުންނާ ދިވެހި ފަސްގަޑަށް...އައްނި ތިއީ ދިއްވެއްސެތަ ނޫނީ ބިދޭސީއެއްތަ.އެއްވެސް ކުލުނެ އަގަލެނެތި ދިވެހި ރައްޔިތުންނާ ގައުމު ނިކަމެތިކު ރަނީ....ދުނިޔޭގަ މިފަސްގަޑުގެ އަގު އައްނިއަށް ނޭގެނީތަ..މިހާލަތުގަވެސް މިގައުމުގެ ފަސްގަޑުން ޖަވާހި ރު ނެ ރެވޭނެ އެކަމަކު އެކަންވާނީ ޖައުހަ ރީންނަ...ޖަވާހި ރެއްގެ އަގު ޖައުހަ ރީއަކަށް ނޫނީ ނޭގޭނެ ހިންދީންވެސް ބުނަބީ... ރ ޔާމީން މިނިވަންކު ރޭ.... ރިސޯޓުތަކުން އާމްދަނީނެ ރެ އިގްތިސާދު ކު ރިއަ ރުވާނެގޮތް އައްނިޔަށް ކިޔާދޭނެ..

  17
 9. ސަރިފާ

  މި ބަލާވެރިކަމުން މި ޤައުމާ ރައްޔަތުން ސަލާމަންކޮށްދެއްވާދޭ މީނަގެ ދުލުގެ ނުބާކަމުން މި ޤައުމުއަށް ތި ކޮރޯނާވެސް އައީ މީ މަ ޤައުމަށް ޖެހިފައޮތް މުސީބާތެއް

  34
  1
 10. މޯދީ

  ގަރުދިޔަ ފެކްޓަރީ...މަސްކައްކާ ހިއްކީމަ ކާކު ގަންނަނީ. ދުނިޔޭގެ ގައުމުތައް އޮތީ ކޮވިޑުން ސަލާމަތް ނުވެގެން އެހާސްކަމުގަ. ދެން ދިވެހިން ތިބީ ވަޒީފާ ގެއްލި ބިކަވެފަ. ދެން މަސްކައްކާ، ތަރުކާރީ ހައްދާފަ މަޖިލިސް މެމްބަރުންނަށްތަ ވިއްކަނީ. ބޯގަޅި ގަމާރު.

  24
 11. އާދަމް މޫސާ

  1 ވަނަ ދަރަޖަައިގެ މޮޔައެއް!

  23
 12. ސަންތިމަރިޔަބު

  ދައުލަތެއް ގެ އިސްވެރިންނަށް ސަފީހުން(ދެއުޅިއެއްނުވާ މީހުން) އިސްކުރެވިއްޖެއްޔާ ގިޔާމަތަށް އިންތިޒާރު ކުރާށޭ
  ހަމަހިނިއަންނަނީ

  19
 13. ޙަނީ

  ނަށީދު އަކީ ބުޮޑު މޮޔައެއް

  15
 14. ހިދުކޮޅު

  ކެނެރީގޭ ބަދިގެ ވަރަށް ރަގަޅުވާނެ ރާކަށް ކަން އޭރުން ރާހުތް ރާއްޖެއަށް އިންޕޯޓްނުކޮށް ވާނެ ދޮތަ

  14
 15. ބްރޯ

  މި އީ ކޮން ބޭކަރު ވާހަކަ ދައްކަާ ސޮރެއް.

  13
 16. ހޭމަސް

  ތި ކަލޭގެއަށް ދޭންވީ މަޖިލީހުގެ ރައީސްކަމެއް ނޫން. މަރުމޯލުންގެ ރައީސްކަން. މިހާރުވެސް އެކުރަނީ މަރުމޯލުންގެ ރައީސްކަން ތޯއްޗެއް.

  10
 17. Anonymous

  މީނާގެ ނުބައި ބަސްތަކުންނާ އަމަލުތަކުން މާތް ﷲ މިގައުމާ ގައުމުގެ ރައްޔިތުން ސަލާމަތް ކޮށްދެއްވާނދޭވެ. އާމީން.