އދ. ކޮންސްޓެންސް މޫފުށި ރިސޯޓަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

އެ ރިސޯޓަށް އަރާ ފޭބުން މަނާކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ރޭގެ ވަގުތެއްގައި އެ ރިސޯޓަށް އެޗްޕީއޭ އިން ފޮނުވާފައިވާ ނޯޓިސް އެއްގައި ބުނެފައި ވަނީ އާންމު ސިއްހަތުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމާބެހޭ އިދާރާތަކުން އެ ރިސޯޓު މޮނިޓަރ ކުރުމަށް ނިންމާފައި ވާކަމަށެވެ.

އެގޮތުން އެ ރިސޯޓު މޮނިޓަރ ކުރުމަށް ނިންމާފައި ވަނީ މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު އެރިސޯޓުގައި ހުރުމުން ކަމަށާއި، މި ދަނޑިވަޅަށް އެތަނުގައި ތިބި ހައި ރިސްކު މީހުންނާއި، ރިސްކު ކުޑަ މީހުން ވަކިން އުޅުމަށް އެ އެންގުމުގައި ވެއެވެ. އަދި އެ ރިސޯޓުގައި އައިސޮލޭޓު ކުރުމަށް ނިންމާފައިވާ މީހުން އައިސޮލޭޝަންގައި ތިބޭތޯ އާއި އެމީހުންނަށް އެކި ކަންކަން ފޯރުކޮށްދިނުމުގައި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ރިސޯޓުގެ މެނޭޖްމެންޓުގެ ޒިންމާއެއް ކަމަށް އެ އެންގުމުގައި ވަނީ ބުނެފައެވެ.

އަދި އައިސޮލޭޝަންގައި ހުންނަ ކޮންމެ މީހަކު ބައްޓަން ވާނީ އެކަނި ކޮޓަރިއެއްގައި ކަމަށާއި، މި ދަނޑިވަޅުގައި ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމަ އަށް ބޯލެނބުމަށް އެ އެންގުމުގައި ވަނީ ބުނެފައެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް 19 މީހަކު ފައްސިވެފައި ވާއިރު، އޭގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު 13 މީހުން ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙ

    ޥަރައްދެރަ