ކުލި ނުދެއްކޭނަމަ މާލޭގައި ދިރިއުޅޭ މީހުން ރަށަށްދިއުމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ދެއްކެވި ވާހަކައަށް އެތައް ބަޔަކު ފާޑު ކިޔަމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީސަގެ ވާހަކަ މަޖިލީހުގެ ރައީސް އެ ވާހަކަތައް ދިފާއު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އީސަ ވިދާޅުވީ، މަގުމަތިވެ، ބަނޑަށް ޖެހެންދެން ތިބެގެން ނުވާނެ ކަމަށާ، މިވަގުތު ސަލާމަތުން ތިބެވޭނެ ގޮތްތަކެއް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ސަރުކާރުން ކުލި ނުދެއްކޭ އެންމެންނަށް ކުލި ދައްކާ ނުދެވޭނެ ކަމަށާ، ވަޒީފާ ގެއްލޭ އެންމެންނަށް މުސާރަ ދެވޭ ވަރުގެ ތަނަވަސް ދައުލަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވިސްނާލަން ޖެހޭ ތިމާ މީހާއަށް ލިބޭ އާމްދަނީ އާއި، ތިމާ ކުރަން ޖެހޭ ޚަރަދާއި ނުބައްދަލު ދިރިއުޅުމުގައި ހުރި ކަންކަން ދޫކޮށްލަން އެބަ ޖެހޭ. މިސާލަކަށް ދަންނަވާކަމަށްވަންޏާ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުން. އަޅުގަނޑުމެން މި ދައްކަނީ މާލޭގެ ކުއްޔަށް ދީފައި ހުރި އިމާރާތްތަކުގެ ކުލި ކުޑަކޮށް ނުދީގެން ކުއްޔަށް ތިބި މީހުންނަށް މެނޭޖް ނުކުރެވޭ ވާހަކަ." އޭނާ ވިދާޅުވިއެވެ.

އީސަގެ އެ ވާހަކަތަކާއި ގުޅިގެން ބައެއް މީހުން ވަނީ އީސަގެ ސިޔާސީ ހަޔާތް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެ އޭނާ އަށް ފާޑުކިޔަމުންނެވެ. ގިނަ މީހުން ބުނެފައި ވަނީ އީސަގެ ވާހަކަފުޅަކީ ނިކަމެތި ރައްޔިތުން އިތުރަށް ނިކަމެތި ކޮށްލަން ދެއްކި ވާހަކައެއް ކަމަށާއި މިހާރު ކުރަން ޖެހިފައި އޮތް ކަމަކީ މާލޭގައި ދިރިއުޅެން މަޖުބޫރު ވެފައިވާ މީހުންނަށް ވެސް ރަނގަޅު ގޮތެއް ހޯދައިދިނުން ކަމަށެވެ. އީސައަށް ފާޑުވިދާޅުވެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސަ ދެއްކެވީ "ކަނޑުކޮސް ވާހަކައެއް" ކަމަށެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ނަޝީދު ވަނީ އީސަގެ ވާހަކަ ދިފާއު ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ އީސަގެ ވާހަކަފުޅުގައި އެމަނިކުފާނު ބޭނުންކުރެއްވި ބަސްތަކަކީ އެންމެ އެކަށީގެންވާ ބަސްތަކެއް ކަމަށް ނުވެދާނެ ކަމަށެވެ.

"އެހެންނަމަވެސް، އިއްޒަތްތެރި މެމްބަރު އެ ފާހަގަކުރައްވާ ނުކުތާއަށް ބައްލަވާ. އަޅުގަނޑުމެންގެ ހާލަތަށް ބައްލަވާ. ކިހިނެއް ހަދާނީ؟ މިސާލަކަށް މާދަމާގެ ރެންޓު ދައްކައިދޭނަމޭ ސަރުކާރުން މި ބުނަނީ. ހަ މަސް ދުވަހަށް ދެއްކޭނެތޯ ސަރުކާރަށް؟ 12 މަސް ދުވަހު ސަރުކާރަށް އެ ރެންޓު ދެއްކޭނެތޯ؟ އަދި އަޅުގަނޑުމެން ހަދާނީ ކިހިނެއްތޯ؟ އަޅުގަނޑަށް އެނގޭ އަޅުގަނޑުމެން މީހުންނަށް އުނދަގޫ ތެދު ހަގީގަތްތައް ބުނީމާ އަޅުގަނޑުމެންނާ މީހުން ނުރުހޭ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރަކީ އާންމުކޮށް ވަރަށް ސާފު ބަހުން އެކަހަލަ ހަގީގަތްތައް ވިދާޅުވާ ބޭފުޅެއް،" އީސަގެ ވާހަކަ ދިފާއު ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިވަގުތު މެންބަރު އީސަ ހުންނެވީ އެ މެންބަރުގެ ދާއިރާގައި، ކެނދިކުޅުދޫގައި ކަމަށެވެ. އަދި ރައީސް ނަޝީދު އީސައަށް ގުޅުއްވިން ކަމަށާއި އެވަގުތު އެ ރަށުގައި ހުއިފިލަނޑާ އާލާ ކުރެވޭނެ ކަމަށާއި، ރަށުގެ މަދަރުސާ ރަނގަޅު ކަމާއި، ރަށަކީ ތަނަވަސް ރަށެއްކަން އީސަ ފާހަގަކުރެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ. މާލެ އަކީ "ޓައިމްބޮމެއް" ކަމަށާއި ކޮވިޑް-19އާ ގުޅިގެންވެސް މާލެ ލުއި ކުރަން ޖެހޭ ކަމަށް މެމްބަރު އީސަ ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ކޮސްގޮވާ

  މިކަލޭގެ ދައްކާ ވާހަކަ ވަރަށް ކޮވިޑް ސްޓައިލް،،، ކިޔޭ ނުކިޔޭ އެއްނޭނގޭނެ!!! އަބަދު ޕޯޑިއަމެއް ކައިރީގައި ބަހައްޓަންވީ!!! އޭރުން ހީވާނީ .....

  52
  4
 2. Rafushu soru

  Rashu meehaa rashah dhiyaama. Male bey Fulhaa ah laari libeyne tho. Rajje in beyru ga ulhey male beyfulhun ge aailaa thakah laari libeyne tho. Rashu meehaa ves tex dhakkaane keeve baa rashu meehaa ah rashuga huregen hurihaa vaseelatheh nulibenee libeynama male akah naan naane. Molhu vaahaka vote hadhan v rashu meehun vareh neii hovuneema male meehaa ge flat. Male meehaa ge eythi meethi. Council inthihaabu las v ma hithah eri ehcheh kiaane. Hama vote laa dhu vas kaari v ma rashu meehaa maaragalhu vaane

  20
  2
 3. Rafushu soru

  Veri kan libuneema rashu meehun mathin handhaaneh nuhunnaane. Thee dhen fukeh boduvaru. Vote hadhan dhen naanaathi v salaam

  19
 4. ރާއްޖެތެރޭ މީހެއް..

  މިފަހަރު ނަޝީދުގެ ބަހަށް މަވެސް އެއްބަސް...
  ބަޔަކު އެހީވާނެ ކަމަށް މަގުމަތިވާން ތިބިމުގެ ބުއްދިއެއް ކޮބާތޯ....؟

  9
  129
 5. ވަލްޑާމާ

  ސަރުކާރުން މިފަހަރު ޔޫކޭއިން ގެނަ މީހުންވެސް ދެން ޔޫކޭއަށް ދިޔަ ދީގެން ނުވާނެ. ކަމެއް ޖެހިގެން އަންނަން ޖެހޭ ހާލަތުގައި އަމިއްލައަށް އާދެވޭވަރު ފައިސާއާއި ބާރު ހުރި މީހުން ރާއްޖެއިން ބޭރުގައި ވެސް އުޅެންވާނީ. ބޮޑެތި ކުންފުނި ހަދައިގެން ބޮޑެތި ބިންތައް ސަރުކާރުން ނަގައިަގެން އުޅެންވާނީ ވެސް ކުލި ކޮންމެ ފަދަ ހާލެއްގައި ވެސް ކުލި ދެއްކޭ މީހުން. އީސަ އަތުން އެޕާރޓްމަންޓެއް ކުއްޔަަށް ނަގާގެން އުަޅޭ މީހެއް ކުލި ކުޑަކޮށްލަަދެން ބުނީމަ މިހާސަރު މިދަމަނީ. ނަޝީދު ގައިގައި ހުރި ދޮގުހެދުމާއި އޮޅުވާލުމާއި ފިލްމު ކުޅުމާއި މިހުރިހާ ކަމެއް ހަމަ މީހެއް ވީމަ ނަޝީދު އޭނަ ދިފާޢު ކުރަނީ

  40
 6. ބީތާ

  ރަށްރަށުމީހުންނަށް ރަށްރަށް ކަމަކު ނެދެޔޭ، އަންނި ބުންޏަސް ދާނީ ކިހިނެތްތަ؟ މަޖީދީމަގުގަ ދެއިރުދެދަޅަޔަށް ހިނގާނުލެވެންޏާ އެވެރިން ލޮލަކަށް ނިންޖެއްނަދޭ... ރަށުގަ އަހަރުންވެސް މިތިބީ، ދަރިންނަށް ކިޔަވައިދީގެން މިބޮޑެތިކުރަނީ، ލިބުނު ވަޒީފާއެއް އަދަކުރަނީ، ނުލިބުނިއްޔާ މަހަށްދާން ވިޔަސް ފަރަށް ބޮލިހިލަން ދާންވިޔަސް ބަޔަކުދަށުވާކަށް މާލެ އެއްނުދާނަން، މާލޭގަ ތިބެންޏާދެން އެކުން އެމީހުންނަށް ނޮހޮރޮއްޕާން ނުކޮށްތިބޭ... މާލެ ވާނީ ހަމަ މާލެ މީހުންގެ ތަނަކަށް...ވ.ސަލާމް

  7
  5
 7. ދެރަސޮރު

  މިކަލޭގެއާއި އެކަލޭގެއާ ދެމީހުން މީ އެއްފާޑުގެ ދެމީހުން. ރައްޔިތުންނަށް ދޯކާދީފައި މަލާމާތްކުރުން ނޫން ކަމެއް މިދެމީހުން ކުރެ މީހަކު ނުކުރޭ.

 8. ހުސޭނުބޭ

  އެބުނާހެން ރައްޔިތުންނަށް އެހީވާންވީމާ އެކަން ކޮންމެހެން ކުރާކަށް ނުޖެހޭ! އެކަމަކު ސަރުކާރުގެ ބޮޑުން ގުންކިޔާފައި ދިރުވާލަންވީމާ ނިކަމެތި ރައްޔިތުން މަތިން ހަދާންވެސްނުވޭ!

 9. ކައްޕިތާން

  ރައްތައް ތަރައްގީ ނުވީ ރައްރަށުގެ މީހުން ރައްދޫކޮއްލާފަ މާލެ އައިސް ރައްފަޅުކުރީމަ ބޭސް ފަރުވާގެވާހަކަ ބަހަނާޔައްދައްކާފަ މިހާރު އެބަ އެނގޭނު ކިތައްމެ ކުރިއަރާފަ އޮތަސް ބޭސް ފަރުވާނުދެވޭނެކަން މިމާލެގަ މިހާރުވެސް ދޭބަލަ ތިޔަބުނާ ބޭސް ފަރުވާލިބޭތޯ ހޮސްޕިޓަލައް ބުނާނެ އެޕޮއިންޓް މަންޓް ހައްދާށޭ ލިބޭނޭ 3 މަސް ފަހުން އެއީތޯ ތިޔަ ރަށުން ނުލިބިގެން އައި ހިދުމައް ލިބޭގޮއް ތާރީޙުން ހެކިވާނެ މާކުރީޒަމާނެއްގަވެސް ކުޅުދުއްފުށީ މުހައްމދެއްގެ ވާހަކަ ނައިފަރު ދޮންކަލޭގެ ފާނެއްގެ ވާހަކަ އޭދަފުށީ ކަލޭގެ ފާނެއްގެ ވާހަކަ މިމީސްމީހުން މާލެޔާ ޗެލެންޖް ކޮއްފަރައް ތަރައްގީ ކުރަން ހިފާލި ކަމުން އެރައްތައް އެއޮތީ ކިރިޔާވެސް ތހުޒީވެއްވެފައި މިކަން އެނގިގެން އެދިގުރާސްތާ 30 އަހަރު ކުރިކަމަކީ ރައްރަށުގަ ތިބި މިކަހަލަ ހިންގުންތެރިން މާލެގެނެސް މާކލޭން ގޯތިދީ އެމީހުންގެ ހިދުމައް ހުއްޓުވީ ބައްލަވާ ދިރާސާ ކޮއްލައވާ މީކުޑަ ކުޑަ ތަނެއް

 10. ކިނބޫ

  ރައީސް ޔާމީން އިޒް ދަ ބެސްޓް..

  15
 11. ުއުނދުޅި

  ލިބޭމިންވަރު ނި ކަންދަނެގެން މިބޭނުންތައް ބަހާލާގެން ތިބޭނަމަހީ ރަށަށް ދާ ކައް ނުވެސްޖެހުނީހޭ

 12. ސޭކުބެ

  އަންނި ކީއްވެގެން ދަރިންނަށް ކިޔަވައިދޭން އިނގިރޭސިވިލާތުގަ ބައިތިއްބަނީ..؟؟ މާލޭގަ ބައިތިއްބަން ވީނު.. ގައިމު އެއީ އިނގިރޭސިންނެއް ނޫންވިއްޔަ..

  12
  1
 13. ޢ ޑ ޕ ގޅ

  ޅަޑަޔާވާނީ ލަޑާ މިކަލޭގެ އަންނާނެ ވޯޓް ހޯދަން އަހަރެމެންނަށްވެސް އުދަގޫވާނެ މިކަހަލަ ގަޅިންނަށް ވޯޓް ދޭން

 14. ކިނބޫ

  ރައްޖެތެރެ މީހަ ނަމުގަ ލާރިޔާށް ކޮމެންޓް ކޮއް ދެ ބެފުޅާޔަށް ނޭގެ ތަ ބޮޑެތި މަހުޖަނުންނަށް ރިސޯޓް ކުއްޔާ ޓެކކުހާ ހަމަހަށް ލަސްކޮއްދިން ކަން އެމީހުންވެސް އެރިސޯޓް ވެސް ނިހިންގާ ސަރުކާރަ ލާރިނުދެއްކެންޔާ.މަލޭ ގެ ބޮޑެތި ވިޔާފަރިވެރިންނަށް އެކކންޔޭނުން އެހީވަންޖޭހޭނި..ސަރުކާރެއް ހޮވަނި މިކަހަލަ ކަންކަންޖެހުނީމަ އެހީވާން ނުވެވެންޔާ ރަށުތެރޭން އެހެންކަމަކާ އުޅޭ ވެރިކަމުން އިސްތިޔުފަދިފަ

 15. މާގިރި

  ފުރަތަމަ ތިމާ ބޭނުންކުރާ ބަސްމަގު ރީތިކުރައްވާ!
  ބަހަކީ ބަދަލުވާ އެއްޗެއް ނޫނަސް ލަފްޒު ބަދަލުވޭ
  މަިކުފާނު ބޯދާ ޒަމާނުގެ ލަފްޒު ބޭނުންކުރުން
  ހުއްޓަވާލައްވާ! ޙާލަތާ މުނާސަބު ލަފްޒު ބޭނުންކުރެއްވުމަށް ނަޞޭޙަތްތެރިވަން

 16. ތާވަޅު

  އެމްޑީޕީ ގެ ބޯބުރާތިވެފަތިބި މީހިން ވޯޓްދީގެން ހޮވާފަތިބީ ހުސްމިކަހަލގެ ބޮލުރޮދިކެނޑިފަތިބި މުކޮހިން ކޮރޯނާ ބެހޭގޮތުނވެސް ދެއްކީ މިކަހަލގެ ވަހަކަ އަލޭ އމޑޕ ގެ ފަރާތުން އިންތިހާބަކަށް ކުރިމަތިލީ ގެރިޔެއްވިއަސް އިންޔާ ބުއްދާއެއް ވިޔަސް ތިމީހުންވޯޓު ދޭނެ ކަންޔަގީ ކީއކުރާނީދޫ މިކަލަގެ ބޮލުރޮދިކެނޑިފަތިބި މީހުން ހުސް ތިބީ

 17. ޙަސަނާ

  މިމީހުން ގަބޫލުކުރާގޮތުގަ މުއްސަދިވާންޖެހޭނީ ނަސީދުގެ އެކުވެރިން އެކަނި މިގައުމު ބުއްދިއެއްވެސް ހުންނާނީ ނަސީދުގެ އެކަނި ތިޔައީސަ މުއްސަދިވެ މާލޭގަ ގެދޮރު ހެދިގޮތެއްވެސް ބަލަންވެއްޖެ މިހާރު ބޮޑެތި ވަގުން ތަކެއް އެހެންމީހުނައްވަގައްގޮވަމުން ރާޓިވީގަ ފެލުނީ ފަސާދަ ޗެނަލް ގަ ފެލިފަ ރީތިވެއްޖެނު މަކަރުންފުރިފަތިބި ބައެއްތީ