ކުރެއްދޫ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށްފަހު، އިޓަލީވިލާތައް ދިޔަފަހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ފަތުރުވެރިޔާ ރާއްޖެ އިން ފުރުވާލީ ކުރެއްދޫ އައިލެންޑް ރިސޯޓުން ނޫންކަމަށާއި، އޭނާ ރާއްޖެއިން ފުރުވާލުމުގެ ހުރިހާކަމެއް ކުރިއަށް ގެންދިޔައީ އޭނާގެ ދަތުރުގެ ކަންތައްތައް ކުރިއަށް ގެންދިޔަ ރާއްޖޭގެ އެޖެންޓް ކަމަށް ކުރެއްދޫ އައިލެންޑް ރިސޯޓްގެ ޤާނޫނީ ވަކީލް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހްތާޒް މިހެން ވިދާޅުވީ ފަތުރުވެރިޔާ ރާއްޖެ އިން ފުރުވާލީ ކުރެއްދޫ ރިސޯޓުން ކަމަށް ބުނެ "މިހާރު" ނޫހުގައި ޝާޢިއު ކުރައްވާފައިވާ ރިޕޯޓަކާއި ގުޅިގެން "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ކުރެއްދޫ ރިސޯޓުން ފަތުރުވެރިޔާ އެއާޕޯޓަށް ދިޔައީ މާޗް މަހުގެ 01 ވަނަ ދުވަހު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ޗެކިން ކުރިފަހުން އަނބުރައިގަނެގެން އޭނާ ވެއްޓުނެވެ. ނަމަވެސް އޭނާ ފްލައިޓަށް އެރުވިއެވެ. އެއީ ބަލިވެ އުޅޭ މީހަކަށް ވާތީ އަލްޓާލިއާ އެއާލައިން ފްލައިޓްގެ ޕައިލެޓް ވަނީ އޭނާ ގެންދަން ދެކޮޅު ހަދާފައެވެ. އެހެންކަމުން އޭނާ ފްލައިޓުން ބޭލުވިއެވެ.

އެހައި ހިސާބުން އޭނާ އާއި ފުރަތަމަ ހަވާލުވީ އަލްޓާލިއާ އެއާލައިންގެ ލޯކަލް އެޖެންޓް ވޮވެޖަސް މޯލްޑިވްސް އިންނެވެ. ދެން އޭނާ ގެންދިޔައީ އެއާޕޯޓްގައި ހުންނަ ސަރުކާރުން ހިންގާ ޕޯޓް ކުލިނިކަށެވެ. އެތަނުން އޭނާ އަށް ފަރުވާ ދިނުމަށްފަހު ދެން އޭނާ ހަވާލުކުރީ އޭނާ ރާއްޖެ ގެނައި ލޯކަލް ޓްރެވަލް އެޖެންސީ ކަމަށްވާ އެޒެމަރއާއެވެ. އެއާޕޯޓުން އޭނާ މާގިރި ހޮޓަލަށް ގެންދިއުމާއި އޭނާ އަލުން އިޓަލީވިލާތައް ފުރުވާލުމުގެ ހުރިހާކަމެއް ރާވައި ހިންގާފައި ވަނީ ލޯކަލް ޓްރެވަލް އެޖެންޓް އެޒެމަރ އިންނެވެ.

ފުލުހުންގެ ޓީމާއި ކުރެއްދޫގެ ވަކީލުން މިއަދު ރިސޯޓަށް ވަޑައިގަންނަވަނީ
ފުލުހުންގެ ޓީމާއި ކުރެއްދޫގެ ވަކީލުން މިއަދު ރިސޯޓަށް ވަޑައިގަންނަވަނީ

"ވަގުތު" އަށް މިއަދު މައުލޫމާތު ދެއްވަމުން މުހްތާޒް ވިދާޅުވީ ފަތުރުވެރިޔާ ފުރުވާލުމުގައި ކުރެއްދޫގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. ފަތުރުވެރިޔާ ކޮވިޑް-19 އަށް ފައްސިވުމުން އެކަމާއި ކުރެއްދޫ ރިސޯޓާއި ގުޅުވައިގެން ދޮގު މައުލޫމާތު އެކި ފަރާތްތަކުން ފަތުރަމުން ގެންދާ ކަމަށާއި އެފަރާތްތަކާއި ދެކޮޅަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށް މުހްތާޒް ވިދާޅުވިއެވެ.

"ކަނޑައެޅިގެން ދޮގު މައުލޫމާތުކަން އެނގިތިބެ ވެސް ބައެއް ފަރާތްތަކުން ގެންދަނީ ކުރެއްދޫގެ ނަން ކިލަނބު ކުރަން މަސައްކަތް ކުރަމުން. ކުރެއްދޫ އަކީ ވިޔަފާރި ނަމެއް. އެހެންކަމުން މިނަމަށް ލިބޭ ގެއްލުން އެއީ ކުޑަކަމެއްގެ ގޮތުގައި އަޅުގަނޑުމެން ނުބަލާނަން. ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާއި ދެކޮޅަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަންކަންް އަޅުގަނޑުމެން މިދަނީ ބަލަމުން. ދޮގު މައުލޫމާތު ފަތުރަނީ ނޫހެއް ނުވަތަ ވަކި ފަރުދެއް ނަމަވެސް މިކަމުގައި ޤާނޫނީ ގޮތުން ކުރެވޭނެ ކަންކަން ހުންނާނެ." މުހްތާޒް ވިދާޅުވިއެވެ.

ފަތުރުވެރިޔާ ރާއްޖެ އިން ފުރައިގެން ދިޔަ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤާއި ގުޅޭ މައުލޫމާތު ސާފުކުރަން މިއަދު ކުރެއްދުއަށް ފުލުހުންގެ ޓީމެއް ވަނީ ގޮސްފައެވެ. އެޓީމުން މިހާރު ގެންދަނީ ރިސޯޓްގެ ބައެއް މުވައްޒަފުންނާއި ވާހަކަދައްކާ، މައްސަލައާއި ގުޅޭ މައުލޫމާތުތައް ސާފުކުރަމުން ކަމަށް މުހްތާޒް ވިދާޅުވިއެވެ.

ފަތުރުވެރިޔާ ފުރައިގެން ދިޔަ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ގެންދަނީ އެމައްސަލަ ތަޙްޤީޤު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އަމުރު ކުރެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ކީކޭ ބުނާނީ

    ހުރިހާމީހުން ސަލާމަތްވާނެ. ކުއްވެރިވާނީ އެއަރޕޯޓް މަސައްކަތުމީހެއް. ދެން ކަންބަޅިއެއް ގްރުބާންކޮށްފައި ނިންމާލާނެ.

    100
    2
    • ހުސޭނުބޭ

      އެއަށް ކިޔަނީ ޖިނާއީ ތަހްޤީޤު! ޕީޖީ އޮފީހުން ތިކަން ނިންމާނީ ހަމަ ޑްރާމާއެއް ނިންމާހެން!

      50
      2
  2. އެނދި ކަވާބު

    އެޖެންޑާ 19 ގެ ބަލާވެރިކަން

    42
    5
  3. ދ ރައްޔިތުން

    ކޮބާ މައިމޫނާ ފުރުވާލި އަޓަލިގެ ދެ ފަތުރުވެރިން..
    ކީއްވެ އެ މައްސަލަ ނުބެލެނީ ؟؟؟؟؟

    50
    4
  4. ހިންނަވަރު ކާފަބޭ

    ކަލެއަށް ކިހާ ލާރިއެއް ދީގެން ބުނި އެއްޗެއް ތީ

    29
    6
  5. އަހްމަދު

    މީފުރަތަމަމައްސަލަ ފަހުން ދެމީހުންފުރުވާލި މައްސަލަވެސް ތަހްގީގުކުރާނަންތަ ޝަމީމް؟؟؟

    40
    1
  6. ރުޅިގަދަ

    އެވަރުވީއިރު އަންގާލުމަކީވެސް ހަމަ ރިސޯޓުން ކުރަންޖެހޭކަމެއްނޫންބާ! ޔާމީނު ހުރިނަމަ އޭ ހިތަށްއަރާ!

    32
    6
  7. ނަން

    ނަންވާނީ ކުރެއްދޫ ކޮބާތަ ބަލި ޖެހިފަހުއްޓާ 2 މީހުން ފޮނުވާލި އެޗްޕީއޭ

    45
    2
  8. Anonymous

    މުހުތާޒުގެ ވާހަކަ ބަރާބަރު. އެއަށް ވުރެ ބޮޑުކަމެއް ރަޝިޔާ ފްލައިޓުން ފޮނުވާލި ފަތުރުވެރިޔާ.

    45
    3
  9. ކައުންސެލަރު

    މިކަމުގަ ކުރިން "ކަމާބެހޭ" ފަރާތްތަކުން ދައްކާފަހުރި ވާހަކަތައްމަތިން ހަނދާންވަނީ. ރަޝިޔާ ފުލައިޓުގަ ފުރުވާލި މައްސަލަކޮބާ. އެވެސް ކުރެއްދޫ ޒިންމާވާންޖެހޭ މައްސަލައެއް ދޮތަ؟ ހޭބަލިވެދާނެ ސަހާދެއްމިބުނީ

    17
    1
  10. ގައުމުގެ ދޫ

    ކުންފުނިން ހޯދައިފަ ތިހުރީ ތިކަހަލަ ކަންކަމަށް އެންމެ ގާބިލު އެއް ވަކީލު. ފޮޓޯއިން ފެންނަން އިން ދެވަނަ ވަކީލަކީވެސް އާދަޔާ ޚިލާފު ކޭސްތައް ވިންކޮށްފައި ވާ ހާއްސަ ބޭފުޅެއް.

    14
    1
  11. މެޓަރޒް

    ހުސައިން ޝަމީމް ކީއްވެ ފަހުން ސަރު ކާރުން ފޮނުވާލި އިޓަލިގެ 2 ފަތުރުވެރިޔާގެ މައްސަލަ ބަލަން ނާންގަނީ

    16
  12. Anonymous

    މި ކޮމެންޓް ކުރައްވާ ފަރާތްތަށް މީި ހަޔާތުގަ އެއްވެސް މިސްޓޭކެއް ނުކުރާ ފަސްމީރު ކުރިރުއްރުއް ދޯ؟؟ ފާޑުވެސް ރަނގަޅު ގޮތުގަ ނުކިޔާަތި. ފިތުނައާައި ފުރައްސާަރަ ކުރުން ތީ ހަމަ އާަދަ ގިނަ ދިވެހިންގެ.
    ބަޔަކު ރެއާދުވާލު އުފުލާ ބުރަވެސް އަގުވަޒަން ކޮއްބަލަ. ދަރުމަވާނެ.

    8
    11
  13. ރެތަސް

    ހުންއައިސްގެން އޭނާބެލީވެސް ކުރެއްދޫ ޑަކުޓަރެއްނޫން، ތުރުކީ އަންހެނެއް

    13
    2
  14. ޝާހް ރ.ވާދޫ

    ރިސޯޓުން އޭނަގެ ތިހުރިހާ އަލާމާތްތަކެއް ރިސޯޓުގަ ހުރިއިރު ފެނުނުއިރު ހަމާބެހޭ ފަރާތްތަކާ އެކަން ހިއްސާނުކޮށްއޮތީ ކީއްވެހޭ މަ މި ސުވާލުކުރަނީ!!! އެޖެންޓާ ގަމައަށް އެމީހާދިޔައީ އޭގެފަހުންނެއް ނޫންތަ؟؟؟ މައުލޫއޮޅުވާލަން ނޫޅޭ!!!

    5
    1
  15. ބޯގޯސް

    ވަކީލަކައްވެހުރެ ބިރުދެއްކުމާ އިންޒާރުދިނުމަކީ ކިހާބޮޑު ކުށެއްކަން އެނގިލައްވާތޯ

  16. ހަސަންބެ

    ޗަންޕާމެން އުއްޗު މެން ކުއްވެރިއެއް ނުވާނެ. ފަގީރު ނިކަމެއްޗެއް ތިކަމުގަވެސް ބެދެންޏާބެދޭނީ. ސަރުއީ ނިޒާމުވެސް މިއީ އޮތްގޮތް

  17. ސޯބު

    ބަލަ ފުރުވާނުލިޔަސް ރިސޯޓުގަ ހުރެގެންނެއްނޫންތަ ޑަކްޓަރަށްދައްކާހެދީ. އެހިސާބުން ކީއްވެ ނޭންގީ.

  18. މުހޭ

    ވަގުތުން ލާރި ގަނޑެ ނަގައިފި

  19. އޭއާރު

    ރައްކާތެރިކަމުގެ ވަސީލަތެއްނެތި، ޓެސްޓްކުރެވޭނެ ގޮތެއްވެސް ރިސޯޓްތަކުގަނެތްކަން އެނގޭއިރު ޑޮކުޓަރައްކުރެވޭނީ ކޮންކަމެއް.ސަރުކާރުން ބަލިޖެހިފައިވާމީހުން އެތެރެވާނެކަން އެނގިތިބެ އެތެރެވާން އޭރުދޫކޮއްލީ.ފަހުން ޑޮކްޓަރުވެސް ތިބަލީގެ ޝިކާރައަކައްވުމުން ސަރުކާރުން ބޯދަމައިގަންނަންވެގެން ޑޮކްޓަރު ޓާގެޓަކައްހެދިޔަސް ޒިންމާނަގަންޖެހޭނީ ސަރުކާރުން.އާންމުރޯގާޢާ އަލާމާތްތަކުގަ ތަފާތެއްނެތުމުން ޓެސްޓްކުރެވި ނަތީޖާނުލިބެނީސް ޑޮކްޓަރުކުރާނީ ކީއް.
    ބައެއްޓުއަރިސްޓުން ބޭނުމެއްނުވި ޓެސްޓްކުރާކައް، ފުރައިގެން ދިޔަކޭސްތައް މިހާރު އެނގިފައިވާ 2 ކައްވުރެއްގިނަވާނެ.

  20. ޗާޗާ

    ތިމުހުތާޒު ވަރިހަމަ ކިތަންމެ ދޮގެއް ކޯޓުތަކުގަ ހެދިޔަސް ދުލުގަ ގޮށެއް ނުޖެހޭ ވިއްުޔަ ހަދަންވީނު. ޢެއްވެސް އަބުރުގެ ގާނޫނެއް ނޯއްނާނެ