ރާއްޖޭގައި ދިވެހިން ހަނޑޫ ބޭނުން ކުރާ ވަރަށް ހަކުރު ބޭނުން ކުރާ ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްތަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ، ރާއްޖޭގައި ކާޑުގެ ގޮތުގައި ބަލެވެނީ 3 ވައްތަރެއް ކަމަށެވެ. އެގޮތުން ހިމެނެނީ ހަކުރު، ހަނޑޫ އަދި ފުށް ކަމަށް އަމްރު ވިދާޅުވިއެވެ. މި 3 ބާވަތުން އެންމެ ގިނައިން ދިވެހިން ބޭނުން ކުރަނީ ހަނޑުލާއި ހަކުރު ކަން ފާހަގަކޮށް އަމްރު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހަކުރު ކާޑުގެ ބާވަތުގައި ނުހިމެނޭ ކަމަށެވެ.

"މިއީ އެހާ ރަނގަޅު ކަމެއް ނޫން ކަންނޭގެ މިހާ ބައިވަރު ހަކުރު އަސްލު ރާއްޖޭގެ ރައްޔިތުން ކޮންޒިއުމް އެބަ ކުރޭ. އެހެންމަ އެއީ ވަރަށް ބޮޑު އިޝޫއެއް. އަޅުގަނޑަށް ހީވަނީ އެޔަށް ކުޑަކޮށް އެންމެންވެސް ވިސްނާލުން ރަނގަޅު ކަމެއް ކަން ނޭނގެ. ހަނޑޫ ވިކޭ ވަރަށް ހަކުރު ވިކެންޔާ އެއީ ވިސްނާލަން ޖެހޭ ކަމެއް" އަމްރު ވިދާޅުވިއެވެ.

ދިވެހިން ހަނޑޫ ބޭނުން ކުރާ ވަރަށް ހަކުރު ބޭނުން ކުރާ ކަމަށް ވިދާޅުވެ އަމްރު ވަނީ އެކަމަކީ ހުރިހާ ދިވެހިން ސިއްހީގޮތުންވެސް ވިސްނާލުން ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެދުރު

    ދޮގުހަދާ ސަރުކާރު
    ލޮޖިކް، ދެންކީއްވެ 500 ޓަނު ހަކުރު ގެނައި އިރު 1500 ޓަނު ހަނޑޫ ގެނައީ ؟؟؟

    14
  2. ގަމާރު

    ތިޔައީ ފޭކުވާހަކައެއް ގަބޫލެއްނުކުރާނަން އަހަރު މެންގެ ގޭގައި 5 އާއިލާއެއް ދިރިއުޅޭއިރު ކޮން މެ ގެއެއްގައި 3 ކިލޯހަކުރު މަސްނި މޭއިރުވެސް ހުހެއްނުވޭ އެކަ މަކު ހަނޑޫ މމަސްނި މޭއިރު ހުސްވެ އިތުރަށް ޑަބަލްކޮށް ގަންނަންޖެހޭ ތިޔަހިސާބު ހެދި މީހާ އުގައިލް ކައިރިން ހިސާބު ހަދަހަަަަަަަަަަދަހަދަހަދލލހަދަހަދަހަ) ލ

  3. އަހްސަން

    އެހެންވީމަ ނޫންތަ ގިނަ ދިވެހިން އެހާ ފޮނީ

  4. ޢަހަރެން?

    ޢެކިޔަނީ އެހެންކަހަލަ ހަކުރެއްގެ ވާހަކަ ކަންނޭނގެ؟؟????

  5. އަހްމަދްފުޅު

    ހިޔަޅު ބުނި މޭބިސް ކަދުރަކީ މީރު އެއްޗެއް ނޫނޭ އޭގައި ލަނީ ހިތިރަހައޭ. އެއީ ހިޔަޅަށް މޭބިސްކަދުރު ކާން ނުލިބުނީމާ.