މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އެއްވެސް އިރެއްގައި ބުއްދިވެރި ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ އެފްޓީއޭ ނުވަތަ މިނިވަން ވިޔަފާރީއަކީ ވިޔަފާރީގެ ގޮތުން އެއް ހަމަ ގައުމުތަކުގައި ކުރާ ކަމެއް ކަމަށެވެ. ރާއްޖެއާ ޗައިނާއަކީ ވިޔަފާރީގެ ގޮތުން އެއް ހަމަ ގައުމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ބަޔަކީ އިމްޕޯޓު ޑިއުޓީން ވަނަ އާމްދަނީ ކަމަށެވެ. ނަމަވެސް މިނިވަން ވިޔަފާރި ފަދަ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފި ކަމަށްވާނަމަ އެ އާމްދަނީ ގެއްލިގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފްރީ ޓްރޭޑް އެގްރީމަންޓެއް ޗައިނާއާ އެކީގައި އުފެއްދުމާއި ގުޅިގެން، ހުރިހާ، ހުރިހާ އެއްޗެއް އަޅުގަނޑުމެން ޗައިނާއިން ގަންނަން ފަށާނެ. ދެން އެހެން ގައުމުތަކުން ގަންނަ އެއްޗެހިތަކެއް އަޅުގަނޑުމެން ނުގަންނާނެ، އެއީ އެގައުމުތަކަށްވުރެ މާ އަގުހެޔޮކޮށް ޗައިނާއިން ލިބެން ފަށާނެތީވެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިކަމުގައި އެންމެ ބޮޑަށް ދިމާވާނެ މައްސަލައަކީ ޗައިނާއިން ތަކެތި ގަތުމަށްފަހު އެހެން ގައުމުތަކަށް އެތަކެތި ގެންދިއުމަށް ދިމާވާ ދަތި ކަމަށެވެ.

"އަޅުގަނޑުމެންނާއި ޗައިނާއާ ދެމެދު ވިޔަފާރި އެއް ހަމައެއް ނޫން، އަޅުގަނޑުމެން ކުރީގައިވެސް ދެކުނު ކަމެއް ނޫން ފްރީ ޓްރޭޑަކީ ބުއްދިވެރި ކަމެއްގެ ގޮތުގައި އަދި މިހާރުވެސް ފްރީ ޓްރޭޑު އެގްރީމަންޓަކީ ބުއްދިވެރި ކަމެއްގެ ގޮތުގައެއް އަޅުގަނޑުމެނެއް ނުދެކެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017ވަނަ އަހަރު ވަނީ ޗައިނާއާ ރާއްޖެއާ އެކު ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މިހާރުގެ މިނިސްޓަރު މުހައްމަދު ސައީދެވެ. ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާގެ ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރު ޒޮންގް ޝާންއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މި ސަރުކާރުން އެ އެއްބަސްވުމަށް ގޮތެއް ނިންމާފައި ނުވާއިރު އެ އެއްބަސްވުމަށް އަމަލު ކުރުމަށް މަޖިލީހުންވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ގެރިމޯދީގެ ކަންޒުކަހަނބު

  ކަލޭ އެކަނިތަ ވިޔަފާރިވެސް ކުރަންވީ

  20
 2. މ

  ރާއްޖެ އަށް އެތެރެވާ މުދާ އަގު ހެޔޮ ވުމަކީ ފައިދާ
  ހުރިހާ ޓެކުހެއް ވެސް ސަރުކާރައް ވަންނާނެ
  ދެން ކީއްވެތޯ .. އިނގިރޭސިން ނާ އެކު އިހައްދުވަހު މަނިކުފާނު އެވާހަކަ ދެއްކީ.... ހާދަ ހަސަދައިގެ މީހެކޭމީ
  ތަށިމުށި އިގުރު ލޮނުމެދު... މީ ޗައިނާ އިން އެތެރެކުރާ ތަކެތި
  ވަޑާންގެ އެއް ދަރުވާލި މީހަކަށް ވިޔަފާރި އެއް ނޭގޭނެ

  27
 3. ހުސޭނުބޭ

  ގައުމަށް އެންމެ ފައިދާވާނީ ބުއްޅަބެ ގަބޫލުކުރާ އިދިކޮޅަށް ކަންތައްތައްކޮށްގެން! މިސާލަކަށް ހުޅުމާލެ ބުރިޖް ފުދޭނެ!

  22
 4. ޕ

  އޮޅުވާލަން ވެސް ތީ ބޮޑުވަރު

  24
 5. Anonymous

  ކަލެެއަށް ހަޖަމެއްނުވާނެ. އިންޑިޔާ އުނގަށް ނުވެއްޓޭގޮތަށް ހުންނަ ކަންކަމީ މީނަގެ....

  25
 6. އަހްމަދު

  ވިޔަފާރިއާބެހޭގޮތުން ވާހަކަދެއްކޭނީ ވިޔަފާރިއެއީކޯއްޗެއްކަން އެނގިލައްވާބޭފުޅުންނައް މަނިކުފާނުވެސް އެދާއިރާއިން އެއްޗެއް އޮޅުންފިލާފައޮތްނަމަ ތިޔަހެންވިދާޅެއްނުވާނެ ޗައިނާއާ މަނިކުފާނުގަޔާނުވިނަމަވެސް މިހާރުޗައނާދެކޮޅުހަދައިގެން އަހަރުންމެން ކަހަލަކުޑަގައުމަކަށްކުރާނެފައދާއެއްނޯންނާނެ މިހާރުވެސް ވިޔަފާރިވެރިން އެންމެގިނައިން އެންމެހެޔޮއަގުގަ މުދާއެތެރެކުރާ ގައުމަކީޗައނާ

  20
 7. ޞޖ

  މިއީ ހަމަރޯނުއެދުރެ މީނަގެ ވަބާއިން މިޤައުމު ސަލާމަތް ކުރައްވާށި

  22
 8. ޝާމިލް

  ކަލޭގެ ވިސްނުމުގަ ހުންނަނީ އަބަދު މަސްކެއްކުމާއި ލޮނުމަސް އެޅުން. ކަލޭގެ ވިސްނުމަކަށް ބަވަނަ ވެފައިވާ ދުނިޔޭގެ ވިޔަފާރީގެ އެއްވެސް އިލްމެއް ލިބިފައެއްނެތްކަން މީގެ ކުރިންވެސް ގިނަބަޔަކަށް އެނގޭ. ސައުދީން ކަނޑު ހިއްކައިގެން 10 ބިލިޔަން ޑޮލަރު އިންވެސްޓް ކުރަން އުޅުނީމާ އެކަން ފެއިލް ކުރީވެސް ކަލޭމެން. ސިލްކްރޫޓް ވެސް ކަލޭމެން ހުއްޓުވާލީ. އިރުމަތީ އޭޝިއާގެ އެންމެ ފުންނާބުއުސް ބޭސްވެރިކަން ރާއްޖެއިން ލިބުންވެސް ހުއްޓުވާލީ ކަލޭމެން. އެހެންވެ އެންމެން ކިޔަނީ ކަލޭމެންނަކީ ދިވެހިންނަށް ހެޔޮއެދޭނެ ބައެއް ނޫނޭ. މީގެ ކުރިން މިގައުމަށް ފަތުރުވެރިން ނައުމަށް އިނގިރޭސިންނާއި ޔޫރަޕުން ނޯޓިސް ނެރުނީ މީ ޓެރަރިސްޓް ގައުމެއްގެ ގޮތުގައި ސިފަކޮށްފަ. އެވަރުބައެއްތީ.. އިހަށްދުވަހު 32 ބިލިޔަން ބަޖެޓް ކާލީ.. ދެން ސަޕޯޓިން ބަޖެޓް ކާލީ.. ދެން ހިލޭ އެހީތަށް ކާލީ.. މީއަދި ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައި ހުރި ލާރިކޮޅު ނުލާ.. އެޔަށް ހެދިގޮތް އެފެންނަނީ. އެހެން ނޫންނަމަ ދިވެހިން އަހަރު ދުވަސް ވަންދެން ހާސްވާން ނުޖެހި ތިބެވުނީސް... ތީ ހުސް ޑޮލަރު ހަތްބޯރާހިން ތަކެއް.. ދަތްފޭއްސައިގެންތީބޭ

  21
 9. އަލީ

  ކަލެއަކީ ބުއްދިވެރިންގެ ތެރޭގައި ހިމެނޭ މީހެއްކަމަށް އަހުންވެސް ނުދެކެން.

  20
 10. ކަނަމަނަ

  ކޮންކަމެއް ކަލެއައްއެގެނީ ރަގަޅުއެއްކަމެއްވެސް އެގޭމީހެއްނުން ކަލެއަކީ ކަލޭއެއްމެ ރަގަޅީ އަދިއެއްމެމޮޅީވެސް އެކްޓިވިސްޓެއްގޮގޮތުގައި މަސައްކައްކުރަން ބަޔަކުމީހުން ކަލޭމާމޮޅުކަމައްފެނިގެން އުޅެނީ އެކްޓިވސްޓެއްގެ ރޯލުން

 11. އަހުމަދު

  މިނިވަން ވިޔަފާޜިން ރާއްޖެ އަށް ކުރާނީ ނުހަނު ފައިދާ މިހާރު ފޯނު ލިބޭ އަގު ހެޔޮ ވާނެ 30 ޕަސެންޓް އަދި އެފޯނު އެހެން ގައުމު ތަކަށް ރީ އެކްސްޕޯޓް ކުރެވޭނެ ކަލެއަށް އެވަރު ނޭގެންޏާ ދޭ އަސާސީ ކުލާހަށް އިހަށް ދުވަހު ޚަބަރު ގައި އޮތް އިނގިރޭސި ވިލާތާ އެކު މިނިވަން ވިޔަފާރި ކުރަން ކަލޭ ވާހަކަ ދެއްކިފޮޓޯ އާއި ޚަބަރު ދެދުވަހު އެކަށް ޗެއް ކިޔާބަލަ އިނގިރޭސި ވަލާތުން ރާއްޖެ އަށް ކޮން އެއްޗެއްތަ އެތެރަ ކުރަނީ އާމާލު ކުލޫނީތަ

  10
 12. ބްރޯ

  ބުއްދިވެރި ކަންކަމަ ބުއްދި ނުވާކަންކަން އެގޭފެންވަރެއް ތިޔަ މިހާ ގަޔަކު ނެތް ތިޔަ މީހާ ކިޔެވި މެރިޓައިމް ވިޔަފާރި ކުންފުންޏަކާ ވާޑާންގެ އަކާ ހަވަލުވެ ދެތަންވީ ވެސް ހުލި ، ވީމާ މިނިވަން ވިޔަފާރީގެ ވާހަކަ ދައްކާފެންވަރެއް ތިޔަ މިހާ ގަޔަކު ނެތް. މަމޮޅު ހެދިގެން ނޫޅެ ހަމަބިމަށް ތިރިވެ ގައުމުގަތިބި އެ ރޮގުން ކިޔަ ވައިގެން މާސްޓަރސްއާ ޕީއެޗްޑީގެ ބޭފުޅުންގެ މައްޗަށް ވާހަކަދެއްކުން ހުއްޓަވާލައްވާ. ދަންނަ ކަމެއްނެތް ނުދަންނަކަމެއްނެތް މުޅި އޮޑީގަ ހަސަނުގެ ދެފައި މިއޮތީވާ ދިވެހިގައުމަށް ބަލާއެއް ޖެހިފަ.

 13. އަބަދުވެސް

  އޭރުވެސް މިހާރުވެސް މިނިވަން ވިޔަފާރިއަކީ ބުއްދިވެރި ކަމެއްގެ ގޮތުގައެއް ނުދެކޭ ނަޝީދުދެކެވަޑައުގަންނަވާ ގޮތުގައި މިރާއްޖެއަށް އެންމެ ފައިދާ ބޮޑީ ހިންދު ކަރައިގެ އަޅުވެތިކަމުގެ ތެރެއަށް ވެއްޓުން.

 14. ބުއްދި.

  ކޮއްމެވެސް ޑިޕޮލޮމެޓިކް މިޝަން އަކުން ރާއްޖޭގެ ގިނަ ނޫސް ރިޕޯރޓަރުން ގަނެ. މި ސަރުކާރުގެ އުނި ސިފަތަށް ފޮރުވާ އަދި މި ސަރުކާރު ޕްރޮމޯޓު ކުރުމުގެ މަސައްކަތާއި ގައުމު އަޅުވެތި ވަމުންދާ ދިއުން ފޮރުވަން މަސައްކަތްކުރާކަމަށް ބެލެވޭ. ބުއްދިވެރިގޮތް އެގޭނީ ހަމަބުއްދި ހުރިއްޔާދޯ. ނަޝީދު ސަރުކާރުން ޖީ އެސްޓީ ނަގަން ފެށިއިރު ކަސްޓަމްސް ޑިއުޓީ ނުނަގާނެ ކަމަށް ބުނެ ދެއްކި ވާހަކަތަށް މިހާރު ހަދާން ނެތުނީތަ؟ މުޅިން ދިވެހި ރައްޔަތުންނަށް އޮޅުވާލާ ދޮގު ހެދުންނޫންކަމެއް މީނާނުކުރާމެ. ދިވެހިންނަށް ފައިދާހުރި ކަނެއްނުކުރާނެ.