ނުރައްކާތެރި ކޮވިޑް-19 ވައިރަހުން ސަލާމަތްވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސިޓީގައި މީހުން މަގުތަކަށް ނިކުމެ އުޅުމާއި އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވާ ގަޑިތަކުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ޓްރެފިކް ފުލުހުންނާއި އެކުގައި މަގުމަތި މާލެތެރެ ޕެޓްރޯލް ކުރުމަށް ނިކުމެވަޑައިގެންފިއެވެ.

މިއީ މިފަހުގެ ތާރީހެއްގައި މަގުމަތި ޕެޓްރޯލް ކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސްއެއް ނިކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޕޮލިސް މީޑިއާއިން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެހެން ފުލުހުންނެކޭ ވެސް އެއްގޮތަށް އަންގާފައިވާ ވަގުތަށްވުރެ ފަހުން މަގުމަތީގައި ހަރަކާތްތެރިވާ މީހުން ހުއްޓުވާ އެމީހުންނަށް ސީޕީ ހަމީދު އަންނަނީ ސުވާލު ކުރައްވަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސީޓީ ފުރަބަންދު ކުރަން ނިންމާފައި ވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު ހަވީރު 17:00 އިން 20:00 އަށެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން ވިދާޅުވާގޮތުގައި މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް މީހުން މަގުމައްޗަށް ނިކުމެ އުޅުން މިވަގުތުތަކުގައި މަނާ ވާނެއެވެ. އަދި މިވަގުތުތަކުގައި ބެރަށް އުޅޭ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ 17:00 އިން ފެށިގެން 20:00 އާއި ހަމައަށް ބޭރަށް ނުކުމެ އުޅެވޭނީ ހުއްދަ ދެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެފަދަ ހުއްދަ ދެވިފައިވާ ފަރާތްތައް އެއޮފީހެއްގެ ޔުނިފޯމުގައި އުޅުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ ތެރޭގައި ހިމެނެނީ ސަލާމާތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުއައްޒަފުންނާއި، އެ މުއައްޒަފުން ދުއްވާ އުޅަނދުތަކާއި، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި އުޅަނދުތައް، ވޭސްޓް މެނޭޖްމެންޓް މުއައްޒަފުން އަދި އުޅަނދުތައް، އުރީދު، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެކްލޯ، އެމްޑަބްލިޔުއެސްސީގެ ޔުނިފޯމު އެޅި ފަރާތްތަކާއި އެ ފަރާތްތައް ދުއްވާ އުޅަނދުތަކެވެ. އަދި ދައުލަތުގެ ޖީ ބޯރޑު ޖެހި އުޅަނދުތަކާއި، ޑިޕްލޮމެޓިކް އުޅަނދުތަކާއި، އެމްބިޔުލާންސް، އެންއީއޯސީގެ ފާސް ލިބިފައިވާ އުޅަނދުތަކާއި، ފާމަސީ މުއައްޒަފުންނާއި އެމުއްޒަފުން ދުއްވާ އުޅަނދުތައް އަދި އެޗްޕީއޭއިން ދޫކޮށްފައިވާ ޚާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައްވެސް ހިމެނެއެވެ.

ފުރަބަންދު މިވަގުތުތަކުގައި ޕަބްލިކް ޓްރާންސްޕޯޓް ކަމަށްވާ ބަހާއި، ފެރީގެ ޙިދުމަތް ދިނުން މަނާވާނެއެވެ.

އެޗްޕީއޭއިން މި ފިޔަވަޅު އަޅާފައިމިވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވިދާޅުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ކކކކ

    ޙަމީދުއަށް ވެސް މާލެ ތެރޭ ދުވާލުގަޑީ ފަސޭހަކަމާއެކު ދުއްވާލަން ލިބޭނީ މިކަހަލަ ދުވަސޮކޮޅެއް.

    50
    3
    • Anonymous

      ފަސް މިނެޓް ވެސް ނުވެ ރައްކަވެއްޖެ

      32
      3
  2. ކެޔޮޅު

    ހަމީދު ނުކުތީ ޕެޓްރޯ ކުރާ ކައްނޫން މަގުތަކުން މީހުން ހުސްވީމާ މާލެބަލާލަން ލަދުން ބޭރައް ބޯދިއް ކޮއް ނުލާތާ އެތައް ދުވަހެއް ވެއްޖެ!!

    38
    2
  3. ޚަމަނަ

    ޙަމީދު ދިރިއުޅުއްވާ ގޭ ކައިރީގައި ބަންގާޅީން ބޭރުގަ އެބަ އުޅޭ ބަންގާޅީން ގެ ގިހާރަ ތައް ވެސް ހުޅުވާފައި ވަނީ

    28
  4. Anonymous

    ހީއިޒް ބިކަމިންގ ވަން އޮފް މައި ފޭވަރިޓް. އިންޝާ ﷲ މީނައަށް ﷲ ގެ ތެދުމަގުދައްކަވާ ދިވެހި ގައުމުގެ މިނިވަން ކަމަށް ލޯބިކުރާ މީހެއް ކަމުގައި މީނާ ލައްވާށިއެވެ. އާމީން.

    32
    8
  5. މަރީ

    ދުވަހަކުވެސް މާލެ މިހާ ހަމަހިމޭންވެފައި އޮތްތަނެއް ނުދެކެން. ކާރޫބާރޫ ބޮޑު މަޖީދީމަގު ހާދަހިމޭނޭ.

    14
  6. ޢަލިބެ

    މިވާހަކަ ފަލަސުރުޚީއަކަށް ހަދައިގެން މިލިޔުނީ ތިބުނާ ޙަމީދަކީ މަގުމައްޗަށް ނުކުތުން މަނާ ވަޒީފާއެއްގައި ހުރި މީހަކަށް ވާތީތަ؟

    23
    2
    • އައްދޯތް

      ނުކުންނަން ނުޖެހޭ މީހެއްވީމަ. ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން. ކިތަންމެ ނުރުހުނަސް އެއީ ކެރޭ މީހެއް. އަދި ތިޔަކަހަލަ ފަންތޮށްތެއް ބުނެލާ ބަހަކުން ދެރަވެސް ވާނެ މީހެއް ނޫން.....ގޭގަ އޮވެގެން ވީދޭ ވަރު ދޯ

      5
      25
    • ހުއްޓާލާ!

      ހެޔޮނުވާނެ ފުރައްސާރަކުރުން ހުއްޓާލާ!
      މޑނ ގެ ބޮޑުން ރަސޫލު صلى الله عليه وسلم އަށް ފުރައްސާރަކުރުން ހުއްޓާލާ! ކަޝްމީރަށާއި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ވެސް ފުރައްސާރަކުރި.
      މޑނ އިން ނެރުނު ރިޕޯޓަށް މައާފަށް ނޭދި މަގުމައްޗަށް ނިކުންނަން ކެރުނީ 5 ވަރަކަށް މިނިޓެށޯ.

  7. ޢަނާ

    މީ ބުއްޅަބެއާ ޖެހުނު އަނެ ކަ ކު ކޮންމެ ކަމެއްގަވެސް ހަމަ ކަން ދެއް ކުން

    30
    1
    • ލޮލް

      ބުއްޅަބޭ ދޯ ފޭސްބުކްގަ ޗެލެންޖް ތައް ހަދަމުން ބޮނަކުއާ ބޮމުން މި ދުވަނީ....

      2
      18
      • ބޮޑުބުޅާ

        ހަޑިމުޑުދާރު ފޮހޭ ކާފަރު ކަރުދާހުގައި ތަޅަން އުޅެނިކޮށް ގުޅައަކަށް އުޑުތިލަމަތިން ޖެހުނީ ޗެލެންޖަކަށް ބާ؟

  8. ސަޓޭ

    ފަލަ ސުރުޚީ އިން ޖާގަ ހޯދުން ބޭނުމަކީ

    20
    3
  9. މުހައްމަދު ޝާހް ރ.ވާދޫ

    ދެއްކުންތެރި ސަރުކާރު. ތިއޮތީ ތިނަގަންއުޅުނު ފޮޓޯނެގި މީޑިޔާތަކަށް ލެވިފަ. ދެންގޮސް އަވަހަށް ގެޔަށްވަދޭ.

    21
    1
  10. އަހްމަދު

    ތީހަމައެކަނި ތިޔަފެންނަ ފޮޓޯަނޑުނަގަން ނުކުމެލި ނުކުމެލުމެއް ވަރައްސާފުކޮށް އެނގޭކަމެއް

    15
    1
  11. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އަހްލާގް ރަނގަޅު، މާތް ބޭފުޅެއް. ބަހާއި އަމަލު ދިމާވާ ބޭފުޅެއް. ގުރުއާން އަށް ހުރުމަތްތެރި ކޮށް ހިއްތަވާ ބޭފުޅެއް. މުޅި އާއިލާ އަށް އަބަދު ވެސް މާތް ﷲ ހެޔޮ ރަހްމަތް ލައްވަވާށި !

    2
    3
  12. Anonymous

    ހުރިހާ އެންމެން ގެ ޢަމަލުތައް ވެސް މޮޅަށް ބައްލަވާވޮޑިގެންވާ ފަރާތަކީ ހަމަ ﷲ ސުބްޙާނަހޫ ވަތަޢާލާ. ރަނގަޅުކަމެއް ކުރުމުން ޝުކުރުވެރި ވުމުގެ ބަދަލުގައި އެއްޗެހި ނުކިޔަބަލަ. ސަޕޯޓް ދީބަލަ. މުސްލިމުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައި ނޫންތަ. މީސްތަކުންގެ ތައްބާ ﷲސުބްޙާނަހޫ ވަތަޢާލާ ޤަބޫލު ކުރައްވާނޫންތަ. ކޮންމެ ގޮތެއްވިއަސް ހެޔޮ ކަމެއްކުރުން ބަލައިގަންނަށް ވާނެ. އެއީ މިއަދު ދިވެހިންގެ ހިމާޔަތުގައި ހުންނެވި ބޭފުޅެއް. އިޙްތިރާމާއި ޝުކުރު.

    1
    1
  13. ރަދުން

    ރަދުން ގަނޑުވަރުން ނުކުމެވަޑައިގެން މާވެޔޮކޮޅަށް ދާ ދުވަސްދުވަހަށް މަގުމަތިއަމާނޯ ގޮވަމުން ދާން ފެށީމާ އެންމެން ގެޔަށް ވަދެ ފިލާ ވާހަކަ މުސްކުޅިން ބުނެއުޅޭ. މިވެސް އެކަހަލަ ދުވަހެއް.

  14. މަނިކުބެ

    ތިންގަޑިއިރު ކާރފިޔުހިންގައިގެން ބަލިކޮންޓްރޯލްކުރަން ކޮންކަމެއްބާ ކުރެވޭނީ

  15. ބޮސް

    އައްދޯތް މަހީކުރީ އެއީ ލާދީނީ ރިޕޯޓުގެ ވެރިޔާ ބޮސް އެމްޑީއެން ގުންޑާ ހަމީދުކަމަށް ރަނގަޅަށް ދޯމުބުނެވުނީ އައްދޯތް!

    2
    1
  16. އެމްޑީއެން

    މަވަރެއް ނެތެއްނު ދޯ!

  17. ކޮތަރު

    އެވަރުންވެސް މަޣްރިބާ ޢިޝާއަށް ބަންގިގޮވަން މިސްކިތަށް ދާންޖެހޭ އިމާމުން، ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދެވިފައިވާ މީހުންގެ ތެރެއަކު ނުހިމެނުނެއްނު. އެފަކީރުން ޢަޞުރަށް ދާގޮތަށް 8.00 ޖަހަންދެން ތިބެންވީ މިސްކިތުގަބާ؟

    • ޝެޑިއުލް

      ލާދީނީ މީހުންގެ ޝެޑިއުލަކު ނޯންނާނެ ނަމާދުކުރާކަށް.
      ނަމާދުކުރުމަކީ ﷲ އާއި ބައްދަލުކުރަން އެދޭ ކިޔަމަންތެރި އަޅުންގެ ކަމެއް.