އެންމެން ނިދާފައި ތިބޭ ވަގުތުގައި ވެސް ފުރަ މާލޭގައި ދުއްވާ އެއްޗެހިނުގެ އަޑު ނީވޭ ވަގުތެއް ނުދެއެވެ. މީހުން މަގު މަތީގައި ވާހަކަ ނުދައްކާ އަޑު ނީވޭ ވަގުތެއް ނުދެއެވެ. މާލެ ތެރެ އެންމެ އަމާން ވަގުތަކަށް އަބަދުވެސް ފެންނާނީ ފަތިސް ނަމާދަށް ބަންގި ގޮވާ ވަގުތުގައެވެ. ނަމަވެސް އެވަގުތަކީ ވެސް ދުއްވާ އެއްޗެހިނުގެ އަޑު ނީވޭ އަޑަކަށް ނުވާނެއެެވެ. ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެއެވެ. މާލެތެރޭގައި ވަނީ އަމާންކަމެވެ. މިފަދައިން ދުވަހަކުވެސް މާލެތެރެ އަމާންވާނެ ދުވަހެއް އަންނާނެ ކަމަށް ހީކުރާނެ މީހަކު ހުންނާނެ ހެއްޔެވެ.

ނަމަވެސް ކޮވިޑް-19 ގެ ނުރައްކާތެރި ޖަރާސީމުން ދިވެހި ރައްޔިތުންނާއި އަދި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ޖަމާވެފައިވާ މާލެ ސަރަހައްދަށް ކާފިއު ހިންގުމުގެ ވަކި ވަގުތެއްގައި ބޭރަށް ނުނިކުންނަށް އެންގި އެންގުން ތާރީހުގެ ތެރެއަށްވަދެ ކާރުބާރު ބޮޑު މާލެތެރެ މުޅިން ހަމަ ހިމޭން ކޮށްލައިފިއެވެ. ސަރުކާރުގެ އިދާރާތަކުން އެންގި އެންގުމަށް ދިވެހިން ބޯލަނބާ އެންމެން އެކަތިގަނޑަކަށްވެ ނަމޫނާ ދައްކައިފިއެވެ. ދިވެހިންނަށް ޝުކުރު ހައްގެވެ. ސިޔާސީ ގޮތުން އެކަކު އަނެކަކު ބޮލަށް އެރިޔަސް ދިވެހިންނަކީ މިފަދަ ގައުމީ ކަންކަމުގައި މުޅި ދުނިޔެއަށް މިސާލު ދައްކާ ބައެކެވެ. އެހެން ގައުމުތަކުގައި މީހުން ވައްދަނީ ދަނޑިމާރު އަޅައިގެންނެވެ. ނަމަވެސް މާލެތެރެ ތިން ގަޑިއިރަށް ހިމޭން ކޮށްލީ ނެރުނު އެންގުމަކާއި އެކު މީޑިއާތަކުން އެ ހަބަރު ޖެހުމުންނެވެ. ދަނޑިމާރު އަޅާކަށް ނުޖެހެނެވެ.

ސޯޝަލް މީޑިއާގައި މީހުން އަންނަނީ ދިވެހިންގެ މި އަމަލަށް ޝުކުރު އަދާ ކުރަމުންނެެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ބަސްއަހާ ކަންކަމަށް އެއްބާރުލުން ދޭ އޯގާތެރި ބައެއް ކަމަށާއި ދިވެހި ރައްޔިތުންނަށް ހަމަ ސާބަސް ދަންނަވާ ކަމަށެވެ. ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ގަޑިއިރެއް ނުވަނީސް މުޅި މާލެ ހިމޭން ކޮށްލާފައިވާ ކަމަށާއި އެންމެން ގުޅިގެން ކޮވިޑް-19 ގެ ނުރައްކާތެރިކަމުން ދިވެހިން ސަލާމަތް ކުރެވިދާނެ ކަމަށެވެ.

https://twitter.com/ashraf830/status/1245692759396106240?s=20

މާލޭގެ މަގުތައް ކިތަންމެހާވެސް ފަޅެވެ. ދުއްވާ އެއްޗެއް މަގުމަތީގައި ނެތްތަނުގައި މަގުތައް ޕެޓްރޯލް ކުރުމަށް ނިކުތް ފުލުހުން ނޫން މީހަކު މަގެއްގެ މަތިން ނުފެނެއެވެ. ދުނިޔޭގައި މީހުން ތޮއްޖެހިފައިވާ ސިޓީތަކުގެ ކުރިން ޖާގަ ހޯދަނީ ވެރިރަށް މާލެއެވެ. އެއީ ދުނިޔޭގައި ކުޑަ ބިމެއްގައި އެންމެ ގިނަ މީހުން ދިރިއުޅޭ ރަށެވެ. ރާއްޖޭގެ އާބާދީގެ 38 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގައެވެ. މާލޭގައި އެއްލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން ދިިރިއުޅޭއިރު މިވީ ވަގުތުގެ ތެރޭގައި މާލެއަކީ ރާއްޖޭގެ ނިސްބަތުން މިހާ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ތަނެއްހެންވެސް ހީނުވެއެވެ.

ކޮންމެއަކަސް މިކަމުން އެނގިގެން ދިޔައީ ކޮވިޑް-19 ގެ ނުރައްކާތެރިކަމުން ރައްޔިތުން ރައްކާތެރި ކުރުމަށް ކަމާބެހޭ އިދާރާތަކުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިން މިންވަރެވެ. ކަމާބެހޭ އިދާރާތަކުން ދައްކާ ވާހަކަތަކާއި ދެމުން ގެންދާ އިރުޝާދުތަކަށް ބޯލަނބާ މިއަދު ދިވެހިން މިވަނީ ނަމޫނާ ދައްކާފައެވެ. ސިޔާސީ ކަންކަމުގައި ދިވެހިންނަކީ ބޯހަރު ބައެކެވެ. ގައުމީ ކަންކަމުގައި ދިވެހިންނަކީ ހިތްތިރި އެއްބާރުލުންދޭ އެއްބައިވަންތަ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސީނު

    އެވަރު ޖޫރިމަނާއެއްކޮށްލީމަ ބޭރަށް ކީއްކުރަން ގިފިއްޔަށްވެސް ވަންނަށް މީހުންބިރުގަންނާނެ....

    62
    1
    • ބޯހަލާކު

      މިފޮޓޯތައްނަގާލަންވެގެންބާ.؟؟!!

  2. މުހައްމަދު ޝާހް ރ.ވާދޫ

    ކިޔަމަންނުވެ ކީއްކުރާނީ؟ ބޮޑުއަދަދަކުން ޖޫރިމަނާ ދައްކަން ބޭނުންވާނީ ކާކު؟ ޕެނަލްޓީއެއްނެތި ތިކަންކޮށްލިނަމަ ވާގޮތް ފެނުނީސް! ގަމާރު ގަމާރު މައްޗަށް ގަމާރުވެރިން މިތިބެނީ ކޮންމެތާކުވެސް، ކުންފުނިތަކުގެ މެނޭޖަރުންހެން ބޮޑާވެ މޮޅުބަސް ބުނަން އެނގޭނީ ކަލޭމެން ލެވަލަށް އެކަނި!

    33
    14
  3. ސޯލިހު

    އެތިން ގަޑިއިރު އެކަނިތޯ މިބަލި ފެތުރެނީ؟

  4. ސިމްސިމް

    ކޮންމެ ކަމެއްވެސް ބަރަވެލި ދުވެލީގައި ތިކުރެވެނީ. ވާނެ އެއްޗެއް ވުމުގެ ކުރިން ރޭގަނޑު އެއްކޮށް ފުރަބަންދު ކޮށްބަލަ.

  5. އިމާމަ

    މިއަދު އެމްޑީޕީ ނޫން ބަޔަކު ވެރިކަމުގަ ތިބިނަމަ .މި އެމްޑީޕީ ކުދިންކޮޅު ނުކުންނާނެ މަގުމައްޗަށް. ޔަގީން

    44
    10
  6. ުއުނދުޅި

    ދިވެހިން ސައިޒު ކުރެވޭނީ މިކަހަލަގޮތަކައް
    ޝުކުރިއްޔާ ސަރުކާރައް

    24
    15
  7. ަަސަމްސިއްޔާ

    ޖޫރިމަނާ ނުކުރާނަމަ ތިއެއް އިނގުނީސް. މިއީ ދިވެހިން ނެއްނު

    29
    4
  8. ކޮވިޑް

    މާލެ ވެސް ފަޅުވީ؟

    23
    2
  9. ޙަމަހަމަ

    ޙެޔޮވިސްނޭ ދިވެހި ރައްޔިތުން މަގުމައްޗަށް ނު ކުމެ އިހުތިޖާޖު ކުރަނީ ވެރިން ގައުމު ކަތިމަގަ ކަށް އަނބުރަންއުޅޭތަން ފެނުމުންނޭ. ޙަމަ މިފަދައިން ގައުމީ މަސްލަހަތަށޭ. ބަޔަ ކުހެން ހަމަ އެއްޗެ ކޭ ކިޔާފައެއް ނޫނޭ.

  10. އެނގިއްޖެ

    ތިބީކީނޫން މިނޮހުއްރުއްޕާން ވެރިކަމުގެ އުނދަގުލާހެދި މަޖުބޫރުވެގެންތިބީ

    5
    3
  11. Anonymous

    ކޮން ސުކުރެ.!! އެކަން އެނގޭ މިއަދު ބޭންކް ކައިރިއަށް ދިއުމުން. ވަރަށް ހިއްގައިމު މަންޒަރެއް ފެނުނީ! ހަފޫޓު ދުރުގަ ކޮންމެ ރައްޔިތަކު ބައިތިއްބާފަ ތިބީ!!! ހަދާފަ އޮތް ކިއުވެސް ބުނާނެ ކަމެއްނެތް!! އަތްޖަހާ ބާރަށް އަތްޖަހާ!!

    2
    1
  12. Anonymous

    ދުއްވާ އެއްޗެހިނުގެ އަޑު މިއަދަކު ނުއިވޭ!

    2
    1
  13. ކައިފިއޫ

    ކައިފިއޫ ކިތަންމެ ވަރަކަށް ހިންގިޔަސް ރައްޔިތުން ޗުއްޕުވެސް ނުބުނާނެ. ވަރަށް ކިޔަމަންތެރިވާނެ. ވަަރަށް ބަސް އަހާނެ.

  14. އަޙްމަދް

    މުސްލިމު ވެރިންނަށް އަޑު އަހާ ކިޔަމަން ވުމުގައި ދިވެހި ރައްޔިތުން ދައްކުވައި ދީފައިވާ ރިވެތި މިސާލެއް!
    ފާފަ އަކަށް ނުވާ ކޮންމެ ކަމެއްގައި މުސްލިމު ވެރީން ނަށް އަޑުއަހާ ކިޔަމަން ވުމަކީ ވާޖިބެކެވެ.
    ސިޔާސީ ކަންކަމުގައިވެސް އަދި ހުރިހާ ޙާލަތެއްގައިވެސް މިފަދައިން ވެރީންނަށް އަޑުއާހާ ކިޔަމަން ވާނެނަމަ ކިހާ ބޮޑު ހަމަޖެހުމެތް މި ދިވެހި މުޖްތަމާގައި އޮއްނާނެ ނޫންތޯއެވެ.

  15. އަލްޖިބްރާ

    ތިޔަވަރުގެ ބޮޑު ޖޫރިމަނާއެއް ކުރުމެއްނެތި މަގުތަކަށް ނުނިކުންނާށޭ އެންގިނަމަ ކިޔަމަންތެރިކަން ހުރިވަރު އެގުނީސް !

  16. މަނާ

    މަނާ ގަޑީގައި ނިކުމެއްޖެ ނަމަ ބޮލަށް ބަޑި ޖަހާނަމޭ އެންގި ނަމަ މިއަށް ވުރެ މާބޮޑަށްވެސް ކިޔަމަންވީސް އޭރުންވެސް ސަރުކާރުގެ އެންގުންތަކަށް ރައްޔިތުން ބޯ ލެނބީ ތީ ޝުކުރުއްޔާ. ނިކުތްނަމަ މަރު ?