ކޮވިޑް-19 އާއި ގުޅިގެން ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ސިއްހީ އެހީތެރިންނާއި އެކު އަސްކަރީ މަނަވަރުތައް ފޮނުވަން އިންޑިއާ އިން ތައްޔާރުވެއްޖެއެވެ.

އިންޑިއާގެ އަސްކަރިއްޔާ އިން މިރޭ ބުނީ އަސްކަރީ ހަމަނަވަރެއް މިހާރު ތައްޔާރީ ހާލަތައް ގެނެސްވިފައިވާ ކަމަށެވެ. މިމަނަވަރުތަކާއި އެކު ފަސް މެޑިކަލް ޓީމެއް ވެސް ތައްޔާރީ ހާލަތައް ގެނެސްފައިވާ ކަމަށާއި މަނަވަރުތަކާއި މެޑިކަލް ޓީމްތައް ފޮނުވަން ހަމަޖެހިފައި ވަނީ ދިވެހިރާއްޖެ، ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި އަފްޣާނިސްތާނަށް ކަމަށް އިންޑިއާގެ އަސްކަރިއްޔާ އިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އަސްކަރީ މަނަވަރާއި މެޑިކަލް ޓީމްތައް ފޮނުވަން ނިންމީ އަވައްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް އިންޑިއާ އިން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް އިންޑިއާ އިން ބުނެއެވެ.

ކޮވިޑް-19 ރާއްޖެ އިން ފެނުނު ފަހުން އިންޑިއާ އަސްކަރިއްޔާ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ޓީމެއް މީގެ ކުރިން ވެސް ރާއްޖެ އައިސްފައި ވެއެވެ. ނަމަވެސް އެޓީމް މިހާރު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އަވައްޓެރި ގައުމުތަކަށް އެހީވާން އިންޑިއާ ތައްޔާރު ވެފައި ވާއިރު ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ހާލަތު ދަނީ ގޯސްވަމުންނެވެ. އިންޑިއާ މިހާރު ފުރަބަންދު (ލޮކްޑައުން) ކޮށްފައި ވާއިރު އެކަމުގެ ސަބަބުން ވެސް އިތުރު އެތައް މައްސަލައެއް ދަނީ ފެންމަތިވަމުންނެވެ. އެތައް ބައެއްގެ ގެއިން ކާބޯތަކެތި ހުސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އާމްދަނީ ނުލިބުމުގެ ސަބަބުން އެތައް ބަޔަކު ބަނޑުހައިހޫނު ކަމުގައި ވެސް އިންޑިއާ އިން މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އަދި ކޮވިޑް-19 އިންޑިއާގައި ފެތުރުން ކޮންޓްރޯލުން ނައްޓާލައިފިނަމަ މީހުން މަރުވެގެން ދާނެ އަދަދު، ލަފާކުރަން ވެސް ދަތިކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

70 ކޮމެންޓް

  1. ގެރިމަނަވަރު

    ކަނޑެއްނެތް ބޫޓާނާއި ނޭޕާލަށް މަނަވަރު ފޮނުވާގޮތެއް ނުވިސްނުނު! ބޯގަމާރު އިންޑިޔާ! ގެރި ގާތަށް ފޮނުވަބަލަ!

    169
    1
    • ވިސްނާލުމަށް އެދެމޭ

      ދިވެހި ސަރުކާރަށް ދިވެހި ރައްޔިތުން ނޭ ދެނީސް މިގައުމަށް ބޭރުގެ އެއްވެސް އަސްކަރީ މީހަކުވިޔަސް މަނަވަރެވިޔަސް ގެނެސްގެންނުވާނެ..އައްނި ބުނިބަސް ހަ ދާންކުރޭ އިއްޔެ...އެހެން ގޮތަކަށް މިގައުމު އަބުރާލަން ބޭނުމޯ މީއީތަ އެހެންގޮތަކީ އަބުރަންޖެހޭ....ސަރުކާރުން މި ދިޔަ ހަފްތާގަ ބުނެފައެއްނުންއޮތީ އައްޑޫގެ ޕޮލިސްއެކަޑަމީ ވަރަށް އަވަހަށް ހުޅުވާނަމޭ..އެތަނަށް ގެންނަ މަނަވަރުތައް މިއީ...އަޅުވެތިވެނިމުނީ...ވެރިކަމުގަހުރި ކިނބުލާ އިސްތިއުފާ ދީ...ކުޑަ ކާފިއު ހިންގާފަ ރައްޔިތުން ދީވާނާކޮއްފަ ގައުމަށް ބޭރުގެ އަސްކަރީން ގެނެސް ގައުމު އަޅުކޮއްނިމޭއިރު ކޮބާ މައުމޫނާ ގާސިމު...ކަލޭމެންނަ ހަލާކުހުރި..މިއީ ކޮންފަ ދަ ބޮޑުޖަރީމާއެ..މިނިވަން ގައުމެ އަޅުވެތިކުރާއިރު ކޮޑުވިއް ދަައިގެން ތިބެނީ...ނުބައި ހީލަތްތެރިން ﷲނެތިކުރައްވާށި..އަހަރެމެންގެ ގައުމު ﷲ މިނިވަންކަންމަތީ އަބަ ދަށް ލައްވާށި...ޔާﷲ އަޅަމެންނަ އެހީތެރިވެވޮޑިގެންނަވާން ދޭވެ މިނުބައި ހީލަތުން އަޅެމެންގެ ގައުމު ސަލާމަތްކޮއް ދެއްވާނެ ފަހުލަވާނުންތަކެ މިގައުމުން ނެރުއްވާން ދޭވެ...ޔާﷲ ޔާﷲ ޔާﷲ އަޅަމެން އަޅުވެތިވިޔަ ނު ދެއްވާން ދޭންވެ...

      69
      8
  2. ޢަސް

    އިންޑިޔާގެ ހާލަތު ރަގަޅުކޮސްފަ ދޯ އެހެން ބަޔަކަށް އެހީވާނީ. ޢެހެންވީމާ ގެރި މޯދީގެ މަދްސަދު ވަރަށް ސާފް

    180
    4
  3. ބަލާމީހާ

    ހެޔޮނުވާނެ އަމިއްލަ ގައުމުގެ އަމިއްލަ ރައްޔިތުންނަށް ސިއްހީޚިދުމަށް ފުރަތަމަ އިސްކޮށްބަލަ. އޭގެފަހަށް ދެއްތޯ.

    155
    3
  4. ޔޫސުފް

    އިންޑިއާ އިން ރާއްޖެ ހިފުމަށް މަސައްކަތް ފެށީ. ގެރޭ

    181
    5
  5. ސޮދުރީ

    ފުރަތަމަ އިންޑިޔާ މިވައިރަހުން ރައްކާތެރި ވާންވީ އެއިގެ ފަހުން އެހެންބަޔަކައް އެހީވާން ވިސްނަންވީވެސް މިހާރުވެސް އެތައް ފަގީރުންނެއް އެދަނި މަގުމަތިވެ ހައިހޫނުކަން އިހްސާސްކުރަމުން އިންޑިޔާގެ ހާލަތައް ބަލާއިރު މިސަރަހައްދުގެ ބާރުތައް ނެގޭހާ ގާބިލް ކަމެއްނެތް މުޅި އިންޑިޔާ މިވަނީ ވާނުވާއެއްގަ

    125
    2
  6. މޮޔަގެރި

    މަނަވަރުގައި މޮޔަވެފައި އޮތް ގެރިއެއް ނޯންނާނެ ބާ! މިހެން މި އަހާލީ ގެރީގެ ކީ މިކަމަށް މާމޮޅު ފަރުވާއެއްކަމަށް އެވެރިން ބުނާތީ.

    100
  7. ޢަލީ

    ތިތަނުގެ ހާލަތު ރަނގަޅުކުރަން ތިމަނަވަރު ތަކުގެ މީހުން ނެރެންވީނު! ހާދަ ސަކަރާތޭ ތިކޮޅު!

    96
  8. ދދ

    ކަންތަކާ ޖެހުނީ

    102
  9. ޔާމީން

    އަހަރުމެން ކުދިންކޮޅުގެ ކޮމެންޓެއް ބޭނުން

    45
    7
  10. ދދ

    ކުދިން މާލެ ގެނައުމުގެ އަލިމަގެއް ނެތް އެކަމު މަނަވަރު ތައްޔާރު

    92
  11. ޞަބީ

    މިގޮތަށް އަންނަ މީހުން ވެސް ކަރަންޓީނު ކުރަން ޖެހޭނެ

    98
  12. ހުސޭނުބޭ

    ބައްޔެއްނު! ކުއްލި ނުރައްކަލުގައި އިންޑިޔާއިން ރާއްޖެ އަޅުވެތިކުރާއިރު ކިނބޫ ޞާލިޙް ކޯއްޗެއް އެ ހަދަނީ! ކުޑަމިނުން އަތުގައި އުގުޅާލާނެ ސެނިޓައިޒަރ ކޮޅެއްވެސް ތި އިންޑިޔާއިން ދިނީކީނޫން!

    113
    • ބޯ

      އެމީހުން ބޭސް އެބަ ދިން ޓަނުން.....

      3
      8
  13. ރައްޔިތުން

    ތި މިތަނުން ދާނެބާ. ؟؟؟
    އަދި ކިތައް މީހުން ތީގެ ފަހަތުން ރާއްޖެއަން ނާނެބާ؟؟؟
    ހެލި ކޮޕްޓަރުހެން . ހައްހައް

    85
  14. އަލީ

    ކުރިންވެސް ޑޮކްޓަރު ވަގު ސެޓްފިކެޓް ދީފައި ޖާސޫސް ކުރަން ފޮނުވި ބަޔަކު

    95
  15. ާއަލީ

    އަލިއްލަ ގައުމު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރޭ

    91
  16. މޮހޮދު

    ހޫން ހޫން.......?

    44
    1
  17. އަހުމަދު ހަސަން

    ގޭތެރެ ހަމަޖައްސަބަލަ ފުރަތަމަ. ތި ގެރި ބާގަޑަށް އަސްކަރީންނޫން ބައެއް މި ރާއްޖެއަށް ފޮނުވަން ނޭގެނީތަ؟

    76
  18. ކައްޕިތާން

    މިއަދު އިންޑިޔާއިން ގެނައިބޭސް ތައްވެސް ކޮރޯނާ ވައިރަހުން ސާފުކުރަންޖެހޭނެ

    69
    1
  19. Anonymous

    ކިހިނެއް ތިމާމެންގެ ހާލަތު ބަލައި ގަންނަން ނުއެނގޭ ބަޔަކަށް ބަޔަކަށް އެހީ ތެރި ވެވޭނީ! ތީ އިންޑިއާ މިތަނަށް ވެރި ވުމަށް ޖަހާހާ މަޅި

    77
    1
  20. ޗޯޕްރާ

    ބޫޓާން، ނޭޕާލް، އަފްޣާނިސްތާންއަށް މަނަވަރަށް ދެވޭތޯ

    64
    • މޯދީ

      ވަރަށްފަހުން ހަނދަށްފޮނުވި ކަހަލަ "މަނަވަރެއް" ކޮވިޑް 19 ގެ ފަންޑުން ހަދާފަ އެބައޮތް، އޭތި ފޮނުވާނީ ކަނޑު ނެތް ގައުމުތަކަށް!

      19
      1
  21. ޙަހަހަ

    ފުރަތަމަ އަމިށްލަ ގައުމުގަ ހާލަތު ދަސްކޮށްބާ.. ގެރި

    57
  22. ޙެޒަަދަ

    ފައިސަލް ނަސީމް
    ނަޒުރާ ނަސީމް + މަހުލޫފް ނަސީމް
    އީސަ ނަސީމް. + އަސޫ ނަސީމް
    ދައުލަތުން 350ހާސް ރުފިޔާ
    މަހަކު 1000000 މާސްކު..200 ހެޒްމަތު ސޫޓު ގަނެވޭނެ..ސަލާމް..

    55
    1
  23. އައްޑޫ މީހާ

    މިއީ މިފަދަ ދަނޑިވަޅެއްގެ ބޭނުން ނާޖާއިޒް ފައިދާ ހާސިލްކުރަން މަކަރާއި ހީލަތުން ހިންގާ ޖަރީމާއެއް، އެހެނިހެން ގައުމުތަކުން ހާލަތު ގޯސްވެ ހާލަތު ނޯމަލް ވެގެން އެގައުމުތަކުން މި މީހުން ފޭބިޔަސް ދިވެހިރާއްޖެއިން މި މީހުން ނުފައިބާނެ ބަަޑި ވުރާސްފަތީގަވެސް ތިގޮތައް މަނަވަރުތައް ރާއްޖެ ފޮނުވި ފައިބައިގެން ދާންވީމަ ނުކެރުނު އައިބާރުމިނުގަ ފައިބާކަށް ، އިންޑިއާއަށް ދަންނަވާލަން އޮތީ މިފަދަ ނާޒުކު ހާލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން ނުއުޅެ ކަލޭމެންގެ ރައްޔިތުންގެ ކަންތައް ހަމަޖައްސަން ފުރަތަމަ އުޅޭށޭ !

    85
    2
  24. ކައްބެ

    އަމިއްލަގައުމުގެ ހާލަތަށް ނުވިސްނާ އެއްވެސް އާރެއް ބާރެއް ނެތް ގައުމުތަށް އަޅުވެތި ކުރުމަށް މިދަނޑިވަޅުގައި ވިސްނުމަކީ އިންޑިއާ ކަނޑުގައި އިންޑިއާ ހިންގާ ބޮޑު ޖަރީމާއެއް އަޅުގަނޑުމެންގެ ގައުމު އެދެނީ އިންޑިއާގެ ވަކިތަކުން މިކުޑަކުޑަ ގައުމު ސަލާމަތްވުން ޔާ ﷲ މިނު ބައި ލާއިލާއިންސާނީ ގައުމުގެ ކި ބައިން މިގައުމު ސަލާމަތް ކޮށްދެއްވާ ފާންދޭވެ އާމީން.

    72
    2
  25. ޑައެލޯގް

    ހޫން އަބަދުވެސް އިންޑިޔާއިން އަންނާނީ އެހީވާންވެސް އަސްކަރީމީހުން ޔާމީނުއިރު ޗައިނާއާގުޅުން ގަދަކޮށްއޮތްއިރު އެޗްވަން ފްލޫ ރާއްޖެއައިއިރު ޗައިނާއިންނެއް ނޔފޮނުވާ އެހީވާކަށް އަސްކަރީމީހުނެއް ވަނީ އެހީ ބޯހަލާކު

    57
    1
  26. އެކްޓަރ

    ލޮބްވެތި ރައްޔިތުންނޭ.. އެދުމެއްނެތި ވެދުމެއްނުކުރާނެ..ރާއްޖެއަކީ މިއަށްވުރެ ބާރަށް ފެތުރުނު ކޮލެރާ " ގޯލްޑަންރޭ " ކިޔާ ވަރަށް ކުޑަ ބޯޓެއްގައި މުޅި ރާއްޖެތެރެއަށް ދަތުރުކޮށް ކޮލެރާ ކޮންޓްރޯލްކުރި ހިތްވަރުގަދަ ދިވެހިންތިބި ޤައުމު.... ވެދުމަކަށްވާނީ މިނިވަންކަން އަޅުވެތިކުރުވުން... ވީހާއަވަހަކަށް މިސަރުކާރު ޤާނޫނީ ހަމަތަކުން ނެތިދާންޖެހޭ......މިޤައުމަށްކުރިމަތިވެފައިވާ އެންމެބޮޑް ވަބާއަކީ .. އަބދުﷲ މައުމޫނު، ޤާރޫނާއި، ބިތްޖެހޭ ރައީސާއި، ގެނި މަޑުވެހުންނަ ރައީސާއި، މުނާފިގުލް ޝައިޚް.. މިވަބާއިން ޤައުމު ސަލާމަތްކުރަންޖެހޭ ..

    71
    2
  27. މުގުރާން

    ބަޔަކުއަރާ ހިފަނީބާ؟؟؟

    59
    2
    • މާހިޡް

      ހިފާނީވެސް މޑޕ ގެ އައްޑޫ އެންނު.

      19
      1
  28. ކާފަ

    ތިތާމިހައިރު ޑރ ވެސް އުޅެނީ ވާރޭކޯޓް ލައިގެން... ސޭފްޓީހެދުން ހުސްވެގެން.

    20
  29. ބުުއްޅަ އެކުސް

    މިވެސް ގައުމު ވިއްކާލުމުގެ ވައްތަރެއް މިގައުމުގަ ގިނައީ ހުސް ގުބޯ ދެން އަތްޖަހާ

    24
  30. ނަތަންޔާހޫ

    އިހަށްދުވަހު، ތިބުނާ "ފަކީރި" "އަވަށްޓެރި" ގައުމުތަކުން ކޮވިޑް 19 ފަންޑަށް ހޯދި ފައިސާގަޑު ދަމައިގަންނާނެ ގޮތެއްބަލާލަނީ، އަދި އެގައުމުތަކުން ގެންގުޅޭ ޓެކްނިކް ޖާސޫސުކުރުމާއެކު، ސިޔާސީ ގޮތުން ގައުމުތަށް އަދިވެސް ބޮޑަށް އަޅުވެތިކުރަން ރޭވުންތަށްރާވާލަން އަދި "މަނަވަރުން" ބިރުދައްކާލުން އަސްލު މަގުސަދަކީ!

    17
  31. ލުޓޭރުންގެ ސަރުކާރު

    އިންޑިޔާގެ ނުބައިކަން ދެކިބަލަ.މިބަލިމަޑުކަމުގެ ނާޖާއިޒު ފައި ދާނަގަން ފޫގަޅައިގެންތިބިވަރު...އިންޑިޔާގެ މަގުސަ ދު ވަރަށް ސާފު ރާއްޖެއަށް އަމާޒަކަށްހަ ދާފަ އެހެން ގައުމުތަކުގެ ނަންބުނީ...ރާއްޖޭގެ ހާލަތު ދައްވެ ރައްޔިތުން ސަރުކާރުގެ އިސްތިއުފާއަށްގޮވާ ހިސާބަށް ގޮއްސިނަމަ މިމަނަވަރުތައް އަހަރެމެންނަ ބިރު ދައްކަން މިތަނަށް ފޮނުވަން ތައްޔާރުވީ....އެއްވެސް ގައުމަކުން އިންޑިޔާއަށް އެހީތެރިކަމަށް ނޭ ދުނަސް އެމީހުން އަމިއްލަޔަށް އެގައުމަކަށް އެރޭނެތަ އެހީ ދޭންވިޔަސް..ހާ ދަ ހެއްވާ ގަވާއި ދެކޭ ދޯ އެހެންވިއްޔާ އ ދ ގަމިއޮތީ...އަހަރެމެންގެ ގައުމު އެހީތެރިކަމެ ބޭނުންވިޔަސް ގެނެސްގެންނުވާނެ ހަމައެކަނި އިންޑިޔާއެ..ޗައިނާ ޖަޕާން ސައު ދީ ދެންވެސް އެހީ ދެވޭނެ ކޮއްމެ ގައުމަކަށް އޮތްފުރުސަތެ އިންޑިޔާއަށް ދޭންޖެހޭނީ..ހަމައެކަނި އިންޑިޔާއަށް ދިވެހިން ނޫނެކޭބުނަންޖެހޭ...މަގުސަ ދު ސާފު...ރާއްޖޭގެ ބަލި ހާލަތެނޫން ގޯސްވަނީ އިގްތިސާ ދީ ހާލަތު ގޯސްވަނީ މިކަމުގެ ނުބައި ފައި ދާނަގަން އިންޑިޔާނޫޅޭ.. ދެވަނަ މަލިކެ އިންޑިޔާއަށް މިގައުމުހަ ދަންނޫތި...އަހަރެމެން ހައިހޫނުކަމަށް ވައްޓާފަ ހަނޑޫ ލާއްސަކަށް އަޅުވެތިކުރަން ނޫޅޭ...އޭރައްޔިތުންނޭ ދިވެހިންނޭ ހޭއަރާ ހޭލާ މިގައުމު އަޅުވެތިކުރަން ފުރުސަތުނު ދީ.....

    20
  32. މޯދީގެ ގައުމެއް ނޫން މިޢީ

    Amilla haalath TV channel thakun dhakkaairu dhivehinnah vure maahaaluga ethibee. Thiya manavaraaeku gos emeehunnah furathama island dheebala. Aharemenge gaumu haalathah dhiyaama angaalaanan

  33. ނާގޯށި

    ބަލަ ވެރިމީހާ ފޮނުވާ މަނަވަރޭ އެއީ މިދިވެހިންނައް ނޭންގިގެން އުޅުނަސް މިޤައުމުގަ ވެރިޔަކީ މޯދީ ދެންހުރީ އޭނަގެ މޭޔަރު މިޤައުމުގެ މިނިވަންކަންދޯ އެހެންޏާ މިއުޅެނީ ވެރިކަންކުރާ އަމިއްލަ އުފަން ޤައުމުގެ ހާލަތު ހަމަޔަކައް ނޭޅުވިގެން އެކަމަކުވެސް އެހެންމީހުންގެމައްޗައް ބާރުފޯރުވަން މިއުޅެނީ

    21
  34. ކާފަބޭ2020

    އެތަކެއްމިލިއަން އަމިއްލަގައުމުގެމީހުނަށްވުރެ ހަތަރުލައްކައެއްހާމީހުން މުހިންމުވެގެންމިއުޅެނީ ކީއްވެގެންބާ؟ ހަމައިންސާނިއްޔަތައްޓަކައިބާ؟ ކިޔާއަޑުއިވިފައޮންނަނީ " އެ ދުމެއްނެތިވެ ދުމެއް" ނުކުރާނެއޭ މިކަންއޮތީ ހަމަމިހެންބާ؟؟؟؟؟.

    23
  35. ސަދސަ

    ބޭނުމަކީ ހާލުގައި ޖެހޭ ވަގުތު މިނިވަންކަމަށް ނުފޫޒު ފޯރުވުން.
    ޗައިނާގެ އެހީތެރިކަމަށްވެސް އަހަރުމެން އެ ދެން ބޭނުން

    25
    1
  36. އާފުބެ

    ކަލޭމެންްގެ ގައުމު ނިކަން ސަލާމަތް ކޮއްބަލަ ދޯ ނިކަން މާ ހެޔޮއެދޭ ކަަމައް ހެދިގެން ގެރިބޯ ސައިތާނު

    20
  37. ހަސަންހަމީދު

    ފުރަތަމަ 5 ގ މަދު އައްޑޫމީހުން އެމީހުންގެ ވަތަން އިންޑިއާ އަތުން ސަލާމަތް ކުރަން އުޅެބަލަ. އެމީހުންގެ ތެރޭ މޑޕ މީހުން އެންމެގިނަ އައްޑޫއައް އެއޮތީ އެމީހުންގެ ރޫހާނީލީޑަރު ފިސަރި ރަގަޅު ބޮޑިއެއްދީފަ. ފަހުންރޭކާލާ އިރު އޮންނާނީ 0 ގ އައް ވެއްޓިފަ!

    14
  38. ސީނު

    މިގައުމަށް ބަލިޖައްސަނީ ނޫންބާ؟

    10
  39. ދިވެއްސެއް ވީމަ ބުނަމޭ

    މި އިންޑިޔާ އަކާ ހެދި ބަލާ މުސީބާތެއް މިގައުމު އަތާތުރުންގެ ގުރޫޕުން ވިއްކާ ލައިފި މިނިވަން ކަން ގާދޫ ކޮލުން ބޭރު ވެއްޖެ ދިވެހިން ހޭލާ ހުއްޖަތަކަށް ކުރޯނާ ވައިރަސް ހަދާފަ ގައުމު ރޮލުން ކަނީ ގެރި މޯދީ . އޭނަ ޔަށް ކުރޯނާ ޖެހޭނެނަމަ ރަނގަޅުވިސް ޖީލުތަލަކަށް މި ގައުމު އަޅުވެތި ވަނީ 9ވަނަ ހަސަން ރަސްގެ ފާނާ ކަޅު އުނބުޝޭމާ ދެންވެސް ތިބިހާ ޣައްދާރުން އެކުވެ ރާއްޖޭގެ މުސްތަފާ ކަމާލް އަތާތުރަށް ބައިއަތު ހިފީމަ ރާއްޖެ އިންޑިއާ ގެ އަތްދަށު ވެއްޖެ ހިތާމައި ކޮޅެއްވެސް ނެތް އަމިއްލަ އެދުމަށް ޓަކައި މިނިވަން ގައުމެއް އިންޑިއާ އަށް ވިއްކާ ލައިފި ބަޔަކު ގަބޫލު ނުކުރިއަސް މީ ހަގީގަތް މައުމޫނު ދަރިފުޅަށް ޓަކައި ކޮރަޕްޝަން ގެ ތެރައަށް ވަނަސް ވިސްނުން ތެރި ކަމާ އެކު ރަޖީވް ގާންދީ ގެ އަތްދަށުންވެސް ގައުމު ސަލާމަތް ކޮށްދިން މީ ދިވެހިން އިންޑިޔާ އަށް ނޫނެކޭ ބުނަން ޖެހެެޭ ވަގުތު އިންޑިއާ ވަރުގަދަ ބަލިވުމަކުން ބަލި ކޮށް ދެއްވާތޯ ﷲ ދަންނަވަާ ކުރޯނާ އަށް ވުރެ އިންޑިއާ މާ ރުރައްކާ

    18
  40. ކޮރަކަލި

    ރައިސް ޔާމިން އިރުގައި ބޮޑު އަގުގައިވެސް ހިލަވެލި ވެލި ކޮޅެއް ނުވިއްކި ބަޔަކު ހޭބަލިވެ ރާއްޖެ އާ ހެދި ތެޅި ފޮޅެނީ ބިރުވެރި އިންޒާރެއް އެހީ ގެ ނަމުގައި އަންނަނިީ . ދިވެހިން ހޭލާ ރިސޯޓް ބޯއިސް ހޭލާ ކަލޭ މެންގެ ވަޒީފާތައް ބޭރުން އަރާ ބަޔަކު އަތުލަން ތައްޔާރުވަނީ އިގްތިސާދީ އަނދަވަޅަކަށް ރާއްޖެ ވެއްޓެނީ އާސާމް ކާލި ގޮތަށް ރާއްޖެވެސް ކާލަން ތައްޔާރުވަނީ

    20
  41. ައަލި

    ﷲ ތިނުބައި ނުލަފާ ބައިގަނޑުގެ ކިބައިން މިމުސްލިމު ގައުމު ސަލާމަތް ކުރައްވާށި. މިގައުމުގެ އެއްމެހާ ތެދުވެރި މުސްލިމުން ﷲ ގެ ޙަޞުރަރަތަށް ރުޖޫޢަވެ ގިނަގިނައިން ދުއާކުރުންމަތީ ދެމިތިބުންހުއްޓެވެ.

    17
  42. އުތުރުން

    ރާއްޖެ ތަންފީޒް ކުރަމުންދާ ފަސްޓް އިންޑިއާ ޕޮލިސީ އަކީ
    ރާއްޖެއަށް އެންމެބޭނުންތެރި އަދި ރައްކާތެރި ސިޔާސަތެއް
    ނޫނެވެ ޒަމާނުއްސުރެ ރާއްޖެއިން ގެންގުޅެމުން އައީ ވަކި
    ގައުމަކަށް އިސްކަން ނުދީ ހަމަހަމަ ދޭދޭގުޅުންތަކެއް ގާއިމު
    ކުރުމުގެ އުސޫލެވެވެ މިސިޔާސަތު މުގުރާލީ މޑޕގެ އިސް މީހުންރާއްޖޭގެ ވެރިކަމަށް އައުމަށް މަގުފަހިކުރުމުގެ ތެރެއިން
    ރާއްޖޭގެ ލަގަން އިންޑިއާ އާއި ހަވާލްކުރިބަޔަކު ނުވަތަ މީހާ
    އެވެ. އަދި އެއީ އަމިއްލަ މަސްލަހަތުގައި ކުރިއަށް ގެންދާ،
    ރާއްޖެއަށް ނުރައްކާތެރި ކަމެކެވެ.

    16
  43. Anonymous

    އަމިއްލަބގައުމު ސަލާމަތް ކޮށްބަލަ. ތި އެތިގަނޑު މިގައުމަށް ވަނުމުގެ ކުރިން އަށިއަށް ދިޔައްޔާ ރަނގަޅީ.

    14
  44. ސޯދިގު

    ތިމާމެންގެ އަމިއްލަ ގައުމުގެ ހާލަތު އޮތީ އިންސާނަކު ލޮލުން ދެކިލަން ކެރޭވަރުގަބާ؟ ތީ އެހެން ގައުކަށް އެހީ ވެދެވޭ ފެންވަރުގެ ބައެއްބާ؟ ކޮވިޑް ކަހަލ ބަލިމަޑުކަމެއްގައި ހަރަކާތްތެރިވާންޖެހޭ ސާފުތާހިރުކަމުގެ މިންގަޑާ ރައްކާތެރިކަމުގެ މިންގަޑުތައް ދަންނަ ބައެއްބާ ތީ؟؟؟ ސަބްކޮންޓިނެންޓް ރަސްގެފާނު ހެދެން އުޒލޭ ކަމެއްނެތް!! ގެރިގުއި ގައިގަ އުގުޅައިފެން ތިބި ތަނުގަ ތިބެވޭތޯ ބަލާ އެހެންމީހުނަށް ތީތި ނުޖައްސާ.

    14
  45. ދިއްގާ

    އިންޑިޔާއާ މިގައުމުގަ ހުރި އިންޑިޔާ އެޖެންޓުގެ އެޖެންޑާގަ އޮތީ މި ވައަރަސް އިން މި ގައުމު ފުރާލުން. އޭގެ ފަހުގަ އިންޑިއާ ސިފައިން މި ގައުމުގެ އެކި ސަރަހއްދުތަކުގައި ބަނޑަހަގެ ޖެހުން. ރައްޔިތުން ދެކެން ތިބޭތި އިންޑިއާގެ ނުބައި ދައްޖާލީ ގެރި ވިސްނުން. ހަމަ ފައްކާ ގެރިއެއް އިންޑިއާއަކީ.

    14
  46. މުހައްމަދު ޝާހް ރ.ވާދޫ

    މަކަރުން ހަންފަތުރަން އެހެން ގައުމުތަކަށް އަޝްކަރީ އުޅަނދުތައް ނުފޮނުވާ، އަމިއްލަ ގައުމުގަ އުޅޭ މީހުނަށް ފުރަތަމަ އެހީވެވޭތޯބަލާބަލަ.

    13
  47. ޙަސަނާ

    ފުރަތަމަ ަމިއްލަގައުމުގެ ނިކަމެތި އެތައްރައްޔިތުންނެއްސަލާމަތްކޮއްދީބަލަ ނެތްފެންވަރުދައްކަންނޫޅެބަލަ އިންޑިއާގެ ހާލަތު ގޯސްވެއްޖިއްޔާ ދިވެހިންނައްވެސް މާނުރައްކާބޮޑުވާނެ ޗައިނާ އައްގޮންޖެހޭވަރައްވުރެ އިންޑިއާގެ ހާލުބޮޑު އެހެންވީމަ ރަގަޅުވާނީ ޗައިނާއާވެސް އިންޑިއާގުޅުން ރަގަޅުކޮއް ބޭއްވުން އެހެންނޫނަސް މިދާކައްދުވަހުނޫންތޯ މޮދީގެ ޕާޓީންނުކުމެ އެތައްމުސްލިމުންނެއްމަރާލީ އެހެންވީމަ ތިނުލަފާޕާޓީގެ ވެރިކަމެއްގަ ދިވެހިން އެހީބޭނުމެއްނުވާނެ އަހަރެމެން ބޭނުމީ އިންޑިއާގެ ރައްޔިތުންގެ އެހީ އިންޑިއާރައްޔިތުންނަކީ މޮދީ އެއްނޫން...

  48. ޖަމީލާ

    ބަލިން ސަލާމަތް ވާނެ ގޮތެއް ނޭނގި ހޮތްހުސްވެ، އައިސީޔޫ އަށް ލާއިރުވެސް މި ގެރިގަމާރުންނަށް އެނގެނީ އަސްކަރީ މަނަވަރު ފޮނުވަން، ތިޔަހާ ހިތްހެޔޮ ބައެއްވިއްޔާ އަސްކަރީ މަނަވަރެއް ނޫން ދޯ ފޮނުވާނީ، ނިކަން ފްލޯޓިންގ ހޮސްޕިޓަލެއް ފޮނުވަން ގެރިމޯދީ ގާތު ބުނަންވީނު.

    11
  49. ޏަމްޔާ

    ލަންކާގަ ކުދިން ބޯން ކިރެއް ނުލިބޭ ކުޑަކުދިން ކާން ބަކުން ނުލިބޭ . ވަގުތު މިކަމާ ހަބަރު ގެނެސްދީބަލަ. ޕުލީސް

    4
    3
  50. ޝްރޭ

    އިންޑިއާއިން ދިވެހި ރާއްޖެ އަޅުވެތި ކުރުމަށް އެ އަންނަނީ...ކޮން ކުއްލި ހާލަތެއް.ހެޔޮކޮއް ވިއްޔާ މިހާރު މަނަވަރު އޮންނާނީ ރާއްޖޭގެ ބޯޑަރު ކައިރި އައްޑޫ ސަރަހައްދުގައި.. ބަލަން ތިބޭ .. ކުދިންނޭ މިޔައް ކިޔަނީ އިސްތިއުމާރު.. ބޭސްތައްވެސް ހެޔޮކޮއްވިއްޔާ ލާރޮދައަކައިގެން ގެނެެއްސަ ހުންނާނީ.

    11
  51. ޓ

    ތިންމިލިޔަން ރުފިޔާ ދިން ފަންޑުން ކުރާ ކަމެއް
    ޥެނުމަސް ވެނަށް ކާން ދިނުން

    13
  52. ނަރީނާ އަލީ

    ޢަސްކަރީ މަނަވަރުކީއްކުރަންބާ؟ ބޫޓާން، ނޭޕާލު, އަފްއާނިސްތާނު މީ ލޭންޑްލޮކްޑް ގައުމުތައް. ޢެހެންވީމަ އިނގޭ ރާއްޖެ ފޮނުވައި ދިގުމުއްދަތަކަށް މިތާތިބެން އަންނަބައެއްކަން. ޢިންޑިއާގެ ހާލަތު އެހާދައްކޮށް އޮތްއިރު އަމިއްލަ އެދުމެއް އޮވެގެންނޫނީ ތިމަނަވަރެއް ފޮނުވާކަށް ނޫޅޭނެ.

    10
  53. ށަނޫން

    ދިވެހި ރައްޔިތުން ޗައިނާ ގެ އެހީތެރި ކަމަށް ފާޅުގަ ގޮވަން ވެއްޖެ މިހާރު.

    10
  54. މުހައްމަދު ޝާހް ރ.ވާދޫ

    އަނެއްކާ މުޅިންވެސް އަޝްކަރީ މީހުން، އަޝްކަރީ މަނަވަރާ އަޝްކަރީ މަތިންދާބޯޓާ! މުސީބާތެއްނުމީދެން އިބުރާހިމް މުހައްމަދު ސޯލިހޫ؟ ކަލެޔަކަށް އެއްބަހެއް ނުވެވޭތަ އާދައިގެ މަތިންދާބޯޓެއްގަ ތިބުނާ ޑޮކްޓަރުން އައިސް މިގައުމުގަ ހުރި ބޮޑެތި ހޮސްޕިޓަލްތަކުގަ މަސައްކަތްކުރާކަށް؟ ކޮންހާ އަޝްކަރީ މަނަވަރަކާ، އަޝްކަރީ މީހުނެއް ހާލުގަ ޖެހުނޭކިޔާފަ ގެނުވާކަށް! ތިތެޅެނީ މީގެ އެޑުވާންޓޭޖު ނަގައިގެން އިންޑިޔާއިން މިކަނޑުގަ ހަންފަތުރަން! އެމްޑީ ސިކުނޑިހާ ގަމާރުންކަމަށްތަ ކަލޭ ހީކުރަނީ ދެން މިގައުމުގަ މިތިބެނީ؟ ބޮޑުވެގެންވާ ބަލާވެރިކަމެއް މިއޮތީ މިގައުމަށްޖެހިފަ!

  55. އޮށްބޭ

    ހެޔޮނުވާނެ. ތިގައުމުގެ އެތައް މިލިއަން ބަޔަކު އިންތިހާ ދަރަޖައިގެ ނިކަމެތި ހާލުގަ އުޅޭއިރު އެމީހުންނަށް އެހީތެރިވެ ދެއްވާ. އަހަރެމެން މި އުޅެނީ ކަނޑިބަޑީގެ ހަގުރާމައެއްގައެއް ނޫން މަނަވަރުގަ ހަވަރަކަށް ޑޮކްޓަރުން ލާފަ ފޮނުވަން. އަހަރެމެންނަށް ކަލޭމެން ފޮނުވި ބޭސްކޮޅަކީވެސް އެއީ އެސްޓީއޯ އިން ގަނެފަ ހުރި ބޭސްތަކެއް. ތިތަން ބަނދުކޮށްފަ އޮތީމަ ތިތަނުން އަސްކަރީ ބޯޓެއްގަ ނުންގޮތަކަށް ގެނެވެން ނެތީމަ އެ ގޮތަށް އެދުނީ. ޗައިނާއާ ރަނގަޅު ގުޅުމެއް އޮތް ދުވަހެއް ނަމަ މި ގައުމު ހާސްވާކަށް ނުޖެހޭނެ.

  56. އައިބެ

    މިތަނަށް ނުފޮނުވާ. ތިތާ އެތައް މިލިއަން މީހުން އެބަތިބި ވަރަށް ހާލުގަ. ޗައިނާއާ ގުޅުން ބަދަހިކުރައްވާ. އެމެރިކާ އަދި ޔޫރަޕް ގައުމުތަކަށް ޗައިނާއިން އެތައް މިލިއަން ޑޮލަރެގް ހިލޭ އެހީ އެބަ ފޯރުކޮށްދޭ.

  57. ޤައުމު

    ތިޔަ މަނަވަރު އަންނަނީ އައްޑޫސިޓީގަ ހުރި އިންޑިޔާގެ މިލިޓަރީބޭސް އަށް ބޭނުންވާ ސާމާނު ހިފައިގެން ސާފްވެއްޖެތޯ!!! މިތިބަ ރީނދޫހުން ޖެހިފަ ތިބަ ދިވެހި ގަމާރުން!
    އިހައްދުވަހު އައީ ޑޮކްޓަރުންގެ ޓީމްއެކޭކިޔާފަ އިންޑިޔާގެ އާމީޓީމްގެ އިސް އޮފިޝަލުންގެ ގެރިތަކެއް.
    ދެންތިބޭ އަތްޖަހަން ބާރައް
    ޤަބޫލް ކުރަންޖެހޭ!ޙަޤީގަތް އެއޮތީބޮޑުކޮށް ފެންނަން އައްޑޫސިޓީގަ /
    (ޝޭޚް)”ދޮގު”އިމްރާނު ކަލޭ ޖަވާބުދާރީ ވާންޖެހޭނެ ޕޮލިސްޓްރޭނިންގް ސެންޓަރޭ އައޭނުކިޔާ@

  58. ރާއްޖެ

    އޭކޭ 47 އިން ކޮރޯނާ ވައިރަސް މަރުވޭތަ؟ ތިހެން ވިއްޔާ ދިވެހި ސިފައިން ވެސް އެކަން ކޮއްފާނެ.

    9
    1
  59. މާމީ

    100ވަރަކަށް ގެރި ފޮނުވާލަބަލަ ،،،،،،،،،،،، ކޮރޯނާ ވައިރަސް ނުޖެހެނީ ގެރީގެ ކުޑަކަމުދާ އެއްޗެހި ބުއީމަޔޯ،،،،،،، މިފެންވަރުގެ މީހުނާ ލޮލާލޯ ދިމާވަނީ،، ހިތާހިތުގެ ގުޅުން ބޭއްވެނީ،،،،،،،

  60. Anonymous

    މުޅި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ. މާތް ﷲ އިންޑިއާ ގެ ވެރިކަމުގައި ތިބި ލާއިންސާނީ މީހުންގެ ވެރިކަން ނެތިކުރައްވައި، އިންޑިއާގެ މުސްލިމުންނާއި މި ދިވެހިރާއްޖެ ސަލާމާތް ކުރައްވާފާންދޭ. އަދި މިފަދަ ބަޔަކާއި ވާގިވެރިވި މީހުންގެ ބާރު ގެންދަވާފާންދޭ. އާމީން.

  61. އަލިބެ

    ސިކުނޑި ހަމަނުޖެހޭ އައްޑޫ އެމްޑިޕީ ގައުމު ވިއްކަނީ.

  62. ކުއްލި ހާލަތު.

    ވައިގެ މަގުންވެސް ކުއްލިހާލަތުގަ ޑޮކްޓަރުންނާ ބޭސްވެސް ގެނެވޭނެ. މި މަނަވަރު މި އަންނަނީ ދިވެހިރާއްޖެ އަށް އާދަޔާ ޚިލާފު ކުއްލި ހާލަތެއްގެންނަންބާ؟ މީ އަޅުވެތި ކުރުމުގެ ބައެއްހެން ހާދަހީވޭ.

  63. ލޮލުގަ އަދުން އެޅުވުން

    ހަމަ ހިނިއަންނަނީ.. އަމިއްލަ ގައުމުގެ މީހުންނަށް އެހީވެބަލަ ފުރަތަމަ.

  64. ގައިސް

    އިންޑިޔާގެ އެއްވެސް އެހީއެއް އަޅުގަނޑެއް ބޭނުމެއްނޫން. އެމީހުން ނުފޫޒު ހިންގަން ނޫނީ އެއްވެސް އެހީއެއް މިހާތަނަށް ދީފައެއްނެތް. ދަރުމަވަންތަ ހޮސޕިޓަލްގެ ޚިދުމަތްވެސް ދިވެހިންނަށް ލިބުނަ ނުދީ ހިފަހައްޓަނީ އިންޑިޔާއިން. އެމީހުން ތުން އަަނބުރާތީ

  65. މާޑު

    މޯދީ އެހީ ބޭނުމެއް ނޫން

  66. ކަތްރެވި

    އަދި މިމީހުންނަށް މިމީހުންގެ ޤައުމު ރަމަތަ ނުކުރެވިގެން އުޅޭއިރު އަދި މިމީހުން މިތެޅެނީ މާދުރު ތަންތަނުގައި ތިބި ބަޔަކަށް މަނަވަރު ފޮނުވަން!!! އަޅެފަހެ ހިންޏެއް ނާދޭތަ؟؟؟ ???????????????????????????????????????????????????????????????????????????????????????