މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.

ރޭ މެންދަމުގެ ވަގުތެއްގައި މީހެއްގެ ގަޔަށް ވަޅިހެރުމުން ޒަހަމްވި މީހާގެ ހާލު ސީރިއަސް ނޫންކަަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ގަޔަށް ވަޅި ހަރާފައި ވަނީ ހެންވޭރު ޗާޓައިމް ކައިރީ ހުންނަ ޕީކޭ ދަނޑު ސަރަހައްދުންނެވެ.

މާރާމާރީގައި ޒަހަމްވީ މީހާއަށް އޭޑީކޭގައި ފަރުވާދީފައި ވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، އެ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ މާލޭގެ ދެ ގެއަކަށް ވަދެ ބަލާފާސްކޮށްފައެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް މައުޅޫމާތު ލިބެއެވެ. މީގެ އިތުރުން މާރާމާރީ ހިންގުމަށް ބޭނުން ކުރެވިދާނެ ބައެއް ތަކެތި ވެސް ފުލުހުން ވަނީ ހޯދާފައެވެ.

މި މާރާމާރީއާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. މާރާމާރީ އާއި ގުޅޭގޮތުން ފުލުހުންގެ ބަހެއްވެސް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނުޢައިމު / ވިލިމާލެ

    އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ސަރުކާރަށް އުދަގޫކުރުން މިއޮތީ! މިއީ އިދިކޮޅު ކޮކްޓޭލުންގެ ކަންތައް!

  2. އަހަރެން

    މިމީހުންނަށް ނުލިބިގެން މިއުޅެނި ވެރުކަންނޫން ދެން އެހެން ކޮންއެއްޗެއް!

  3. ތިމަންނަ

    ހެކި ހޯދުން ... ބައި ހާތުކާ ކޭލް

  4. ޕީސީ

    ހައްޔަރވި ކުދިންތައް ދޫކޮއްލިވާހަކަ، ވަރައްއަވަހައް ނޫސްރަކުން ފެންނާނެ،

  5. އަބުރުފުޅު

    ތި ބަޔަކު ނުހޯދޭނެ.. ތިޔައީ ނިހާނު ބުނެގެން ކުރުވި ކަމެއް

  6. ޜައްޔިތުން

    ތިހެންކީ އަފްރާޝީމް މަރާލިއިރުވެސް ..... އެކަމަކު މިހާރު ކާކު އެކަން ކުރީ

  7. ކިންގް

    ތި ޑިމަކްރަސީ ހިންގާީހުން މަރާލާ އޭރުން އޯކޭވާނެ ރައިސް ނަޝީދް ދޫކުރޭ

  8. ކިންގް

    ފުލުހުންނަކީ ނުކުޅެދޭަބައެއް ރައްޔިތުން ޒަހަމްކޮއްލާބައެއް އެމީހުން ރަގަޅުވާނެ ޒިނޭކުރަން އަންހެނުން ކައިރިއައް ދާން މީސްމީހުންގެ އިއްފައްތެރިކަން ނަގާބައް ހުސް އަމިއްލަފައިދާން އުޅޭބައް