ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އަށް އެހީތެރިތެެވުމަށް 7.3 މިލިއަން ޑޮލަރުގެ އެހީ ދޭން ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފި އެވެ.

'މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް' އަށް 7.3 މިލިއަން ޑޮލަރުގެ އެހީ ދޭން ވާލްޑް ބޭންކުން ނިންމިއިރު، މީގެ ކުރިން އެ ބޭންކުން ވަނީ 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ވެސް ދިވެހިރާއްޖެ އަށް ވަނީ ހަމަޖައްސާ ދީފައެވެ.

މިއާއެކު އެ ބޭންކުން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެއެއަށް ދޭން ނިންމި އެހީގެ އަދަދު 17.3 މިލިއަނަށް ވަނީ އަރާފައެވެ.

އެ ބޭންކުން އިއްޔެ ބުނީ، އަވަސް އެހީގެ ގޮތުގައި ދެވޭ 7.3 މިލިއަން ޑޮލަރުގެ ޕެކޭޖުގެ ދަށުން ކޮވިޑް-19 އާ ދެކޮޅަށް ގިނަ ކަންކަން ކުރެވޭނެ ކަމަށެވެ.

އެގޮތުން ބަލި ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރެވޭ އާލާތްތަކާއި ޞިއްހީ ފަރުވާ ދިނުމަށް ބޭނުންކުރެވޭ ތަކެތި ހޯދުމަށާއި، ބާރުބޮޑުވާ ހާލަތްތަކުގައި ވެސް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދެވޭކަން ކަށަވަރުކުރުމުގައި ހޮސްޕިޓަލްތަކަށް އެހީތެރިވުމާއި، ކޮރޯނާވައިރަސް ދެނެގަތުމަށްޓަކައި މާލެ އާއި އަތޮޅުތަކުގައި ހުރި ލެބޯޓްރީތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، އަދި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޞިއްހީ ޚިދުމަތްތެރިން ތަމްރީންކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވެދެވޭނެ ކަމަށށް ބުނެފައި ވެއެވެ.

މީގެ އިތުރުން، ތޮށްޖެހިފައިވުމުގެ ސަބަބުން ބަލި ފެތުރިގެންދިއުމުގެ ފުރުސަތު އެންމެ ބޮޑު ސަރަޙައްދު ކަމަށްވާ މާލެ އަށް ޚާއްސަ ސަމާލުކަމެއް ދީގެން، ޢާންމު ހޭލުންތެރިކަން އިތުރުކުމާއި، މުޖުތަމަޢުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އަދި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތަކަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނެ އެވެ.

"ކުއްލި ހާލަތުގައި ވާލްޑް ބޭންކުން ފޯރުކޮށްދޭ މި އެހީގެ ސަބަބުން، ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ޞިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، އަދި އެންމެހާ ދިވެހިން ސަލާމަތްކޮށް ފަރުވާދިނުމަށް ބޭނުންވާ ޞިއްހީ ފަރުވާގެ ތަކެތި ހޯދުމަށް ދިވެހި ސަރުކާރަށް އެހީތެރިވެދެވޭނެ،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ.

"ހަމަ އެއާ އެކު، އިތުރަށް ފޯރުކޮށްދެވޭ 10 މިލިއަން ޑޮލަރަކީ، ޞިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުން އަރައިގަތުމަށް ވެވޭ އެހީއަކަށް ވެގެންދާނެ." އެ ބޭންކުން ނެރުނު ބަޔާނެއްގައި ވެއެވެ.

މި މަޝްރޫޢު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނީ، ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވެމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ވާލްޑް ބޭންކް ގްރޫޕުން ކަނޑައަޅާފައިވާ އަވަސް އެހީގެ ފެސިލިޓީގެ ދަށުން، ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ވާލްޑް ބޭންކުން ދިވެހިރާއްޖޭގައި މިހާރު ވެސް ކުރިއަށްގެންދާ މަޝްރޫޢުތަކުގައި ޝާމިލްވާ ފަރާތްތަކުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ހެލްތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކާފަ

    އަވަހަށް ބަދަލުދީ ނިންމާލީމަ ނިމުނީން.

    12
  2. އިއްބެ

    އަވަހަށް ކާލާ! މިއޮތީ ރަނގަޅު ފުރުޞަތެކެވެ.

    12
  3. Anonymous

    ކިތަންމެ ވަރަކަށް ބޭރުގަ އުމު ތަކުން އެހީދިނަސް ރަ އްޔިތުންނަށް ވާކަމެ އް ހަރާން،

  4. ހުސޭނުބޭ

    ގައުމުތައް ފުރަބަންދުކުރީމާ ކާޕެޓް ވަގަށް އެ އުޅެނީ އެއްޗެއް ހޯދަން ތަނަކަށްވެސް ނުދެވިގެން! ކާނެ ލާރިކޮޅެއް ނުލިބި އަނގަފުޅާވެފައި ތިއްބާ ތިހެން އެތިކޮޅެއް ލިބުމުން ހާދަ ފަސޭހައިން ދިރުވާލާނެޔޭ!

  5. އައިއޭ

    އެހެންވެދޯ ޕާރިސަލް ބަހަންވެސް އެއަރޓެކްސީ

  6. ޏަމް

    އޭތް އަވަސްކުރޭ ތިއޮތީ ކާލަން ރަނ ގަޅު ފުރުސަތެއް ވެހޭތާފެންނަ ގަންދަންނަ ސަރުކާރަށް ލިބިފަ.

  7. ނިދަނީއޭ

    ވޯލްޑް ބޭންކުން 7.3 މިލިއަން ޑޮލަރު ދިން ނަމަވެސް އެއިން ކެއްކޭނެ މާ ބޮޑު ޑޮންޑޮނެއް ނުހުންނާނެއޭ ރައީސް އިބޫގެ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ސްޓިމިއުލެސް ޕެކޭޖޭ ކިޔާ ގޮވަނީ ދަ ރާއްޖެތެރޭ މީހުން ގޮވާ ކޮޕީ ކެޓް ކަނޑުކޮސް ގޮވުން ތަކޭ ބަދަލުގައި ރާއްޖޭގެ އިގްތިސާދު ދިރުވާ އާލާ ކުރެވޭނީ މިހާރުން މިހާރަށް ރާއްޖޭގެ ބަޖެޓަށް 100 މިލިއަން ޑޮލަރު މަހަކު ވައްދައިގެންނޭ އެކަން ކުރެވޭނެ ހަމަ އެކަނި ގޮތަކީ އެއީ މާލެ ސަރަހައްދުގައި ހުރި ފަޅުތަކުގެ ތެރެއިން ކޮންމެ ފަޅެއް މަދުވެގެން 10 މިލިއަން ޑޮލަރަށް 100 އަހަރު ދުވަހަށް ކުއްޔަށް ދީގެންނޭ ޝަރުތަކީ އެތަން ތަން ހިއްކައިގެން ރިސޯރޓްސް ހެދުން ނުވަތަ އިންޑަސްޓްރިއަލް ޕާރކްސް ހެދުން ނުވަތަ ފިޝަރީސް ނުވަތަ އެގްރިކަލްޗްރަލް ޕާރކްސް ތައް ހެދުމޭ މިކަން ކަން ކުރަން ޗައިނާ ނުަވަތަ ސިންގަޕޯރ ނުވަތަ ޖަޕާން ފަދަ ގައުމު ތަކަށް ނުވަތަ މުޅި ދުނިޔެ އަށް ދައުވަތު ދޭންވީއޭ މީއޭ މިވިޔަފާރި ހުޅުވާލަން އެންމެ ރަނގަޅު ދަނޑިވަޅަކީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލް ނިދަނީ

  8. މާމިގިލި މީހާ

    ކިތަންމެ ވަރަކަށް ބޭރުގަ އުމު ތަކުން އެހީދިނަސް ރަ އްޔިތުންނަށް ވާކަމެ އް ހަރާން،

  9. އަނބު

    އަވަހަށް ކާލާ ހުސްކޮށްލާ. ރަނގަޅު ފުރުސަތެއް މިއީ. ބަދަލަުދީ ނިންމާލާ. ވެހޭތާ ފެންނަގާ. ސުނާމީގައި ލިބުނު އެހީގެ ފައިސާކޮޅު އެގޮތް މިގޮތުން ކައިގެންތިބި މީހުން ކައިރިން މިސާލު ނަގާ. އަމިއްލަ ފައިދާއިގެން އުޅޭ. ތީގެން އެންމެ ލާރިއެއްވެސް ރައްޔިތު މީހާއާއި ހަމައަށް ނުފޯރާނެ 99 ލާރި ޖީބަށް ލާފަ ނޫނީ. ވެރިންތަކެއް މިއުޅެނީ އިނގޭ. ފަސާދަވެރި ކޮރަޕްޓު އަމިއްލަ ފައިދާއަށްޓަކައި ކުރިއަށް. ވަރަށް ސަލާމް.

  10. ގެންނަންވީއޭ

    އޭޑީބީން ގެންގުޅޭ އިކޮނޮމިކް އައުޓް ލުކް ގައި އެމެން ކުރާ ޕްރެޑިކްޝަންސް ތަައް އެއްގޮތަކަށް ވެސް ދިމާނުވެއޭ އެމެން ކުރި ނާރާނެއޭ ބުނި އިގްތިސާދު ކަމަށްވާ ފިލިޕީންސް އެއީ މިހާރު އެންމެ ބާރަށް ބޫމް ވަމުން އަންނަ އިގްތިސާދަކީ އަނެއްް ކޮޅުން އަދި ވެސް ޖަޕާނުގެ އިގްތިސާދު ދަނީ ދަށަށޭ އޭޑީބީން ކުރި ފޯކާސްޓް ގައި ޖަޕާން ގެ އިގްތިސާދު ކުރިއަރާނެއޭ އެކަމަކު ކުރި ނާރައޭ މަމެން ޔަގީން ކަން ދެމޭ އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު އޭޑީބީ ބުނާ ގޮތަށް ކުރިނާރާނެއޭ ބަދަލުގައި ސަރުކާރުން މާލެ ސަރަހައްދުގެ ފަޅު ތައް އެމްޓީސީސީ މެދުވެެރިކޮށް މިދަނޑިވަޅުގައި ހިއްކަން ފަށާ އަދި ވަށާ ތޮށިލާ ހެދުމަށް ފަހު މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ މީހަކަށް 10 ހާސް އަކަފޫޓްގެ ބިމެއް ދޭންވީއޭ ހިލޭ 10 އަހަރު ދުވަހަށް 10 އަހަރު ދުވަސް ވުމުން ކޮންމެ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކަން ޖެހޭނެއޭ ރާއްޖޭގެ ވިޔަފާރި ވެރިންނަށް ޑެޑިކޭޓެޑް ގައުމީ ލޯބި ވަންތަ ކަމުގެ ފީލިންގް އަންނަ ފެންވަރުގެ އިކޮނޮމިކް އެކްޝަންސް

  11. ޑާންސް

    ސްރީލަންކާ ސިފައިން ރެކޯޑް އަދަދެއްގެ ޑްރަގު އަތުލައިގެންފި ނަމަ މިއިން އެގިގެންދާ އެއްޗަކީ މިހާރު ލަންކާ ގައި އޮތް ސަރުކާރަކީ އެއީ ރައްޔިތުންގެ ފައިދާ އާއި ލާބަ އާއި މަންފާ އަށް ޓަކައި އުފެދިފައި އޮތް ސަރުކާރެްއް ކަން މަމެން އުފާ ކުރަމޭ ރާޖާ ޕަކްސާ ބޮޑުވަޒީރު ކަން ކުރާތީވެ ލަންކާ ގައި ޕީޕަލް އިން ލަންކާ ފީލިންގް އޯސަަމް އެން ފްލޯލެސް ލައިފް އިޒް ގެޓިންގް ބެޓަރ އިން ލަންކާ އެއީ ލަންކާ ސަރުކާރާއި ޗައިނާ އާއި ގުޅިގެން ހިންގާ އިގްތިސާދީ ކަންކަމުން ނިކުންނަ ރަނގަޅު ނަތީޖާ ތަކޭ ވީ މަސްޓް ރިއަލީ މޭކް އަވަރ ވޭ އޮން ދިސްވޭ އާއް ދަ ބިއުޓީ އޮފް ޗައިނީސް އިކޮނޮމީ އިޒް ހެލްޕިންގް ޓު ޑިލީޓް ޑްރަގް ލޯރޑްސް ފްރޮމް ސްރީލަންކާ އާއް ޑާންސް ޑާންސް ޑާންސް ޑާންސް...

  12. ބާއްޖަވެރި

    އުފާވެރިކަން ހުރި ޚަބަރެއް. ތިޔަ ލިބޭ އެހީއާމެދު އަނެއްކާ ކައިފިއޫ ނުހިންގާތި. ކައިފިއޫ ނުހިންގައި ތިއިން ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ ބަލާތި.

  13. ސަންފަ

    ދައުލަތުގެ ބޮޑުން ނާއި ބޮޑުންގެ ދަރިން ކާލަން ރަގަޅު ފުރުސަތެއް

  14. އެމަންޖެ

    ތިޔަދޭ 17 މިލިޔަނުން ރައްޔިތުންނައް ވާނެ ފައިދާ ފެންނާނެ ކަމަކަށް ނުބެލެވޭ.

  15. ކިނބޫ

    ތިޔަދިން 17 މިލިޔަން ޑޮލަރު ރާއްޖެ އައުމުގެ މަގުމަތީ ކޮރޯނާ ޖެހިގެން މަރުވެއްޖެ.

  16. ޝިއަންނާ

    ރަނގަޅުވި އިތުރު ދެ މީހަކު ހޮސްޕިޓަލުން ދޫކޮށްލައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދެންލޯން

  17. ޑިކްޓޭޓަރ ޕާ

    ސުވާލަކީ އެހީއޭ ކިޔާއިރު، ތީ އަނބުރާ ދައްކަންޖެހޭ ފައިސާތޯ؟ ނޫންތޯ؟