މާލޭގައި މީހުން ފިތި ބާރުވެ, ނޭވާލަނީ އެކަކު އަނެކަކު މޫނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ވެރިރަށް މާލޭގައި މީހުން ދިރިއުޅޭ ނިކަމެތި ޙާލު ކުޑަކޮށް ވެސް ރައީސް ޔާމީނަށް އެނގިވަޑައި ނުގަންނަވާކަން ފަޅާއަރައިފި ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ތިޔަ ފަޅާއެރީ މާލޭގައި މީހުން ދިރިއުޅޭ ނިކަމެތި ޙާލު ކުޑަކޮށް ވެސް ނޭނގޭކަން" ކަމަށާއި، ގިނަ މީހުން ނިދަނީ ދަންފަޅި ބަހައިގެން ކަމަށެވެ.

" މުޅި މާލެ ގޮނޑަކަށް ވެއްޖެ, ފިތިބާރުވެ، ނޭވާލަނީ އެކަކު އަނެކަކު މޫނަށް , މުޅި ރަށުގައި އޮތީ ރޯގާ , އަދި ރައީސް ޔާމީންގެ ރަޙުމެއް ހުރި ނަމަ ރައްޔިތުންނާ ހަމަޔަށް ވަޑައިގެން ބައްލަވާ " ޝާހިދު ވިދާޅުވިއެވެ.

ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ހިންގާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ރޭ ރައީސް އޮފީހުން ތައްޔާރު ކޮށްފައިވާ "ރަށްވެހި ތަރައްގީ ފޮތް" އިފްތިތާހު ކޮށްދެއްވައި ރައީސް ޔާމީން ވިދާޅުވީ "ކުރު މުއްދަތުގެ ތެރޭގައި ﷲގެ ރަހުމަތާ އެކު ހާދަ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއޭ" އެ ފޮތް ހުޅުވާލުމުން ހިތްޕުޅަށް އަރާވަޑައިގެންނެވި ކަމަށެވެ. މާލެ އާއި އަތޮޅުތަކުގެ ރައްޔިތުން ބޭނުންވެފައިވާ ކަންކަމާއި ތަރައްގީގެ ގޮތުން ލިބުނު ކުރިއެރުންތަކުގެ ހެއްކަކަށް އެ ފޮތް ފުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙަސަން

    އެހެންވީމާ ދައުލަތުގެ ފައިސާއިން ލޯނު ނަގައިގެން ޝާހިދު ހެދި ޝާހިދުގެ ބައްޕަގެ ގޭގައި، ހާލުގައި އުޅޭ މީހުން ހިލޭ ބައިތިއްބަންވީނު.

  2. ރީޒަންްސް

    މާލޭގައި މީހުން ފިތި ބާރުވެ, ނޭވާލަނީ އެކަކު އަނެކަކު މޫނަށް ކަމަށް ބުނެ މާލޭގެ އަގު ވައްޓާލައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަން ތަމެން ނަށް ލިބިދާނެ ކަމަށް ތަމެން ދެކޭނަމަ އެކަން ނުވާނެއޭ. މާލޭގެ ތަރައްގީ އަށް ހުރަސް އަޅަނީ އޭ ޖީވަނޭ ފަދަ ނަގޫ ކެނޑިންނޭ އެނޫން ނަމަ މިހާރު ހުންނާނީ މާލެ އާއި ގުޅިފަޅާއި އަދި ތިލފުއްޓާއި އަދި ވިލިގިލި އާއި ދެމެދު ބްރިޖް ވެސް އެޅިފައޭ މާލޭގައި މީހުން ފިތި ބާރެއް ނުވެއޭ ނުވެއޭ ނުވެއޭ އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަ ތަކެއް ނޫނޭ. މާލެ އަކީ އެއީ ސާރކް ގައި އޮތް ލިޓިލް ޓޯކިޔޯއޭ މިކަން ގަބޫލުކުރާށޭ ހުރިހާ ކުދިން ވެސް އައި ޖަސްޓް ވޯންޓް ޔޫ ޓު ނޯ އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންްސް ފޯރ ދިސް އައި ވިޝް ދެޓް މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކަނޑު އޮޅިވެސް ހިއްކައިގެން ނިއު މާލެ ވެސް ފޯރމް ކުރާނެ ކަމަށް މާލެ ސަރަހައްދަކީ އެއީ ނިއުޔޯރކް އަށް ވުރެން ބިމުގެ އަގު ހުރި ތަނެކޭ ދެޓްސް ވައި އައި ނީޑް ޔޫ ޓު ހިއަރ މީ އައި ފައުންޑް އައުޓް ތައުޒަންސް ރީޒަންސް ފޯރ އިޓް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ...

  3. ހައްމާދު

    ލޮލް ޕުރިޕެއިޑް

  4. އ އެދުންބޮނޑި

    އެމީހުންޅޭހާލުއިގޭތީ އަހަރުއްއަރައްކުލިތިބޮޑުކުރަނީ ނުވިތާކައްފެންމީޓަރުގަ އަމިންލަތަޅުވެސްތިއަޅުވަނީލަދުކޮބާވަރައްސަލާމު ރޯނުއެދުރު

  5. ހީވަނި

    ކަލެއަށް ކޯޗެއް ވަކި އެނގެނި. ކަލޭ އޮންނަނި ރަބީޢީ މަންޒިލް ގަނޑުވަރު ކޮޅުގައި. ނޭވާލާން ޖެހެނި ކިހިނެއް ކަމެއް ކަލެެއަށް އެނގޭނެ ހިނގާލާފަ އުޅޭ ނަމަވެސް. އިޑިއަޓް

  6. ޑިމޮކްރަޓިސްޓް

    ދެން ކާކުތަ މާލޭގަ ތިނޫންގޮތަކަށްް އުޅެނީ؟؟؟؟ ކަލެޔަށް ކިޔޭ ނުކިޔޭއެއް އެބައިނގޭތަ ބުރާންޗާ؟؟؟؟ 5 އަހަރު ވެރިކަންކުރަންދިނީމަ 3 އަހަރުންވެސް ވީކަމެއް ހަމަ ހަރާން!!!! މުރާތްކޭ ނުކިޔާ މައިތިރިވެގެންހުރޭ!!!!

  7. ޓޭކްއޮން

    ރައީސް ޔާމީން އަށް 30 އަހަރުގެ އެއް ދައުރު ވެރިކަން ކުރަން ދޭ ގޮތަށް ގާނޫނު އަސާސީ 2019 ވަަނަ އަހަރު ރައްޔިތުންގެ މަޖްލީސް ހޮވުމަށް ފަހު ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެއީ އޭ އެއިރުން ނޭ ޗައިނާ އެދާ ސްޕީޑް ގައި މަމެންގެ ގައުމު ވެސް ތަރައްގީ ވާނީ ކެނެރީގެ ނަޝީދު މެން ފަދަ ކަނޑުކޮހުންނާއި ރާއްޖޭގެ ވެރިކަން ހަވާލު ކޮށްފިނަމަ އެމެން އިންޑިއާ ގެ ޖީއެމްއާރަށް މާލެ ވިއްކާލާ ކަޓް ކާލައިގެން ފިލާފާނެ އެެއް ނޫންތޭ. ސޯ ނީޑްލެސް ޓު ސޭ އިދިކޮޅުން ނެރޭ އެެއް ކެންޑިޑޭޓަށް ވޯޓް ދޭން ޖެހޭނެ ކަމަށް އެއީ ހައްޕުނޭ އެމެން ރަނގަޅު ވާނީ ދިގު ފަރަށް ބޮލި ހިލަން ފޮނުވިއްޔާއޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދަގަ ދެން ހުޅުދޫ ދިގު ފަރަށް ބޮލިހިލަން ދަގަ ދަގަ ދަގަ ބޮލިހިލަން. ޖަސްޓް ދަގަ ބޮލިހިލަން. ޔޫ އާރ ދަ ވަން ބޮލި ހިލަން އެންމެ ރަނގަޅުވާނީއޭ މަމެން ބުނަން ނެތީމު ދޯ. ޓޭކް އޮން އިޓް ޓޭކް އޮން އިޓް..

  8. ފްރޮމްދިސް

    އެންސިސްގެ 20 މިލިއަން ޑޮލަރުގެ ފެކްޓްރީ ސެޕްޓެމްބަރުގައި ހުޅުވަނީ ނަމަ އެެއީ މަމެން އުފާ ކުރާ ކަމެކޭ މާލެ ސަރަހައްދުގައޭ ފުރަތަމަ ވެސް ފެލިވަރު ފެކްޓަރީ ގާއިމް ކުރަންވީ އެއިރު ވެސް މާލޭގެ ތިލަފުށީގެ އިރުން އޮތް ބޮޑު ފަޅު ހިއްކާ އެތަނުގައި ފެލިވަރު މަސް ފެކްޓަރީ ހެދިނަމަ މިއަދު އެތަން ހުންނާނީ އެތައް ގުނައެއް ތަރައްގީ ވެފައޭ. ކަން މިހެން ހުރުމުން ސަރުކާރުން މަސްވެރިކަން ކުރިއަރުވަން ބޭނުން ނަމަ ކަނޑުއޮތް ގިރި އަދި ހިއްކާ ބޮޑު ކުރަންވީ އެސްޓީއޯ އިން އެތަން ބޮޑު ކޮށްގެން އެތަނުގައި މަސް ދަޅު ބަންދުކުރާ ފެކްޓަރީ އެއް ހަދާ ދުރު މުސްތަގްބަލް ގައި ފެލިވަރު ފެކްޓަރީ ބަންދު ކުރަންވީއޭ އެއިރުން ކަނޑު އޮތް ގިރީގައި ހަދާ 25 ބުރީގެ އިމާރާތުގައި ހަދާނީ މަސް ދަޅު ބަންދުކުރާ ފެކްޓަރީ އެއް. މާލެ ސަރަހައްދުގައި ދަޅު މަސް ބަންދު ކުރާ ފެކްޓަރީ އެއް ހަދައިފިނަމަ ލޮޖިސްޓިކް ކޮސްޓް ކުޑަވެ އޮޕަރޭޓިންގް ކޮސްޓް އެތައް ތަނުން ކުޑަ ވެގެން ދާނެއޭ. ފްރޮމް ދިސް މޯމެންޓް އޮން އަ ނިއު ޗެޕްޓަރ ހޭޒް ބިގަން ފްރޮމް ދިސް..

  9. ގައްދާރުންގެ ގައްދާުރު

    އާނ.. އެވާގޮތަކީ މާލޭގަ މާގިނަ ގައްދާރުން ގިނަވީމާ..!

  10. ހުސޭނުބޭ

    ޝާހިދަކީވެސް މާލޭގައި އުޅުއްވާ ބޭފުޅެއް! ޝާހިދު ނޭވާލަނީ ކާކުގެ މޫނަކައްތަ؟ ބުނާއަޑު އަހަން ޕްރީފެއިޑަކާ ދިމާލަށް ނޭވާލާ ތަން ފެންނަ ވީޑިއޯއެއް އެވެރިން ގެންގުޅެޔޭ.