ކ.އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓަކުން ރޭ މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ބަންގްލަދޭޝް މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާ ގެއްލުނީ އޮޅުހަލި ރިސޯޓުންނެވެ. އޭނާ ގެއްލުނީ ޖެޓީން މޫދަށް ފޭބިތަނުންނެވެ. ބަންގްލަދޭޝްގެ މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް ހަތް މީޓަރު އަޑިން ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ޑައިވަރުންނަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ބަންގްލަދޭޝް މީހާ މޫދަށް ފައިބާފައި ވަނީ އޭނާގެ ފައިވާން މޫދަށް ވެއްޓުމުން ފައިވާން ނަގާށެވެ. އެއީ ފަތަން ދަންނަ މީހެއް ނޫން ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ރޭ ވިދާޅުވިއެވެ.

ފާއިތުވި ހަފްތާއެއްހައި ދުވަހަކީ ކަނޑުމަތީގެ ހާދިސާތަކުގައި މީހުން ނިޔާވުން ގިނަ ހަފްތާއެކެވެ. ލޯންޗް އެކްސިޑެންޓެއްގައި މިދިޔަ ހުކުރު ވިލޭރޭ މީހަކު ނިޔާވިއިރު އޭގެ އަނެއް ދުވަހު އެއެކްސިޑެންޓްގައި ގެއްލުނު މީހަކު ނިޔާވެފައި އޮއްވާ ފެނުނެވެ. ޖެހިގެން އައި ހޮނިހިރު ދުވަހު އައްޑޫގެ ދެކުއްޖަކު މޫދަށް އެރިގެން ގެއްލިފައި ވާއިރު އެކުދިން އަދިވެސް ނުފެނެއެވެ. އިއްޔެ ހަވީރު ވެސް މޫދަށް އެރި އުޅުނު ޒުވާނަކު ވަނީ ހުޅުމާލޭގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ހމމ

  ސޯ ސޭޑް

 2. ދިސްވޭ

  މޫދަށް ވެއްޓުނު ބަންގްލަދޭޝް މީހާ މަރުވެފައި އޮއްވައި ފެނިއްޖެ ނަމަ ތިޔާއީ ގަވާއިދާއި އެއްގޮތަށް އުޅޭ ބަންގްލާދޭޝް މީހެއް ތޯ ނުވަތަ ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީއެއްތޯ ބަލަން ޖެހޭނެއެވެ. މަމެން ނަށް އިނގޭ ގޮތުގައި އަލަށް ހަދަމުން ދާ ރިސޯރޓްސް ތަކުގައި ޕްރޮޖެކްޓް މަސައްކަތް ތައް ނުއަގުގައި ދެނީ ވަރަށް އާދައިގެ މަކަރާއި ހީލަތުން ފުރިގެންވާ ކޮންޓްރެކްޓަރުންނަށް އެމެންނަކީ އެއީ މުސާރަ އެއް ދޭ ބަޔެއް ނޫން އަދި އެހެނިހެން އިނާޔަތެއް ދޭ ބަޔެއް ނޫން. އެގޮތުން އެމެން މާލެ ތެރޭގައި އާއި އަދި ދަ ރާއްޖެތެރޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ލައްވާ މަސައްކަތް ކުރުވައިގެން އެމެންގެ ދިރިއުޅުން ލަންކާ އަށް ބަދަލު ކޮށް ގެން އުޅޭއިރު މިކަން މިގޮތަށް ކުރާތާ ޑިކޭޑަކަށް ވުރެން ގިނަ ދުވަސް ވަނީއޭ މިކަމަށް ހައްލެއް ނުގެނެވުނޭ އިމިގްރޭޝަން އަށް. ފިލައިގެން އުޅޭ ބަންގާޅީން ނަށް އެއްވެސް ހައްލެއް ނުގެނެވުނޭ ސަރުކާރަށް އެމެންގެ ރެމިޓެންސް ފީއެއް ނެގުމުން ވެސް. ބްރިޖް ހަދަން ވެސް މިހާރު މިމީހުން ތިބެނީ.

  • Anonymous

   ކޮންފަދަ މަމެން ނަކާ އެމެންނެއްތަ ،

 3. ޔަގީނޭ

  މޫދަށް ވެއްޓުނު މީހާ މަރުވާންވީ ކީއްވެތޭ ކޮބާތޭ ރިސޯޓް ގައި މުސާރަ ދީފައި ބައިތިއްބާފައި ތިބޭ ސެކިއުރިޓީން. އަނެއް ކޮޅުން ތިޔާ މީހާ އެކަނި ތޯ އެއިރު އެތާ އުޅުނީ އެއީ ވެސް ސުވާލު ކުރަން ޖެހޭނެ ކަމެކެވެ. ދެން ތީގައި އެންމެ ނުރައްކާ ކަމަކަށް ވާނީ ތިޔާ މީހާ އަކީ އެއީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީ އެއް ކަމަށްވެއްޖެނަމަ އޭނާގެ މުސާރަ ވެސް ނުދީ ހުރި ކަމެއްވެސް ނޭގޭނެއެވެ. މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގިނަ ވަނީ މިހާރުވެސް. ބޭންކް އެކައުންޓް ހުޅުވަން ދާ މީހުން ވެސް އުޅެނީ ފިލައިގެންނޭ. ކަން މިހެން ހުރުމުން މިފަދަ ކަންކަން އެބަޖެހޭ އިމިގްރޭޝަން އިން ކޮރަޕްޝަން ފިލުވާލައިގެން އިމިގްރޭޝަންގެ ސްޕަވައިޒަރުން ނަށް މިކަން ނުވީ ކަމަށް ބަލާ ފުލުހުން ނިކުމެ މިކަން ކުރަން މެދު ނުކެނޑި ކޮންމެ ދުވަހަކު މުޅި ރާއްޖޭގައި 5 އަހަރު ދުވަސް ވަން ދެން. އެނޫން ނަމަ މީ ވަރަށް ބޮޑު މައްސަލަ އަކަށް މިކަން ވާނެއޭ. ތަމަޅައިން ލަންކާގައި ވަޒަން ވެރިވިގޮތަށް އެމެން ވެސް ވަޒަން ވެރިވެދާނެއޭ މިކަން ހައްލު ނުކުރަނީ ކީއްވެތޭ ސަރުކާރުން. ރައީސް އޮފީހަށް މިކަން ނޭގެނީ ކަން އެއީ މަމެންނަށް ކަށަވަރުވެ ޔަގީން ވާ ކަމެކޭ.

  • ޓީޝާޓް

   އޭނާ ފައިވާން ނަގަން މޫދަށް ފޭބިވާހަކަ އެއޮތީ ދެލޯފުޅާ...މޫދަށް ވެއްޓި މީހަކު މަރުވީމަ ތިދައްކަނީ ގަވައިދާ ހިލާފަށް ބަންގާޅިން އުޅޭވާހަކަ.....ގަވާއިދަށް އުޅޭނަމަ މޫދަށް ގެނބިގެން މަރުނުވާނެތަ؟؟؟ ކޮސް ނުގޮވާ

  • ޙހހ

   މީ މޮޔަ ސޮރެއް

 4. މި

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

 5. ނުރަބޯ

  ފަތަން ނޭންގޭ މީހަކު މޫދަށްފައިބާންވޭތަ، އަދި ފައިވާން ނަގަންވިޔަސް.

  • ތެދުބަސް

   ލޮޒިކް !

 6. ޢަލީ ޔަހުޔާ

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ