މަޖިިލީހުގެ ޖަލްސާތައް އެންމެ ލަސްވެގެން އަނަށް ހަފްތާގައި ފެށުން އެކަށީގެންވާ ކަމަށް ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާގައި ފެށުން ވަރަށް އެކަށީގެންވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން އަދި ރަސްމީ ސިފައެއްގައި އަންގާފައެއް ނެތް ފަށާނެ ދުވަހެއް" ޖަމީލް އުސްމާނު ވިދާޅުވިއެވެ.
މި އަހަރުގެ ޖަލްސާތައް ފެށުނު ފަހުން، މިހާތަނަށް ބޭއްވީ އެންމެ 12 ޖަލްސާ އެވެ. އެއީ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ދެ ޖަލްސާއަކާއި ދައުރުގެ ތެރޭގައި ބޭއްވި 10 ޖަލްސާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިދިޔަ ފެބްރުއަރީ ގައި ފެށުނު ފަހުން، މަޖިލީހުން މާގިނަ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.
ފުރުތަމަ ދައުރުގެ ގިނަ ބިލުތަކެއް މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާއިރު ކޮމިޓީތަކުގެ ބައްދަލުވުންތައް ނުބާއްވާތީ ބިލުތައް ދިރާސާ ކުރުމުގެ މަސައްކަތެއް ނުކުރެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާތަކުގައި މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމާއި އެންޓި ޑިފެކްޝަން ބިލް ފާސްކޮށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރި އެވެ.
މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވާ އިރު މުހިންމު މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ. އެ ގޮތުން މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލާއި ތައުލީމުގެ ބިލާއި ހެއްކާ ބެހޭ ބިލުގެ މަސައްކަތް ކުރިއަށް ނުދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ބައެއް ބިލުތައް ދިރާސާ ކުރާކަށް އަދި ނުފަށަ އެވެ.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ލާދީނިއަނޭ ދަ ސޮމާލިޔަނޭ ދަ ކާޅު ހެދުންލައޭ ދަ ތެޔޮ ބިޑިބޮއޭ ދަ ފެގްކައޭ ދަ ގުޑުގުޑާ ބޮއޭ ތަމެން ނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ރާކަނި މަސްކެވުނުތޭ. ހަމަ 12 މެމްބަރުން ނުވައްދާނަން ނުވައްދާ ޖަލްސާ ބާއްވާނީ. އަންނަ ހަފްތާގައި ފާސް ކުރާނީ ރިޔާސީ އިންތިޚާބާއި މަޖްލީސް އިންތިޚާބާއި އަދި ޕާރޓީ ތަކުގެ ޕްރަައިމަރީގައި ވޯޓް ލާނެ ގޮތާއި ބެހޭ ބިލް ތައް. ތަމެން ދެން ސީލަ ބަލަ. ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.