ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ދެމީހަކު ދޫކޮށްލައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ދޫކޮށްލި ދެމީހުން މިއަދު އެމީހުންގެ ގައުމަށް ދިއުމަށް ފުރާނެ ކަމަށެވެ.

މިއަދު ހޮސްޕިޓަލުން ދޫކޮށްލި ދެމީހުން ކޮވިޑް-19 އިން ރަނގަޅުވިތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ހޮސްޕިޓަލްގައި އެމީހުން ތިބީ އުމުރުން ދުވަސްވީ ދެމީހުން ކަމަށްވާތީ ހާލަތު އިތުރަށް ބެލުމަށް ޑޮކްޓަރުން ބޭނުން ވުމުންނެވެ.

މަބުރޫކް ވިދާޅުވީ މިއީ އއ.ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ފައްސިވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދިން މީހުން ކަމަށެވެ.

އެމީހުން ދޫކޮށްލީ ކޮވިޑް-19 އަށް ދެފަހަރު ޓެސްޓްކޮށް، ދެފަހަރު ވެސް ނަތީޖާ ނައްސި ވުމުންނެވެ.

މިހާތަނަށް ރާއްޖޭގައި 19 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވެ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވެއެވެ. އަދި ދެމީހަކު ވަނީ ބަލި ޖެހިފައި ތިއްބާ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. މިހާރު ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. އެއީ، އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑާންސް

    ރަނގަޅުވި އިތުރު ދެ މީހަކު ހޮސްޕިޓަލުން ދޫކޮށްލައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ކޮވިޑް 19 ގެ ފަރުވާ ރާއްޖޭގައި ދެމުން ގެންދާ މެޑިކަލް ޓީމަށް މަމެން ހިތްވަރު ދެމޭ ލައިފް އިޒް ބިއުޓިފުލް ވިދް ޔޫ ގައިޒް ވީ މަސްޓް ރިއަލީ މޭކް އިޓް ދޯ ޑާންސް ޑާންސް ޑާންސް...

    6
    8