މާލޭގައި މިއަދު ކާފިއު އިއުލާން ކޮށްފައި އޮތް ވަގުތުތަކުގައި މަގުމައްޗަށް ނިކުތް މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެހެންކަމުން މާދަމާ އިން ފެށިގެން ކާފިއު އިއުލާން ކޮށްފައި އޮންނަ ގަޑިތަކުގައި މަގުމަތީގައި އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ކާފިއު އިއުލާން ކޮށްފައި އޮތް ގަޑިތަކުގައި 284 މީހުން މަގުމައްޗަށް ނިކުތް ކަމަށެވެ. ނަމަވެސް އިއްޔެ މަގުމައްޗަށް ނިކުމެގެން ފުލުހުން ނަސޭހަތް ދިނީ 94 މީހުންނަށެވެ.

"އިއްޔެ މާލެއިން 95 މީހުން މިއަދު 284 މީހުން. އިއްޔެ ހުޅުމާލއިން 11 މިއަދު 67. އިއްޔެ ވިލިމާލެއިން 9 މިއަދު 25. މިދިޔަ ދެދުވަހު 376 މީހަކު މިވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުނު. މީގެ ތެރޭގައި ހިމެނެނީ 333 ދިވެހިން އަދި 43 މީހުންނަކީ ބިދޭސިން." މަބްރޫކް ވިދާޅުވިއެވެ.

ކާފިއު އިއުލާން ކޮށްފައި އޮންނަ ވަގުތުތަކުގައި މަގުމަތީގައި އުޅޭނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް އިއްޔެ އާއި މިއަދު އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވާ ފިޔަވަޅެއްގެ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން 20:00 އަށް މާލޭގެ މަގުމައްޗަށް މީހުން ނިކުތުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް ފުރަބަންދު (ލޮކްޑައުން) ކޮށް، ކާފިއު ހިންގަމުން އެބަގެންދެއެވެ. ކާފިއު އާއި ހިލާފުވާ މީހުން ހައްޔަރުކޮށް، ގިނަ ގައުމުތަކުގައި އެމީހުންގެ މައްޗަށް ޖިނާޢީ ދައުވާ ވެސް އަންނަނީ އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. ބްރޯ

  ބައްލަވާ ތިޔަކަން ކުރައްވަން ވީކީ 1000 ރުފިޔާ ހޯދާ ގޮތަކަށް ނޫން ރަސިޔާގެ ރައީސް ޕުޓިން އިއުލާން ކުރެއްވިގޮތަށް އިއުލާން ކޮށް އެގޮތަށް އަމަލުކުރައްވަން ފައްޓަވާ އޭރުން ގަނޫނީ އަމުރަށް ބޯނުލަނބާފަރާތްތަކުގެ ކިބައިން ގައުމު ސަލާމަތް ކުރެވޭނެ.

  43
  2
 2. މާމި

  މަބުރޫކާ ކަލޭގެ ބޮޑު އަނގަޔާހެދި ތިހެންވީ ކަލޭބުނީ މީ ތޖުރިބާއެއް ކޮއްލަން ވެގެން ކުރާ ކަމެކޭ.... ރާކަނިމަސް ކެވިއްޖެތަ

  47
  20
 3. އަލިފުތާ

  އިންޑިޔާ ސިސްޓަމް ޖައްސަންވީ

  27
  21
 4. ޢާދަނު

  ރަނގަޅު

  16
  8
 5. ޢަލިބެ

  އިއްޔެ ޖުރުމަނާއެއްނުކޮށް ނަސޭހަތްދީފަ ދޫކޮށްލީމަ މިއަދު ދިވެހިންގެ ކިޔަމަންތެރިކަން ހުރިމިންވަރު އެނގިއްޖެދޯ. މިހާރު މީ ކުރީގެ ދިވެހިންނެއްނޫން. މިހާރު ދިވެހިންނަށް ދަސްކޮށްދީފައޮތް އިންސާނީ ހައްގު ބުނާގޮތުން ކޮންމެކަމެއްވެސް ކުރެވޭނެ. ކޮންމެ ގޮތަކަށްވެސް އުޅެވޭނެ. މީ މިހާރު ވެރިކަންކުރާ މީހުން ދަސްކޮށްދިންގޮތް.

  61
  8
 6. ކޮތަރު

  މިއަދު ހީވަނީ އީދެއް އައިސްގެން އުޅޭހެން. މަގުމަތި ބަލަހައްޓަންތިބި ފުލުހުންނަށްވެސް ދެނީ ޖެއްސުމުގެ ޖަވާބު. ދިވެހިންނަށްވުރެ ކުޑަ ތަންކޮޅެއް ކުރީގައި އެކުވެރި ބޮންދުން އުޅުނު ސަރަހައްދުތައްވެސް ހުރި. މިގޮތުން ޗާނދަނީމަގުގެ ދެކުނުކޮޅުން ޖަލާލުއްދީން މިސްކިތް ކައިރި ސަރަހައްދު ފާހަގަ ކޮށްލެވޭ. މިއަދު މެނދުރު 12.00ގެ ފަހުން މަގުމަތީގައި ތިންމީހުންނަށްވުރެ ގިނަމީހުން އެއްވެ ނޫޅުމަށް އަންގާފައި ވާއިރު، އަޅުގަނޑު މިކޮމެންޓް ލިޔަމުން ދާއިރުވެސް ބޮންދުންގެ ލަޝްކަރުތައް އެތާ ކައިރީގަ ހުންނަ އެމީހުންގެ ސައިހޮޓަލަކުން އޭތިމީތި ގަނެގެން ބައިގަނޑުގަނޑަށް މަގުމަތީގައި ތިބެގެން މިއޮއް ކައިނަގަނީ. މިކަމަކާހުރެ މަގުހިނގާ މީހުންނަށް ފިޔަވަޅެއް އަޅާލެވެންވެސް ނެތް. ގަންނަ އެއްޗެއް ގަނެގެން ދުރަށްދާ ގޮތެއްނޯވޭ. މިއޮތީ ވަރަށް ފިރިހަމައަށް ކަރަންޓީނު ކުރެވިފައި. މިއިން ކަމެއް ބަލާލާ މީހަކުވެސް އިޅެނީއެއްނޫން. މިކަން ބޮޑުވެގެން މިރޭ އަޅުގަނޑު ފުލުހުންނާ ގުޅީމަ އާއެކޭ ވިދާޅުވެފަ ޚަބަރުވެސް ބަލާނުލި.

  35
  2
  • ތުއްތަ

   އަސްުވެސް ހަގީގަތެއް ތީ

 7. ޝީޝާ

  ދެން މިވަރުން ކިހިނެއް ލޮކްޑައުން ކުރަނީ؟

  26
  3
 8. ޙައްގުބަސް

  އަމާ ކިތީ ފަރަށްދާހެން ޖޫރިމަނާގެ ކަންތައްވެސް އޮންނާނީ!! ފުލުހުން ނަސޭޙްތްދިނީމާ ޖަދަލުކުރާ މީހުން ކުރަނީ!! ހަދާނެ އެއްޗެއް ހަދާފަ ފުލުހުންގެ ކުދިންނާ ޒުވާބުކޮށްފަ ދެންވެސް ނިކުންނާނަމޭ ބުނެފަ ދަނީ!! ކީއް ކުރެވެނީ! ކޮން ފިޔަވަޅެއް އެޅެނީ! ދެން މިބުނަނީ ޖޫރިމަނާ ކުރާނަމޭ!! އޯކޭއި ފިލުހުން ސްލިޕް ބޮނޑި ހިފައިގެން ނިކުމެ ޖޫރިމަނާ ސްލިޕް ދީފާނެ! އެދައްކާތޯ ބަލަނީ ކާކު؟ އެ ނުދައްކާ ހަމަ އަނެއް ދުވަހުވެސް ނިކުމެ ތެޅި ބާލަންވީ!! މިހެން މިކަމެއްނުވާނެ! ވަގުތުން އެމީހަކު ފުލުހުންގެ ބަންދުގައި ދޫނިދޫގައި ބަހައްޓަންވާނެ ޖޫރިމަނާގެ އިތުރުން!! މިކަހަލަ ދަނޑިވަޅުތަކުގައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭ!! އިންޑިޔާގައި ފުލުހުން އެތިބެނީ ބޮޑެތި ލަޓިބުރި ހިފައިގެން ނިކުމެ!!

  39
  2
 9. ކުރަފި ދާދާ

  ކޮންމެ ކަމެ އްގަ އި ސަރުކާރު މާ އޯގާތެރި ކަމަށް ހެދެންޏާ އޭގެ ހިތި ރަ އްޔިތުން ދެކެން ޖެހިދާނެ.

  29
  3
 10. ހަސަން

  މިއަދު މަގުމަތީގައި ވަރަށް މީހުން ގިނަ. މާދަމާ އަދި އެއަށްވުރެވެސް ގިނަވާނެކަމަށް ފެންނަނީ. ދިވެހިންނަކީ އެކަހަލަ ބައެއް. އަދި 8 ގެފަހުން މާލޭގެ މަގުމަތި ހީވަނީ އީދެއް އައިސްގެން އުޅޭހެން . މަޖީދީމަގު ޓްރެފިކް ޖޭމް ކަމުން ނުދުއްވޭ. އަތިރިމަގުގައި ޓޭކްއަވޭ ކޮފީގައި ގްރޫޕްތައް.

  26
  1
  • މެހެމާނާ

   Why were you out then, in the traffic?. Hypocricy thy name is Hassan.

 11. އހ

  ދިވެހިން ހަމަ ގަމާރީތަ

  35
  2
 12. ނަވާރަ

  3މަހެއްހާ ދުވަހަށް ލައިސަންސް ހިފަހައްޓާލަ ބަލަ. ޖުރުމަނާގެ އިތުރުން

  33
  2
 13. ލިއުޝާ

  މިހާރު ކުރިޔައްވުރެ ރަގަޅު ހާލަތު. ކީއްކުރަންކުރާ ފުރަބަންދެއްތަ އަޅެފަހެ. ނޮހޮރޮއްޕާންކުރަން އިތުރު ކަމަކު ނޫއް.

  10
  31
 14. ސހދއ

  ސައިކަލުގަ ސްޓިކާޖަހައިގެން ލިބޭ ލާރި މަދުވެގެން ރައްޔިތުން އަތުން އިތުރަށް ފޭރޭނެ މަގެއް ހޯދަނީ ތޯއްޗެއް. ޢެހެންޏާފަހެ، ކޮރޯނާ ވައިރަސް އުތުރި އަރައިގަންނަ ވަގުތުތަ އެ ތިން ގަޑިއިރު އެއީ.

  16
  20
 15. ތިމަންނަ

  މމމ މިއީ ދިވެހިންނޭ ފިޔަވަޅަކަށް ނުގުޑާނެ ، އެން މެންގެ ސަލާ މަތަށް ތިޔަ ބައިގަޑު ޖަލަށް ފޮނުވާލާ

  22
  1
 16. Anonymous

  284 މާގިނަ.. ތިބަސްނާހަނީ އަވަހަށް ފިޔަވަޅު އަޅާ

  18
  1
 17. މަސްވެރިން

  މިމީ ހުން ތައް ކީއްވެތަ ބުނާ ގޮތް ނަހަދަނީ އެކަކު ކުރާ ކަމަކުން މުޅި ގައުމު ހަލާކު ވެދާނެ ގޭގައި މަޑުން ތިބެބަލަ މިކުޑަ މީސްތަކުންނާއި މެދު ނުވިސްނާ މީ ހުން ތައް ހިފާ ހައްޔަރު ކުރޭ ކޮންޖޫރީ މާނާއެއްތަ؟ ހުކުން ކޮއް ޖަލައް ގެންދޭ

  25
  1
 18. ޜައްޔިތު މީހާ

  ޜަޟިޔާ ގެ ސަރުކާރުން ބުނީ ރައްޔިތުންނަށް އޮތީ 2 ގޮތޭ ގޭގަތިބުން
  ނުވަތަ 5 އަހަރަށް ޖަލައް ދިއު މޭ ! ބައެއްގައު މުތަކުގަ ވަރަށް ހަރުކަށި ފިޔަވަ އަޅާފައިވަނީ ! ނަ މަވެސް ދިވެހިން ނަކީ ވަރައް ކިޔަ މަން ތެރި ބަސް ގަބޫލް ކުރާބައެއް ހަ މަ ގައި މމުވެސް ! މިކަން ގަބޫލު ކުރާނެ .

  14
  4
 19. ލ

  އަދަބް ދީ ޖަލަށް ވެސް ލާ... މާ ފޮނި ވެގެން ބޭރަށް ނިކުންނަ މީހުންނަށް ގަދަ އަދަބްދީ...

  14
  1
 20. އަދާލަތު

  މި މީހުންނަކީ، ކިޔަ މަންވާން ނުދަންނަ ބައެއް. ބުރާސްފަތި، އަދި ހުކުރު ދުވަހުވެސް އެ 3 ގަޑިއިރު ތެރޭގައިވެސް، މ. ކާރނޭޝަން މަގު، ޝާރިޢު ވަރުދީ، ފީރޯޒު މަގުގައި، ބަނގުލަދޭޝް މީހުން އުޅެނީ އުޅޭނެ ގޮތަކަށް. އަޅާލައި މީހަކު ނުފެނޭ. މުޅި މަގަށް ކުޅުތަޅަ މުން މުށި މަސް ގަނޑެއްހެން ދުވަނީ. ވިޔާފާރީގެ އުޞޫލުން ޤާނޫނާއި ޚިލާފަށް ހިންގާ ތަންތަނަށް މީހުން ވައްދައިގެން ކާންދިނު މެއް ނުހުއްޓޭ. އެއީ ޤާނޫނަކަށް، ޤަވަޢިދަކަށް ބޯލަނބާ ބައެއްނޫން. ގެސްޓް ހައުސް ހަދާލައިގެން ނިދަނީ މަތި މައްޗަށް. ހިތާ މަހުރިކަ މެއް.

  13
  1
 21. ޜައްޔިތު މީހާ

  މ މިފަދަ ހާލަތު ގަ އޮންޓެސްޓަށް ވާގޮތް ބެލު މައް ސަރުކާރުން ފިޔަވަޅެއް އެޅުން ރަންގަޅުތޯ ! ސަރުކާރުން މަ ޖުބޫރު ނުަވަތަ އަ މުރު ނެރުއްވަ ވާ 6 ގަޑި ނުވަތަ 12 ގަޑި އިރު ނުވަތަ 24 ގަޑިއިރު ކިޔަ މަން ނު ވާ ބައެެށް ޕޮލިހުންގެ ބެލު މުގެ ދަށް ގެން ދެވުން ކީތޯ ! ނަސޭހަތް ވެސް ދޭން ވާނެ ! ޥަކިބަޔަކު ކުރާ ކަ މެެއް ގެސަބަބުން މުޅި ރައްޔިތުން ގޯސް ނުކުރައްވާ !

  11
 22. Anonymous

  މިރާއްޖޭގައި ކަންތައްތައް ގޯހުންގޯހަށް ދަނީ އަދިވެސް ސަރުކާރުން ފައިސާ ހޯދަން އުޅޭތީ. ނިކަން ރަޝިޔާގެ ރައީސް އެންގެވިގޮތަށް އަމަލުކޮށްބަލަ. މަގުމަތިން ފެނިއްޖެނަމަ 5 އަހަރަށް ޖަލަށްލާބަލަ. ދަގަނޑު ކެނޑޭނީ ދަގަނޑުން. ޖަނަވާރު ވިސްނުމުގެ ބަޔަކަށް އަމަލުކުރާނީ އެފަދަ ވިސްނުމެއް ގެނެވިގެން. ބިރުކަނޑާ ލާފައި މިގޮތަށް ޢަމަލުކޮށްބަލަ. އެންމެންގެ ލާބަޔަކަށް މިހެން މިބުނީ.

  17
  1
 23. މޮހޮނު

  ލަަްްްސްވެއްޖެ ތިކަންކުރަން

  9
  1
 24. ޑައެލޯގް

  މިކަހަލަ ހާލަތުގައި ރަގަޅު ޑެޝިޝަންނެގޭނީ ގައުމުހިންގަން އެގޭ މީހުނަށް އެއީ ރައީސް ޔާމީން އެމަނިކުފާނުވަނީ މިކަހަލަ ދުވަހެއް އަތުވެދާނެތީ އެމް.އެމް.އޭ ރިޒާވްވެސް މަތިކޮށްފަ ކިބޫމެން ޕާޓީކުދިންނަށް ބަދަލުދޭން އެބެހީ

 25. ނޯޑައުޓް

  މީކީ ކުރީގެ ދިވެހިންނެއްނޫން. މިހާރު ދިވެހީންގެ މޮޓޯއަކީ؛ “ ދިވެހީން ދިވެހިންގެ ގޮތުގައި، ކަންދެއްކުމާިއ، ބޮޑާކަމާއި، ފިތުނަ އުފެއްދުމާއި،ކިބުރުވެރިކަމާއި، ދެބައޮޑުވުމާއި،އަމުރަށްނުކިޔަމަންތެރިވުމާއި، އިސްރާފުކުރުމާއި، ވަގުތުބޭކާރު ކުރުމާއި، މިހެންްގޮސް ދުނިޔެ ލެއްވިހާއި ނުބައި ހުރިހާކަމެއްކިރުމުގައި ފޫގަޅައިގެން އަބަދައް”.

 26. ބޭބެ

  ސުބުަާނަﷲ މީހުންނިކު މެއުުޅުން މަނާ ކޮއްފާ މިވަނީ 3 ނަ މާދައްވަގުތުގެއްލޭގޮތަށެވެ ބަންގިގޮވަން ދާ މީހާވެސް 1000ރ ޖޫރި މަނާ މިއީކޮންކަހަލައުސޫލެށްތޯ؟ މިއީހަމަގައި މުވެސް ޣައިރު މުސްލިމުންނާއި މިރާއްޖޭގަތި ދީނަން ފުރައްސާރަކުރާ މީމީހުންރުއްސަންކުރިކަ މެންކަ މެށްކަ މުގަނޫނީނުވާނެއެވެ ވީމ މާމ މިރާއްޖޭގަތިބިއިލް މުވެރިން މިކަ މާވިސްނަންވެއްޖެނޫންތޯ؟ މިސާލަކަށްރޭގަނޑު8ކުންހެދުނު 6ކަން އޯކޭ؟

 27. ޒާ

  މީ ސަރުކާރުން ރައްޔިތުންނާއެކު ކުޅޭކުޅިވަރެއްހެން ހީވަނީ. ރާއްޖެއަށް ބަލިގެނައީ ސަރުކާރުން. ގެނެސްފާ ދުއްޕާންކުރަނީ މާލޭގައި ބަލިނެތްއިރުވެސް.

 28. މީނަ

  ސުވާލަކީމިރާއްޖޭގަ ބަލިފެތުރެނީ މިސްކިތަކައްދާމީ ހުންގެފަރާތުންތޯ؟ނޫނީރާއްޖެއިންބޭރުނުްގެންނަމީހުންގެފަރާތިންނޫންތޯ؟ހާއްސަކޮން އިގިރޭސިވިލާތުންއަންނަމީހުން ބަންދުކުރެވޭނެގޮތެއްނެތީތޯ؟

 29. ތުއްތަ

  އަސްުވެސް ހަގީގަތެއް ތީ

 30. ދިވެއްސެއް ވީމަ ބުނަމޭ

  ''ސިފައިންނޭ ގައުމުދޭ ފަޚްރޭ އުންމަތުގައިވީ މި އިތުބާރޭ'' އޭ ތިކުދިން ފަޅު ރަށް ތަކުގައި ދަނޑުވެރި ކަން ކޮށް ބަލަ ޔޫސުފް ގެފާނުގެ ވާހަކައިން އިބްރަތް ހާސިލް ކޮށް ބަލަ މީ ގައުމު ދެކެ ލޯބިވާތީ މުރަނަ ފަރީދާ ދޭ ހެޔޮ ނަސޭހަތެއް އަޑުއަހާ ކިޔަމަންވޭ ކުދިބަތް ބިންބި ' ޒުވާރި އަލަ 'ކަށްޓަލަ ބަރަބޯ ކުދިފިޔާ. ދޮންކެޔޮ. ފަތްކެޔޮ ކަށި ކެޔޮ ، ދަނޑި އަލުވި މިރުސް ލުބޯ ތަފާތު ފަތްޕިލާ ވެލި އަވަހަށް ހެދިފޯދި ކާނާ ލިބޭ ހުރިހާ ބާ ވަތެއް ނިކަން ތިބެ ގައުމީ ޖޯޝެއްގައި ހައްދާ. މަވެސް ރުއްގަނޑު ހެއްދީ އަފުރެމެންގެ މީހުން އަށް ވާނުން ކާ ކަށް ނޫނޭ . ސަދަގާތުގެ ބޯނަސް ހޯދާށޭ. އެއްބައި ކޮށާ ހުސް ހުސް ކުރިޔަސް ނުކޮށި ހުރި ބާކީބައި ހުންނާނެ ބޮޑު ތަދު މަޑު ކަމެއް އަތުވެއްޖެ ނަމަ ގައުމީ ރުއްގަނޑުން ހުރިހާ ކުދިން ކާތި އިގޭ '' ފެން މީރުވި ރީތި ރަށޭ ތީ ރޫހުވަނީ އަތަމަނަ ހުރާ ގައޭ''

 31. ކުރަނޑި

  ބަސްނޭހި ދެންފިޔަވަޅު އަޅާނަން ދިވެހިންނަށް ރަށްޔަތުންނަށް ތިޔަދިން އިންޒާރު ބަލައެއްނުގަންނަން.

 32. ސީނު

  އެބޭފުޅާ ޕޮރޮމޯޓްކުރެއްވި ވިސްނުން ދިވެހިން ބަލައިގަތީ....ކޮންމެކަމެއްވެސް ބިރަކާނުލާ ކުރެވޭނެ