ރާއްޖޭގެ މެރަތަން ރޭހުގެ ރެކޯޑް އެންމެ ގިނަ ދުވަހު ދެމެހެއްޓި، އަދި މިހާތަނަށް އެންމެ ގިނަ ޗެލެންޖް ފުރިހަމަ ކުރި ދިވެހިންގެ ތެރޭގައި ހިމެނޭ ހުސެއިން ހަލީމް (ކުޑަހުސެން) ސައުވީސް ގަޑިއިރު ތެރޭ ހަތިމްކޮށްފިއެވެ.

ސައުވީސް ގަޑިއިރު ތެރޭ ކުޑަ ހުސެން ހަތިމްކޮށް ފައިވަނީ، ގޭގައި ހުރިސްޓޭޝަނަރީ ބައިސްކަލެއް ވެސް ދުއްވަމުންނެވެ. ހަތިމް ކުރަމުން ދިޔައިއިރު ނަމާދު ކުރަންށާއި ނިދުމަށް އޭނާ ކުޑަ ބްރޭކެއް ނެގިއެވެ.

ޤުރުއާން ކިޔަވާ މަންޒަރުތަކުން މީސް މީޑިއާ ފުރާލަން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ޗެލެންޖްގައި ބައިވެރިވެ ވަޑައިގެން ހުސެން ޤުރުއާން ހަތިމް ކުރެއްވުން ކުރިއަށް ގެންދެވިއިރު ދޭތެރެދޭތެއިން ފޭސްބުކްގައި ޕޯސްޓްތައް ކޮށްފައި ވެއެވެ.

ހުސެން ޤުރުއާން ކިޔަން ފެށީ ބުރާސްފަތި ދުވަހު ހަވީރު 16:10 ގައެވެ. އޭނާ ޤުރުއާން ހަތިމްކޮށް ނިންމުމަށް ހޭދަކުރީ 22 ގަޑިއިރާއި 35 ސިކުންތެވެ. ހުސެން ބުނީ އޭނާ ހަތިމް ކޮށްފައި ވަނީ ކޮންމެ ގަޑިއިރަކުން އެވްރެޖްކޮށް ފަސް މިނެޓާއި ހަތް މިނެޓްގެ ބްރޭކެއް ނެގުމަށްފަހު ކަމަށެވެ. އަދި ނަމާދު ވަގުތުތަކަށާއި 30 މިނެޓް ވަންދެން ނިދުމަށް ވެސް ބްރޭކެއް ނެގިއެވެ.

ހުސެން ފޭސްބުކުގައި ބުނެފައިވަނީ، އޭނާ ހަތިމްކުރި އިރު، އޭނާގެ އެގާރަ އަހަރުގެ އަންހެން ދަރިފުޅު ހަނާން ވެސް ކިޔެވުމުގައި ބައިވެރިވިކަމަށެވެ.

https://www.facebook.com/hussain.haleem.54/posts/2976123449075663

ޝަހީމް ފެއްޓެވި ޤުރުއާން ޗެލެންޖްގައި މީގެ ކުރިން ވެސް ވަރަށް ގިނަ ބަޔަކު ވަނީ ބައިވެފައެވެ. ނަމަވެސް ޗެލެންޖް ފުރިހަމަކޮށް އަދި އެއްވެސް މީހަކު ހަތިމް ކުރިކަން އިއުލާން ކުރިކަމެއް އެނގިފައެއް ނުވެއެވެ. އަދި 24 ގަޑިއިރު ހަތިމް ކުރުމުގެ ޗެލެންޖެއް އެހެން މީހަކު ކުރިއަށް ގެންދިޔަ ކަމުގެ މައުލޫމާތެއް ވެސް ލިބިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ހަންނާން

    މަރުހަބާ ކުޑަހުސައިން، ތިޔަކުރައްވާ މަސައްކަތައް

    99
    2
  2. ތަޚާނުގެ ޢަލިދީދީ

    ކުޑަހުސޭން ކިޔާވަރެއްނޫން. ކިޔާންވީ ބޮޑުހުސޭން.

    59
    2
  3. މީ

    މާޝާﷲ

    72
    1
  4. ކޮތަރު

    އެހާ އަވަހަށް ޚަތިމް ކުރުން ރަނގަޅެއްނޫން. ތިންދުވަހަށްވުރެ އަވަހަށް ޤުރްއާން ޚަތިމް ނުކުރަން ޢިލްމުވެރިން ވިދާޅުވަނީ. އެކަމަކު ޙުސައިން ތިޔަ ކުރެއްވީ އާދައިގެ ކަމެއްނޫން. ތަޖްވީދުގެ ހަމަތަކަށް ކިޔާ އެއްޗެއް އަނެކާއަށް އޮޅުންފިލާ ގޮތަށް ކިޔުއްވިފައި ވާނަމަ އައްސަރިބަހާއި ސާބަސް.

    85
    • ކުކުޅު

      ?????

  5. ސެންޓި

    ހަތިމް ކުރިވާހަކަ ސޯޝަލް މީޑިއާ ގަ ނުޖެހިނަމަ ރަނގަޅުވާނެ. އޭރުންވާނީ ދެއްކުންތެރި ކަމުގެ އަމަލަކަށް

    60
    27
    • ޏަމްޏަމް

      ދޯ. ތިވާހަ ކައޭ އަހަރެން ވެސް މި ބުނަނީ. މި މީހުންނަ ކަށް ނުވިސްނޭ.

      5
      12
    • ސިޔާން

      ޝަހީމް ފެއްޓެވި ޗެލެންޖްގަ ބައިވެރިވި ވާހަކަ އެއޮތީ، އެހެންވީ މާ އެވާހަކަ އެ ދައްކަނީ. ޗެލެންޖްގަ އޮތީ ޤުރުއާން ކިޔެވުން ދޯ. ޖޭ ވިޔަސް ބޮޑުވަރު. ސާބަސް ޑރ.ކުޑަހުސެން.

      17
      1
  6. ކައުންސެލަރު

    މާޝާﷲ
    ފުރިހަމަ، ހުސެންއަށް ފާގަތިކަން ދެއްވާށި. އާމީން

    15
  7. ފާތުމާ

    މިފަދަ ހެއުކަންތައް ކުރު މަށް ލިބޭބާރަކަށް މިފަދަ ޚަބަރުތައް ވާނެކަ މަށް ދެކެން.
    މހެއުކަންތައް ކުރު މުގެ މިސާލު ދައްކަން ކޮން މެވެސް ބަޔަކު އިސްނަގަންޖެހޭ!
    ނިޔަތްރަންގަޅިއްޔާ ޢަ މަލު ރަނގަޅުވާނެ.
    ތިބާއަށް ﷲ ހެއުޖަޒާދެއްވާނެ.

    11
  8. އެނޯ

    ކާމިޔާބުވުމުގެ ސިއްރަކީ ކެތްތެރިކަން. ވަރަށް މާތް ސިފައެއް. ماشاءالله

    11
  9. ޖަވާ

    މާޝާ ﷲ، ކުޑަހުސައިން އަށް ހެޔޮ ރަޙްމަތް ލައްވާށި. ތިޔަ ކުރެއްވި މަސައްކަތުގެ ހެޔޮދަދުމަޔާއި ސަވާބު ދެއްވާށި.އާމީން

  10. ހަމަސާބަސް

    ޙަތީމް ކުރިވާހަކަ ކުރިން މީޑިޔާއަށް ތިލަ ނުކުރީ ކިޢްވެބާ؟ ޤުރްއާން ނުކިޔަވާތީތަ؟ ޗްލެންޖަކަށް ނުވާތީތަ؟ ޗެލެންޖް އަކަށް ވީމަ ކިޔެވެ. މާތްﷲގެ ކަލާމް ފުޅުވެސް މިކިޔެވެނީ ސޯޝަލް މީޑިއާއަށް ޓަކައި އާހިރަތައްޓަކައެއް ނޫން. ބޮޑުވަރު. ޝަހީމަށްވެސް މިވަރު ކަމެއް ފެއްޓީތީ ހަމަސާބަސް. ތިއީ ދީނީ ޢިލްމްވެރިންގެ ގޮތަކީ.

  11. ދެރަކަމެއް

    އެއްދުވަސް ތެރޭ ޚަތިމް ކުރާކައްނުވާނެ. 3 ދުވަސް ނަގަންވާނެ އަވަސްވެގެން.

    3
    1
  12. Anonymous

    ދެން އެވާހަކަ ނޫހުގަ ޖަހަން ޖެހޭތަ. ޙަމަ ގައިމުވެސް މިއިން އާދައިގެ މީހަކު ތިކަން ކުރިނަމަ ނުޖަހާނެ.

    4
    5
  13. ދިވެއްސެއް ވީމަ ބުނަމޭ

    ތި ކުރެއްވީ ވަރަށް ސަޅި ކަމެއް މަރްހަބާ ކުޑަ ހުސޭނަށާ ދަރިފުޅަށް ﷲ ރަހްމަތް ލައްވާށި

    6
    1
  14. ނައީމް

    ނޫން އެހެންމީހުނަށް ލިބޭ ހިތްޔަރެއް ކަމަށް ބަލައިގަނެފިން ޝުކުރިއްޔާ ހުސެން

    6
    1
  15. އަލީ

    ދައްކައިގެންވެސް ފެންނަގޮތަށްވެސް ހަތިމްކުރުމަކީ ރަގަޅުކަމެއް ދައްކައިގެންވެސް ފެންނަގޮތަވެސް ކިޔައިގެންވެސް އަޑުއިވިގެންވެސް އަހަރުމެނަށް އެވަރުގެ ހިތްވަރެއް ލިބުމަކީ ބޮޑުވަރެއް ސާބަހޭ ހުސޭނަށް

  16. ޟީ

    މާޝާ ﷲ. އެ ކަމަ ކު 1000 ގަޑިއިރު ކިޔެވިޔަސް ދަރުމަޔާ ސަވާބުލިބިދާނެ.

  17. އަޙްމަދް

    ތިޔާއީ ﷲ ގެ އަށްޓަކައި އަޅުކަމެއް އަދާކުރުމުގެ ގޮތުން ކުރިކަމެއްތޯ އެވެ؟
    ނުވަތަމީސްތަކުންނަށްޓަކައި މަޝްހޫރުވާން ކުރިކަމެއްތޯއެވެ؟
    ތިޔައި ﷲ ޓަކައި ކުރިކަމެއްނަމަ ކީއްވެތޯ ނޫސްތަކުގައި ތިވާހަކަ ލިޔުނީ؟

    5
    2
  18. ކޮއްކޮ ބޭގެ އަލިބެ---

    5 ނަމާދު ކުރިތަ؟

    3
    2
  19. ޚުޑަ

    މަރުހަބާ ، ތިޔަ ހޭދަކުރި ވަގުތުތަކުގައި ﷲ ބަރަކާތް ލައްވާށި ،

    7
    1
  20. ާދެރަކަމެއް

    ވަރަށް ފައިދާހުރި ކަމެއް. މާޝާﷲ. ތިބާއްށް ﷲރަޙުމަތްލައްވާށި! އާމީން!

    5
    1
  21. ޙަސާ

    ސުންނަތާއި ޚިލާފު ކަމެއް، އަދި އެކަން އެގޮތައް ނުކުރެއްވުމަށް ރަސޫލާ ސޢވ އަންގަވާފައިވާކަމެއް. ތިމާގެ މޮޅުކަން އަނެކުންނަށް ދެއްކުމަށް ކުރި ކަންދެއްކުމުގެ ޢަމަލެއް

    3
    1
  22. ރަދީފް

    ސާބަހޭ.

  23. ކކކކ

    ހަމަ ޔަޤީނުންވެސް އަވަހަށް ނިންމާ މީހާ މޮޅުވާގޮތަކަށް ނޫން ޤުރްއާން ކިޔެވުމުގަ އޮންނަނީ.

  24. ޔޫސުއްބެ

    ދީނުގައި ހަތިމް ކުރަން ހުއްދަވެގެންވާ އެންމެ އަވަސް މިނަކީ 3 ދުވަސް - ކޮންމެ ކަމަކަށްވެސް ހައްދެއް ހުދޫދެއް އިސްލާމްދީނުގައި އޮވޭ