23:33

23:21

23:02

22:58

22:50

އެމެރިކާއިން އިތުރު 294 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. މިއަދު މިހާތަނަށް ވެސް އެޤައުމުން 23271 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، މި ބަލީގައި މިއަދު އެޤައުމުން މަރުވި މީހުންގެ އަދަދު 750 އަށް އަރައެވެ. މިހާތަނަށް އެމެރިކާއިން ޖުމްލަ 300432 މީހަކަށް ކޮވިޑް-19 ޖެހިފައި ވާއިރު، އޭގެތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 8154 އަށް އަރާފައެވެ. އެމެރިކާއަކީ ދުނިޔެއިން ކޮވިޑް-19 ފެނިފައިވާ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެ، މި ވައިރަސްގައި ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

22:43

މޮރޮކޯއިން އިތުރު 92 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 10 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 883 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 58 އަށް އަރާފައި.

22:42

އަލްޖީރިއާއިން އިތުރު 80 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 25 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1251 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން ޖުމްލަ 130 މީހަކު ވަނީ މަރުވެފައި.

22:41

އެކުއެޑޯ އުން އިތުރު 97 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 27 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3465 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން ޖުމްލަ 172 މީހަކު ވަނީ މަރުވެފައި.

22:39

ރޮމޭނިއާއިން އިތުރު 430 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3613 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 161 އަށް އަރާފައި.

22:39

ޑެންމާކުން އިތުރު 320 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 22 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4077 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 161 މީހަކު ވަނީ މަރުވެފައި.

22:38

އަޔަލޭންޑުން އިތުރު 331 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު 4604 އަށް އަރާއިރު، އޭގެތެރެއިން ޖުމްލަ 43 މީހަކު ވަނީ މަރުވެފައި.

22:37

ރަޝިޔާއިން އިތުރު 582 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4731 މީހަކު މި ބައްޔަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 43 އަށް އަރާފައި.

22:36

ސްވިޑެން އިން އިތުރު 312 މީހަކު ކޮވިޑް-19 އަށް ފައްސިވެ އިތުރު 15 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 6443 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 373 އަށް އަރާ.

22:35

ބްރެޒިލް އިން އިތުރު 197 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު 9391 އަށް އަރާފައިވާއިރު، އޭގެތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 376 އަށް އަރާފައި.

22:34

އޮސްޓްރިއާއިން އިތުރު 257 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 18 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 11781 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 186 އަށް އަރާފައި.

22:33

ޕޯޗުޖަލް އިން އިތުރު 638 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 20 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 10524 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 266 އަށް އަރާފައި.

22:32

ސްވިޒަލޭންޑުން އިތުރު 672 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 50 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 20278 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 641 އަށް އަރާފައި.

22:32

22:31

ތުރުކީން އިތުރު 3013 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 76 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 23937 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 501 އަށް އަރާފައި.

22:29

އެމެރިކާއިން އިތުރު 8141 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު 650 މީހަކު މަރުވެއްޖެއެވެ. އެޤައުމުން މިއަދު އެކަނިވެސް މަރުވި މީހުންގެ ޖުމްލަ 737 އަށް އަރާއިރު މިއަދު އެކަނިވެސް 19786 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. އެމެރިކާއިން މިހާތަނަށް ޖުމްލަ 300148 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 22977 އަށް އަރާފައެވެ.

22:19

22:05

21:47

21:39

20:35

އެމެރިކާއިން އިތުރު 75 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ. މިއަދު މިހާތަނަށް 87 މީހަކު ވަނީ މަރުވެފައި. އެގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 7،491. ކޮވިޑް-19 އަށް އެމެރިކާއިން އިތުރު 3000 މީހުން ފައްސިވިއިރު، މިއަދު މިހާތަނަށް 3206 މީހުން ވަނީ ފައްސިވެފައި. އެގައުމުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރުވަނީ ޖުމްލަ 280،367 އަށް އަރާފައި.

19:40

18:35

17:54

17:42

17:05

16:25

15:51

15:33

 

15:28

15:12

15:11

15:11

14:31

14:23

13:52

13:21

13:11

އިސްރާއިލް އިން އިތުރު 161 މީހަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެޤައުމުން ޖުމްލަ 7589 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 42 މީހަކު ވަނީ މަރުވެފައި. އިސްރާއިލް އިން ވައިރަސް ޖެހުނު މީހުންގެ ތެރެއިން 427 މީހަކު ރަނގަޅުވެފައި ވާއިރު، 115 މީހެއްގެ ހާލު ސީރިއަސް.

13:09

ފިލިޕީންސް އިން އިތުރު 76 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3094 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެތެރެއިން 144 މީހަކު ވަނީ މަރުވެފައި. މިހާތަނަށް ފިލިޕީންސް އިން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 57 މީހުން.

12:46

12:27

އަރްމޭނިއާއިން އިތުރު 34 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް އަށް ޖުމްލަ 770 މީހަކު ފައްސިވެފައި ވާއިރު އޭގެތެރެއިން 7 މީހަކު ވަނީ މަރުވެފައި. އަރްމޭނިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 43 މީހަކު ރަނގަޅުވެފައިވޭ. އަދި 30 މީހެއްގެ ހާލު ސީރިއަސް.

12:26

އޮސްޓްރިއާއިން އިތުރު 20 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 11544 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 168 މީހަކު ވަނީ މަރުވެފައި. އޮސްޓްރިއާއިން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 2022 މީހަކު ވަނީ ރަނގަޅުވެފައި. އަދި 245 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި.

12:24

ސްވިޒަލޭންޑުން އިތުރު 96 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 19702 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 604 މީހަކު ވަނީ މަރުވެފައި. ސްވިޒަލޭންޑުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ރަނގަޅުވީ 4846 މީހުން. އަދި 348 މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި.

12:23

އެމެރިކާއިން އިތުރު 361 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 11 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 277522 މީހަކަށް ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 7403 މީހަކު ވަނީ މަރުވެފައި. އެމެރިކާ އަކީ ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ދުނިޔެއިން މި ބަލީގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވި ޤައުމު. އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 5787 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދާއިރު، ބަލިން އަދި ރަނގަޅުވެފައި ވަނީ 12283 މީހުން.

12:20

ބަންގްލަދޭޝް އިން އިތުރު 9 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު ދެ މީހަކު މަރުވެއްޖެ. މިހާތަނަށް އެޤައުމުން ޖުމްލަ 70 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 8 އަށް އަރާފައި. ބަންގްލަދޭޝް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 30 މީހަކު ވަނީ ބަލިން ރަނގަޅުވެފައި. އަދި އެކަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދޭ.

12:18

ޓައިވާނުން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 355 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ވަނީ މަރުވެފައި. ޓައިވާނުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 50 މީހުން.

12:17

އޮސްޓްރޭލިއާއިން އިތުރު 95 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު ދެމީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް މި ވައިރަސް އަށް ޖުމްލަ 5550 މީހަކު ފައްސިވެފައި ވާއިރު، އޭގެތެރެއިން 30 މީހަކު ވަނީ މަރުވެފައި. އޮސްޓްރޭލިއާގައި ކޮވިޑް-19 ޖެހިގެން 85 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދާއިރު، ބަލިން އަދި ރަނގަޅުވެފައި ވަނީ 585 މީހުން.

11:42

11:06

ކަޒިކިސްތާނުން އިތުރު 36 މީހަކަށް ކޮވިޑް-19 ޖެހިއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 500 މީހަކަށް މި ވައިރަސް ޖެހިފައިވޭ. އޭގެތެރެއިން 6 މީހަކު މަރުވެފައިވާއިރު، އިތުރު ހަ މީހެއްގެ ހާލު ސީރިއަސް. މިހާތަނަށް އެޤައުމުން މި ބައްޔަށް ފައްސިވުމަށްފަހު ރަނގަޅުވެފައި ވަނީ 35 މީހުން.

11:05

ޕާކިސްތާނުން އިތުރު 22 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2708 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު އޭގެތެރެއިން 40 މީހަކު ވަނީ މަރުވެފައި. މިހާތަނަށް ޕާކިސްތާނުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 130 މީހުން. އަދި ދިހަ މީހެއްގެ ހާލު ސީރިއަސް.

11:04

އަފްޣާނިސްތާނުން އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 299 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން 6 މީހަކު ވަނީ މަރުވެފައި. މިހާތަނަށް އަފްޣާނިސްތާނުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ ދިހަ މީހުން.

11:03

ހަންގޭރީން އިތުރު 55 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު ހަ މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 678 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 32 އަށް އަރާފައި. މިހާތަނަށް ހަންގޭރީން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 58 މީހުން. އަދި 17 މީހަކަށް ފަރުވާދެމުންދަނީ ސީރިއަސް ހާލުގައި.

11:01

ލިތުއާނިއާއިން އިތުރު 75 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 771 މީހަކު މި ވައިރަސް އަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 9 މީހަކު ވަނީ މަރުވެފައި. އެޤައުމުން ވައިރަސް ޖެހުނު މީހުންގެ ތެރެއިން 7 މީހަކު ބަލިން ރަނގަޅުވެފައިވޭ. އަދި 11 މީހަކަށް ފަރުވާދެމުންދަނީ ސީރިއަސް ހާލުގައި.

11:00

ކެނެޑާ އިން އިތުރު 174 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 12549 މީހަކު މި ވައިރަސް އަށް ފައްސިވެފައިވޭ. އޭތެރެއިން 208 މީހަކު ވަނީ މަރުވެފައި. ކެނެޑާއިން ވައިރަސް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 2186 މީހުން. އަދި 120 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި.

10:58

10:55

10:30

10:19

ކޮވިޑް-19 ޖެހިގެން ކުވެއިތުން ފުރަތަމަ ފަރަހަށް މީހަކު މަރުވެއްޖެ. އެޤައުމުގައި މި ވައިރަސް އަށް ފައްސިވެގެން ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ މީހެއް. އޭނާ މަރުވެފައި ވަނީ ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ހާލު ރަނގަޅުވަމުން ދަނިކޮށް ކުއްލިއަކަށް ހާލު އިތުރަށް ގޯސްވެގެން ކަމަށް އިދާރާތަކުން ބުނޭ. މިހާތަނަށް ކުވެއިތުން 417 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވޭ. އޭގެތެރެއިން 82 މީހަކު ރަނގަޅުވެފައިވާއިރު، 16 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި.

10:13

ތައިލޭންޑުން އިތުރު 89 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2067 މީހަކަށް ވައިރަސް ޖެހިފައިވާއިރު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 20 އަށް އަރާފައި. މިހާތަނަށް ތައިލޭންޑުން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 612 މީހުން. އަދި 23 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދޭ.

10:12

އިންޑިއާއިން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3082 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 86 މީހަކު ވަނީ މަރުވެފައި. މިހާތަނަށް އިންޑިއާއިން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 229 މީހުން.

10:11

އެމެރިކާއިން އިތުރު 314 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު ދިހަ މީހަކު މަރުވެއްޖެ. މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު އެމެރިކާގައި މިހާރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 277475 އަށް އަރާފައި. އެޤައުމުން މި ވައިރަސް ޖެހިގެން 7402 މީހަކު ވަނީ މަރުވެފައި. މި ވައިރަސް ޖެހިގެން އެމެރިކާގައި 5787 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާއިރު، 12283 މީހަކު ވަނީ ބަލިން ރަނގަޅުވެފައި.

10:08

ބްރެޒިލް އިން އިތުރު 22 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު ދެ މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 9216 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރެއިން ޖުމްލަ 365 މީހަކު ވަނީ މަރުވެފައި. މިހާތަނަށް ބްރެޒިލްގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 127 މީހަކު ވަނީ ރަނގަޅުވެފައި. އަދި 296 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި.

10:06

މެކްސިކޯއިން އިތުރު 178 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލީގައި އިތުރު ދިހަ މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް 1688 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން ޖުމްލަ 60 މީހަކު ވަނީ މަރުވެފައި. މެކްސިކޯއިން މި ބަލި ޖެހުމަށްފަހު 633 މީހަކު ރަނގަޅުވެފައިވޭ.

10:05

ދެކުނު ކޮރެއާއިން އިތުރު 94 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު ތިން މީހަކު މަރުވެއްޖެއެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 10156 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭތެރެއިން ޖުމްލަ 177 މީހަކު ވަނީ މަރުވެފައި. އެޤައުމުން ވައިރަސް ޖެހުނު 6325 މީހަކު ބަލިން ރަނގަޅުވެފައިވޭ. އަދި 55 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި.

09:38

09:29

ބްރެޒިލްގައި ކޮވިޑް-19 އަށް އިތުރު 22 މީހަކު ފައްސިވެ، އިތުރު ދެ މީހަކު މަރުވެއްޖެއެވެ. މިހާތަނަށް ބްރެޒިލް އިން 9216 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭގެތެރެއިން ޖުމްލަ 365 މީހަކު ވަނީ މަރުވެފައި. ބްރެޒިލްގައި މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން 127 މީހަކު ރަނގަޅުވެފައި ވާއިރު، 296 މީހެއްގެ ހާލު ސީރިއަސް.

09:27

ކޮވިޑް-19 ޖެހިގެން ސިންގަޕޫރުން އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މި ވައިރަސް އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން މިހާތަނަށް 6 މީހަކު ވަނީ މަރުވެފައި. އަދި 282 މީހަކު ވަނީ ބަލިން ރަނގަޅުވެފައި. އެޤައުމުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 24 މީހެއްގެ ހާލު ސީރިއަސް.

09:12

08:40

02:21

އެމެރިކާއިން އިތުރު 311 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެއާއެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 28,048 އަށް އަރާފަ. މިހާތަނަށް އެމެރިކާއިން ޖުމްލަ 272,925 މީގަކު ފައްސިވެފައިވޭ

02:21

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 16 މީހަކު މަރުވެ، އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 934 އަށް އަރައިފި. އެމެރިކާއިން މިހާތަނަށް ޖުމްލަ 7،004 މީހަކު ވަނީ މި ބަލީގައި މަރުވެފަ

01:58

އެމެރިކާއިން އިތުރު 1،462 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެއާއެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 27،737 އަށް އަރާފަ. މިހާތަނަށް އެމެރިކާއިން ޖުމްލަ 272،614 މީގަކު ފައްސިވެފައިވޭ

01:57

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 42 މީހަކު މަރުވެ، އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 918 އަށް އަރައިފި. އެމެރިކާއިން މިހާތަނަށް ޖުމްލަ 6،988 މީހަކު ވަނީ މި ބަލީގައި މަރުވެފަ

01:44

އެމެރިކާއިން އިތުރު 1،156 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެއާއެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 26،275 އަށް އަރާފަ. މިހާތަނަށް އެމެރިކާއިން ޖުމްލަ 271،152 މީގަކު ފައްސިވެފައިވޭ

01:43

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 31 މީހަކު މަރުވެ، އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 876 އަށް އަރައިފި. އެމެރިކާއިން މިހާތަނަށް ޖުމްލަ 6،946 މީހަކު ވަނީ މި ބަލީގައި މަރުވެފަ

01:13

00:56

ކެނެޑާއިން އިތުރު 1،092 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 12،375 އަށް އަރައިފި

00:55

ކޮވިޑް-19 ޖެހިގެން ކެނެޑާއިން އިތުރު 35 މީހަކު މަރުވެ، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 208 އަށް އަރައިފި

00:55

އެމެރިކާއިން އިތުރު 2100 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެއާއެކު އެގައުމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފައްސިވި މީހުންގެ އަދަދު މިވަނީ 25،119 އަށް އަރާފަ. މިހާތަނަށް އެމެރިކާއިން 269،996 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފަ

00:54

ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު 145 މީހަކު މަރުވެއްޖެ. އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 854 މީހަކު ވަނީ މަރުވެފަ. މިހާތަނަށް އެމެރިކާއިން ޖުމްލަ 6،924 މީހަކު ވަނީ މަރުވެފަ

00:40

މިސްރުން އިތުރު 8 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 66 އަކަށް އަރައިފި. އެގައުމުން އިތުރު 120 މީހަކު މި ބައްޔަށް ފައްސިވެ، މިހާރު އެގައުމުން ފައްސިވި މިހުންގެ ޖުމްލަ އަދަދު މިވަނީ 984 އަށް އަރާފަ

00:38

ދެކުނު އެފްރިކާއިން އިތުރު 4 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެ، އެގައުމުން މަރުވި މީހުންގެ އަދަދު 9 އަކަށް އަރައިފި. އެގައުމުން އިތުރު 43 މީހަކު މި ބައްޔަށް ފައްސިވެ، މިހާރު އެގައުމުން ފައްސިވި މިހުންގެ ޖުމްލަ އަދަދު މިވަނީ 1،505 އަށް އަރާފަ

00:37

ރޯމެނިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 16 މީހަކު މަރުވެއްޖެ. އެއާއެކު އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންެ އަދަދު މިވަނީ 133 އަށް އަރާފަ. ރޯމެނިއާ އިން މިހާތަނަށް ޖުމްލަ 3،183 މީހަކު ވަނީ މި ބައްޔަށް ފައްސިވެފަ


ކޮވިޑް-19 ކޮންޓްރޯލް ކުރަން ކިތަންމެ ގިނަ ގައުމަކުން ކިތަންމެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް އުފާވެރި މަންޒަރެއް ނުފެނެއެވެ. ބަލި ޖެހެމުންދާ މީހުންގެ އަދަދާއި، މަރުވާ މީހުންގެ އަދަދު ދަނީ ހިފެހެއްޓުމެއް ނެތި މައްޗަށެވެ.

މިއަދު މިހާތަނަށް 1083211 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އަދި 58149 މީހުން މިހާތަނަށް އެކި ގައުމުތަކުން މަރުވެއްޖެއެވެ. އަދި ބަލިން ރަނގަޅުވީ 227738 މީހުންނެވެ. މިއަދު އެކަނި ވެސް 68146 މީހުންނަށް ބަލި ޖެހި 4982 މީހުން ވަނީ މަރުވެފައެވެ.

އަދިވެސް އެންމެ ހާލަތު ގޯސް ގައުމަކީ އެމެރިކާއެވެ. އެމެރިކާގައި ބަލި ފެތުރުން އެއްވެސް ވަރަކަށް ކޮންޓްރޯލެއް ނުވެއެވެ. މިހާތަނަށް އެމެރިކާ އިން 266279 މީހުން ފައްސިވެ 6803 މީހުން ވަނީ މަރުވެފައެވެ.

އެހެން ގައުމުތަކަށް ބަލާއިރު އިޓަލީވިލާތުން މަރުވާ މީހުންގެ އަދަދު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އެގައުމުގެ ހާލަތު ރަނގަޅު ވަމުން އަންނަނީ ކަމަށް ބުނަން އަދި ތަޖުރިބާކާރުންނަށް ވެސް ނޭނގެއެވެ. ފްރާންސް، އިނގިރޭސިވިލާތް، ޖަރުމަންވިލާތުގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. ސްޕޭނުން މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

އީރާންގެ ހާލަތު ރަނގަޅުނުވެ އަދިވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. ނެދަލޭންޑް އަދި ބެލްޖިއަމްގެ ހާލަތު ވެސް ދަނީ ގޯސްވަމުންނެވެ.

ރާއްޖެ އިން ލިބުނު ޚަބަރުތަކަށް ބަލާއިރު މާލެގައި ކާފިއު އިއުލާން ކޮށްފައި އޮންނަ ވަގުތުގައި މަގުމައްޗަށް ނިކުތް މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ރާއްޖެ އިން ބޭރުން އައި ދިވެހިންގެ ތެރެއިން 49 މީހަކު މާދަމާ ކަރަންޓީނުން ދޫކޮށްލަން ދަނީ ތައްޔާރުވަމުންނެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ދެމީހަކު މިއަދު ވަނީ ދޫކޮށްލާފައެވެ.

"ކޮވިޑް-19" އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަގޫރޯޅި

    އެޖެންޑާ 19، ކޮވިޑް 19 ވަރައްގުޅޭ. ވެރި ކަ މައް އަންނަ ކޮން މެ ފަހަރަކު ވަބާއެއް. 2018 ފެށިގެން އަދި މިއަދާ ހަ މަޔައް މިގައު މު އަދި އެން މެ ދުވަހަކު ހާސްކަ މުން ނުފިލަ. ވިސްނައިފި ބަޔަކައް އިބްރަތެއް

    16
    4
    • ހަމަޖެހޭ

      ކަލޯ ކަލޭ ތީ ބޯހަމަޖެހޭ މީހެއްތަ. ކަލޭމެންކަހަލަ ގަޅި މީހުނެއް ނޫނޭ ތިބީ ދެން. ވިސްނައިފި މީހަކަށް އިބުރަތެކޭ ތިޔާ އޮވެ ކިޔަނީ. ޢަޖައިބެެއް. ވަކި ވެރިކަމެެއް އޮވެގެނެއް ނޫން ބައްޔެއް ޖެހެނީކީ. ދެން މިފަހަރު ފިއްތާލައިގެން ހުރޭ ޕީޕީއެމް ކުދިން. ޔާމީނު އޮންނާނީ ހަމަ ޖަލުގަ. ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް، ވާންވެއްޖެ ކަމެއް ވާނެ.

  2. Anonymous

    ދިވެހިންގެ ކުރީގެ މަސައްކަތް ތައް ފަށަށް ލަސްވެއްޖެ.
    މަސްވރިކަން
    ދަނޑު ވެރިކަން
    ރާވެރިކަން . މިފަދަ ކަންކަމަށް ސަރުކާރުން އެހީވެ ވާގިވެރިވާންވީ. ކުރީގައިވެސް މައުމޫން އިރުގައި ދަނޑު ހައްދާ އެއްޗެހި ހިލޭ ދީފައި އެބަހުރި. ދަނޑު ވެރިކަމުގެ ކޯސްތައް ހިލޭ އަތޮޅުތަކުގައި ހިންގަދީފައި އެބަހުރި . ރަށްރަށުގައި ފީލްޑް އޮފިސަރުން ތަމްރީން ކޮށްފަ ތިބޭ. ހަމައެކަނި ޓުއަރިޒަމަށް ބަރޯސާވެގެން ތިބެވެންނެތްކަން މިއޮތީ އެނގެން. ސޯލިޙޫ އަވަހަށް މަސައްކަތް ތައް ފަށަށް އުޅޭ

    4
    1
  3. Anonymous

    ސާބަހޭ ތި އަރައިރުން ނުވޭ ސިޔާސީ ކަންކަމާ!