ރާއްޖޭގައި ކޮވިޑް 19 އަށް ފަރުވާ ދިނުމަށް 300 އެނދުގެ ފެސިލިޓީއެއް ޤާއިމް ކުރަމުންދާ ކަމަށް ކޮވިޑް19އިގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރައީސް އޮފީހުގެ އަންޑަރ ސެކޭޓްރީ މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފަރުކޮޅުފުށްޓާ ދެންއަދި އިތުރަށް އިތުރު އެނދުަކެއް ރާއްޖޭގައި ހަދަމުންދާކަމަށެވެ.

އެތަން ނިންމުމުގެ މަސައްކަތް 24 ގަޑި އިރު ކުރަމުންދާ ކަމަށާ، އެ މަސައްކަތް އެޕްރިލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ފަރުކޮޅުފުށީގައި ހެދިފައި ހުރި ފެސިލިޓީ. 50 އެނދާ އައިސީޔޫ 2 އެނދާއި ހުންނަ ގޮތަށް ތައްޔާރު ކުރެވިފައި އޮތް ފެސިލިޓީއެއް އެއީ. ތަންކޮޅެއް ގާތުން ބަލަން ޖެހޭ ކަހަލަ ބަލި މީހުން ބެލުމަށްޓަކާ ތައްޔާރު ކުރެވުނު ފެސިލިޓީ އެއް މީގެ އިތުރުން އިތުރު މަސައްކަތެއްގެ ގޮތުގައި ހަމަ 24 ގަޑި އިރު ދުވާލާއި ރޭގަނޑު މަސައްކަތް އެބަ ކުރެވޭ 300 އެނދުގެ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެތަން ބޭނުން ކުރާނީ ކޮވިޑް 19 ޖެހޭ މީހުންގެ ތެރެއިން ހާއްސަ އަޅާލުން ބޭނުންވާ މީހުންނަށް ފަރުވާ ދިނުމަށް ކަމަށާ، އެތަނުގައި ގިނަ އަދަދެއްގެ ވެންޓިލޭޓަރުތައްވެސް ބަހައްޓާނެ ކަމަށެވެ.

އެ މަސައްކަތް ކުރަމުން ދަނީ އެމްއެންޑީއެފުން އިސްވެ ތިބެގެން ކަމަށާ، ޕްލޭނިން މިނިސްޓްރީ އާއި އެޗްޑީސީ، އަމީން ކޮންސްޓްރަކްޝަންސް އަދި އެސްޓީއޯއިން ވެސް އެ މަސައްކަތުގައި ބައިވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވަނީ އަންނަ ހަފްތާގެ ތެރޭގައި ރާއްޖެއަށް އިތުރު ވެންޓިލޭޓަރުތައް ލިބޭނެ ކަމަށްވެސް ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޢަހުމަދު

  ސާބަސް ތިޔަ ކުރާ ހިތްވަރަށް. އެކީ މަސައްކަތް ކޮށްގެން އެންމެން މިކަމުން އަރައި ގަނެވޭނީ

  8
  3
 2. ވިސްނާ

  ކޮބާ ފެނަކަ މީހުން އެތާކުރާ ބުރަ މަސްއްކަތް....ފާހަގަ ކޮށްލުން މުހިންމު

 3. ކާޅޫ

  ކިތަށް ފެސިލިޓީ މިހާރު ހެދިއްޖެތަ؟ތިޔަ ފެސިލިޓީހެދުމާ އެއްތަނުން އަނެއްތަނަށް އިރުއިރުކޮޅާ ކަރަންޓީނު މީހުން ބަދަލުކުރުމާ މިކަންކަމަށް ކިހާވަރެއް ރައްޓެހި ރަހުމަތްތެރިންނަށް ދެވިއްޖެތަ؟ހަރަދަކަށް ނުބަލާ ރާއްޖޭގެ ބައިތުލްމާލު ތިޔަ ތަޅާބުރުވަނީ...

 4. މުޙައްމަދު

  މަބްރޫކެއްނޫން ތިޔަތަނަށް އަރަންވީ. ސަރުކާރުގެ މަތީފެންވަރުގެވެރިން ކޮބައިތޯ؟ ޑިޒިޝަން މޭކަރުން ކޮބައިތޯ؟ ރައްޔިތުންކުރާ ސުވާލުތަކަށް ކެރިކަން ވަގުތުން ޖަވާދުދެވޭފަދަ ވެރިން ނޫސްވެރިން ކުރިމައްޗަށް ނެރެންވީ. މިނިސްޓްރީތަކުގައި މަސައްކަތްކުރާ އިސްވެރިން ނިކުންނަންވީ.

  މާދަމާ ތިކަން ސާފުކޮށްދޭޖަވާބެއްނޫންބޭނުންވަނީ. މަބުރޫކު ކުރާހިތްވަރަށް ހަމަސާބަސް.

 5. ޢަދުރޭ

  ގޯލްޑުކޮއިން އައް އަވަހައް އޯދަރުދޭންވީނުން އެއިރައް ބައްޕަޔައް ވެސް ލާރިޔެއް ލިބޭނީ ޕާޓީއައް ކުރިހަރަދުވެސް އަވަސްކުރޭ ބަލަން ނުހުރެ .....