ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ދޫކޮށްފައިވާ ފްލެޓްޓަކަށް ހަ މަސް ވަންދެން ފައިސާ ނުދައްކާ ގޮތަށް ހަމަޖައްސައި ދިނުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ އެދިވަޑައިގެންފިއެވެ.

އަލްހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެޗްޑީސީ މެދުވެރިކޮށް ދައުލަތުން ފޯރުކޮށްދޭ ފްލެޓަށް ފައިސާ ދެއްކުމުގައި 20 ޕަސަންޓު ލުޔެއް ދިނުމުގެ ބަދަލުގައި ހަ މަސް ވަންދެން އެ ފައިސާ ނުދައްކާ ގޮތަށް ހަމަޖައްސައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ޗައިނާ އަށް ދައްކަން އޮތް ލޯނަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"ޗައިނާ ސަރުކާރަށް ދައްކަން އޮތް ލޯނަށް ލުޔެއް ލިބޭތޯ ބެލުމަށް ސަރުކާރަށް އިލްތިމާސް ކުރަން،" އަލްހާން ވިދާޅުވިއެވެ.

އަލްހާން މިގޮތަށް އެދިވަޑައިގެންނެވި އިރު، އެޗްޑީސީއިން ދޫކޮށްފައިވާ ފުލެޓުތަކާއި ގޯތިތައް އަދި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި އަދި ސިނާއީ ބިންތަކަށް އެއްބަސްވުމުގެ ދަށުން މި އަހަރު އޭޕްރީލް އަދި މޭ މަހު ދައްކަން ޖެހޭ ކުލީގެ30 ޕަސެންޓަށްވާ ފައިސާ ދެއްކުން ފަސް ކުރުމަށް އެ ކުންފުނިން ވަނީ ނިންމައިފައެވެ.

ފްލެޓުތަކުގައި ދިރިއުޅުމަށް ހުޅުމާލެ އަށް އެންމެ ފުރަތަމަ ބަދަލުވި މީހުން ކުލީގެ ގޮތުގައި ދައްކަނީ 2900ރ. އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ފަހުން އަޅާފައި ހަވާލު ކުރި ފްލެޓުތަކުގެ ކުލީގެ ގޮތުގައި މަހަކު 6،000 އަށް ވުރެ ގިނަ ރުފިޔާ ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އަލްޙާން ވަރެއް ނެތެންނު. ރައްޔިތުން ނަށް ހެޔޮއެދޭ މިންވަރު. ޝުކުރިއްޔާ އަލްޙާން.
    ޤުރްއާން ކިޔެވުން ވެސް ވ. ރީތި. މާޝާ ﷲ

    5
    5
    • އަޅިހާނު

      ހޫން ގައިގަ ވަރު ނެތީ... ބަލަ އަޅިހާނޫ ތިޔަކސން ސަރުކާރުން ޢިޢުލާނު ކުރިތާ ކިތަންމެ ދުވަހެއް.. އަހަރެމެން ފޯމުވެސް ފުރައިފިން.. އެޓްލީސްޓް މަބޫގެ ނިއުސްކޮންފަރެންސް ބަލާނަމަ ގޭގަ އޮވެގެން.. އަޅިހާނު ސުޓަންޓު ޖައްސަން އުޅެނިކޮށް އަތަށް ތި ގޮވީ

      3
      2
  2. އީޖާބޭރާއްޖެ

    ތިޔަ ގޮތައް ކިހިނެއް ހަދާނީ އެއީ ސަރުކާރުން ހިންގާ އަދި ސަރުކާރައް އެންމެފައިދާ ވާ ވިޔަފާރި ފުލެޓް ގެސްޓްހައުސް މިގައުމައް ގެސްޓުން ނަޔަސް މިފުލެޓް ގެސްޓް ހައުސްތައް ދާނީ ކުރިޔައް މީން ގެސްޓް އަހުސްއަކުން ދުވަހަކުވެސް މީހުންނެއް ހުހެއް ނުވާނެ ދުނިޔެ އޮއްހާހިނދަކު ދެން ކިހިނެއްތޯ ތިޔަ ވިދާޅުވާ ކަންތައް ކޮއްދޭނީ ޓާޓާ ކުންފުނޏައްވެސް ގެއްލުންކޮއްފަ އެހެރީ މާލޭގެ ފުލެޓްތައް އަޅާދީފަ ރިސޯޓް ހަދަން ފަޅުރައްތަކާ ފުލެޓް އެޅުމުގެ ޙަރަދައް ދިޔަ ރުފިޔާ އާއި އެތައް އިނާޔަތެއް ދީގެން އަޅުވާފަ ކިހިނެއްތޯ ތިޔަހެން ހެދޭނީ

    2
    2
  3. ޥަސީމާ

    ސަރުކާރު ފުލެޓުތަކުގައި އުޅެނީ ނިސްބަތުން ވަރަށް މަދުބައެއް. ގިނަމީހުންނަކީ މާލޭމީހުންނަށް ތިޔަ ސަރުކާރުގެ ފުލެޓުތަކަށްވުރެ ބޮޑުކުއްޔެއް ދައްކައިގެންއުޅޭ މީހުން. މިމީހުން ގެ ވާހަކަނުދައްކާ އަބަދުވެސް ފްލެޓުތައްލިބިފައިތިބި މީހުންގެ ހައްްްޤުގެވާހަކަތޯދައްކަނީ؟ މުޅިމާލޭގައި އާރުސީއެންސީގެ އެޕާޓުމަންތުތައް. މިފަދަ ދަނޑިވަޅެއްގައި އާރުސީއެންސީ އަދިވެސް އިމާރާތްތައް އިތުރުކޮށް ވިޔަފާރިފުޅާކުރެވޭތޯ ގައުމަށް އެއްވެސް އެހީއެއްނުވެ އަދި ނަގާކުލިންވެސް ރުފިޔާ އެއްވެސް ކުޑަނުކޮށް! ޜާއްޖޭގެ މުއްސަނދިން މިއަދުތިބީ ހަނު!

    5
    1
  4. ސޮރު

    އެތަންތާ ކުއްޔަށް އުޅޭމީހުން ދައްކާވަރު އިނގޭބާ

  5. ދޮން ބަބުރު ދޮރު

    5ނަމާދު އޮންނަނީ ކިތައް ރަކޮޢަތްކަން ނޭގުނަސް އެމަނިކުފާނަށް ފަށްފަށް ކޮށް ޝުކުރު ދަންނަވަން

    2
    2
  6. ުއުނދުޅި

    6 މަހައް ކުލި މާއާފް ކޮއްދިން ކަން މިބުރާންޗައް ނޭގެނީބާ

    4
    1
    • ޢަލީ

      ޢެހެންތަ ހާ ދަ އުފާވާނޭ އެތާ ދިރިއުޅޭ މީހުން ސާބަހޭ މިކަން ކޮށް ދެއްވި ބޭފުޅަކަށް

  7. އެލެކްސް

    ހުޅުމާލޭގަ ހުންނަ އެސްޓީއޯ ފިހާރައިން ބިހާއި އަލުވި ފިޔާ ނުވިއްކަނީ ކީއްވެ؟ ދަމާކަނޑާފަ މާލެ ދާންވީތަ އެއްކިލޯ ފިޔާ ގަންނަން؟ އަލްހާނު މިކަންތައް ބަލާދީބަލަ.

  8. ގައުމުގެ ދޫ

    ސަރުކާރަށް އިލްތިމާސްކުރުމަކީ މައްސަލައެއް ނޫން. ނަމަވެސް ގިނަ ދިވެހިން ބޭނުންވަނީ ދާއިމީ ބޯހިޔާވަހިމަކެއް، ސަލާންނުޖަހާ އުޅެވޭނެ ގޮތެއް. މި ކަމަށް ހައްލެއްގެ ގޮތުން، ސަރުކާރުން ރަނގަޅުފަންޑެއް ގާއިމިކޮށް، ފަންޑަށް ލިބޭ ފައިސާ ފައިދާހުރި އެހެންކަމެއްގާ އިންވެސްޓްކޮށް އެ ފައިދާއިން ބޯހިޔާވަހިކަމަށް ހައްލެއް ހޯދޭތޯ މަސައްކަތް ކުރެވިދާނެ. އަނެއްކޮޅުން ރާއްޖޭގެ ހުރިހާ ރަށެއް މަދު މަހުޖަނުންނަށް ދާއިމަށް ދޫކޮށްލައި އަދި އެ ފަދަ ރަށްރަށުން އެ ރަށް ނިސްބަތްވާ އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތްގޮތަށް އޮންނައޮތުން ނިމުމަކަށް ގެންނާންޖެހޭ. ކަންކަން ރަނގަޅުކުރެވޭނީ ލޯމަރައިލާފައި އުނދަގޫ ބައެއް ފިޔަވަޅު ނަގައިގެން. މިސާލަކަށް ރިސޯޓުގެ ހިއްސާ އަތޮޅު ކައުންސިލަށް ދޭންޖެހޭ ގޮތަށް ބަދަލުކުރެވިދާނެ.

  9. ބޯގަމާރު

    ކަލޯ ގޭގެ ކުލިން ލިބޭ ރުފިޔާތައް އެމީހުންނަށް ދޭންވީނު ، ދޭބަލަ މަހަށް ބުރޯ އޭރުން މާރަނގަޅުވާނެ

  10. ކިނބޫ

    6 މަސް ދުވަހަށް ކުލި ކުޑަކޮއްދީނި ހައުސިން ނޫނީ ސިޓީ ކައުންސިލް ދަށުގަހުރި ފުލެޓްތަށް އެއީ އެޗްޑީސީ ދަށުގަ ހުރިފުޅެޓްތަކެއް ނޫނެ އަދިވެސް އަލްހާނަށް ތަށް ބަވަންވީ..އެތަންތަނުން 30% ފަސްކޮށްދިނީ. ނޭގެންޔާ ގޮސް އެތާ އެޅޭމީހުން ކައިރި އަހާބަލަ މޮޅަށް ކޮމެންޓް ކުރުމުގެ ކުރިން..

  11. އެމަންޖެ

    ކަލޯ ބޭކާރު އަނގަ ނުތަޅާ މިދުވަސް ކޮޅު ގޭގަ އޮވެބަލަ.

    1
    1