މާލޭ ބައެއް ސަރަޙައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެކަން މި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތްދެމުންދާ ސްޓެލްކޯއިން ބުނެފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯ އިން ބުނެފައިވަނީ ކަރަންޓު ކެނޑޭނީ އޭޑީކޭ ހުންނަ ސަރަޙައްދުން މިއަދު ހެނދުނު 9:00 އާއި 12:00 އާއި ދެމެދު ކަމަށެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ކަރަންޓު ކަނޑާލަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައެވެ.

ސްޓެލްކޯ އިން ބުނީ މިގޮތަށް ގަޑި ބަޔާންކޮށްފައި ވީނަމަވެސް މަސައްކަތް ނިމުނު އެންމެ އަވަހަކަށް ޚިދުމަތް އަލުން ފޯރުކޮށްދޭނެ ކަމަށެވެ.

ސްޓެލްކޯ އިން ވަނީ މިކަމާއި ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މަޢާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރައްޔިތު މީހެއް

    މިހާރު ތިހަދަނީ ރަނގަޅަށް އަދި ކިރިޔާ ގެއިން ނުނި ކުމެ ގޭގައި ތިބެވޭނެ ގޮތް ތިހަދާ ދެނީ. ވަރަށް ސަލާމް

    12
    2
  2. އަލީ

    ގޭ ބަންދުގަ ތިބޭ އިރު މިއޮށް ހޫނު ދުވަސްވަރު ކަރަންޓް ކެނޑީމަ އަޅުގަނޑުމެނަށް ވަރަށް ދަތިވާނެ.

    12
    1
    • ސުންބުލި

      ތީގަ ބޮޑަށް ރަނގަޅުވާނީ ކާފިއު ގަޑިތަކުގަ ކަރަންޓާއި ފެން ކަނޑާލިއްޔާ އޭރަށްތާ ކަެއުރެވުނު ކަމަށް ވާނީ

      8
      1
  3. ހަޖަމް

    ބަލަ މުޅި މާލެއާ ހުޅު މާލެއާ ހުޅުލެއާ ބޭނުންކުރާވަރުގެ ހަޖެނެރޭޓަރުއެހެރީބެހެއްޜިކަރަންޓުދެމުމިހާރު މިދަނީ ؟؟ ފައިސާގެ ގޮތުން އެއްބިލިއަން ރފިޔާ ސީދާ ރައީސް ޔާމީނުގެ ސަރުކާރުގެ މަސައްކަތް؟؟

    12
  4. Anonymous

    މީ ރ.ޔާމީންގެ ދައުރު ނަމަ އެމްޑީޕީ މީހުން ހަޅޭއްފަޅޭއް ޖަހާނެ. ކެތްތެރިކަމެއްނުހުންނާނެ. އިދިކޮޅު މީހުންގެ އަޚްލާޤް މާތްވާނެ. ސޯލިޙް ވެރިކަމަށް އެރިއްސުރެ ދިމާވި ޙާދިޘާތައް ނިކަން ހަނދުމަކޮށް ބަލަ. އެންމެފަހުން މިޙާލަތުވެސް. ފަހުން ލިބެން އޮތް ރަޙްމަތްފުޅުގެ ބޮޑުކަންނޫން ކަމެއްވެސް ނޭނގެ. ﷲދެރަގޮތެއް މެދުވެރި ނުކުރަށްވާށި. ކޮވިޑް 19އާއި އެޖެންޑާ 19 އިން އަޅަމެން އެންމެން ސަލާމަތް ކުރަށްވާށި. އާމީން

  5. ސަގަރު

    މޮޅު އުކުޅެއް އެންމެންގޭތެރޭގަ ތިބޭވަގުތު ކަރަންޓުބޭނުންކުރާވަރު ބޮޑުވާނެ މިކަމުންސަލާމަތްވެވޭނީ އަދި ހަރަދުކުޑަކުރެވޭނީ މިފަދަގޮތަކަށް ޝުކުރިއްޔާ ދެބޯގެރި ސަރުކާރު.