އަލީ ވަހީދު ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ - ވަގުތު ފޮޓޯ: އަހުމަދު މަމްދޫހް
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު - ވަގުތު ފައިލް ފޮޓޯ: އަހުމަދު މަމްދޫހް

ރާއްޖެއާ ދެކޮޅަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ)ގެ ޕާލިމެންޓަށް އިތުރު ޤަރާރެއް ހުށަހެޅުމަށް އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީން ތައްޔާރުވަމުން އެބަދެއެވެ.

ADS BY AVID COLLEGE ADVERTISEMENT

ރާއްޖެއާ ދެކޮޅަށް މި ގަރާރު ހުށަހަޅަން ކޮންޒަވޭޓިވް ޕާޓީއިން ނިންމާފައިވާކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.

"އީޔޫ ކޮންޒަވޭޓިވްސްގެ ފަރާތުން އީޔޫ ޕާލަމެންޓަށް ރާއްޖެއާ ގުޅޭ ގޮތުން އިތުރު ގަރާރެއް ހުށަހަޅަން ތައްޔާރުވަނީ،" އަލީ ވަހީދުގެ ޓްވީޓްގައިވެއެވެ.

އަލީ ވަހީދު، މި ގަރާރާ ބެހޭގޮތުން ތަފްސީލެއް ދެއްވާފައިނުވީ ނަމަވެސް މި ގަރާރަކީ ކުރީގެ ރައީސް ނަޝީދު ޖަލުން ދޫކޮށްލުމަށް ގޮވާލައި ހުށަހަޅާ ގަރާރެއް ކަމަށް ބެލެވެއެވެ.

ޔޫރަޕްގެ އިއްތިހާދު (އީޔޫ)ގެ ޕާލިމަންޓުން ރާއްޖެއާ ދެކޮޅަށް މިދިޔަ އޭޕްރީލް މަހު ވެސް ގަރާރެއް ފާސްކޮށްފައިވެއެވެ.

މި ގަރާރުގައި ވަނީ ސުލްހަވެރި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ ހަމަނުޖެހުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ނިންމާފައިވާތީ އެކަންވެސް އީޔޫއިން ވަނީ ކުއްވެރިކޮށްފައެވެ.

ނަމަވެސް މި ގަރާރުގައި ރާއްޖެއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައެއް ނުވެއެވެ. އަދި ދިވެހި ސަރުކާރުގެ އިސްވެރިންގެ ބޭންކް އެކައުންޓްތައް ހިފެހެއްޓުމަށާއި ރާއްޖެއަށް ދަތުރުކުރުން މަނާ ކުރުމަށްވެސް ހިމަނާފައެއް ނުވެއެވެ.

ADS BY MONARK

5 ކޮމެންޓް

  1. އަހަރެމެނަށް ކާންބޯން ދެނީ އީޔޫ އާއި އިނގިރޭސިން ހެއްޔެވެ. ހައިރާނެއް ނުވާނެހެއްޔެވެ. މިތަނަށް ނިކަމެތިކަމެއްދޭނަމަ އެންމެ ކުރީގައި ހުންނާނީ ތިޔަ އީޔޫ އަކާއި އިނގިރޭސިވިލާތާއި ކެނެޑާއެވެ. އެއްޗެއްދޭން ޖެހިއްޖެނަމަ ފިލާ ރައްކާވެއެވެ. މިބައިގަނޑުގެ ހީލަތް އަހަރެމެނަށް އިނގޭހާދުވަހު ތިޔަ ކުޅިވަރު ކުޅެފިއެވެ. ތިޔަހުރިހާކަމެއްގެ ފަހަތުގައި އޮންނާނީ ޔަހޫދީ މަކަރުވެރި ރޭވުމެކެވެ. އިސްލާމް ދީނަށް ދެރައެއްދޭނެ ރޭވުމެކެވެ. ހޭއަރާ ހަމަބިމަށް އަންނާށެވެ. ޔަހޫދީން ދުވަހަކުވެސް މުސްލިމަކަށް ހިތް ހެޔޮވާނެހެއްޔެވެ. ތިހިން ފިލާތިބެ ހޮޅި ގޮވިޔަސް އަހަރެމެން މިތިބީ ސަރުކާރާއެކު ކުރިއަށްދާށެވެ.

  2. ކުރިން އެމްޑީޕީއަށް ތާއީދުކުރެވުނީތީ ލަދުގަނެއެވެ. އެމްޑީޕީގެ ލީޑަރޝިޕަށް އަންނަ ވެރިންހާ ދަހިވެތި، ހީލަތްތެރި، އަދި ގައުމަށް ގައްދާރު ބައެއް މަ ނުދެކެމެވެ. ވެރިކަމުގައި ނެތް ކޮންމެ ދުވަހަކީ ރައްޔިތުން ބަނޑަށްޖައްސައިގެންވެސް، ގައުމުގެ އަގު ވައްޓާލައިގެންވެސް ވެރިކަމަށް އާދެވޭނެ ކޮންމެވެސް ގޮތެއް ހޯދުމެވެ. މަސްތަކެއް ކުރިން އެޕާޓީގެ ފޮރިންސް މިނިސްޓާރ ނަސީމުގޮވާލީ އިންޑިޔާއިން މިތަން ހިފުމަށެވެ. ގައްދާރުން މިހާރު އެމަސައްކަތްކުރަނީ މިރާއްޖޭގެ ރައްޔިތުން ބަނޑަށް ޖައްސައިގެން ރައްޔިތުން ރުޅިއަރުވައިގެން ވެރިކަން އަތުލެވޭތޯ އެވެ. ބަލަ އެންމެ މީހަކަށްވުރެ މިގައުމު މާބޮޑެވެ. ކަލޭމެން އިނގިރޭސިންގ އަތުން ކައިގެން އުޅޭށެވެ. މާދަމާވެސް ފެންނާނެތާއެވެ. ތިހެން ހަރާންކޯރުވާން ހަދައިގެން ސީރިޔާ، އިރާގު، ލީބިޔާ ފަދަ ތަންތަނަށް ވަމުންދާގޮތް ނުފެނޭތަ؟ ރައްޔިތުން އެތިބީ ހިޖުރަކޮށްލާނެ ތަނެއްވެސް ނެތިފަ!

  3. ކިޔަވައިގެންތިބެ އަލީވަހީދުމެން ތިޔައުޅޭގޮތުން އަހަރުމެން ލަދުއެބަގަނޭ،،، އިގެރޭސިވިލާތޭ، ކިޔާ ބޫންބޫންލައްވާއިރު ތިޔަބައިގަނޑަކީ ދުވަހަކުވެސް މުސްލިމުންނައް ހެޔެއްއެދިގެން އުޅޭބައިގަނޑެއްނޫން،، މިކަން އަލީވަހީދުމެނައް ހަމަރަނގަޅައް އެގޭނެކަމީ ކަށަވަރުވެ ޔަގީންވާކަމެއް. ދިވެހިރާއްޖެއާއި ދިވެހިންނަައް ދަތިވާގޮތައް ކަންކުރާނީ ގައުމުދެކެ ލޯބިނުވާ ޙާއިނުދުސްމަނުން،،

  4. ރާއްޖެއާ ދެކޮޅު ގަރާރެއް އަނެއްކާވެސް އީޔޫ ޕާލަމެންޓަށް ހުށަހަޅަން އަންނަނީ ތައްޔާރުވަމުން ކަމަށް އެމްޑީޕީގެ ބޮޑުން ތައް ބުނެ ޕްރޮޕޭ ފަތުރާއިރު އެކަން ވައިގައި ދެން ނުހިފާނެއެވެ. އީޔޫ ޕާރލަމެންޓް އިން ދެކޮޅު ހަދަ ހަދާ އޮތްވާ ނޫންތޯ ޖަރުމަނުން އެތައް ލައްކަ ސީރިއާގެ ރެފިއުޖީން ބަލައިގަތީ. އީޔޫގެ ޕާރލަމެންޓަށް ދުނިޔޭގައި ހަތަރު ވަނަ އަށް އޮތް އެންމެ ބޮޑު އިގްތިސާދު އެެއްވެސް ވަރަކަށް އިތުބާރު ނުކުރެެއެވެ. ޖަރުމަނުގެ މުއްސަނދި ކަން ދަށަށް ދަނީ އީޔޫގެ އުނދަގުލާއި ހުރެ ކަން ޖަރުމަނަށް އެނގި އޭޝިއާގެ ގައުމު ތައް ދުނިޔޭގެ އިގްތިސާދުގެ ފައިދާ ހޯދަމުން ދާކަން ޖަރުމަނުގެ ވެރިންނަށް ދުނިޔޭގެ އިކޮނޮމިކް ސްކޭޕް ބަލާލުމުން އިނގެއެވެ. އިނގިރޭސިންގެ އިގްތިސާދު ދަށަށް ދިޔައަސް އެމީހުން ބޭނުންވަނީ އެމީހުންގެ ކަށީގައި ހިފާފައިވާ ބަލި ކަމުގައިވާ ދޭދޭ ގައުމު ތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގެން ދޭދޭގައުމުގެ ޚަޒާނާ އިން ބަޔެއް ލިބޭތޯއެވެ. މިހާރު އެކުޅި ގަނޑު ދެން ނުހިނގާނެ ކަން ޖަރުމަނަށް ވަރަށް ރީއްޗަށް އެނގިއްޖެ ޗައިނާ ކުޅޭ ރޯލްގެ ސަބަބުން. އެހެން ކަމަށްވާނަމަ ޖަރުމަން ފަދަ ބޮޑެތި ގައުމު ތަކުން ރާއްޖެ އާއި ދެކޮޅަށް އިގްތިސާދީ ގޮތުން ވެސް އަދި އިޖްތިމާއީ ގޮތުން ވެސް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނުވިސްނާނެއެވެ. މީ ކަށަވަރު ކަމެކެވެ. އަނެއްކޮޅުން ދިވެހި ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް ވެސް ރާއްޖޭގައި އިންވެސްޓް ކުރާނަމަ ސޮވެރިންގް ގެރެންޓީ ދޭން ތައްޔާރަށް ތިބޭތީވެ ޖަރުމަނުން ވެސް ބޭނުންވޭ ޖަރުމަނުގެ ރޮބިންސަން ފަދަ މަޝްހޫރު ބްރޭންޑް ތައް ރާއްޖޭގެ ޓޫރިޒަމް ގައި ޑިވެލޮޕް ކުރަން. މިހެން ކަމަށްވާނަމަ ދެނެއް މިރާއްޖެ އަކަށް ޔޫރަޕްގެ ޕާރލަމެންޓް އިން ދަތި ކުރުމުގެ ފިޔަވަޅު އަަޅަން ވަރަށް ތާއީދު ނުލިބޭނެ މުޅި ޔޫރަޕްގެ ޕާރލަމެންޓްގެ ކޮމްޕޮޒިޝަނަށް ބަލާ ކަމުގައި ވަނީނަމަ..

  5. ފުވައްމުލަކުގެ ޒުވާނުންގެޚިޔާލު

    ކުދިންނޭއެނގޭތަ މިހިރައަލީވަދުއަކީ އިނގިރޭސިރާނީގެދޮންކާފައޭ.... އަދި މިހާރުގެކުޑަވަޒީރު... މީނަޔަށްއެނގޭނެހުރިހާކަމެއް.. ނިއުރޭޑިއެންޓްވެސް ބަލިވެގެންއެދިޔައީ އިނގިރޭސިވިލާތުން އެޓީމާދެކޮޅަށްއެޅި ބާރުގަދަދަތިކުރުމުގެފިޔަވަޅެއްގެސަބަބުން.....