ރާއްޖެއަށް ފިޔަ އާއި ބިސް ހިފައިގެން ދަތުރުކުރަމުން ދިޔަ އިންޑިއާގެ ބޯޓެއްގެ އިންޖީނުގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، އެކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓުގާޑަށް ލިބުނީ 00:30 ހާއިރު ކަމަށެވެ. އެމްއެންޑީއެފް އިން ބުނީ ރޯވެފައި ވަނީ އިންޑިއާގެ "އެމްވީ ވީބީ ޕްރޮގްރެސް" ނަމަކަށް ކިޔާ ބޯޓެއްގައި ކަމަށާއި، ރޯވި އިރު ބޯޓު ދަތުރު ކުރަމުން ދިޔައީ ރާއްޖޭގެ ބޭރު ކަނޑުން ކަމަށެވެ.

އެކަމަކު، އެ ބޯޓުގެ އިންޖީނު ރަނގަޅުކޮށްގެން ރާއްޖެ ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ބޯޓުގައި 11 މީހުން ތިބި ކަމަށްވެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބޯޓުގައި މުޅިން ވެސް ތިބީ އިންޑިއާގެ ފަޅުވެރިންނެވެ. އިންޖީން ރަނގަޅުކޮށްފައި ވަނީ އެމީހުންގެ މަސައްކަތުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިހާދިސާގައި ބޯޓުގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެއެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓު މިހާރު މަޑުމަޑުން ރާއްޖެ އަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ. އަދި މިއަދު މެންދުރު ފަހު ތިނެއް ޖަހާކަން ހާއިރު ބޯޓު މާލޭ ބަނދަރަށް ވަދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަން

    ދެތިން މިލިޔަން ރުފިޔާގެ ފިޔައާ ބިސް ހަލާކު ނުވޭތަ. ގުޅިގެން ވައްކަން ކުރުން.

    23
    8
    • ގޮރު

      ހަސަދަބެ

      5
      9
  2. ދިދަ ދަނޑި

    މިކަހަލަ ކަމެއް ވާނެކަން މާ ކުރިންވެސް އިނގޭ.. ގުޅިފަ އޮތީ އިންޑިޔާ އާ.. އެހާ ޑްރާމާ ބޮޑުވާނެ.. ތިއޮތީ ޑްރާމާ ފެށިފަ، ދެން އަގުތައް މައްޗަށް ޖައްސާލާ..

    28
    7
    • ހަސަދަބޮޑު

      ޕިސްޕިސް

      15
      3
  3. ބޯޓް

    ބޯޓުންއައި މީހުން ކަރަންޓީން ކުރެވުނުތޯ؟

    26
    1
  4. Anonymous

    ވ.ދެރަކަމެއް. ދިވެހިން ބޭރުގެ ކާބޯތަކެއްޗަށް ބާރޯސާ ނުވޭ މިޙާލަތުގައި. އަމިއްލަ މަސްވެރިކަމާއި ދަނޑުވެރިކަމާއި ރާވެރިކަން ކުރިއަރުވަން އުޅޭ. މާލަސްވެއްޖެ. މުޅިދުނިޔެ ބަލިމަޑު ކަމުގައި.

    33
    3
  5. ޟަންދު

    ދެން އެންމެން ބަލާ ކުޅިވަރު ... މިއޮތީވާ ކަމެއް

  6. ޏަމް

    ތިޔައީ ގޭމެއް ތިކަމުގެ ސަބަބުން ސަރުކާރުގެ މިހާރުގެ ބަހުންނަމަ ބޮޑުބަދަލެއް ދޭންޖެހިދާނެ ރައްޔަތުން މިޔަށްކިޔަނީ ކަރަޕުސަން ސަރުކާރުން މިޔަށްކިޔަނީ ބަދަލް ބަދަލް ބަދަލް...

  7. ނަން

    ދެން ވެސް ބަދު ބަސް ނުބުނެ އެއަލިފާނުން ގެއްލުމެއް ނުވެ ފިޔާތައް ލިބޭތޯ ދުއާ ކުރާކަން ނުވޭތަ؟

  8. ލުޓޭރުންގެ ސަރުކާރު

    ކުރިންފަހަރު ފިޔާ ބޯޓު އަޑިޔަށް ދިޔައީ،މިފަހަރު އަލިފާން ރޯވީ...ދެން 1ރުފިޔާއަށް ފިޔާ ކިލޯއެ ވިއް ކަން އަމުރު ކުރޭ...އައިޑީ ކާޑު ހިފައިގެން ކުޔުގަޖެހިގެން 1 ކިލޯފިޔާ ހޯދަން އެސްޓިއޯއަށް ރައްޔިތުންދާންވީ....ރާއްޖެތެރޭމީހުން ނު ކައިތިބެންވީ...ކިޔުޖެހެން މާލެ ނުދެވޭތީ...މިވަރުއިރުވެސް ސަނާ ކިޔުމުގަ އެއްބަޔަ ކު..

  9. އެންމެ އެގާރަ

    ކިތައްހާސް ޓަނުގެ ބޯޓެއްތަ އެއީ އެގާރަމީހުން ބޯޓުގަތިބީމަ މިއަނހާލީ އެހާދަބޮޑު ބޯޓަކައްވާނެދޯ

    1
    1