ކޮވިޑް-19 އާ ގުޅިގެން ބޭންކްތަކުގެ ޚިދުމަތްތައް ފުނި ނުޖެހި ލިބޭނެ ގޮތް ހޯދައި ދޭން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރާއި ސްކޫލްތައް ބަންދުކޮށްފައިވާ އިރު، މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ވެސް ނުކުރެވޭ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ޚިދުމަތްތައް ފުނި ނުޖެހި ލިބެމުންދާ ކަމަށާއި ސްކޫލްތަކުން ކިޔަވައިދޭނެ ގޮތާއި ނަމާދު ކުރެވޭނެ ގޮތް ވެސް ހަމަޖައްސާދީފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން ބޭންކްތަކުގެ ޚިދުމަތް ވެސް ފުނި ނުޖެހި ލިބޭނެ ގޮތް ހަދަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އެގޮތަށް ވިދާޅުވި އިރު، ބޭންކްތައް ބަންދުވުމާ ގުޅިގެން ބައެއް ޚިދުމަތްތައް ލިބުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ހުރިކަން އާންމުން ފާހަގަކުރެއެވެ. އެގޮތުން ބަންދު ތިން ދުވަހަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ބޭންކްތައް ހުޅުވުމާ އެކު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ބޭންކްތައް ކައިރީގައި ދިގު ސަފުތަކެއް ދަމާލައިފައެވެ.

ކޮވިޑް- 19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ.

ބޭންކްތައް ހުޅުވުމާ އެކު، ތޮއްޖެހިފައި، ގައިދުރު ކަމެއް ނެތް!

އެގޮތުން ކޮވިޑް-19 އާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާ ނިންމެވުންތަކަކީ ފަސޭހަ ނިންމެވުންތަކެއް ނޫން ކަަމަށާއި، ރައީސްގެ ނިންމެވުންތައް ނިންމަވަނީ ފަންނީ ބޭފުޅުންގެ ލަފަޔާއި އެކު އެންމެންގެ ލާބަ އާއި މަންފާ އަށް ވިސްނަވާފައި ކަމަށް މާރިޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވީ ކޮވިޑް-19 އާއި ސަރުކާރުން ކުރާ މަސައްކަތުގައި އެތައް މިނިސްޓަރުންނެއް އެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ރައީސް ސޯލިހު ވަރަށް ގާތުން ކަންކަން ބައްލަވަމުންދާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 19 މީހަކު ފައްސިވިއެވެ. ނަމަވެސް އެ 15 މީހުންގެ ތެރެއިން ތިން މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާ ދޭ ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ދެން ތިބީ ބޭރު މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑީޑީ764

    މެނޭޖްކުރަންހަމަނޭގެނީ!

  2. ކަޅުބެ

    ދެން އެހެންވިއްޔާ ކޮންމެގެއެއްގައި ސަރުކާރުގެ ބުރާންޗެއް ބަހަށްޓަންވީނު.

  3. ްައަހްމަދު

    މާރިޔާދައްތާ ބެންކްތެރޭ މީހުންފުނިޖެހުމައްވުރެ އަހަރުމެންމާކަންބޮޑުވޭ މިގައުމުގަ އިންޑިއާސިފައިންފުނިޖެހޭތީ އެކަންހުއްޓުވައިދެއްވާ

  4. ޙިޔާލު

    ކިތަންމެ ގޮތެއް އެބައޮތް.. ބޭންކް ކީއްކުރަން އެހެން ތަންނަނަށްވެސް ހައްލު އެބައޮތް... ކަނަށް ޤާބިލް މީހުން ލާފައި ތިބޭނަމަ ތިކަމަށް ހައްލު ލިބޭނެ... އަޅުގަނޑުވެސް ތިވަރުކަމަކަށް ހައްލެއް ދީފާނަން....

  5. ޙަސަނު

    ތިކަހަލަ ލާދީނީ މީހުްނ މަތީ ފަޑީގަ ތިބިހާ ދުވަހަކު ކަންކަން ދާނީ ގޯހުން ގޯހަށް

  6. ވަލީދު

    މިސްކިތުގައި ގައިގޯލިވީމަ ޞަލިފެތުރެނީީ ބަންކުގަ ގައިގޯޅިވިޔަސް ބަލި ނުފެރޭނެ ލާދީނީ ސަރުކާރު

  7. ބޯބުރާންތި

    އެންމެ ފުރަތަމަ ބަލަންވީކަމަކީ މާރިޔާ ޤާނޫނު އަސާސީއަށް ފައިންއަރާ ޤާނޫނު އަސާސީގެ ހުރުމަތްކަނޑާލި މައްސަލަ