ށ.ފުނަދޫ ސްކޫލުގެ ދަރިވަރުންތަކެއް ޓީޗަރަކަށް ކަޓަރުން ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި، މިހާރު އެ ޓީޗަރު ވަނީ އެރަށް ދޫކޮށް ގައުމަށް އެނބުރި ދިޔުމަށް މާލެ އައިސްފައެވެ. އެ ޓީޗަރަކީ އެރަށު ސްކޫލްގައި ބީޓެކް ކިޔަވާދޭ ޓީޗަރެކެވެ.

އެ ޓީޗަރާއި ދަރިވަރުންނާއި ޖެހުނީ ކޮން މައްސަލައެއްކަމެއް ސާފު ނުވިނަމަވެސް، އެރަށުން ބައެއް މީހުން ބުނާގޮތުގައި، އެ ޓީޗަރު ކިޔަވައިދޭ ބީޓެކްގެ އެސައިންމެންޓެއް މާކު ކުރި ގޮތް ކުދިންނަށް ހިތްހަމަނުޖެހިގެން ކުދިން އޭނާއަށް ބިރުދެއްކީއެވެ. ނަމަވެސް މިކަން ރަސްމީކޮށް ކަށަވަރު ނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި، މި ކުދިން އޭނާއަށް ބިރުދައްކާފައި ވަނީ ސްކޫލް ގަޑިގައި އެ ޓީޗަރު ކުލާހަށް އައުމުން ކަޓަރު ކަރުގައި ޖައްސައިގެންނެވެ.

މިކަމާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީންވެސް އަދި ސްކޫލުންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނަވާޒް

    ތިޔަ ކުދިންނަށް ތީގެ އަދަބު ލިބޭނެ. ސަބަބީ ރާއްޖެތެރޭގެ އާދައިގެ ކުދިންނަށް ވުން.

    • ޝްރޭް

      ބަަލަ މާލޭގައި ވެސް އައިސް ތެޅި އަރުވަނީ ހަމަ ރަށްރަށުން އައިސް ތިބި ކުދިން

    • ޜިނާ

      ބަލަގަ މާލެތެރޭކުދިންގެ ކަންތައް މާ ބޮޑޭ ރާއްޖެ ތެރޭ ކުދިންނޭކިޔާފަ އަނގަ ހުޅުވަން ކެރޭ ކަން
      މިހާރު ވެސް އެވަރެޖް ކޮއް ބަލާފި ނަމަ ރާއްޖެތެރޭ ކުދިންގެ ޑިސިޕްލިން އެން އޯލް މާ ބޮޑަށް ވެސް ރަނގަޅުވާނެ ތި މާލެ ތެރެ އުޅޭ ކުދިންނަށްވުރެ
      އެން ފޮ ޔުއާ ކައިންޑް އިންފޮމޭސަން
      މާލެ އަކީ ވަކި ރާއްޖެ ތެރެ ރަށެއް ނޫންތޭ

  2. ނަފްރަތު ފުނަދޫ

    ތިއައީ ކުޅަދާނަ ކުދިން ތަކެއް ޓްރެއިން ކޮށް މުޖްތަމައު ތެރެއަށް ނެރޭ ރަށެއް.
    ސަހަލު އެއްގޮލާވެސް ނޫޅޭ .
    އަންހެނެއް ފިރިހެނެހް??
    ތިކަމުންވެސް އެކަން ވަރައް ސާފް

  3. ރަޝްފާ

    ދަރިވަރުންގެ ޙިމާޔަތުގައި މިނިސްޓްރީއާއި ސްކޫލް މެނޭޖްމެންޓާއި ބެލެނިވެރިންތިބިއިރު ޓީޗަރުންގެ ޙިމާޔަތުގައި ތިބީ ހަމަ ޓީޗަރުން!

  4. ހީރޯ

    ގައުމެއްގެ ތައުލީމީ ނިޒާމަކީ އެގައުމެއްގެ މުސްތަގުބަލް ބައްޓަން ކުރާ ނިޒާމް. ވީއިރު މިއިވޭ ޚަބަރު ތަކާއި މިފެންނަ މަންޒަރު ތަކުން މިގައުމުގެ މުސްތަގުބަލުގެ ތަސައްވުރެއް އެބަ ސިފަވޭ. މިއީ ރައްޔިތުންގެ މަޖިލީހާއި، ކޯޓުތަކާއި އަދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި މިހާރު އުޅޭ މައްސަލަ ތަކަށްވުރެން މާބޮޑު، މާސީރިއަސް އަދި މާނާޒުކް މައްސަލައެއް. ގައުމުގެ ހުރިހާ މުއައްސަސާއަކުން މިކަމަށް ވިސްނަން އެބަޖެހޭ.

  5. ކަލޯ

    މާތް ރަސްކަލާނގެޔާ ވަކީލަ

  6. ޔޯލޯ

    ޓީޗަރު ސަސްޕެންޑް ކުރޭ. އެއްވެސް ކުއްޖެއް ބާކީ ނުކުރާ ސިޔާސަތުން ކުދިން ބައިތިއްބާތި ދާދާކަންމަތީ

  7. ޙަކީމު

    މިހާރު ތަޢުލީމީ ނިޒާމު އޮންގޮތްތީ....

    އިހުގައި ޓީޗަރުންނަކީ ދަރިވަރުން ތަރުބިއްޔަތު ކުރާބާރެއް، ކުދިން ޖެހޭނީ ޓީޗަރަށް ކިޔަމަންވާން

    މިހާރު ޓީޗަރުންގެ ޒިއްމާއަކީ ހަމައެކަނި މަޢުލޫމާތުތަކެއް ދިނުން ތަރުބިއްޔަތު ކުރުމުގެ ބާރުވަނީ އަތުލެވިފައި...

    ދަރިވަރުން ބުނާގޮތަކަށް ޓީޗަރު ޖެހޭނީ ނަށަން، ދަރިވަރުންގެ ބަސް ޓީޗަރަށްވުރެ ވަރުގަދަ،

    އިހުގައި ދަރިވަރުން އަދަބުވެރި ކުރުމަށް ޓީޗަރުންނަށް އަދަބުދެވޭ، މިހާރު ދަރިވަރުން ޓީޗަރަށް އަދަބުދެނީ....

    މީގެ ނަތީޖާ މުޖުތަމަޢުން މިފެންނަނީ: ކިޔަމަންތެރި ކަމުގެ ރިވެތި ޞިފަގެއްލި އަދަބެއްސަދަބެއް ނެތް، ހެއްދެވިފާރާތައް، ވެރިންނަށް، މައިންބަފައިންނަށް ކިޔަމަން ނުވޭ... އަޚުލާޤީގޮތުން ސުމެއް،

    ޓެސްޓުތަކުގެ ނަތީޖާ ރަނގަޅަސް، ކުދީންގެ މިކަންކަން އިޞްލާޙުނުވަންޏާ އެޑިޔުކޭޝަން އެއޮތީ އެންމެ ދަށު ދަރަޖައިން ފެއިލްވެފަ...

  8. މިސިންގްދޯ

    ތިޔާ މުޅިން ވެސް ދަ ކަންޓްރީ ސައިޑަރސް އިން އުޅޭ ހާލަތޭ މަމެން ބުނަން ނެތީމު ދޯ. ވަން ސެންސް މިސިންގް ދޯ.

  9. ްްައަހަރެން

    އެއްބަޔަކު ކަމެއްކުރީމަ ދެންތިބި މީހުންވެސް އެ ކުރަނީ...މިހާރު ޓީޗަރުންނަށް ބިރުދެއްކުންވެސް މިވީ ފެޝަނކަށް ދޯ.....
    ރައްޔިތުންގެމަޖިލީސް ތެރޭގަ ނޯންނަ އިހުތިރާމެއް ކޮންތާކު އޮންނާނީ...ނަމޫނާ ދައްކާ މީހުން އިސްލާހު ވެގެނެންނު ދެންތިބޭ މީހުން އިސްލާހު ވާނީ...

  10. Anonymous

    ޙަބަރު ލިޔާއިރު ތެދު މަޢުލޫމާތު ހޯދުމަށް ފަހު ލިޔުމަށް އެދެން..!

  11. ރީޝާ

    ޙަބަރު ލިޔާއިރު ތެދު މަޢުލޫމާތު ހޯދުމަށް ފަހު ލިޔުމަށް އެދެން..!

  12. ްްައަހަރެން

    މިހާރު ދެން އެއްވެސް ކަހަލަ ރައްކާތެރި ކަމެއް ނެތެންނު..މަގުމަށޗެކޭ މަދަރުސާއެކޭ...ނޫންތަނެއްނެތް.....މީހަކަށް އިހުތިރާމެއް ގަދަރެއް ކުރުމެއްނެތް....ހީވާކަހަލަ އެދެން މާ މޮޅު ކަމެކޭ....މަ ވަަރަށް ކޫލޭ...

  13. ދިއްދޫ

    ޓީޗަރުންނެއްނޫން މައްސަލައަކީ. މޮޅެތި ބެލެނިވެރިން. އެމީހުންގެ ދަރިންގެ ތރުބިޔަތުގެ މައްސަލައެއީ. ވަރަށް މޮޅުވާނެ އެކުދިންނަށް. މިކަހަލަ ހާދިސާތައް ހިނގަނީ މިގައުމަށް އަންނަންއުޅޭ މޮޅު ޑިމޮކްރަސީން. އަބަދުވެސް ދައްކާނީ މީހުންނަށް އަނިޔާކުރާ ވާހަކަޔާ ވައަްކަންކުރާ ވާހަކަޔާ ޚިޔާނާތްތެރިވާވާހަކަޔާ ނުބައި ޢަމަލިުތަކުގެ ވާހަކަ. ޕޯޑިއަމްތަކުގަ އެހެންކަހަލަ ވާހަކައެއް ނުދައްކާ. މީ އޭގެ ނަތީޖާ. ފޮންޏެއްނޫން. ވަރަށް ހިތި. ސިޔާސީ މީހުން އޭގެ ނާޖާއިޒު ފައިދާނަގާނީ. ދެރަވާނީ އަބަދުވެސް ދެރަމީހުން. މި ސިޔާސީމީހުނަށް އެއްޗެއް ވިސްނޭނެބާ ދުވަހަކުވެސް

  14. ރައްޔިތު

    ހަހަހަހަހަހާ

  15. ޅޯބިވާ ޒިޔާން

    މިހާރު ރާއްޖެތެރޭ އުޅޭ ކުދިން ވެސް ދޯ! ހަމައެކަނި އެސައިމެންޓް މާކްކުރާގޮތް ކަމުނުގޮސް ގެންނެއް ނޫންކައްނޭން ގެ ދޯ1 އެއައް ވުރެ ބޮޑު ކަމެއް ވީމަ ދޯ އެވަރު ކުރާނި!

  16. މީ

    ސޯ ސޭޑް

  17. ދަރާއްޖެތެރެއަންސް

    ދަ ރާއްޖެތެރެއަންސް ދޯ. ވަން ސެންސް މިސިންގް ވާނެއޭ މަމެން ބުނަން ނެތީމު ދޯ.