ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާއި އެކު ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށްދާން ފެށުމާއި ގުޅިގެން ފިޔައި، އަލުވި، ބިސް އަދި ރީނދޫ މުގުގެ އަގު ކޮންޓްރޯލްކޮށް ގަވައިދާ ހިލާފަށް އަގުބޮޑުކޮށް އެތަކެތި ވިއްކާ ފަރާތްތައް ޖޫރިމަނާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ނެރެފައިވާ އިއުލާނުގައިވާގޮތުން އާދައިގެ ރަތްފިޔާ ކިލޯއެއް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާ އެވެ. މި ނިންމުމުގެ ދަށުން އަލުވި ކިލޯއެއްވެސް ވިއްކަންވާނެ އެންމެ ބޮޑު އަގަކީ ކިލޯއެއް 20 ރުފިޔާ އެވެ. އަދި އާދައިގެ ބިހެއް (ހުދު ކުކުޅު ބިސް) ވިއްކަން ވާނީ އެންމެ ބޮޑުވެގެން 1.80 ރުފިޔާގެ ރޭޓުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ. ރީނދޫ މުގު ވިއްކޭނެ އެންމެ ބޮޑު އަގަކީ ކިލޯއެއް 20 ރުފިޔާގެ ރޭޓުންނެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ނިންމާފައި ވަނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ކަމަށާއި، އޭގެ ފަހުން އަގުބޮޑުކޮށް މި ބާވަތްތައް ވިއްކާ ފަރާތްތައް ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެންމެ ފުރަތަމަ ފަހަރަށް ގަވައިދާއި ހިލާފަށް މިއިން އެއްވެސް ބާވަތެއް ވިއްކަމުން ދާކަން ފާހަގަކުރެއްވިއްޖެ ނަމަ އެ ވިޔަފާރިއެއް އެއްލައްކަ ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ނިންމާފައި ވާކަމަށާއި، އެކަން ތަކުރާރުކޮށް ކޮށްފި ނަމަ އެއްލައްކައަށްވުރެ ބޮޑު ނޫން އަދަދަކަށް ޖޫރިމަނާ ކުރުމާއި އެކު ހަމަސް ދުވަހުގެ މުއްދަތަކަށް ވިޔަފާރި ބަންދުކުރުމުގެ ބާރު އެމިނިސްޓްރީ އަށް ލިބިގެންވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ނެރެފައިވާ އިއުލާން ގައި ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންކަމުގައި ވާނަމަ އެމިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްގެ ޒަރިއްޔާއިން ފޮނުވުމަށް އިކޮނޮމިކް މިނޮސްޓްރީ އިން ވަނީ އެދިފައެވެ.
ރަނގަޅު ނިންމުމެއް އެކަމަކު ތިޔަވީ ގޮތުން 20 ރުފިޔާއަށް ނޫންގޮތަކަށް ދެން ފިޔާކިލޯއެއް ވިއްކޭކަމަކަށް ނުވާނެތާދޯ.
ސޯލިޙް ގެވާހަކަފުޅަށް އިތުބާރު ކުރަނީ ކިހިނެއް. ދައްޗެއްނެތި ލިބޭނެއޭ ވިދާޅުވި. ސޯލިޙަކީ ވާހަކަތަށް ވ. ރަނގަޅު ބޭފުޅެއް. އެހެންވެ ވޯޓްވެސް ދެވުނީ. ލާދީނީ ރިޕޯޓް ގެ މައްސަލަ އާއި ހިސާބުން އެނގި ޔަޤީން ވީ ބަހައި ޢަމަލު ދިމާނުވާކަން. ލޮބުވެތި ރައްޔިތުންނޭ ރަށްރަށުގައި ކާބޯތަކެތީގ ހެއްދޭތޯ އުޅެމާ. މިހެން ތިއްބާ ވަގުތުފާއިތު ވެދާނެ. މީނޭނގޭ މުއްދަތެއް. ރާވެރިކަން ކުރަންވީ. މަސްވެރިކަން ކުރަންވީ. ދަނޑުވެރިކަމުގެ މަސައްކަތްތައް ފަށަންވީ. ބޭރުގެ ކާބޯތަކެއްޗަށް މިޙާލަތުގައި ބަރޯސާ ނުވަންވީ
ބަލަ ފައިޔާޒު ކަހަލަ ކެރޭ ބޭފުލުން މިހާރު މިގައުމަން ބޭނުންވަނީ މިފަދަ ހައްސާސް ވަގުތުގާ ރައްޔަތުންގެ ހައްގުގައި ތިޔަކުރައްވާ މަސައްކަތައް ސާބަސް ތިޔައީ ގާބިލް ރައްޔަތުންގެ ހިހްސާސު ދަންނަވެރިއެއް ކުރިއައްމަސްތަކުގާވެސް ކާންބޭނުންކުރާތަކެތި ކިންޓްރޯލްކޮއްގެންނުނީ ސަލާމަތެއްނެތް؟؟ މިގައުމުގެވިޔާފާރިވެރިންނަކީ ރައްޔަތުންގެ ދިޔަފެލާބައެއް؟؟
ބާރާބަރު ނިއްމުމެއް. ހަބޭސް
10 ކިލޯގެ މުގުބަސްތާއެއް ބާޒާރުން ގަންނަން ލިބެނީ 350 ހާ 400 ރުފިޔައާ ދެމެދުގެ އަގެއްގަ، ދެން ކިހިނެއްތޯ 20 ރުފިޔާއަށް ކިލޯއެއް ވިއްކާނީ.
އައްސަރިބަހާ ސާބަސް ފޭން ތިކަމަށް.. މި ސަރުކާރުން ކުރިޔަސް ރައްޔިތުންގެ ލަަބައަށް ކުރާ ރަނގަޅުކަމެއް ވިއްޔާ އަބަދުވެސް ސެލިއުޓްކުރާނަން.. އެކަމު އަދި ވެސް މަގޭ ވޯޓް ކަލޭމެންނަށް ހައްޤުވަރަށް މަސައްކަތެއް ނުކުރެވޭ.. އަދި ވެސް ރައީސްޔާމީނަށް ވޯޓުދެވޭނީ..
ސާބަހޭ ސަރު ކާރަށް ތިނޫން ގޮތަ ކަށް ވިޔަފާރިވެރިން މައިތިރިއެއް ނުވާނެ
ފިޔާކިލޯއެއް -/20 މީ ބޮޑުއަގެއް ނޫންބާ؟ ގެރި ސަރުކާރަށް ކޮންޓްރޯލް ކުރެވެނީ ކޮންކަމެއްބާ؟
ތި ގޮތަށް ކާޑުގެ ބާވަތްތައްވެސް ވަނީ ކޮންޓްރޯލް ކޮށްފަ.
ވިއްކާ މީހުން ބޭނުން އަގެއްގަ ވިއްކަނީ. 6ރ ހަނޑޫ ހަކުރު ވިއްކާކާ ތަންތަން އެބަހުރި ކޮންބައެއް އެކަން ބަލަނީ. ރިޕޯޓްކުރިއަސް ވާކަމެއް ނެތް. މިކަންވެސް ހަމަ އޮންނާނީ އެގޮތަށް.
ރައްޔިތުންމޮޔަ ހައްދަނީ ތިބެގެން. ބަލަ ރާއްޖޭގެ މާރުކޭޓް ކޮންޓްރޯލް އޮތީ އިންޑިޔާ މީހުން އަތުގައި، މާލޭ މާރުކޭޓުގައި މިއަދު ފިޔާ ބަސްތާއެއް ގަންނަންލިބެނީ 550ރ އަށް ކިލޯއެއް އެޖެހެނީ 22ރ އަށް. ދެން މީތި 20ރ އަށް ވިއްކޭނެގޮތެއް ބުނެދީބަލަ ބޯގަންވިލާ ފައްޔާޒު.
ރާއްޖެތެރޭ ވިޔަފާރިވެރިޔާ މިޖެހެނީ އަދި އިތުރަށް ބޯޓު ނާލު 25ރ ބަސްތާއަކަށްލާން. ދެން މިޖެހެނީ ކޮންތާކު. މިހިސާބު އެގޭނީ އަދުރޭއަށް.
ހަމަ ތިބެފައި ރައްޔިތުންގެ ތާއީދު ހޯދައިގަތުމަށް ދެކޮޅުނުޖެހޭ އިއުލާންތަށް ނެރުނަކަސް ކަމަކުނުދާނެ. ފުރަތަމަ ސަރުކާރުން ވިޔަފާރިވެރިންނަށް ރަނގަޅު ޕްލެޓްފޯމެއްގާއިމްކޮށްދެއްވާ. އެސްޓީއޯއިން މިހާރުވެސް ހަނޑު ހަކުރު ފުއް ވިއްކާގޮތަށް ފިޔާ އަލުވި ބިސް މުގު ގެނެސްގެން އަގު ކޮންޓްރޯލްކޮށް ވިއްކަންވީނޫންތޯ. އެއިރުން ކުދި ވިޔަފާރިވެރިނަށް ގަނެގެން ރަށްރަށަށްގެންގޮސް ކުޑަ މާކަޕެއްލާފައި ސަރުކާރުން ތިބުނާ އަގަކަށް ވިއްކިދާނެ.
މިހެން ނަހަދައި މާލޭގެ ބާޒާރުމަތީ އެތިބޭ އިންޑިޔާމީހުން އެމީހުންގެ ލަކުޑި ބޯޓުން އެގެންނަ އަލުވި ފިޔާ ބިސް އެމީހުން ހިތުހުރި އަގަކަށް ހޯލްސޭލްކޮށް ވިއްކުން މައްސަލައަކަށް ނުވެ އެމީހުންއަތުން އެ އެއްޗެހި ގަނެގެން ގެންދާމީހާ ވިއްކާނެ އަގު ސަރުކާރުން ކަނޑައަޅާނީ ކޮން އުސޫލަކުންތޯ؟
ބީތާއިންނާއި ކަންކަން ހަވާލުކުރީމައި ވާނެހައިއެއްޗެއް މިވަނީ. ދެން އެސްޓީއޯއިން ފައިސާދައްކައިގެން ގެންނަ އަލުވި ފިޔާ ބިސް ޝިޕްމަންޓް އަންނަ އިރު އެތާގައި ބޮޑު ބޯޑެއް ބަހައްޓައިގެން ތިބެ އަރި އަރި މައްޗަށް ފޮޓޯނަގައިގެން ތިބެ ބުނޭ ޝުކުރިއްޔާ އިންޑިޔާ.
ބައެއް ރިސޯޓްތަކުގެ މުވައްޒިފުން ވަޒީފާއިން ވަކިކުރަނީ، އަނެއް ރިސޯޓްތަކުން މުވައްޒިފުންގެ މުސާރަ %50 އަށް ކުޑަކޮށްފައި މުވައްޒިފުންލައްވާ ބުރަ މަސަކަތްކުރުވަނީ، ރިސޯޓް މެއިންޓަނެންސް ކަހަލަ ބުރަ މަސައްކަތް ކުރުވަނީ އެކަންކަން ނުކުރަންޏާމު ކެނޑިގެން ދާން އިންޒާރުދެމުން ނުވަތަ ބިޒްނަސް ރަނގަޅުވެގެން ރިސޯޓް ހުޅުވާއިރު ވަޒީފާގެ ކަށަވަރުކަންނުދެވޭނެކަމަށްބުނެ ބިރުދައްކަމުން. އަޅެ ރިސޯޓް އޯނަރުން ނުވަތަ އޮޕަރޭޓަރ އަށްވެސް ތިޔަކަހަލަ އިއުލާނެއް ފޮނުވާލަބަލަ. އަޅުގަނޑުމެން މިތިބީ ކެރޭތޯބަލަން. ކަލޭމެންނަށް ބުރީ ހަންނަގަންވެސް ކެރޭނީ އާދައިގެ ނިކަމެތި ރައްޔިތުންނަށް، ކުދި ވިޔަފާރިވެރިނަށް، ބޮޑެތި މަހުޖަނުންތިބޭނީ އެމީހުންގެ މުށުތެރޭ ކަލޭމެންލައިގެން އޮބިއަޅައިގެން.
ތިޔައީ ކުރަންޖެހި މާލަސްވެފައިއޮތްކަމެއް މިފަދަ އިގްތިސާދީ ދަތިހާލެއްގައި ރައްޔިތުން އުޅޭއިރު ވިޔަފާރިވެރިންގެ ކަމަކީ ހޭނެތި ތަކެތި އަގުބޮޑުކޮށްވިއްކުން އެހެންވަނީ އިކޮނޮމިކު މިނިސްޓްރީން އެފަދަ މީހުންނާއިމެދު ފިޔަވަޅުނުއެޅުމުން ވާގޮތެވެ
ތިއީ ވަރަށް ރަގަޅުފިޔަވަޅެއް ވިޔަފާރިވެރިންގެ ކަމަކީ މިކަހަލަ ދުވަސްވަރެއްގައި ރައްޔިތުން ކަންބޮޑުވާވަރަށް ތަކެތިވިއްކައިހެދުން މިހެންވެ އެފަދަ މީހުންނާއިމެދު ފިޔަވަޅު އަޅަންނިންމުމުން ވަރަށްރަގަޅު
މިހާރުސް ފިޔާ ކިލޯއެއް ބޮޑެތި ފިހާރަތަ ކުންލިބެނީ 25ރ. އަށް.
މިހާރުސް ފިޔާ ކިލޯއެއް ބޮޑެތި ފިހާރަތަ ކުންލިބެނީ 25ރ. އަށް. ޗާންދަނީ މަގުގަ
ތިއީ ވަރަށްރަގަޅުކަމެއް ވިޔަފާރިވެރިން އުޅެނީ ރައްޔިތުމީހާ ހަފުސްއަރުވާލައިގެން އަގުބޮޑުކޮށް ވިއްކައިގެން އުޅެން އެފަދަ ވިޔަފާރިކުރާ މީހުން ބޮޑުތަނުން ޖުރިމަނާކޮށް ބަންދުކޮށްލަންޖެހޭކަމަދެކަން
20ރ ވުރެ އަގުހެޔޮކޮށް ފިޔާ ވިއްކޭނެ.
މާލއެިން 20 ރ އަށް ކިލޯ ގަނެގެން ރާއްޖެތެރޭގައި ހަމަ 20ރ އަށް ނޫނީ އެއަށްވުރެ ކުޑަކޮށް ވިއްކާނީ ކިހިނެތްތޯ؟
ސަރުކާރުން އުޅެނީމާއޯގާތެރިކަމަންހެދިގެން ކަމެއްކުރައްޏާހުރިހާބާޒާރެއްވެސްބަލާ ގެދޮރުއްފެށިގެއް ފިޔާ އަލުއްވާހަމައައްދޭ އޭރުއްއައްޖަހާނީ މަޖީދީމަގުފިހާތައްބަލާލަބައަގުހުރިވަރު އެއްކަމެއްވެސްދޫނުކުރޭ އޭރުއް އައްޖަހާނީ
ރަނގަޅު ނިންމުމެއް ސުކުރިއްޔާ ސާލިހު ރައީސް އުއްމީދުކުރަން ރައްޔިތުންނަށް އޯގާތެރިވެ ކުރިއަށްއޮތްތަނުގަ ރަނގަޅު ނިންމެވުންތައް ނިންމަވާނެކަމަށް ދުއާ
ﷲ މިއަޅާއާއި މިއަޅާގެ މައިންބަފައިންނާއި މިއަޅާގެ ގާތްތިމާގެ އެންމެހާ މެންބަރުންނާއި މިއަޅާގެ ރައްޓެހި ރަހްމަތް ތެރިންނާ އަވަށްޓރިންނާއި ދިވެހިރާއްޖޭގެ އެންމެހާ އަޚުންނާއިޢުޚުތުންނާއި މުޅިދުނިޔޭގެ އެންމެހާ މީސްތަކުން ނުރައްކާތެރި ކޮރޯނާ ވައިރަހުގެ ވަބާއިން ސަލާމަތްކުރަށްވާށި
އާމީން އާމީން އާމީން ޔާރައްބަލް އާލަމީން އާމީން
ފިޔާ ބިސް އެތެރެ ކުރާ މީހެއް މަށަކީ
ކޮބައިތަ ބެންކް ތަކުން ޑޮލަރު ލިބޭނެއޭ ބުނެ ދެއްކި ވާހަކަ
މިހާރުވެސް ލިބެނީ ކުރިން ލިބުނު ވަރަށް
ދެން މިޖެަެނީ 16.50 ގެ ރޭޓުން ޑޮލަރު ގަންނަން
ކިނެއް ދެކޮޅު ޖައްސާނީ
މިއީ ދޮގެއްތޯ... ނޫސް ވެރިން ބަލައިލަބަލަ
މިގޮތައް ކުލި ވެެސް ކޮންޓްރޯލް ކުރަން ވީނުންތޯ..
ބަރާބަރު ކުރިޔަށް ކުރިޔައް ބާރަށް ކުރިޔަށް
ނުކުރެވޭނެ. އަމިއްލަ ފަރާތްތަކުން ގެންނަ މުދާ ނުވިއްކޭނެ ކަލޭމެން ބުނާހާ އަގަކު. ނުވެސް ވިއްކާނެ. ތިއީ ހަމަ ދެއްކުަމަށް ބުނާ އެއްޗެއް
މުޅިބާޒާރުގެ ފިޔާ އަލުވި ބިސް އަދި ތަރުކާރީ ކޮންޓްރޯލްކުރަނީ އިންޑިއާމީހުން މިސަރުކާރުގެވައުދެއް އިންޑިއާމީހުންނައް ބާޒާރު ދިނުން ދިވެހިންޖެހޭނީ އެމީހުންވިއްކިއަގަކައްގަންނަން ސަރުކާރުންކަނޑައަޅާއަގުއޮންނާނީ ކަރުދާހުގަލިޔެފަ އެއްކަމެއްވެސް މިމީހުންނަކައްނުވާނެ
ގަނޑުކޮށް ވިއްކާ އަގާއި ވަކިވަކިން ވިއްކާއަގު ކޮންޓްރޯލް ކުރެއްވުންއެދެމެވެ. އެހެނީ، 10 ކިލޯގެ މުގުބަސްތާއެއް ބާޒާރުން ގަންނަން ލިބެނީ 350 ރުފިޔާއާއި، 400 ރުފިޔައާއި ދެމެދުގެ އަގެއްގައެވެ. އެހެންކަމަށްވާނަމަ، ކިހިނެއްތޯ 20 ރުފިޔާއަށް މުގު ކިލޯއެއް ވިއްކޭނީ ؟؟؟؟؟؟
އަގު ހެޔޮވަނީ މާލޭގައި ތިބޭ މީހުންނަށް އެކަނި. އަތޮޅުތަކުގައި އުޅޭ މީހުންނަށް އޮތީ ރޭޑިއޯ / ޓީވީ އިން ކިޔާ ޚަބަރު އަޑު އަހައިލުން.