ދުބާއީން މުދަލާއި އެކު މޯލްޑިވިއަންގެ ބޯޓެއް ރާއްޖެ އަތުވެއްޖެއެވެ. އެ ބޯޓު މާލެ އައިސްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މޯލްޑިވިއަނުން ބުނީ ކުރިއަށް އޮތްތަނުގައިވެސް ޑިމާންޑަށް ބެލުމަށް ފަހު ބެންކޮކް ފިޔަވާ އިތުރު ތަންތަނަށްވެސް ކާގޯ ދަތުރުތައް ކުރާނެ ކަމަށެވެ. އެގޮތުން އިންޑިއާ، ބެންކޮކް، ދުބާއި ފަދަ ތަންތަނުން ވެސް މުދާގެންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

https://twitter.com/MaldivianAero/status/1246151105727197184

އަދި ރޭ ގެނައި ތަކެތީގެ ތެރޭގައި ގިނައިން ހިމެނެނީ އަވަހަށް ހަލާލުވާ ޒާތުގެ ތަކެތިކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

29 މަރޗްގައި ސްރީލަންކާ އިން 10 ޓަނުގެ ކާގޯއާ އެކު ވެސް މޯލްޑިވިއަންގެ ބޯޓެއް ވަނީ އައިސްފައެވެ. މޯލްޑިވިއަނުން ބުނީ އެ ފްލައިޓުން ގެނައީ އަވަހަށް ހަލާލުވާ ޒާތުގެ ޕެރިޝަބަލް ތަކެއްޗާއި ބައެއް ސިއްހީ ސާމާނު ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ޕްލައިޓްތައް ހުއްޓާލާފައި ވާއިރު، ރާއްޖެއިން މުދާ އެތެރެކުރާ އިންޑިއާ އާއި ސްރީލަންކާ މިހާރު އޮތީ ފުރަބަންދުކޮށްފައެވެ. އެހެންކަމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ކޮންމެވެސްވަރެއްގެ ގޮންޖެހުންތަކަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

މިހާލަތުގައި ވީހާވެސް ބޮޑަކަށް މޯލްޑިވިއަން އަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ވެދިނުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މުދާ ލިބުމުގައި އާންމުންނަށް ދަތިނުވާނެގޮތް ހެދުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ އިތުރު ފްލައިޓްތައް ބާއްވަން އެ ކުންފުނިން ވަނީ ނިންމާފައެެވެ.

އަންނަ ބުދަ ދުވަހު މޯލްޑިވިއަން އިން އިންޑިއާގެ ޓްރިވެންޑްރަމްއާއި ޗެންނާއީއަށް ފްލައިޓްއެއް ބާއްވާފައިވާ އިރު ބުރާސްފަތި ދުވަހު ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ވެސް ދަތުރެއް ބޭއްވިއެވެ. އެ އެއާލައިނުން މިދިޔަ ހުކުރު ދުވަހު ދުބާއީއަށް ވެސް ފްލައިޓެއް ބާއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކާފަބޭ2020

    ޝު ކުރިއްޔާ ރައީސްޔާމީން! އިސްނަންގަވާ ކުރެއްވި މަސައް ކަތުގެފައިދާ މިސަރު ކާރުންރައިއްޔަތުންނަށް އެބަފޯރު ކޮށްދޭ ޝު ކުރިއްޔާ!!!!!

    26
    9
  2. މަރޭ

    ތިދާއިރު ކޮވިޑްއަށް ރައްކާތެރިވާން ކުރޫއިންނާއި ޕައިލެާޓަށް ނަސޭހަތްތިރިވަން

    18
  3. ހާފިޒް

    ހަމަތިފުލައިޓްގަ ދިވެހި ކިޔަވާކުދިން ނުގެނެވެނީބާ އިންޑިއާގެ އެހީހޯދަން ޖެހެނީ ގަމާރީ ރައިޔަތުންބާ ......

    13
    3
  4. ހާފިޒް އަބުދުލް ގަނީ

    ހަމަތިފުލައިޓްގަ ދިވެހި ކިޔަވާކުދިން ނުގެނެވެނީބާ އިންޑިއާގެ އެހީހޯދަން ޖެހެނީ ގަމާރީ ރައިޔަތުންބާ ......

    6
    4
  5. Anonymous

    ކޮބާ ކީއްވެ ލައިވް ކޮށް ނުދެއް ކީ އިންޑިޔާއިން އެ ކަނި ލިބުނީމަތައް ލައިވް ކުރަނީ، އަދި އެޗްޕީއޭގެ މެސެޖްގައި އޮންނަނީ އެހަބަރު

    8
    1
  6. އ

    ކޮބާ ޤައުމީ އެއަރލައިންގެ ބޭނުން ފެނޭ. ސަރުކާރުން އެއާލައިންތަކަށް ދޭން ހުރި ހުރިހާ އެހީއެއް ދޭންވީ އައިލެންޑް އޭވިއޭޝަން އަށް.

  7. ޜައްޔިތު މީހާ

    ނަސީބެއް. މޯލްޑިވިއަން
    ބައެއްވިއްކާނުލާއޮތްކަން
    ދިރާގުހެންނޫންނަމަރައީސް
    ޖެހިވަޑައިގަންނަވާނީތިތަކެތިގެނައުމަވެސް
    ޢާދޭސްދަންނަވަން !
    ޢިންޓަނެޓްބިލްކުޑަކުރަންއުޅުއްވިހެން!
    ތިއެއާރޕޯޓްވެސްދިވެހިންއަތުއޮތްކަންތީހަމަނަސީބެއްނޫންނަމަބޭނުންގަޑިޢަކުތިތަންވެސް
    ނުހުޅުވޭނެއެހެންނޫންތޯ!؟

  8. ޜައްޔިތު މީހާ

    ކުރާކޮމެންޓް ފޮނުވަދެެއްވާ