ރާއްޖޭގައި ތަޢުލީމުދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގައިފިއެވެ.

އެޗްޕީއޭއިން މިކަމާއި ގުޅިގެން ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިގޮތަށް ޢަމަލުކުރަން ނިންމާފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރރެފައިވާ މި އެންގުމުގައި ވާގޮތުން، މާދަމައިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ރާއްޖޭގައި ތަޢުލީމުދޭ ތަންތަން ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.

މި އެންގުމުގައި ވަނީ، ކުރިޔަށް އޮތް އެއް ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ އެންމެހައި ސްކޫލްތަކާއި، ތަޢުލީމުދޭ މަރުތަޒުތަކުގައި ކިޔަވައިދިނުމާއި، ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން ހުއްޓާލުމަށް އަންގާފައެވެ.

އަދި މީގެ އިތުރުން ރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި، ގޭގައި އާއި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތަކާއި އެހެނިހެން ތަޢުލީމުދޭ ކްލާސްތަކުގައި ކިޔަވައިދިނުންވެސް ކުރިޔަށް އޮތް އެއްހަފްތާގެ މުއްދަތަށް މެދުކަނޑާލުމަށް މި އިއުލާނުގައި ވަނީ އަންގާފައެވެ.

މިއަދު އެޗްޕީއޭއިން ނެރުނު އެންގުމުގައި ވަނީ، މި އެންގުމުގައި ބަޔާންކުރާ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކާއި އިދާރާތަކަށް އަންގާ ކަމަށެވެ. އަދި މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާއި ބެހޭ މުވައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށްވެސް އެ އެންގުމުގައި ވެއެވެ.

މި ފިޔަވަޅުތައް އަޅާފައި މިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި، ރާއްޖެއިން ވެސް މި ވައިރަސް ފެނުމާއި ގުޅިގެން މިހާރު ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ވަރަށް ދެރަ

  ބައެއް ޤުރުޢާން ކްލާސް ތަކުން މި ދުވަސްކޮޅު އޮންލައިންކޮށް ސޫރަތެއް ކިޔަވަން ހަވާލުކުރުމަށްފަހު ފީދައްކަން އެދެނީ. މީ ވަރަށް ދެރަ ކަމެއް. ވަރަށް ގިނަ މީހުންގެ ވަޒީފާތަައް މިއޮތީ މުސާރަ ކުޑަވެފަ ނޫނީ ވަޒީފާ ގެއްލިފަ. ދެން އަލުން ޖާގަ އެއް ނުލިބިދާނެތީ ޤުރުއާން ކުލާހުން ކަނޑާލަން ވެސް ނުކެރޭ.

  35
  5
  • ނއ

   މިގެ އަނެއް ކޮޅަށް ވެސް ވިސްނަމާ. ކްލާސް ހިންގާ ތަނާއި މުދައްރިސުންގެ މުސާރާ ވަކި ކިހިނެއްތޯ އެތަންތަން ހިންގާ ފަރާތުން ވަކި ހޯދާނީ. މަ ވެސް ކިތައްމެ ފަހަރަކު ހިތަށް އަރާ ފީ ނުދައްކާ ވާނެ ނަމައޭ.

   14
 2. ނަޖީ

  ދެން މިހަފުތާ ނިމޭކަމަކައް ވާނެހެނެއް ހިއެއްނުވޭ

  9
  2
 3. ސީނު

  ޓިއުޝަން ދޭ ބިދޭސީ ޓީޗަރުން މިއެންގުމާ ޚިލާފަށް ގޭގެއަށް ގޮސް ޓިއުޝަން ދޭ..އެޗް ޕީ އޭ އިން މިބޭރުޓީޗަރުންނަށް ވަރުގަދަ އިންޒާރެއް ދޭންޖެހޭ

  16
  3
 4. Anonymous

  އެއްގޮތަކަށްވެސް ޤުރްއާން ކިޔަވައި ދެއްވާ ބޭފުޅުން މިޙާލަތުގައި އެހެންނެހެއްދެވުމަށް ދަންނަވަން. އޭގެ ހެޔޮކަން ފަހުން ލިބޭނެ. ފީނުދެއްކޭ ކުއްޖާވެސް ޤުރްއާނުން މަޙްރޫމްނުކުރަށްވާ. ޤުރްއާން ކިލާސް ތަކުގެ ކުލި މަޢާފު ނުކުރެވޭނެބާ މިޙާލަތުން އަރައި ގަނެވެންދެން.

  13
 5. މުރާދުބޭ

  އަޅުގަނޑު އުއްމީދުކުރަން ސްކޫލް ތަކާއި ޤުރްއާން ކްލާސް ތަކުގެ ބަންދު ކޮވިޑް19 އިގެ ނުރައްކަލުން ސަލާމަތްވެ ތިބުމަށް ބަންދުވާއިރު ފިހާރަތަކުން ފައިވާން، ބޫޓު، ހެދުން، ކޮސްމެޓިކާއި ކޮސްޓިމު ވިއްކުން ކުރިޔަށްދާއިރު މިތަންތަނަށް ވަދެ ވިޔަފާރި ކުރާއިރު ޑިސްޓެއްސެއްނެތް. ފަހަރެއްގައި އެފިހާރަތަކީ ވެދާނެ ކޮވިޑް19 ރިސްކް ފްރީޒޯންތަކަށްވެސް. މީދާދިރިއުޅެ އެތަކެތި އެތަނުގައި ހުންނަ ބާއްބާވަތުގެ ތަރުކާރީ އާއި މޭވާކައިގެން އުޅޭފިހާރަތަކާއި ލޯކަލް ކިޔާފަ ކިޔާމާރުކޭޓުވެސް ހަމައެޙާލުގަ! އާހަބަރާ ދިމާލަށް ބާޒާރުގައި ހުންނަ ފިހާރަތަކުން ތަރުކަަރީ އާއި މޭވާގެ ބާވަތްވިއްކާ! މިފިހާރަތަކުގެ ސެކިއުރިޓީންނަކީ އެކިއުމުރު ފުރައިގެ މީދާތައް. ފިހާރައެއްގެ ތާރުކާރީރެކުގައި ކެބޭޖް ވަށިގަޑަކުން ކެބެޖެއް ނެގީމާ ވުއިސްއަޅާ މީދަލެއް ދުއްވައިގަތް ދެންކުޑަކޮށް އިތުރަށްބަލާލީ އަދި އެކައްޗެއްނޫން ދޭތި. ޢަވަހަށް މަދުވެ ފިލީ

  3
  2
 6. ބޯހަލާކު ނަމްބަރު1

  ބަލަގަ މި ޤައުމުގަ އެއްވެސް ތަނެއްގަ މިހާރު އެބަ ކިޔަވައިދޭތަ؟ ހުރިހާ ސްކޫލްތަކާ ކޮލެޖުތަކާ ޔުނިވަރސިތީތަކާ އެހެން ކުލާސްތަކުގެ ކިޔެވުން ނުބާއްވާތާ ކިތައްދުވަސްވެއްޖެބާ؟ ތިޔަ ދެންނެވުން ފެނުނީމަ ހިތައްއަރަނީ މިޤައުމުގެ ކިޔަވައިދޭ ތަންތަނުން ހަމަ ކިޔަވައިދެމުންދަނީހެން

  15
  2
 7. ޢަހުމަދު

  މި އެޅޭ ފިޔަވަޅުތައް ރަނގަޅު. އަދި އެބައޮތް އެޅިދާނެ ދެ ފިޔަވަޅު
  1. އެންމެން ބޭރަށް ނި ކުންނައިރު މޫނުމަތީގައި މާސް ކް އެއް އެޅުން. މާސް ކް އެވަރަށް ނެތިއްޔާމުން ސިއްހީމީހުންނަށް ރަނގަޅު މާސް ބަހައްޓާފައި އަދައިގެ ރުމާލެއް ނަމަވެސް ދެންތިބި މީހުން އެޅުން.
  2. ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުރުން. މިހެން ކަން ކުރަންވީ އަންނަނިވި ސަބަބަށްޓަ ކައި
  ހ. އެ މީހުން ތިބެނީ ވަރަށް ގިނަމީހުން އެއްތަނެއްގައި. ބަލި ފެތުރޭނެ އެ ކަހަލަ މާހައުލުގައި އަވަހަށް
  ށ. އެ މީހުން ބަލިވާން ފައްޓައިފިއްޔާމުން ރާއްޖޭގެ ސިއްހީދާއިރާ ވަރަށް އަވަހަށް ސެޗުރޭޓްވެދާނެ. އޭރުން ފަރުވާދޭން އިސް ކުރާނީ ދިވެހިންނަށް. އެމީހުން މަރުވާން ފެށިޖެއްޔާމުން ރާއްޖެގެ ނަން ހަޑިވާނެ.
  ނ. ރާއްޖޭގެ ބޭނުމަށް ، ކުރިއަށް މިއޮތް ތަދުދުވަސް ވަރު، ކާއެއްޗެހި ލުބިން ދަތިވާނީ. މި މީސްމީހުންނަ ކީ ވެސް ކާންދޭން ޖެހޭ ބައެއް. ރާއްޖޭގެ ފުޑް ސް ކިޔުރިޓީ ގާއިމް ކުރަން ޖެހޭނެ

 8. ނަންނުގަތި

  ކިޔެވުނަސް ނުކިޔެވުނަސް ތިޔަ ހުރިހާތަނަކަށް ބެލެނިވެރިން ފީދައްކަން ޖެހޭ މައްސަލައަކީ ކުޑަ ކަމެއްނޫން. ސަރުކާރުން އެހުރިހާ ތަނެއްގެ ޓީޗަރުންނަށް ވެސް މުސާރަ ދޭްންވީނު

 9. ފަޒުނާ

  އަދިވެސް އެވިޑު ކޮލެޖްއިން ހުއްޓާކަށް ނޫޅޭ އެކަމެއް.ސަރުކާރުގެ އެންގުންތަކަށް ބޯނުލަބާ އެމީހުން ބޭނުންވަނީ ރުފިޔާ.ތަންކޮޅެއް ރަނގަޅަށް މިކަންބަލާ ފިޔަވަޅު އަޅަންފެނޭ.