ސްރީ ލަންކާގައި މިވަގުތު ތިބި ދިވެހިންނަށް ތަކެތި ފޮނުވުމަށް ފުރުސަތު ހުޅުވާލުމުން ލަންކާގައި ތިބި ފަރާތްތަކަށް ތަކެތި ފޯރުކޮށްދިނުމަށް އެތައް ބަޔަކު މާލެ ބޮޑު ބަސް ޓާމިނަލް ސަރަހައްދުގައި ކިއު ހަދައިފިއެވެ.

ކޮންމެ އާދީއްތަ ދުވަހަކު، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ކާގޯ މުދާ ގެންނައުމަށްޓަކައި ލަންކާއަށް ދާއިރު އެ މަތިންދާ ބޯޓުގައި ތަކެތި ގެންދިއުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ކޮންމެ އާއިލާއަކަށް ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ލަންކާއަށް ތަކެތި ފޮނުވުމަށް މީހުން ކިއުގައި: ފޮޓޯ މަސީހު

ކޮންމެ ދަތުރެއްްގައިވެސް ތަކެތި ގެންދެވޭނީ ވަކި ވަރަކަށް ކަމަށްވާ އިރު، ތަކެގތި ގެންދިއުމަށް ހަމަޖެހިފައި ވަނީ އެކަމަށް އެދި ހުށަހެޅި ފޯމުތަކުގެ ތަރުތީބަށް ބަލައިގެންނެވެ.

ލަންކާ އަށް ފޮނުވޭ ތަކެތީގެ ތެރޭގައި ބޭހާއި، މަސް ދަޅު ކޭހާއި، ނޫޑްލްސް ކޭހާއި، ރިހާކުރު ފަދަ ތަކެތި ފާހަގަކޮށްލެވެއެވެ. އަދި ފައިސާ އާއި ރޯމަސް، ކޭކު އަދި މޭވާ އާއި ތަރުކާރީ ފަދަ ތަކެތި މިތަކެތީގެ ތެރޭގައި ނުފޮނުވެއެވެ.

ދުނިޔޭގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ލަންކާ ފުރަބަންދުކޮށްފައި ވާތީ ލަންކާ އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް ހުއްޓިފައިވާތީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ސަރުކާރުން މަގުފަހިކޮށްދީފައި ވަނީ ހަފްތާއަކު އެއް ފަހަރު މޯލްޑިވިއަންގެ ފަރާތުން ލަންކާ އަށް ކުރާ ކާގޯ ދަތުރުތަކުގައެވެ.
ލަންކާއަށް ތަކެތި ފޮނުވުމަށް މީހުން ކިއުގައި: ފޮޓޯ މަސީހު

އެގޮތުން ފުރަތަމަ ދަތުރުގައި ތަކެތި ގެންގޮސް ދިނުމަށް އެދި ހުށައެޅި މީހުންގެ ތެރެއިން ފުރުސަތު ލިބުނު މީހުންނަށް ފޮރިން މިނިސްޓްރީން ވަނީ މިއަދު މެންދުރު 13:00 ކުރިން ލަންކާ އަށް ފޮނުވަން އެދޭ ތަކެތި ގްރޭޓަ މާލޭ އޭރުއާ އަށް ގެންގޮސްދިނުމަސް އެދިފައެވެ.

ހެނދުނުން ފެށިގެން އެ ސަރަހައްދުގައި ބޮޑު ކިއުއެއް ހަދާފައި ވާއިރު، ކިއުގައި ގިނަ ވަގުތުތަކެއް ވަންދެން ކޮޅަށް ތިބެން ޖެހުމުން ބައެއް އާއްުންވަނީ އެކަމާއި މެދުގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޚުދުވި

  ބަލަ ފްލެޓް ފޯމުލާޏް 2 ރެއާއި 2 ވާ ވީމުތަ؟ މައްސަލައަކީ ކަންކަން ރާވާލާ އިރު ރައްޔިތުމީހާ އަށް ދިމާވާ ދައްޗަކަށް ނުބަލާނެ! ތިވެސް ގޭގަ އިންދެގެން އެކަމު ތިއެންމެނަށް ވުރެ ގިނައުން ތަކެތި ފޮނުވާ މީހުން ތިބޭބެ! ސޮރީ!! ބޭބޭފުޅުން! މާފްކުރައްވާ!

  7
  2
 2. ާހަމަ

  އިންތިޒާމް ސަޅި، އަވީގަދޯ ، ވެރިންގެ ދަރިންނަށް ތަކެތި ފޮނުވަން ތިކިޔޫގައި ޖެހެން ކެރޭނެބާ!

 3. ދެއުޅި

  ތިކިޔުހަދައިގެންއުޅޭއިރު ނަވާރަ ނާރާތަ ހަމައެކަނި މިސްކިތުގަ ޖަމާޢަތްހަދައިގެންތަ ނަވާރައަރަނީ