މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުން އިތުރު އެއް ހަފްތާ އަށް އިސްލާމިކް މިނިސްޓްރީން މެދުކަނޑާލައިފިއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި އަންނަ ހޮނިހިރު ދުވަހާ ހަމައަށް މާލެ، ވިލިމާލެ، ހުޅުމާލެ އާއި ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އަދިވެސް އޮތުމުންނެވެ.
މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާތީ މިހާރު ވަނީ ތިން ހަފްތާވެފައެވެ. އޭގެތެރޭގައި ހުކުރު ނަމާދު ވެސް ހިމެނެއެވެ.
އިތުރު އެއް ހަފްތާއަށް ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އިތުރަށް މި ބަލި ރާއްޖޭގައި ފެތުރުނު ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިންނެވެ.
މީގެއިތުރުން ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފި ނަމަ، އެ ރަށެއްގައި ވެސް އެ ހާލަތު ދެމިއޮތްހާ ހިނދު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ނުހެދުމަށް ވެސް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އިރުޝާދު ދީފައެވެ.
މި ހާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި "ހުރިހާ އެންމެން ގޭގައި ނަމާދުކުރައްވަވާ،" މިގޮތަށް ގޮވުމަށް ވެސް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.
މިސްކިތްތަކުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުއާކޮށް އިސްތިގްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއެވެ.
މީގެއިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށާއި މާތް ﷲ އަށް ވަކީލްކޮށް އުޅުމަށް ވެސް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެފައިވެއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިގޮތަށް ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުކުރުން ހުއްޓާލި ފުރަތަމަ ފަހަރެވެ.
މިއީ ހަމަ ރައްކާތެރިކަމަށް އަޅަމުންގެންދާ ފިޔަވަޅުތަކެއްތޯ...
މިސްކިތްތަކަށްގޮސް ޖަމާއަތުގައި 6 ފޫޓް ދުރުގައި ތިބެގެން ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކީއްތޯ
މުރުތައްދުވެފަ ތިބި ދިވެހިންތަކެއް މިކަމާއި އުފާކުރާއިރު ޝައްކުގެ ނަޒަރަކުން މިކަމުގެ ނިޔަތާއިމެދު ބަލަންޖެހޭނުންތޯ.. މިކަން އެއްގޮތަކަށްވެސް ލުއިކޮށް ނެގިގެން ނުވާނެ....
6 ފޫޓް ދުރުގައި ތިބެގެން ޖަމާޢަތުގައި ނަމާދު ކުރުމަކީ އިސްލާމްދީނުގައި އޮތްކަމެއްނޫން! ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން މިޙާލަތުގައި ނަމާދުކުރުންއޮތީ ގޭގައި ކަމަށްވީއިރު ކިތަންމެ ހެއޮނިޔަތެއްގައި ތިޔަ ކަމެންޓުކުރެއްވިނަމަވެސް ދީނާ ޢަދާވާތްތެރިވީކަމަށް ބެލެވިދާނެ! ތިޔަބުނަނީ ސުންނަތުން ފަތިސްނަމާދު ގައިވަނީ 2 ރަކުޢަތް ކަމަށް ފެންނަން އޮށްވައި 4 ކޮށްލިޔަސް އޯކޭވާނޭ ކަހަލަ ވާހަކައެއް! މިއީ ނުރައްކާތެރިކަމެއް! ޢިލްމުވެރިންގެ ބަސް އައްސަވާ! ﷲ ތިބާއާއި އެންމެނަށް ހެއޮމަގު ދައްކަވާށި!
އަނެއްކާ؟
ރާއްޖެ އެހެންދިމާއަކަށް އަބުލާމުގެ ގޮތުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި މާލެއަކީ ޖަމާޢަތުގައި ނަމާދު ކުރަން ނުޖެހޭ ރަށަކަށް ހަދަނީތޯ؟
މި ސަރުކާރުން މިސްކިތުގަ ނަމާދުކޮށް ހުކުރުކުރީމާ ބަލިފެތުރޭނެކަމަށްބުނާތީ ހިތާމަ ކުރަން އަދި ދީނީ ޢިލްމުވެރިންނޭކިޔާ މީހުން އެއިރެއްގަ އޮންނަ ސަރުކާރަކުން ރުހޭހާ ގޮތަކަށް ދީނީ ފަތުވާ ނެރެދޭތީ ހިތާމަކުރަން ބޭންކްތަކުގަ ފުނިޖެހިފަ މީހުން ތިއްބަސް ބަލި ނުފެތުރޭ އެކަމަކު ﷲ ވާޖިބު ކުރައްވާފައިވާ ފަރުޟު އަދާކުރީމަ މާތްވެގެންވާ ޙުކުރުނަމާދު ޖަމާޢަތުގަ ކުރީމަ ބަލިފެތުރޭ ކިޔާފަ 03 ހުކުރުއަޅައިފި 3 ހަފްތާ މިވީ ޖަމާ ޢަތުގަ ނަމާދު ނުކުރާތާ ﷲ ގެ އަޅުތަކުން ކޮންމެ ހާލެއްގަވެސް ކުރަންޖެހޭކަމެއް ނަމާދަކީ މިކަންކަން ހުއްޓާލުމުން މި ޤައުމު ލާދީނީ ކުރަންމަސައްކަތްކުރާ ފަރާޓްތަކުން ހިނިތުންވެފައި އެމީހުން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއްކަމަށްދެކެނީ ﷲ އަންގަވާފައިވާ އަޅުކަން ކޮށްގެ އެކަލާން އަޅުތަކުންނަށް ދެރަ ގޮތެއް މެދުވެރި ނުކުރައްވާނެ އެއީ ދުނިޔަވީ ކަމެއްނޫން އެއީ އާޚިރަތައް ކުރާކަމެއް ބަލާޔާ މުސީބާތުން ސަލާމްތްކޮށްދެއްވުމަށް އެދި މުސްލިމު އަޅުތަކުންނަށް ކުރެވޭނެހާވެސް ކަމަކީ ގިނަ ބަޔަކު ޖަމާޢަތުގަ ނަމާދުކޮށް ގިނަ ބަޔަކު ﷲ ގެ ހަޞްރަތުގައި ދުއާ ދެންނެވުން މިކަން މިސަރުކާރުން މިވަނީ ހުއްޓުވާފަ އެކަމަކު ދުނިޔަވީކަންކަމުގަ މީހުން އެއްވެ ތޮއްޖެހުނަސް މައްސަލައަކަށްނުވޭ ހިތާމަހުރިކަމެއް
ހުދު ސަރުކާރުންވެސް އަދި ހެލްތުންވެސް މިބަލިމަޑުކަމާއި ގުޅިގެން މިސްކިތްތައް ބަންދުކުރަން ޖެހޭ ހިސާބަށް ނުދާކަމަށް ގަބޫލު ކުރާކަން އަމަލުތަކުން ސާބިތުވޭ...
...ކޮންމެ ދުވަހަކު މިސްކިތްތަކަށްވުރެ ބައިބޯވެ ފުނިޖެހޭ މާލޭ ބާޒާރުމަތި...ނަމަވެސް އެކަމަކާ އަޅައެއްނުލާ...
...ބޭންކުތައްދޮށް ފުނިޖެހޭ އަޅައެއްނުލާ..
....ބަސްތައްފުރި ބާރުވޭޭ...
މިސްކިތުގަ ޖަމާއަތް ހެދުމުން އެކަނިތޯ ކޮންޓެކްޓް ވަނީ ބަލި ފެތުރޭ ސަބަބަކަށް ވެސް ވަނީ...
ބަލި އެރަށަކުން ފެނިއްޖެ ނަމަ ހުރިހާ ތަނެއް ބަންދުު ކުރަން މަވެސް ތާޢީދު...އެހެނަސް މިސްކިތްތައް ވާންޖެހޭނީ އެންމެ ފަހު ތަނަށް ކަމަށް ގަބޫލުކުރެވޭ އެތަށް ސަބަބެއް އެބަހުރި...
މި އީ ވިސްނަން ވެއޖެކަމެއް މުސްރިކުން ދަނީ މިކަމައް އުފާކުރަމުން
ދެރަކަމެއް