ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަންބަލުން، ފާތިމަތު އިބްރާހީމް ތ.އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ތިމަރަފުއްޓަށް ވަޑައިގަތުމުން، އެކަމަނާއަށް އެރަށުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

މެޑަމް ފާތުންގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ތިމައްރަފުއްޓަށް ވަނީ ވަޑައިގެންފައެވެ.

އޭގެ ތެރޭގައި އެންވާރްމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އަދި ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އާއި ޕީޕީއެމްގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ހިމެނެއެވެ.

މެޑަމް ފާތުންގެ އެ ދަތުރުފުޅަކީ "އެންމެ ގާތުން" ގެ ނަމުގައި އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މެޑަމް ފާތުން ހިންގަވާ ކެމްޕެއިންގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.

މެޑަމް ފާތުން އިސްވެ ހުންނަވައިގެން އެކަމަނާގެ ޓީމުން ކުރައްވާ މި ދަތުރުފުޅުގައި، އަތޮޅުގެ ރައްޔިތުންގެ ޙާލު ގާތުން ބައްލަވައި އޮޅުންފިލުވައި، ރައްޔިތުންނަށް ހުރި ދަތިތައް ޙައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރަޝްފާ

    ތިމަރަފުށީގައި އޮންނާނީ ދެގުރޫޕެއް! އެއީ އަޙްމަދު ޝަރީފްގެ ގުރޫޕާއި މުޞްޠަފާގެ ގުރޫޕް! މި ތަނުން ކުރިން ބާރުގަދައީ ކޮން ގުރޫޕެއްކަން އޮތީ އެގިފަ! ދެން މިހާރުގެގޮތެއް ނޭގޭ!

    • ޕާޓީ

      ޜަސްފާ ރަންކޮޅާ މުސްތަފާބެ ބާރު ގަދައީ އަބަދުވެސް،..

  2. ރަށުމީހާ

    ޙަހަހަހާ.. މެޑަމް އެރުވިކަން ވެސް ތީ ނަސީބް އެމް އެންޑީ އެފް ގެ އެހީ އާ ނުލާ... ހަނދާން ނުފިލާނެ އަދި، ޔާމީނު ރަށައް އެރިޔަ ނުދީ ހިފެހެއްޓި ހަނދާން... ތިމަރަފުށީ %80 އެއީ ނަސީދުގެ ވޯޓް...

  3. ބޮބު

    ބަލާ ބެލުމަށް ހާދަ ހީނުވޭ ހޫނު މަރުހަބާ އެއް ހެން. އެންމެ ދެމީހުން އާ ފަޅި

  4. މަމިން

    ތީ އެމްޑީޕީ ރަށެއް

  5. ޖަލްސާ

    ތިބުނާ ހޫނު މަރުޙާބާ އެއްކީ ނަމަ ކީއްވެބާ ބޮޑު ޖަލްސާ ތިމަރަފުށީ ނުބޭއްވީ ؟؟ ގައިމު އެއީ އަތޮޅު އޮތް އެންމެ އާބާދީ ބޮޑު ރަށް..

  6. ޙަނާ

    މަންނަ އަާ ސަލްވާ ދިނަސް ތިރަށު މީހުން ޔާމީނައް ވޯޓް ނުދޭނެ...

    • ތުގުވަ

      ކަލެއަށް އެބައެނގޭތަ ތި ކިޔޭ ނުކިޔޭ އެއްޗެއް.

  7. މަހަށްދޭބަލަ

    ތިމަރަފުށިން މެޑަމް ފާތުން އަށް ހޫނު މަރުހަބާ އެއް ކިޔުމުން އެގިގެން ދާ އެއްޗަކީ ދެން ތިމަރަފުށީ މުސްތަފާ މެންގެ އެއްވެސް ސަޕޯރޓެއް ނެތް ކަން ދޯ. ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށް ދޭބަލަ. މަހަށް މަަހަށް މަހަށް މަހަށް ދޭބަލަ..

    • ހަޖަމް

      ބަލަ ކޮމެންޓު ކޮއް ގަންނަ އިރު ބަލައެއް ނުލަން ދޯ ކިޔޭނުކިޔޭ އެއްޗެއް ؟ ޕީޕީއެމުން އެންމެ ބޭނުންވާ ގޮނޑި އަކީ މިރަށު ގޮނަޑި، އެތައް ޚަރަދެއް ކޮއްގެން، ޤައްސާން މައުމޫން ބަހައްޓަން އުޅުނީ، އެކަން ކާމިޔާބު ނުވީމަ ދެން ރަށުމީހެއް ލައްވާ ކުރިމަތި ލައްވައިގެން ވެސް ވީ ފެއިލް.

  8. ހަލީލް

    ޔާމީނު ތިމަރަފުއްޓަށް ކޮއްދިން ކަމެއް ނެތް ! އެހެންވެ މައިންނަށް ވެސް ޔާމީނަށް ކޮއްދެވޭޅެ ކަމެއްނެތް !!!

  9. ހަމްދާން

    މިރަށުން ޔާމީނު ކައުންސިލަރަށް ކުރިމަތިލައިގެން ހޮވުނަސް ކަނާތުން ކައި ބަތް ނުކާނިން.

  10. ފަރީޝާ ކަޅުތުއްތު

    ހޫނު އަލިފާން ފަދަ މަރުޙަބާ އެއް އެކިޔާލީ ވެސް ވަކި ގްރޫޕަކުންދޯ !