ކޮވިޑް 19 އާއި ގުޅިގެން ގިނަ ވަގުތު ގޭގައި ތިބެން ޖެހުމުން ކުދިން އުފަންވާ ނިސްބަތް އިތުރުވެދާނެ ކަމަށް ބުނާތީ އެއީ ކިހާވަރަކަށް ސައިންްޓިފިކް ގޮތުން ބަލާއިރު ބުރަދަނެއް ހުރި ވާހަކައެއްތޯ އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ގިނަ ޖޯޑުތައް އެކުގައި ގޭގައި ތިބެން މިހާލަތުގައި މަޖުބޫރުވެފައި ވުމާއި އެކު، ދަރިން ލިބޭ ނިސްބަތް އިތުރުވެދާނެތީ އެކި ހިސާބުތަކުގައި ދަނީ، ފެމިލީ ޕްލޭނިން އާއި ދޭތެރެދުރުކުރުމުގެ ޚިދުމަތްވެސް ދެމުންނެވެ. އެމެރިކާގެ ޑިމޮގްރާފަރުން ލަފާކުރާ ގޮތުން 9 މަސް ދުވަހަށް ފަހު ދަރިން އުފަންވާ ނިސްބަތްވާނީ ދަށެވެ.
"މީހުން ވިހާ ނިސްބަތް އިތުރެއް ނުވާނެ، މި ދަނޑިވަޅުގައި މީހުން ކޮންމެެހެން ކުދިން ބޭނުމެއް ނުވާނެ." ސައިކޮލޮޖީ ޕްރޮފެސަރ އަދި ޑިމޮގްރަޕާ ކެނެތް ޖޯންސަން ބުންޏެވެ.
ކޮވިޑް19 ފެތުރުމުގެ ކުރިންވެސް ފަހަކަށް އައިސް މީހުން ކުދިން ގިނައިން ބޭނުން ނުވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ކޮވިޑް 19 އާއި ގުޅިގެން މި ވަގުތު ދުނިޔޭގެ އިގްތިސާދުވެސް ދަށްވެފައިވުމާއި އެކު، މި ދަނޑިވަޅުގައި ކުއްޖަކު ހޯދުމަކީ ހަރަދުގެ ގޮތުން ފަސޭހަކަމެއް ނޫންކަން އާއްމުންވެސް ޤަބޫލުކުރާނެ ކަމަށް އޭނާ ބުންޏެވެ.
ދެހާސް ހަތްވަނަ އަހަރުގައި ވެސް މުޅި ދުނިޔޭގައި މީހުން ދަރިން ހޯދާ މިންވަރު ދަށްވިކަމަށާއި ބޮޑެތި ބަލިމަޑުކަން އަންނަ ހިނދު ނުވަތަ އިގްތިސާދު ދަށްވާ ހިނދު އެފަދަ ކަންކަން ދިމާވާކަން ކެނެތް ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މިފަދަ ހާލަތެއްގައި ދަރިން ލިބޭ ނިސްބަތް އިތުރުވުމުގެ ބިރު ނެތް ކަމަށް އޭނާ ފާހަގަކުރެއެވެ. އެހެންނަމަވެސް ގިނަ ދަރިން ތިބި ގޭގޭގައި އާއިލާތައް ގެންގުޅުމުގައި ގޮންޖެހުންތައް ދިމާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެން ގޭގައި ނޯންނާނެދޯ އެނޫންކަމެއް. އަދި ގޭގައި އެކަނިނޫން. ބައެއް ގައުމުތަކުގަ ރޫމްތަކުގައި ބަންދުވެފަ. ފުހިވެގެންވސް ހަމަ...........
ޅަ ކުދިން ދައްކާ ލާނެއް މޮޔަ ވާހަކަ... ހިޔެއް ނުވޭ....
ޢަދި ގޭގަ ތިބޭތާ ވީ އެންމެ މަހެއް.. ތީ ވަރަށް ފޭ ކު ދިރާސާއެއް... ޙަމަ ހިތް ލާނަތް ވެގެން ދައްކާ ވާހަ ކަ. ގިނަ ގިނައިން ރޯދަހިފާ ދެލޯފުޅާ..
މަރުވާ ބައި އިއާދަވުން ގޯހެއްނޫން!
ތީ ޖަޕާނު މަސްތަ ކަށް ހެދި ދިރާސާއެއް ދޯ؟
ޙުރިހާ ހާސަރެއް ދެމުމުގެ ކުރިން ކިޔާލާ... ލިޔެފަ އޮތީ ދަރިން ޙޯދާ އަދަދު ވާނީ މަދު ކަމަށް