މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ އަޑުއެހުންތައް މެދުކެނޑިފައިވުމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ހުރިހާ ރައްޔިތުން ގޮވައިގެން، އެކުވެރިކަން އާލާކުރަންވީ ވަގުތު ކަމަށެވެ. ކުރިއަށް އޮތީ ރޯދަމަސްކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ މި ހާލަތަށް ބަލައި އިދިކޮޅު ލީޑަރަށް އިންސާފު ކަށަވަރުކޮށްދޭންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނުގެ އަޑުއެހުންތައް މެދުކެނޑި ޖަލުގައި ހުންނަންޖެހުމަކީ އިންސާފެއް ނޫން ކަމަށާއި އިޙްސާންތެރިކަން އިސްކުރަން ގޮވާލާ ކަމަށެވެ.


މީގެއިތުރުން ޖަމީލް ވިދާޅުވީ ކޮވިޑް-19 ވައިރަސްގެ ވަބާގެ ސަބަބުން މުޅި ޤައުމު ހުއްޓުމަކަށް އައިސް، އިޤްތިސާދީ ގޮތުން ނޭނގޭ ވަރުގެ ފުން ވަޅުގަނޑަކަށް ޤައުމު ވެއްޓުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. އެތައް ބަޔަކު ބަނގުރޫޓް ނުވާނެ ގޮތަކާއި ކުރިމަތީގައި އޮތް ތަދުމަޑުކަމުން އަރައިގަނެވޭނެ ގޮތް ސަރުކާރުން ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށްވެސް ޖަމީލްގެ ޓްވީޓުގައި އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތައް މެދުކެނޑިފައިވާތީ އެކަމާއި ޖަމީލް ކަންބޮޑުވުން ފާޅުކުރެއްވިއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ދާދިފަހުން ބައްދަލުކުރައްވާ ވިދާޅުވީ މި ދަނޑިވަޅުގައި ޖަލުގައި އޮތް ވަކި މީހަކު ގެއަށް ބަދަލު ކުރުމުގެ ވިސްނުން އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު އަމަލުކުރައްވާނީ ގާނޫނުތަކާއި ގަވާއިދުތަކަށް ކަމަށާއި އެންމެންނަށްވެސް އަމަލު ކުރާނީ ހަމަހަމަ ކަމާއި އެކުގައި ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ވައިރަސް ފެނިފައިވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ގޮވާލަމުންނެވެ. އަދި މި ދަނޑިވަޅުގައި އެމަނިކުފާނާއި ގުޅިގެން ފުލުހުން ކުރަމުން އަންނަ އިތުރު ތަހުގީގުތައް މެދުކަނޑާލާ އެމަނިކުފާނު މާލެ ގެނެސް ތަހުގީގުގެ ކަންކަން ކުރިޔަށް ނުގެންދއިުމަށް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އުސައިދު

  އިހްސާންތެރި ވާން ޖެހޭނީ ވެސް އިންސާފުވެރިކޮށް. ހުކުމެއް ސާބިތުވެ ޖަލުގައި ހުރި ކުރީގެ ރައީސަކަށް ނުވަތަ އެހެންވެސް މަތީ ފަންތީގެ ބޭފުޅަކަށް އިހްސާންތެރި ވަނީނަމަ ޖަލުގައި ހުރި އެންމެ އާދައިގެ ނިކަމެތި ރައްޔިތުމީހާ އަށްވެސް އިހްސާންތެރި ވާންޖެހޭނެ.

  22
  28
  • ލުޓޭރުންގެ ސަރުކާރު

   ކަލޭމެންގެ އިހުސާންތެރިކަމާ އިންސާފާ އަ ދުލުވެރިކަން އޮންނަނީ މޑޕ ތިލަފަތް އޮންނަގޮތަށް..އެއްކޮޅަށް ބަރުވެފަ...މަޖިލިހުގަ ރައީސަކަށް އެހުރީ 13އަހަރަށް ހުކުމްކޮއްފަހުރި ބޮޑު ޓެރަރިސްޓެ..ސްޕުރީމްކޯޓުން އަމުރުކުރީ އޭނަގެ މައްސަލަ އަލުން ބަލާ ރިވިއުކުރަން..އޭނަ މިނިވަން ނުކުރޭ ކަލޭމެން އޭނަ މިނިވަނަކަށް ހަ ދައި ބޮޑުވަޒީރަކަށް ހަ ދައިގެން ތިއުޅެނީ..އޭނަ ކުއްވެރި ނުވަންޏާ އަބު ދުﷲގާޒީ ނަމަވެސް ކުއްވެރިވާ މީހަކު ހުންނަވާނެތާ މީހަކު ރަހީނުކުރުމުން...ރޔާމީން ކުއްވެރި ނުވާކަން ހެކިވާނެ ކަލޭގެ އަމިއްލަ ނަފްސުވެސް..ނުހައްގުން ހުކުމެކުރީ ކިނބުލެލައްވާ ގެރިއެއްގެ އެ ދިގެން..ޓެރަރިސްޓް ގްރޫޕް ވެރިކަމުގަ ތިބެން ރައްޔިތުންނާ ގައުމަށް ހަރާންކޯރުވެ ގެރިއެއްގެ ނަޖިސްގަޑަށްވެއްޓި ތިބެގެން...އަހަރެމެންގެ ވޯޓުން ވައްކަންކޮށް ދައުލަތުގެ ހަޒާނާ ލޫޓުވައިގެން އަބަ ދަކު ނުތިބެވޭނެ އިންސާފު ލިބޭނެ ދުވަސް ފަހުންވިޔަސް ލަހުންވިޔަސް އަރާހަމަވާނެ...

   23
   3
  • Anonymous

   އިބްރާހިމް މުހައްމަދު ޞާލުހުވަރުގެ ނުބައި މީހަކު ނުދަންނާނެ އިހްސާން ތެރިޗުމަކީ ކޮބައިކަމެއްވެސް. އޭނަކައިރީ ބުނެބަ ދޮގުހަދާ ފޮނިކަނޑަށް ވަރަށް ފުރިހަމައަށް އެކަންކަ ް ކުރާނެ. ބޮޑުޖާހިލެއް އެއީ. މޯދީގެ ޕަޕެޓެއް. އިންޑިޔާ މީހުނަށް ރާއްޖޭން ވަޒީފާ ނުދިނީމަ ބަދަލުހިފަން ރ.ޔާމީން ޖަލަށްލައިގެން އެއުޅެނީ. ﷲ ގެ ރޭއްވެވުން މާމޮޅުވާނެ. އިންޝާ ﷲ ގަދަކަމާއެކު ރައީސް ޔާމީން މިގައުމުގެ ރައްޔިތުންނަކީ މިސަރަހައްދުގެ އެންމެ އިލްމީ މުއްސަނދިން ކަމުގައި ހަދާދޭނެ ދުވަހެއް ދާދި އަވަހަށް ދައްކަވާނެ.

   22
   3
  • Anonymous

   ގައުމެއްގެ ޝަރަފު އެގައުމުގައި ވެރިކަން ކޮށްފަތިބޭ މީހުނަކީ. އިންސާނުންނަކީ އެކި ފެންވަރުގެ މީހުން. އެމީހަކަށް ހައްގުމިންވަރު ކަނޑައަޅަނީ އެމީހެއްގެ ދަރަޖައިން. ޢަލީ ރަޟިއައްﷲ ޢންހުގެ ބަސްފުޅުގެ މާނައަކީވެސް ހައްގަކީ އެމީހަކަށް ހައްގު މިންވަރުކަމަށް. އެއީ އިކްއިޓީ.

   14
   1
 2. ކައްބެ

  މިސަރުކާރަކަށް އިހުސާން އެއީކޮންއެއްޗެއްކަންވެސް ނޭނގޭނެ ހަމައެކަނި އެނގެނީ އިހުސާން ކިޔާ ފިހާރައެއް ހުންނަކަން.

  15
  2
 3. އާދޭސް

  ރ ޔާމީނަކީ ކިތަންމެ ބޮޑު ކުށްވެރިއެއްނަމަވަސް އަދި
  ބަދަލުހިފުމުގެ ޖޯސާއި ފޯރިވި ކިތަންމެގަދަވި ނަމަވެސް
  މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ރާއްޖޭއާއި މުޅި ދުނިޔޭގައި ފެތުރެމުންދާއިރު އިންސާނިއްޔަތުކަމުގެ ނަޒަރުން
  ބައްލަވައި އެމަނިކުފާނު ދޫކޮށްލުމަކީ ސަރުކާރުން މިވަތު
  ކުރަން އެންމެރަނގަޅު އެއްކަންތަކެވެ އެހެންކަމުންސަރުކާރުގެ
  އެއްމެހާ އިދާރާތަކުން މިކަމުގައި އެއްބާރުލުން ދެއްވައި ރ ޔާމީން މިނިވަން ކޮށްދެއްވުމަށް އިލްތިމާސް ކުރަމެވެވެ.

  19
  2
 4. ތިރިބެ

  ރައްޔިތުން ހަތާނާ ހުސްކޮއްލީމަވެސް ކިހާއަރާމުގަ އެހެރީ .ރިހާކުރު ފުޅވަގައްނަޣާމީހާ 1 އަރު ބުރަކޮއް 10000000 ޑޮލަރު ނެގީމަ 5އަހަރު އިންސާފު

  4
  16
 5. ދީދީ

  ހުސައިދުވަކިފަރާތަކަށްޖެހިފަހުރިމީހަކަށް
  ވީމަނުފެންނަކަންތަކާނީވޭކަންތައްވެސް
  ހުންނާނެ
  އަދީބުއަކީތިމަންނާ ޕީޕީއެމްތެރެއަށް
  ފޮނޮވިފަންޏެކޭ ރނަޝީދުވިދާޅުވިއަޑު
  ހުސައިދުއެހިތަ؟ ހޯރައިއްބެމިނިވަން
  ކުރިއިރުޖަލުގައިއްބެއާއެއްވަރެއްގެކުށް
  ވެރިންތިތިބިކަމައްސުހައިދުގަބޫލުކުރާނެތަ

  14
  1
 6. ޣާލް

  ރޔ. ﷲގެ ވާގިފުޅާއެކު ޢެނބުރި އަންނާނެ، ކުރިއަށްވުރެ މާގިނަ ތަރައްގީ، މާ ދީލަތި ސަރުކާރެއްގެ ވެރިޔާއަކަށް ރޔ. 2025 ވަނަ އަހަރު. ޢިންޝާ ﷲ

  18
  2
 7. Anonymous

  ޝުކުރިއްޔާ ޑރ. ޖަމީލް. ރ.ޔާމީންނަށްޓަކައި، ދިވެހި ޤައުމަށްޓަކައި ތިކޮށްދެއްވާ އިޚްލާޞްތެރި މަސައްކަތަށް ޕުޅަށް.
  ތިޔައީ ވަފާދާރެއް. މަދު މީހަކަށް ބަދަލު ހިފުމުގެ ރޫޙް ނެތި ތިގޮތަށް މަސައްކަތް ޕުޅު ކުރައްވަން ހިތްވަރުފުޅު ލިބިވަޑައިގަންނަވާނީ. މާތްﷲ ތިބޭފުޅާގެ މަސައްކަތް ކަތްޕުޅުގައި ބަރަކާތް ލައްވަވާ ދުޅަހެޔޮ ޞިއްޙަތުގައި ލަހައްޓަވާށި އާމީން

  22
  2
 8. Anonymous

  އަޅު ގަނޑު އުސައިދައް ދަންނަވާލަންއޮތީ ކުއްވެރިއެއްނަމަތާއެވެ ޔަގީނުންވެސް ކުއްވެރިޔެއްނޫން މިހެން މިދަންނަވަނީ ބައިތުލްމާލް ކައްވާނުލާ ވެރިޔެއް ރާއްޖޭގެ ވެރިކަމެއް ނުކުރޭ . އޭގެ ތެރޭންވެސް ދިވެހިންނަށް ކާންދެމުން ނިކަމެތިމީހާ ޔަށްވެސް ބައިއަޅަމުން ގެންދިޔަ ހަމަ އެކަނި ވެރިޔަކީ ރައިސް ޔާމިީން .އޭތި ވަރަށް ސަޅި ދިވެހިންނަށް ދަ ލިޓިލް އިންގްލޭޑް ސައުތު އޭޝިޔާގައި ހައްދަވަން މަސައްކަތް ކުރި ހަމަ އެކަނި ލީޑަރު ޒުވާނުން ޝަރަފްވެރި ކުރަން ކުލަޔަކަށް ބެލުމެއްނެތި އެހީވި ޒުވާންކުދިންގެ މަދަދުގާރުއެއީ އެއީނަމްބާރ1 ޕްރިޒިޑެންޓް ޕާރސަނަލީ އަޅުގަނޑަށް ޔާމީން އެއްވެސް ކަމެއް ކޮށްދީފައެއްނޯންނާނެ އެކަމަކު ދަންނަވަންތޯ ފުރާނަ ދޭން ބުންޏަސް ރައިސް ޔާމީނަށް ޓަކައި އުފަލުން ދޭނަން

  19
  2
 9. ލޮލް

  ސޮރީ! 2 ބިލިޔަނަކީ އިހުސާނުން ނިންމާލެވޭނެ ކަމެއް ނޫން

  4
  19
  • Anonymous

   ﷲ އިރާދަކުރެއްވިއްޔާ ކަލޭގެ ތިނުބައި ބަހުގެ ހިތި ކަލެއަށް ﷲ ތަޢާލާ ދައއކަވާފަމެނުވީ ކަލޭމަރުނުގަންނަވާނެ.

   1
   1
 10. މިދޫ

  ރ.ޔާމީން އަށް މިވަގުތަށް ވިޔަސް ލުޔެއް ދެއްވުމަށް ގޮވާލަން.

  4
  2
 11. ޚަބީބުއަހުމަދު

  އޭނާއަކީ މީހަކަށް އިހުސާންތެރިވީ މީހެއްތަ؟ ޖަމީލުއަށް ވެސްހެދީ ކިހިނެތްތޯ މިއަދު ހަނދާންނެތުނީތަ؟ މުޅިގައުމު ނުހައްގުން ޖަލަށްލައިގެން 5 އަހަރު ވެރިކަންކުރީ! އޭރު އިދިކޮޅުމީހުންނަށް މުޒާހަރާގަނޑެވެސް ކޮށްނުލެވޭ ޕޮލިހުންލައްވަ ތަޅާ ހޭނައްތާވަރުން. ނުވިތާކަށް ޖަލްސާއެއް ބާއްވަން ތަނެއްވެސްނުދޭ! ޢެވަރު އެރުވިމީހެއްގެ ވާހަކަ ޖަމީލު ކީމަ ވަރަށް ޖޯކު.

  2
  4
 12. ުއުނދުޅި

  5 އަހަރުގެ ޖަލުހު ކުމް ނިމެންދެ ކައް ހުންނަންޖެހެނީ

  2
  3
 13. މާމި

  ޔާމީނުގެ ހުކުމް އިންސާފުކަމަށް ފެންނާނީ ލޮލަށް މިރުސް އެޅިފަހުރިމީހަކަށް ޔާމީނު ޖަލައްލީ މިސަރުކާރުގެ ވައުދަކަށް ވާތީކަން ދިވެހި ގިނަ ރައްޔިތުންނަށް އެގޭ..... 5އަހަރު އިރާދަކުރެއްވިއްޔާ ގިނަވެގެން ތިބެވޭނީ ނޫނީ އިރާދަކުރެއްވިއްޔާ އެއަށްވުރެ އަވަހައް އިސްތިއުފާދީފަ ފިލާވެސްފާނެ.....

  3
  2
 14. ޑާން

  ބަންގުލާގެ ކުރީގެ ބޮޑުވަޒިރުވެސް ހުރީ ކޮވިޑާއި ގުޅިގެން ހަމަހަށް ގެޔަށް ބަދަލުކޮށްފަ އެގޮތަށް ރ. ޔާމީނުވެސް ހަމަހަށް ގެޔަބަދަލުކޮށްލަންފެނޭ

  5
  2