ދައުލަތަށް ގިނަ ދުވަހު ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިއެއް ކަމަށްވާ ފާތިމަތު ޖަމީލް އަވަހާރަވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޖީލުގެ އުސްތާޒު ނުވަތަ ފަޟީލަތުއް ޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލް ދީދީގެ ދަރިކަނބަލުން ފާތިމަތު ޖަމީލް އަވަހާރަވީ ކުއްލިއަކަށް ދިމާވި އާލާސްކަންފުޅެއްގައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އެކަމަނާއަކީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޒާހިޔާ ޒަރީރުގެ މަންމާފުޅެވެ.

ފާތިމަތު ޖަމީލް ވަނީ ކުރިން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. އެކަމަނާއަކީ 1989 އިން 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެކެވެ.

އެކަމަނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1979ވަނަ އަހަރު އަންހެނުން ކުރިއެރުވުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށް ސަރުކާރުން އުފެއްދި ހާއްސަ ކޮމެޓީގެ އިސްވެރިޔާގެ މަގާމު ފުރުއްވި ބޭކަނބަލެކެވެ. މީގެއިތުރުން އެކަމަނާ ވަނީ 1993ވަނަ އަހަރު މިނިސްޓްރީ އޮފް ވިމެން އެފެއާޒުގެ ނާއިބުކަން ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝަކީލާ ޙާމިދު

    އިންނާލިﷲ ވައިންނާ އިލައިހި ރާޖިއޫން. ލޮބުވެތި އުސްތާޒާ ޒާހިޔާ މިސް އަށާއި، އެކުވެރި އުޚުތު ޒަރާނާ ޒަރީޒާއި ޢާއިލާއަށް ކެތްތެރިކަން އިތުރު ކުރައްވާ މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވައުކުރައްވާށި. އާމީން.

    16
  2. ޝަކީލާ ޙާމިދު

    އިންނާލިﷲ ވައިންނާ އިލައިހި ރާޖިއޫން. ލޮބުވެތި އުސްތާޒާ ޒާހިޔާ މިސް އަށާއި، އެކުވެރި އުޚުތު ޒަރާނާ ޒަރީޒާއި ޢާއިލާއަށް ކެތްތެރިކަން އިތުރު ކުރައްވާ މަރުޙޫމާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވައުކުރައްވާށި. އާމީން.

    10
  3. ޓައްޕު

    މަރުހޫމާ ޔަށް ރަހްމަތްލައްވާށި . ކޮންމެސް ވަރަކަށް ދަންނަ ބޭފުޅެއް ތައުލީމީ ދާއިރާގަ ވަރަށް ގިނަބައެއްގެ އެދުރެއް

  4. Anonymous

    ކޮން ރަށެއްގައި ތޯ އަވަހާރަވީ.
    ޚަބަރު ފުރިހަމަ ނުވެ.