ކޮވިޑް-19 ގެ ސަބަބަުން ރާއްޖެއަށް ކުރިމަތިބވަމުން އަންނަ ހީނަރުކަމުން އަރައިގަތުމަށް ހ.ދ. ނޭކުރެންދުގައި ކައުންސިލް އިން މި އޭޕްރީލް މަހުގެ ބައެއް ފީތަށް މަޢާފްކޮށްދީފިއެވެ.

ނޭކުރެންދޫ ކައުންސިލް ގެ ރައީސް އަލީ އާދަމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ހަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން ކުނިއުކާލުމަށް ރަޖިސްޓްރީވެފައިވާ ގޭބިސީތަކުންނާއި ވިޔަފާރިތަކުން ނަގަމުން ގެންދާ ފީ އާއި ދަނޑު ބިންތަކުން ނަގަމުންގެންދިޔަ ފީގެ އިތުރުން ޕްރީސްކޫލު ކުދިންގެ ސްކޫލް ފީ އަދި ކައުންސިލުން ކުއްޔަށްދީފައި ހުންނަ ކެފޭގެ ފީ ކަނޑާލާފައިވާކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ ކުލިތަށް ކަނޑާލާފައިވާއިރު ބައެއް ތަންތަނުގެ ކުލި އަދި ފީތަކަށް ވަނީ ބަދަލުގެނެސްފައެވެ.

އާދްމް ވިދާޅުވީ ޕްރީ ސްކޫލު ފީ ގެ ގޮތުންގައި ދަރިވަރަކަށް ނަގަމުން އަންނަނީ މަހަކު 300 ރުފިޔާ ކަމަށެވެ. އަދި ކުނި ފީގެ ގޮތުގައި ގޭބީސީތަކާއި ވިޔަފާރިތަކުން 50 ރުފިޔާ ނަގަމުންދާއިރު މުއައްސަސާތަކުން ކުނި އުކާލުމަށް 200 ރުފިޔާ ދައްކަން ޖެހޭ ކަމުގައުި އޭނާ ވިދާޅުވިއެވެ.

އެގޮތުން ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ އަތުން ދަނޑު ބިންތަކުން މަހަކު 30 ރުފިޔާ ނަގާއިރު ކުލީ ބިންތަކަކީ އަކަފޫޓަކަށް ވަކި ވަރެއް ކަނޑައެޅިފައިވާ ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކައުންސިލުން ކުއްޔަށްދީފައިވާ ކެފޭއިން ނަގަމުން އައި 4000 ރުފިޔާ ވެސް ކަނޑާލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ނޭކުރެންދޫ ރައްޔިތުންނަށް ފަސޭހަ ލުއެއް ހޯދައި ދިނުމުގެ ގޮތުން ކައުންސިލް އިން އިސްނަގައިގެން މި ދަނޑިވަޅުގައި ރައްޔިތުންނަށް މި ހުރިހާ ފީތަކެއް ވަނީ މިމަހު ކަނޑާލަން ނިންމާލާފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުން އަންނަ ހީނަރުކަމުން އަރައިގަތުމަށް ރާއްޖޭގެ ގިނަ ރައްތަކުން ރައްޔިތުންނަށް ބޮޑެތި ލުއިތަށް ދެމުންދާއިރު ދުނިޔޭގެ ގިނަ ގައުމުތަކުންވެސް ވަނީ އެ ގައުމުތަކުގެ ރައްޔިތުންނަށް ލުއި ގޮތްތަށް ހަމަޖައްސައިފީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހްމަދު

    ވަރަށް ރަނގަޅު ނިންމުމެއް.

  2. ނައީމް

    ސާބަސް ރަގަޅު ނިންމުމެއް

  3. މުހައްމަދު

    ކީއްތަވާނީ ކަރަންޓްފީގެ ވަކި ޕަސެންޓެއް ދައްކަދޭން ބުނިނަމަ ގައިމުވެސް އެއްވެސް ރައްޔިތަކު ބާކީ ނުވީސް، މިހާރު ތީގެން އެހީތެރިތިވެވެނީ ރަށުގެ މަދު ބަޔަކަށް. އަދި އެއްފަހު ވިސްނާނުން އެދެން.

    • މަ

      ތިކަން ވާނީ ފެނަކަގެ ހުރި ދީލަތި ކަމަކުން ދޯ!