ކުޑަކުދިންގެ ހިޔާއަށް ފައިސާ ހޯދަން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނަކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، ކުޑަކުދިންގެ ހިޔާއަށް ފައިސާ ހޯދަންކަމަށް ބުނެ ގުޅައިގެން ބައެއް މީހުންގެ އަތުން ފައިސާ ހޯދަމުން އަންނަކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.

އެ މިނިސްޓްރީިން ވިދާޅުވިގޮތުގައި، މިނިސްޓްރީގެ މަރުކަޒުތައް ކަމުގައިވާ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ ފަރާތުން އެހީ ހޯދުމުގެ އެއްވެސް ހަރަކާތެއް ފޯނު މެދުވެރިކޮށް ނުވަތަ މުއާޞަލާތީ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކުރިއަށް ނުގެންދެއެވެ.

މި ފަދަ ކަންކަމަށް އެންމެހައި ފަރާތްތަކުން ސަމާލުވެ ތިބުމަށް އެ މިނިސްޓްރީން ވަނި ނަސޭހަތްތެރިވެފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީގެ ނަމުގައި އެފަދަ ފޯނު ކޯލާއި އެސްއެމްއެސްއާއި އީމެއިލް، އަދި މި ނޫން ވެސް މުއާޞަލާތީ ވަސީލަތެއް މެދުވެރިކޮށް މި ފަދަ ހަރަކާތެއް ހިންގާކަމުގެ މައުލޫމާތެއް ލިބިއްެޖެނަމަ އެ މިނިސްޓްރީއަށާއި، ފުލުހަށް އެންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފައިޒް

    ތިކަހަލަ ކަންކަމުގަ ތިގޮތަށް ފައިސާ ދޭނީ ވަރަށް ގަމާރު ބައެއް...

  2. އަޒީޒު

    މިތާގަ ދެން މަކަރު ހެދުމާއި ވައްކަން ކުރުމާއި ކޮރަޕްޝަން މިއޮތީ ގައުމުގެ އެންމެ މަތީފަންތީން ގޮސް އެންމެ ދަށުފަނތިޔާ ޖެހެންދެން..

  3. ގަޅި

    ދިވެހިން ހަމަ ގަޅީ،،، އިސްމާޓް ފޯނާ އެންމެ ފަހުގެ ކާރާ ސައިކަލުގަ އުޅުނަސް ހަމަ ގަޅިކަމާ ގަމާރުކަން ބޮޑީ..

  4. ޢަސްލު

    ތިކަމަކީ އަސްލު އާކު ކިޔާ ޖަމްއިއްޔާއެއް މެދުވެރި ވެގެން ވަރަން ކުރިން ފެށިގެން ހިންގަމުން އަންނަޖަރީމާއެްް! މިހާރުވެސް ވަރަށް ގިނަ ރިސޯޓް ތަކުގައި ފަންޑު ފޮށިތައް ވަނީ ބެހެއްޓިފައި ނަމަވެސް ފއިސާ ދަނީ މިނިސްޓަރުގެ ޖމްއިއްޔާގެ އެކައުންޓަށް